މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ކުޅިވަރު

2,740 ޝާއިޢުކުރެވިފައިވާ ލިޔުން

ކުޅިވަރު - 127 ވަނަ ޞަފްޙާ

ޑާބީ މެޗު ކާމިޔާބުކޮށް ރެއާލް އަލުން އެއްވަނައަށް

ޑާބީ މެޗު ކާމިޔާބުކޮށް ރެއާލް އަލުން އެއްވަނައަށް

ސްޕެނިޝް ލަލީގާގައި މެޑްރިޑް ޑާބީގެ ގޮތުގައި މަޝްހޫރުވެފައިވާ ރެއާލް މެޑްރިޑާއި އެތުލެޓިކޯ މެޑްރިޑް ބައްދަލުކުރި މެޗު ރެއާލުން ކާމިޔާބު ކޮށްފިއެވެ. ރޭ އެތުލެޓިކޯގެ ދަނޑުގައި ކުޅުނު މި މެޗު ރެއާލުން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއަކުންނެވެ. ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެންމެ ފުރަތަމަ ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައި ވަނީ އެތުލެޓިކޯއިންނެވެ. އެތުލެޓިކޯގެ ޑިފެންޑަރ ފެލިޕޭ ބޮލުން ފޮނުވާލު ނުރައްކާތެރި ހަމަލާ ގޮސްފައި ވަނީ ގޯލު ދަނޑި މަތިން […]

އިބްރާހިމް ޚަލީލް
ފަސޭހަކަމާއިއެކު ބްރެންޓްފޯޑް ބަލިކޮށް އާސެނަލް އަލުން އެއްވަނައަށް

ފަސޭހަކަމާއިއެކު ބްރެންޓްފޯޑް ބަލިކޮށް އާސެނަލް އަލުން އެއްވަނައަށް

އިނގިރޭސި ޕްރިމިއާ ލީގުގައި ހަވީރު އާސެނަލްއާއި ބްރެންޓްފޯޑް ބައްދަލުކުރި މެޗު ފަސޭހަކަމާއި އެކު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނައަށް އާސެނަލް ޖެހިލައިފިއެވެ. ބްރެންޓްފޯޑްގެ ދަނޑުގައި ކުޅުނު މި މެޗު އާސެނަލުން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާއަކުންނެވެ. މިހާތަނަށް ލީގުގައި އާސެންލުން ކުޅުނު ހަތް މެޗުގެ ތެރެއިން ބަލިވެފައި ވަނީ އެންމެ މެޗަކުންނެވެ. މި މެޗަށް އާސެނަލް ނުކުތްއިރު އޮތީ ތާވަލުގެ ތިންވަނައަށް ވެއްޓިފައެވެ. އެއީ ރޭ ސިޓީއާއި ޓޮޓެންހަމް ކުޅުނު މެޗުތަކުން އެ ދެ […]

އިބްރާހިމް ޚަލީލް
ވުލްވްސް ބަލިކޮށް ސިޓީ އެއްވަނައަށް

ވުލްވްސް ބަލިކޮށް ސިޓީ އެއްވަނައަށް

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީއާއި ވުލްވްސް ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ސިޓީން ކާމިޔާބު ކޮށްފިއެވެ. ވުލްވްސްގެ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ސިޓީން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ފުރަތަމަ މިނެޓުގައި ސިޓީން ވަނީ ލަނޑުޖަހައި ލީޑު ނަގާފައެވެ. މި ލަނޑު ފުރަތަމަ މިނެޓުގެ ތެރޭގައި ސިޓީގެ ޕްލޭމޭކަރ ކެވިން ޑިބްރޭނާ ވުލްވްސްގެ އޭރިއާތެރެއަށް ހުރަސްކޮށްދިން ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދީފައި ވަނީ ޖެކް ގްރީލިޝްއެވެ. […]

އިބްރާހިމް ޚަލީލް
ޓެނިސް ލެޖެންޑް، ރޮޖާ ފެޑެރާ ކުޅުން ހުއްޓާލަނީ

ޓެނިސް ލެޖެންޑް، ރޮޖާ ފެޑެރާ ކުޅުން ހުއްޓާލަނީ

ދުނިޔެދުއް އެނެމް މޮޅު އެއް ޓެނިސް ކުޅުންތެރިޔާ ކަމަށްވާ ސްވިޒަލޭންޑްގެ ރޮޖާ ފެޑެރާ ޓެނިސް ކުޅުން ހުއްޓާލަން ނިންމައިފިއެވެ. އުމުރުން 41 އަހަރުގެ ފެޑެރާ ޓެނިސް ކުޅުން ހުއްޓާލަން ނިންމާފައި ވަނީ އަންނަ ހަފްތާގައި ފަށާ ލެވާ ކަޕަށް ފަހުއެވެ. ޓެނިސް ކުޅުން ހުއްޓާލާކަން އިޢުލާންކޮށް ފެޑެރާ ބުނެފައި ވަނީ ފަހަކަށް އައިސް ދިމާވަމުންއައި އަނިޔާގެ މައްސަލަތަކުން އަރައިގަތުމަށް ބުރަކޮށް މަސައްކަތްތަކެއް ކުރެވުނު ނަމަވެސް އެކަމުން އެކަށީގެންވާ ގޮތެއްގައި އަރައިގަނެވިފައިނުވާ ކަމަށެވެ. އެކަމަށް ހަށިގަނޑު ތަބ...

އިބްރާހިމް ޚަލީލް
އަނެއްކާވެސް ބާސާ، ބަޔާންގެ އަތްދަށުވެއްޖެ

އަނެއްކާވެސް ބާސާ، ބަޔާންގެ އަތްދަށުވެއްޖެ

ޔުއެފާ ޗްޕިއަންސްލީގުގައި އަންގާރަދުވަހުގެރޭ ކުޅުނު މެޗުން 2-0 ގެ ނަތީޖާއިން ބަޔާންއިން ބާސާ ބަލިކޮށްފިއެވެ. މިއީ ބަޔާންއިން ޖެހިޖެހިގެން ބާސާ ބަލިކުރި 5 ވަނަ ފަހަރެވެ. ބަޔާންގެ ދަނޑުގައި ކުޅުނު މެ މިޗަކީ މި ދެޓީމް ބައްދަލުކުރި 12 ވަނަ މެޗެވެ. 1 މެޗު އެއްވަރުވެގެން ނިމުނުއިރު، ބާސާ މޮޅުވެފައިވަނީ ދެފަހަރުއެވެ. އަނެއް ނުވަފަހަރު ބަޔާންއިންވަނީ ބާސާގެ މައްޗަށް ކުރިހޯދާފައެވެ. މީގެތެރެއިންވެސް އެންމެ ފާހަގަ ކޮށްލެވެނީ 2019/2022 ޗެމްޕިއަންސްލީގު ކުއާރޓާފައިނަލުގައި މި ދެޓީމު ބައްދަލުކުރި މެޗެވެ. އެފ...

އަލީ ރިޔާޟް
ރަތްކާޑުތަކެއް ފެނުނު ޔުވެންޓަސް އާއި ސެލަނިޓާނާ މެޗު އެއްވަރު

ރަތްކާޑުތަކެއް ފެނުނު ޔުވެންޓަސް އާއި ސެލަނިޓާނާ މެޗު އެއްވަރު

އިޓާލިއަން ލީގުގައި ރޭ ޔުވެންޓަސްއާއި ސެލަނިޓާނާ ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. ޔުވެންޓަސްގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވެފައި ވަނީ 2-2 ގެ ނަތީޖާއަކުންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑުޖހާފައި ވަނީ ސެލަނިޓާނާއިންނެވެ. މި ލަނޑު މެޗުގެ 18 ވަނަ މިނިޓުގައި ޕަސްކުއޭލް މަޒޯކީ އޭރިއާ ތެރެއަށް ވަދެ ގޯލު ކުރިމައްޗަށް ހުރަސްކުރި ބޯޅަ ގޯލުތެރެއަށް ފޮނުވާލައިގެން އެ ޓީމަށް ލީޑު ނަގައިދިނީ އެންޓޯނިއޯ ކަންޑްރޭވާއެވެ. […]

އިބްރާހިމް ޚަލީލް
މަޔޯކާ ބަލިކޮށް ރެއާލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް

މަޔޯކާ ބަލިކޮށް ރެއާލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް

ސްޕެނިޝް ލަލީގާގައި، ޗެމްޕިއަން ރެއާލް މެޑްރިޑާއި މަޔޯކާ ބައްދަލުކުރި މެޗު ކާމިޔާބުކޮށް ރެއާލުން ލީގުގައި ދަމަހައްޓަމުން އަންނަ މޮޅުވުމުގެ ރެކޯޑް ދަމަހައްޓައިފިއެވެ. މިރޭ ރެއާލްގެ އަމިއްލަ ދަނޑުގައި މަޔޯކާއާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކޮށްފައި ވަނީ 4-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މިރޭގެ މެޗަށް ރެއާލުން ނުކުމެފައި ވަނީ ފުރަތަމަ އެގާރައިގައި ހިމެނިގެން އާންމުކޮށް ކުޅެމުން އަންނަ މުހިންމު ބައެއް ކުޅުންތެރިން ފުރަތަމަ އެގާރާގައި ނުހިމަނައެވެ. މިގޮތުން އަނިޔާގެ ސަބަބުން ކެޕްޓަން ކަރިމް ބެން...

އިބްރާހިމް ޚަލީލް
ޔޫރޮޕާ ލީގު: ޔުނައިޓެޑް ބަލިވިއިރު އާސެނަލްއަށް މޮޅެއް

ޔޫރޮޕާ ލީގު: ޔުނައިޓެޑް ބަލިވިއިރު އާސެނަލްއަށް މޮޅެއް

ޔުއެފާ ޔޫރޮޕާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑް ދަނޑުގައި އެ ޓީމު 1-0 ގެ ނަތީނާއިން ރެއާލް ސޮސިއެޑާޑު އަތުން ބަލިވިއިރު، ރަށުންބޭރުގައި ޒިއުރިކް އެފްސީ އަތުން 2-1 އިން މޮޅުވެ، އާސެނަލުން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި އެވެ. ޔުނައިޓެޑް އަތުން ސޮސިއެޑާޑް މި ހޯދި މޮޅަކީ އެ ކްލަބްގެ ތާރީހުގައި ރަށުންބޭރުގައި އިނގިރޭސި ކްލަބެއް އަތުން ހޯދި ފުރަތަމަ މޮޅެވެ. އަނެއްކޮޅުން، މި ނަތީޖާއާ އެކު ޔޫރޮޕާ ލީގުގައި އަމިއްލަ ދަނޑުގައި ޔުނައިޓެޑުން ބަލިނުވެ، ދަމަހައްޓަމުން […]

އަލީ ރިޔާޟް
ޗެލްސީގެ ކޯޗުކަމުން ތޯމަސް ޓުޗެލް ވަކިކޮށްފި

ޗެލްސީގެ ކޯޗުކަމުން ތޯމަސް ޓުޗެލް ވަކިކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ބާރެއްކަމަށް ވާ ޗެލްސީ ފުޓްބޯޅަ ކުލަބްގެ ކޯޗު މަޤާމުގައި ހުރި ތޯމަސް ޓުޗެލް ކުއްލި ގޮތަކަށް އެ މަޤާމުން ވަކިކޮށްފިއެވެ. ޓުޗެލް ޗެލްސީގެ ކޯޗުކަމުން ވަކިކުރިކަން އެ ކުލަބުން ހާމަކޮށްފައި ވަނީ މިއަދު ނެރުނު ބަޔާނެއްގައެވެ. އެ ބަޔާނުގައު ބުނެފައިވަނީ ޓުޗެލް އެ ޓީމްގެ ކޯޗެއްގެ ގޮތުގައި ހުރެ ކޮށްދީފައިވާ މަސައްކަތަށް ޝުކުރު އަދާކުރާ ކަމަށާއި، ޓުޗެލްއަކީ ޗެލްސީގެ ތާރީޚުގައި ފާހަގަ ކޮށްލެވޭފަދަ ކާމިޔާބީތަކެއް އެ ކުލަބަށް ހޯދައިދީފައިވާ ކޯޗެއް ކަމަށެވެ. […]

އިބްރާހިމް ޚަލީލް
ސެލްޓިކް ބަލިކޮށް ޗެމްޕިއަން ރެއާލް މެޑްރިޑް ފެށުން ރަނގަޅު ކޮށްފި

ސެލްޓިކް ބަލިކޮށް ޗެމްޕިއަން ރެއާލް މެޑްރިޑް ފެށުން ރަނގަޅު ކޮށްފި

ޔުއެފާ ޗެމްޕިއަންސް ލީގްގެ ކުޅުން ރޭ ފަށާފައިވާއިރު، ގްރޫޕް އެފްގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާއި ސެލްޓިކް ބައްދަލުކުރި މެޗު ރެއާލުން ކާމިޔާބު ކޮށްފިއެވެ. ރޭ ސެލްޓިކްގެ ދަނޑުގައި އެ ޓީމާއި ދެކޮޅަށް ކުޅުނު މެޗު ރެއާލުން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާއަކުންނެވެ. މެޗު ފަށައިގެން ބޯޅަ ހިފަހައްޓައިގެން ރެއާލުން ރަނގަޅަށް ކުޅުނު ނަމަވެސް ސެލްޓިކުން ވަނީ ރެއާލުގެ ގޯލަށް ނުރައްކާ ކޮށްފައެވެ. މިގޮތުން އެންމެ ފާހަގަ ކޮށްލެވޭ ހަމަލާއެއް ފޮނުވާލާފައި ވަނީ […]

އިބްރާހިމް ޚަލީލް
ހާލަންޑާއި އެމްބާޕޭގެ ލަނޑުތަކުން ސިޓީއާއި ޕީއެސްޖީއަށް ވެސް މޮޅެއް

ހާލަންޑާއި އެމްބާޕޭގެ ލަނޑުތަކުން ސިޓީއާއި ޕީއެސްޖީއަށް ވެސް މޮޅެއް

ޔުއެފާ ޗެމްޕިއަންސް ލީގް ރޭ ފަށާފައިވާއިރު ގްރޫޕް ޖީގައި މެންޗެސްޓާ ސިޓީއާއި ސެވިއްޔާ ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ސިޓީން ކާމިޔާބު ކޮށްފައިވާއިރު، ގްރޫޕް އެޗްގައި ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީއާއި އިޓަލީގެ ޔުވެންޓަސް ބައްދަލުކުރި މެޗު ޕީއެސްޖީން ކާމިޔާބު ކޮށްފިއެވެ. ރޭ ސެވިއްޔާގެ ދަނޑުގައި ކުޅުނު މެޗު ސިޓީން ކާމިޔާބު ކޮށްފައި ވަނީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި މެޗުގައި ސިޓީގެ ފަރާތުން މޮޅު ކުޅުމެއް ފެނިފައިވާއިރު، ފުރަތަމަ ލަނޑު 20 ވަނަ މިނެޓުގައި ޑިބްރޭނާ […]

އިބްރާހިމް ޚަލީލް
ޔުނައިޓެޑުން އާސެނަލް ބަލިކޮށްފި

ޔުނައިޓެޑުން އާސެނަލް ބަލިކޮށްފި

އިނގިރޭސިލީގުގައި އާދިއްތަ ދުވަހުގެރޭ ކުޅުނުމެޗުން 3-1 ގެ ނަތީޖާއިން ޔުނައިޓޑުން އާސެނަލްގެ މައްޗަށް ކުރިހޯދައިފިއެވެ. މިއީ މިސީޒަންގައި އާސެނަލް ބަލިވި ފުރަތަމަ މެޗެވެ. މީގެ ކުރިން ލީގުގައި ކުޅުނު ފަސްމެޗުންވެސް އާސެނަލް ވަނީ މޮޅުވެފައެވެ. ރޭ މެޗްގައި އާސެނަލްގެ ފޯވާޑް މާޓިނެލީ ޖެހިގޯލެއް ވީއޭއާރު ބެލުމަށްފަހު ވަނީ ގޯލެއް ނޫންކަމަށް ނިއްމާފައެވެ. އެއީ ގޯލު ޖެހުމުގެ ކުރިން އާސެނަލްގެ ކެޕްޓަން މާޓިން އޮޑެގާޑް ޔުނައިޓެޑްގެ ކްރިސްޓިއަން އެރިކްސަން އަށް ފައުލުކޮށްފައިވާތީ އެވެ. އަޔަކްސް އިން 94 މިލި...

އަލީ ރިޔާޟް
އެސްޓަންވިލާއިން ސިޓީ މޮޅުވިޔަނުދީ ހިފަހައްޓައިފި

އެސްޓަންވިލާއިން ސިޓީ މޮޅުވިޔަނުދީ ހިފަހައްޓައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެރޭ މެންޗެސްޓާ ސިޓީ އާއި އެސްޓަން ވިލާ ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެއްޖެ އެވެ. މެޗުގެ ފުރަތަމަ ގޯލްޖަހައި ލީޑު ނެގީ ސިޓީއިންނެވެ. ޑިބްރޭއިނާގެ އެހީތެރިކަމާއެކު މިގޯލު ކާމިޔާބު ކޮށްދިނީ މެޗުގެ 50 ވަނަ މިނެޓް ގައި އާލިން ބްރައުޓް ހާލަންޑް އެވެ. މިއީ ލީގުގެ ކުޅުނު 6 މެޗުން ހާލަންޑް ޖެހި 10 ވަނަ ގޯލެވެ. މެޗުގެ 74 ވަނަ މިނިޓުގައި އެސްޓަން ވިލާގެ ޖެމެއިކާ ފޯވަޑް ލެއޮން […]

އަލީ ރިޔާޟް
ބެޓިސް ބަލިކޮށް ރެއާލްގެ މޮޅުވުމުގެ ސިލްސިލާ ކުރިއަށް

ބެޓިސް ބަލިކޮށް ރެއާލްގެ މޮޅުވުމުގެ ސިލްސިލާ ކުރިއަށް

ސްޕެނިޝް ލަލީގާގައި މިރޭ ރެއާލް މެޑްރިޑާއި ރެއާލް ބެޓިސް ބައްދަލުކުރި މެޗު ރެއާލުން ކާމިޔާބުކޮށްފިއެވެ. މިރޭ ރެއާލްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއަކުންނެވެ. މި ސީޒަންގައި ލީގުގައި ރެއާލުން މިހާތަނަށް ހަތަރު މެޗު ކުޅެފައިވާއިރު، އެ ހަތަރު މެޗުން ވެސް އެ ޓީމް ވަނީ މޮޅުވެފައެވެ. ވުމާއެކު 12 ޕޮއިންޓާއިއެކު ތާވަލުގެ އެއްވަނާގައި މިވަގުތު އޮތީ ރެއާލެވެ. ދެވަނާގައި އޮތީ މިރޭ ރެއާލް އަތުން […]

އިބްރާހިމް ޚަލީލް
ލެސްޓާ ބަލިކޮށް ޔުނައިޓެޑަށް ހަމަޖެހުމެއް

ލެސްޓާ ބަލިކޮށް ޔުނައިޓެޑަށް ހަމަޖެހުމެއް

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑް ފުރަތަމަ ކުޅުނު ދެ މެޗުން ބަލިވި ނަމަވެސް އެންމެ ފަހުން ކުޅުނު ތިން މެޗު ކާމިޔާބުކޮށްފިއެވެ. ރޭ ލެސްޓާ ސިޓީއާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރި މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ޔުނައިޓެޑުންނެވެ. މި ސީޒަންގެ ލީގުގައި ފުރަތަމަ ޔުނައިޓެޑް ކުޅުނު ދެ މެޗުން ބަލިވުމާއިއެކު ކޯޗަށާއި ކުޅުންތެރިންނަށް ވަނީ ސަޕޯޓަރުންގެ ނުރުހުން އަމާޒުވެފައެވެ. ނަމަވެސް އެންމެ ފަހުން ކުޅުނު ތިން މެޗު އެ ޓީމް ކާމިޔާބުކުރުމާއި […]

އިބްރާހިމް ޚަލީލް