ސެލްޓަ ވީގޯ އަތުން ބާސެލޯނާއަށް އުނދަގޫ މޮޅެއް
ސްޕެއިން ލީގުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުން 1-0 ގެ ނަތީޖާއިން ސެލްޓަ ވީގޯ ކައިރިން ބާސާ ހޯދި އުނދަގޫ މޮޅާއެކު ތާވަލުގެ އެއްވަނަ މަގާމަށް ޖެހިލައިފިއެވެ. ބާސާ އެއްވަނައިގައި އޮތީ ފައިދާ ގޯލުން ނެވެ. ދެވަނައިގައިވާ ރެއާލްއަށްވެސް ބާސާއަށްވެސް ލިބިފައިވަނީ 22 ޕޮއިންޓެވެ. މެޗުގައި ފެނުނު ހަމަ އެކަނި ގޯލު ފުރަތަމަ ހާފުގެ 17 ވަނަ މިނެޓުގައި ބާސާއަށް ޖަހައިދިނީ ސުޕެއިންގެ 19 އަހަރުގެ ހުނަރުވެރި މިޑްފީޑަރ ޕެޑްރީ އެވެ. ބާސާގެ ދަނޑުގައި ކުޅުނު މި […]