ބްރޫސިއާ މޮންޗަންގްލަޑްބަކް އަތުން ޑޯޓްމަންޑް ބަލިވެއްޖެ
ޖަރުމަނު ލީގުގައި ރޭ ބްރޫސިއާ މޮންޗަންގްލަޑްބަކްއާއި ބްރޫސިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު މޮންޗަންގްލަޑްބަކްއިން ކާމިޔާބު ކޮށްފިއެވެ. ރޭ މޮންޗަންގްލަޑްބަކްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 4-2 ގެ ނަތީޖާއިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ޖުމްލަ ފަސް ލަނޑު ފެނިފައިވާއިރު، ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައި ވަނީ މޮންޗަންގްލަޑްބަކްއިންނެވެ. މި ލަނޑު ހަތަރުވަނަ މިނެޓުގައި ލާސް ސްޓިންޑިލް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ޖޯނަސް ހޮފްމަންއެވެ....