މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ކުޅިވަރު

2,740 ޝާއިޢުކުރެވިފައިވާ ލިޔުން

ކުޅިވަރު - 117 ވަނަ ޞަފްޙާ

ވޯލްޑް ކަޕް: އެންކުންކޫއަށް އަނިޔާވުމުން އެ ފުރުޞަތު މުއާނީއަށް

ވޯލްޑް ކަޕް: އެންކުންކޫއަށް އަނިޔާވުމުން އެ ފުރުޞަތު މުއާނީއަށް

މި މަހު 20 ވަނަ ދުވަހު ގަތަރުގައި ފަށާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ފްރާންސް ޓީމާއިއެކު ފަރިތަކުރަމުން ދަނިކޮށް އަނިޔާވެ އެ ޓީމްގެ ފޯވާޑް ކްރިސްޓޮފަރ އެންކުންކޫއަށް ވޯލްޑް ކަޕްގައި ނުކުޅެވޭނެ ކަން ޔަޤީން ވުމުން، އެންކުންކޫގެ ބަދަލުގައި ފްރާންސް ސްކޮޑުން ރަންޑަލް ކޯލޯ މުއާނީއަށް ފުރުޞަތު ދީފިއެވެ. ޖަރުމަނު ލީގުގެ ފްރޭންކްފާޓަށް ކުޅެމުން އަންނަ އުމުރުން 23 އަހަރުގެ މުއާނީއަކީ މި ސީޒަންގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިއެކެވެ. އޭނާ ވަނީ މި […]

އިބްރާހިމް ޚަލީލް
ވޯލްޑް ކަޕް: ފްރާންސްގެ ފޯވާޑް އެންކުންކޫއަށް އަނިޔާވެއްޖެ

ވޯލްޑް ކަޕް: ފްރާންސްގެ ފޯވާޑް އެންކުންކޫއަށް އަނިޔާވެއްޖެ

މި މަހު 20 ވަނަ ދުވަހު ގަތަރުގައި ފަށާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ފްރާންސް ޓީމާއިއެކު ފަރިތަކުރަމުން ދަނިކޮށް އަނިޔާވެ އެ ޓީމްގެ ފޯވާޑް ކްރިސްޓޮފަރ އެންކުންކޫއަށް ވޯލްޑް ކަޕްގައި ނުކުޅެވޭނެ ކަން ޔަޤީން ވެއްޖެއެވެ. ޖަރުމަނު ލީގުގެ އާރުބީ ލައިޕްޒިގަށް ކުޅެމުން އަންނަ އުމުރުން 25 އަހަރުގެ އެންކުންކޫއަކީ މިވަގުތު ފްރާންސް ޓީމްގައި އެންމެ ފޯމްގައި ހުރި އެއް ކުޅުންތެރިއާއެވެ. އޭނާ ވަނީ ލައިޕްޒިގް މި ސީޒަންގައި ޖަރުމަނު ލީގުގައި ކުޅުނު 15 މެޗުގައި […]

އިބްރާހިމް ޚަލީލް
ވޯލްޑް ކަޕް 2022 ޓީމު ޕްރޮފައިލް: ބެލްޖިއަމް

ވޯލްޑް ކަޕް 2022 ޓީމު ޕްރޮފައިލް: ބެލްޖިއަމް

ބެލްޖިއަމްއަކީ ވޯލްޑް ކަޕުގެ ފުރަތަމަ މުބާރާތުން ވެސް ފެނުނު ޓީމެކެވެ. އުރުގުއާއީގައި 1930 ވަނަ އަހަރު ބޭއްވި އެ މުބާރާތުން ފެށިގެން މިހާތަނަށް ބެލްޖިއަމުން ވަނީ ޖުމުލަ 14 ވޯލްޑް ކަޕެއްގައި ވާދަކޮށްފައެވެ. ވޯލްޑް ކަޕުގައި ބެލްޖިއަމުން އެންމެ ރަނގަޅު ނަތީޖާތަކެއް ހޯދައިފައިވަނީ 1986 ވަނަ އަހަރު މެކްސިކޯގައި ބޭއްވި ވޯލްޑް ކަޕާއި 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ވޯލްޑް ކަޕް އަދި 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި ވޯލްޑް ކަޕުގައެވެ. ބެލްޖިއަމް އެންމެ […]

ތިލަދުން
ވޯލްޑް ކަޕް: މާނޭއަށް ފުރަތަމަ މެޗުގައި ނުކުޅެވޭނެ

ވޯލްޑް ކަޕް: މާނޭއަށް ފުރަތަމަ މެޗުގައި ނުކުޅެވޭނެ

އަނިޔާގެ ސަބަބުން މި މަހު 20 ވަނަ ދުވަހު ގަތަރުގައި ފަށާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ސެނެގާލް ކުޅޭ ފުރަތަމަ މެޗުގައި އެ ޓީމްގެ ކެޕްޓަން ސަޑިއޯ މާނޭއަށް ނުކުޅެވޭނެ ކަމުގައި އެ ޤައުމުގެ ފުޓްބޯޅަ އިދާރާއިން ބުނެފިއެވެ. މާނޭއަށް އަނިޔާވެފައި ވަނީ މި މަހުގެ 9 ވަނަ ދުވަހުގެ ރޭ ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ވާޑާ ބްރެމެން ބައްދަލުކުރި މެޗުގައެވެ. ކަކުލަށް ލިބުނު އަނިޔާއަކާއި ގުޅިގެން އެ މެޗުގެ 15 ވަނަ މިނެޓުގައި […]

އިބްރާހިމް ޚަލީލް
ވޯލްޑް ކަޕް 2022 ޓީމު ޕްރޮފައިލް: އުރުގުއޭ

ވޯލްޑް ކަޕް 2022 ޓީމު ޕްރޮފައިލް: އުރުގުއޭ

އެންމެ ފުރަތަމަ ވޯލްޑް ކަޕް ކާމިޔާބުކުރުމުން އުރުގުއޭ އަކީ ފުޓްބޯޅައިގެ ތާރީހުގައި ހާއްސަ ޖާގައެއް ހޯދާފައިވާ ގައުމެކެވެ. އަމިއްލަ ގައުމުގައި 1930ގައި ބޭއްވި ފުރަތަމަ ވޯލްޑް ކަޕްގެ ތަށި އުފުލައިލުމުގެ އިތުރުން 1950ގެ ވޯލްޑް ކަޕް ވެސް ކާމިޔާބުކުރީ އުރުގުއޭ އެވެ. ފުޓްބޯޅައިގެ ފޯރި ގަދަ ދެކުނު އެމެރިކާ ސަރަހައްދަށް ނިސްބަތްވާ އުރުގުއޭ އެ ސަރަހައްދުގެ ފުޓްބޯޅައިގައި ވެސް ފާހަގަކޮށްލެވެ އެވެ. ދެކުނު އެމެރިކާގެ ސަރަހައްދީ ފުޓްބޯޅަ މުބާރާތް ކަމަށްވާ ކޮޕާ އެމެރިކާ ޖުމްލަ 15 ފަހަރު […]

ތިލަދުން
ވޯލްޑް ކަޕް 2022 ޓީމު ޕްރޮފައިލް: ދެކުނު ކޮރެއާ

ވޯލްޑް ކަޕް 2022 ޓީމު ޕްރޮފައިލް: ދެކުނު ކޮރެއާ

ދެކުނު ކޮރެއާ އެންމެ ފުރަތަމަ ވާދަކުރީ 1954 ވަނަ އަހަރު ސްވިޒަލެންޑުގައި ބޭއްވުނު ވޯލްޑް ކަޕުގައެވެ. ދެކުނު ކޮރެއާ އަކީ އޭޝިއާގެ ގައުމުތަކުގެ ތެރެއިން ފީފާ ވޯލްޑް ކަޕުގައި އެންމެ ގިނައިން ވާދަކޮށްފައިވާ އަދި އެންމެ ކާމިޔާބު ޓީމެވެ. ޖުމްލަ 10 ވޯލްޑް ކަޕުގައި ކުޅެފައިވާއިރު އޭގެ ތެރެއިން ނުވަ ފަހަރު ވާދަކުރީ ޖައްސަޖައްސައިގެންނެވެ. އެ ގައުމުން ޖަޕާނާ ހިއްސާވެގެން 2002 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕުގެ ސެމީ ފައިނަލުގައި ކުޅުން ވެގެންދިޔައީ އޭޝިއާގެ ގައުމަކަށް […]

ތިލަދުން
ޔުނައިޓެޑް ދޫކޮށް ދިއުމަށް އަންނަނީ މަޖުބޫރު ކުރަމުން: ރޮނާލްޑޯ

ޔުނައިޓެޑް ދޫކޮށް ދިއުމަށް އަންނަނީ މަޖުބޫރު ކުރަމުން: ރޮނާލްޑޯ

މެނެޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ކްރިސްޓިއާނޯ ރޮނާލްޑޯއާއި މެދު އެ ކުލަބުން ބޭއިންސާފުން ކަންކަން ކުރަމުން އަންނަ ކަމަށާއި، އަދި އެ ކުލަބް ދޫކޮށް ދިއުމަށް މަޖުބޫރު ކުރަމުން އަންނަ ކަމުގައި އޭނާ ބުނެފިއެވެ. ޕިއާސް މޯގަންއަށް ދިން ދިގު އިންޓަވިއުއެއްގައި ރޮނާލްޑޯ ވަނީ ޔުނައިޓެޑާއި، އަދި މިވަގުތު ޔުނައިޓެޑްގެ ކޯޗްގެ މަޤާމުގައި ހުރި ޓެން ހާގް އާއި ގުޅޭގޮތުން ވެސް ވާހަކަ ދައްކާފައެވެ. ފާއިތުވި ސީޒަން ޔުނައިޓެޑުން ނިންމާލިއިރު އެ ޓީމަށް ޗެމްޕިއަންސް ލީގުގައި ވާދަކުރުމުގެ […]

އިބްރާހިމް ޚަލީލް
ޔުވެންޓަސް އެނެމް ފަހުން ކުޅުނު ހަ މެޗު ވެސް ކާމިޔާބުކޮށް ތިންވަނައަށް

ޔުވެންޓަސް އެނެމް ފަހުން ކުޅުނު ހަ މެޗު ވެސް ކާމިޔާބުކޮށް ތިންވަނައަށް

އިޓާލިއަން ލީގުގައި ރޭ ޔުވެންޓަސްއާއި ލާޒިއޯ ބައްދަލުކުރި މެޗު ޔުވެންޓަސްއިން ކާމިޔާބު ކޮށްފިއެވެ. ޔުވެންޓަސްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާއަކުންނެވެ. މި ސީޒަން ފަށައިގެން ޔުވެންޓަސްގެ ފަރާތުން ފެނުނީ ދައް ނަތީޖާތަކެކެވެ. އެ ގޮތުން ލީގުގެ ފުރަތަމަ ކޮޅު ގިނަ މެޗުތަކަކުން ބަލިވުމާއި ޗެމްޕިއަންސް ލީގުގައި ވެސް ނަތީޖާތައް ދައްވެ ގްރޫޕް ސްޓޭޖުން ވަނީ ކަޓާފައެވެ. ނަމަވެސް ފަހަކަށް އައިސް އެ ޓީމުން އަންނަނީ […]

އިބްރާހިމް ޚަލީލް
ފަހު ވަގުތު ގަނާޗޯ ކާމިޔާބު ކޮށްދިން ލަނޑުން ފުލަމް އަތުން ޔުނައިޓެޑް މޮޅުވެއްޖެ

ފަހު ވަގުތު ގަނާޗޯ ކާމިޔާބު ކޮށްދިން ލަނޑުން ފުލަމް އަތުން ޔުނައިޓެޑް މޮޅުވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި ފުލަމް ބައްދަލުކުރި މެޗު، ޔުނައިޓެޑުން ކާމިޔާބު ކޮށްފިއެވެ. ފުލަމްގެ ދަނޑުގައި މިރޭ ކުޅުނު މެޗު ޔުނައިޓެޑުން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއިންނެވެ. ދެ ޓީމްގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑު ޖަހާފައި ވަނީ ޔުނައިޓެޑުންނެވެ. މެޗުގެ 14 ވަނަ މިނެޓުގައި ޔުނައިޓެޑްގެ ކެޕްޓަން ބްރޫނޯ ފެނާންޑޭޒް ބޯޅަ ހިފައިގެން ފުލަމްގެ އޭރިއާތެރެއަށް ވަދެ ގޯލުގެ ދުރުކަނަށް ތިރިތިރިން ބޯޅަ ފޮނުވާލަން […]

އިބްރާހިމް ޚަލީލް
ވޯލްޑް ކަޕް 2022 ޓީމު ޕްރޮފައިލް: ސްވިޒަލެންޑް

ވޯލްޑް ކަޕް 2022 ޓީމު ޕްރޮފައިލް: ސްވިޒަލެންޑް

މިއީ ސްވިޓްޒަލޭންޑް ވޯލްޑް ކަޕްގައި ވާދަކުރާ 12 ވަނަ ފަހަރެވެ. އެ ގައުމު އެންމެ ފުރަތަމަ ވޯލްޑް ކަޕްގައި ވާދަކުރީ 1934 ވަނަ އަހަރެވެ. އަދި 1934، 1938 އަދި 1954ގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި ކުޅުނެވެ. ވޯލްޑް ކަޕަށް ކޮލިފައިނުވެ އަހަރުތަކެއް ހޭދަކުރުމަށް ފަހު، ސްވިޓްޒަލޭންޑް ދެން ފެނުނީ 1994ގެ ވޯލްޑް ކަޕްގަ އެވެ. އޭގެ ފަހުން 2006 އާއި 2014 އަދި 2018ގެ ވޯލްޑް ކަޕްގައި ވެސް ވާދަކުރި އެވެ. ކޮލިފައިވީ ގޮތް […]

ތިލަދުން
ޝާލްކާ ބަލިކޮށް ވޯލްޑް ކަޕްގެ ކުރިން ބަޔާން ހަމަޖެހިލައިފި

ޝާލްކާ ބަލިކޮށް ވޯލްޑް ކަޕްގެ ކުރިން ބަޔާން ހަމަޖެހިލައިފި

ޖަރުމަނު ލީގުގައި ރޭ ބަޔާން މިއުނިކާއި ޝާލްކާ ބައްދަލުކުރި މެޗު ކާމިޔާބުކޮށް، ބަޔާނުން ޕޮއިންޓް ތާވަލުގެ އެއްވަނާގައި ހަމަޖެހިލައިފިއެވެ. ރޭ ޝާލްކާގެ ދަނޑުގައި ކުޅުނު މެޗު ބަޔާނުން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއަކުންނެވެ. ބަޔާނުން މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްފައި ވަނީ 38 ވަނަ މިނޓުގައެވެ. އޭރިއާތެރެއިން ޖަމާލް މުސިއާލާއަށް ލިބުނު ބޯޅަ ޝާލްކާގެ ޑިފެންޑަރުންނަށް އޮޅުވާލުމަށް ފަހު ފުންނާބުން ގްނާބްރީއަށް ޖައްސާލި ބޯޅަ ގްނާބްރީ ވަނީ ޝާލްކާގެ ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ […]

އިބްރާހިމް ޚަލީލް
ތާވަލުގެ އެއްވަނައިގައި އާސެނަލްއަށް ފަސް ޕޮއިންޓްގެ ލީޑެއް

ތާވަލުގެ އެއްވަނައިގައި އާސެނަލްއަށް ފަސް ޕޮއިންޓްގެ ލީޑެއް

އިނގިރޭސި ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނުމެޗުން މޮޅުވެ އާސެނަލްއިން ލީގްތާވަލްގެ އެއްވަނައިގައި ފަސްޕޮއިންޓްގެ ލީޑެއްނަގައިފިއެވެ. ވުލްވުސް ދަނޑުގައި 2-0 ގެ ނަތީޖާއިން އާސެނަލް މޮޅުވި މެޗުގައި ތަފާތު ދެއްކީ ކެޕްޓަން އޮޑެގާޑް އެވެ. މެޗުގައި އޮޑެގާޑް ގެ ދެގޯލުވެސް ފެނިގެން ގޮސްފައިވަނީ ދެވަނަ ހާފުގައެވެ. ފުރަތަމަ ލަނޑު 54 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިން އިރު ދެވަނަ ލަނޑު ކާމިޔާބު ކުރީ 75 ވަނަ މިނެޓުގައެވެ. މި މެޗުގައި ދެޓީމަށްވެސް ގޯލާއި އަމާޒުކޮށް ފޮނުވައިލެވިފައިވަނީ ދެ ހަމަލާއެވެ. […]

އަލީ ރިޔާޟް
ނަޕޯލީއަށް ހުއްޓުމެއް ނެތް، ލީގުގައި އެންމެ ފަހުން ކުޅުނު އެގާރަ މެޗުން ވެސް މޮޅު

ނަޕޯލީއަށް ހުއްޓުމެއް ނެތް، ލީގުގައި އެންމެ ފަހުން ކުޅުނު އެގާރަ މެޗުން ވެސް މޮޅު

އިޓާލިއަން ލީގުގައި ރޭ ނަޕޯލީއާއި އުދިނޭޒީ ބައްދަލުކުރި މެޗު ނަޕޯލީން ކާމިޔާބު ކޮށްފިއެވެ. ނަޕޯލީގެ ދަނޑުގައި ކުޅުނު މި މެޗުގައި އެ ޓީމުން އުދިނޭޒީގެ މައްޗަށް ކުރި ހޯދާފައި ވަނީ 3-2 ގެ ނަތީޖާއިންނެވެ. ލީގުގައި 15 މެޗު މިހާތަނަށް ނަޕޯލީން ކުޅެފައިވާއިރު، އެންމެ މެޗަކުން ވެސް އެ ޓީމް ބަލިވެފައި ނުވެއެވެ. އެ ޓީމުން ވަނީ ލީގުގައި އެންމެ ފަހުން ކުޅުނު 11 މެޗު ވެސް ކާމިޔާބު ކޮށްފައެވެ. ރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު […]

އިބްރާހިމް ޚަލީލް
ވޯލްޑް ކަޕް 2022 ޓީމު ޕްރޮފައިލް: ޕޯޗުގަލް

ވޯލްޑް ކަޕް 2022 ޓީމު ޕްރޮފައިލް: ޕޯޗުގަލް

ޕޯޗުގަލް އެންމެ ފުރަތަމަ ވޯލްޑަ ކަޕެއްގައި ވާދަކުރީ 1966 ވަނަ އަހަރެވެ. ޕޯޗުގަލްގެ ލެޖެންޑް ޔުސޭބިއޯގެ މޮޅު ކުޅުމާ އެކު، އެ އަހަރުގެ މުބާރާތުގެ ތިން ވަނަ އެ ގައުމުން ހޯދި އެވެ. އެކަމަކު ފަހުގެ ތާރީހެއްގައި ވޯލްޑް ކަޕްގައި އެ ގައުމަށް ލިބުނު އެންމެ ރަނގަޅު ނަތީޖާއަކީ 2006 ގެ މުބާރާތުގެ ސެމީ ފައިނަލްގައި ވާދަކުރުމެވެ. ބްރެޒިލްގައި އެންމެ ފަހުން 2014 ގައި އޮތް ވޯލްޑް ކަޕުން ޕޯޗުގަލް ކެޓީ ގުރޫޕް ސްޓޭޖުންނެވެ. އަދި 2018 […]

ތިލަދުން
އިންގްލެންޑް ވޯލްޑް ކަޕް ސްކޮޑުން ބާކީ ކުރި ޓޯނީ، ސިޓީ ރޮއްވައިލައިފި

އިންގްލެންޑް ވޯލްޑް ކަޕް ސްކޮޑުން ބާކީ ކުރި ޓޯނީ، ސިޓީ ރޮއްވައިލައިފި

އިނގިރޭސި ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން އިވަން ޓޯނީ ޖަހައިދިން ދެގޯލުން އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީގެ މައްޗަށް 2-1 ގެ ނަތީޖާއިން ބްރެންޓްފޯޑް ކުރި ހޯދައިފިއެވެ. ސިޓީގެ ދަނޑުގައި ކުޅުނު މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑްނެގީ ބްރެންޔްފޯޑްއިންނެވެ. މިގޯލު ބެންމީގެ އެހީތެރިކަމާއެކު ޓޯނީ ކާމިޔާބުކުރީ މެޗުގެ 16 ވަނަ މިނެޓުގައެވެ. މެޗުގެ ފުރަތަމަ ހާފުގެ އިތުރުވަގުތުގައި ސިޓީއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ފޯޑަން އެވެ. މެޗުން ބްރެންޓްފޯޑް މޮޅުވިގޯލު ޖަހައިފައިވަނީ ފަހުހާފުހެ އިތުރު...

އަލީ ރިޔާޟް