މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ހއ. އަތޮޅުން ފެށިގެން އދ. އަތޮޅަށް (06:30 އިން 10:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

ރިޕޯޓް

498 ޝާއިޢުކުރެވިފައިވާ ލިޔުން

ރިޕޯޓް - 30 ވަނަ ޞަފްޙާ

މުދައްރިސުންގެ ދުވަހު ރަބީޢުގެ ޅެން "ބޮޑު ޓީޗަރުގެ ހަނދާނުގައި.."

މުދައްރިސުންގެ ދުވަހު ރަބީޢުގެ ޅެން "ބޮޑު ޓީޗަރުގެ ހަނދާނުގައި.."

މި އަހަރުގެ ޓީޗަރުންގެ ދުވަހާއި ގުޅުވައިގެ ހދ.ވައިކަރަދޫ މުޙައްމަދު ރަބީޢު ހެދި ޅެން ހާއްސަކޮށް ފައިވަނީ އޮގަސްޓް މަހުގެ 29 ވަނަ ދުވަހު ހިނގާދިޔަ ހިތާމަވެރި ހާދިސާގައި ކަނޑުވެ މި ފަނާވަނިވި ދުނިޔެދޫކުރެއްވި އެދުރެއްކަމަށް ވާ މަރުޙޫމް ޙުސައިން އަބްދުﷲ (ބޮޑު ޓީޗަރު) ގެ ހަނދާނުގައެވެ. އަޅުގަނޑުމެން ނާއި ވަކިވެގެން ދިޔައީ ތައުލީމީ ޚިދުމަތްތެރި، އަދި އެތައް ދަރިވަރެއްގެ މުދައްރިސެކެވެ. އިޖްތިމާއީ ޚިދުމަތުގެ އިތުރުން އެއީ ދީނީ ކަންކަމުގައި ނަމޫނާ ބޭފުޅެކެވެ. އެންމެންނާއިވެސް ހިނިތުންވުމަކާއެކު ބައްދަލ...

ފާތިމަތު ސިނާޒާ
އިއްޔެގެ މަޖިލިސްތަޅުމުން ތަންކޮޅެއް!

އިއްޔެގެ މަޖިލިސްތަޅުމުން ތަންކޮޅެއް!

މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން އާންމުކުރި ރިޕޯޓާ ގުޅިގެން އިސްލާމްދީނަށް ފުރައްސާރަކުރުމާއި ދެކޮޅަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ ރައްޔިތުންގެ މަޖިލީހަށް އިއްޔެ ވަނީ ކުއްލި މައްސަލައެއް ހުށައަޅުއްވާފައެވެ. މިމައްސަލައާއި ގުޅިގެން ބަހުސް ކުރެއްވުމަށް ބޭނުންވާ ހުރިހާ މެންބަރުންނަށް ފުރުސަތު ދީ ނިމެންދެން ބަހުސް ކުރިއަށް ގެންދަން 46 މެންބަރުންގެ އިއްތިފާގުން އިއްޔެގެ ޖަލްސާގައި ފާސްކޮށް، ޖަލްސާވަނީ ކުރިއަށް ގެންގޮސްފައެވެ. ރިޕޯޓާގުޅޭ ހޫނުގަދަ ބަހުސްތަކެއް...

ހުސައިން ހަބީބް
ސައީދާ އާންޓީ، އަބަދުވެސް ނަމޫނާ މުދައްރިއްސެއް.

ސައީދާ އާންޓީ، އަބަދުވެސް ނަމޫނާ މުދައްރިއްސެއް.

އެންމެ ކުރިން ފެށިގެންވެސް ވަރަށް “ސޯޝަލް” މީހަކަށް ވާންބޭނުން ވެއެވެ. މީހުން އުފެއްދުމާއި، މީހުން ތަމްރީނު ކުރުމުގެ މަސައްކަތުގައި އުޅެން ބޭނުން ވެއެވެ. އެއީ އޭނާ އަބަދުވެސް ދެކޭ ހުވަފެނެކެވެ. މިއަދު ސައީދާ އާންޓީ އެދަނީ ޢަމަލީ ގޮތުން އެކަން ސާބިތުކޮށްދެމުންނެވެ. ހދ ވައިކަރަދޫ ފުފޫމާގޭ ސައީދާ ހަސަންއަކީ މީހުން ބިނާކުރުމުގެ މަސައްކަތުގައި ނަމޫނާ ދައްކަމުން އަންނަ ކަނބަލެކެވެ. އެގޮތުން ސިވިލް ސާވިސް ޓްރެއިނިންގް އިންސްޓިޓިއުޝަންގެ އެކްސްޓާނަލް ޓްރެއިނާއެއްގެ ގޮތުގައި މިހާރުވެސް ދަނީ ހަރަކާތްތެރި...

Thiladhun
އައިމަންގެ ހިމޭން ދުނިޔެ، މިހާރު އެއީ މާބަގީޗާއެއް

އައިމަންގެ ހިމޭން ދުނިޔެ، މިހާރު އެއީ މާބަގީޗާއެއް

ޒުވާންކަމުގެ އެންމެ ޖޯޝާއެކުވެސް އެއީ ހަމަހިމޭން ދިރިއުޅުމެކެވެ. އެކަނިވެރިކަމާއެކުވެސް އެއީ އުފާވެރި ދިރިއުޅުމެކެވެ. އުމުރުން 22 އަހަރުގެ އެ ޒުވާނާގެ ވަށައިގެން އޮތް އެކަނިވެރި ހިމޭން ދުނިޔެ، އެ ބަދަލުކޮށްލީ ނަލަ ރީތީ މާބަގީޗާއަކަށެވެ. އެއީ އޭނާގެ މަސައްކަތެވެ. ހިތްވަރެވެ. އެއީ ހަމައެކަނި އައިމަން ޚާއްޞަވި ސަބަބެއްނޫނެވެ. ހުރިހާ ގޮތަކުންވެސް އެއީ ޚާއްޞަ ކުއްޖެކެވެ. ހދ ވައިކަރަދޫ ތޮރާމާގޭ އައިމަން ޢަބްދުލް ވާހިދަކީ އުފަންވި އިރުވެސް ޚާއްޞަ އެހީއަށް ބޭނުންވާ ކުއްޖެކެވެ. އެހެންކަމުން އައިމަން ބޮޑު...

ޙުސައިން ޒަބީރު (ހޒމވ)
ދިރާގުގެ 31 އަހަރުގެ "ގަދަ ދަތުރު" ދިވެހިންނަށް ލުޔެއް!

ދިރާގުގެ 31 އަހަރުގެ "ގަދަ ދަތުރު" ދިވެހިންނަށް ލުޔެއް!

ދުނިޔޭގެ ޗާޓުގައި ތިކިތަކެއް ފަދައިން ބަބުޅާ ވިދަމުންދާ މިކުޑަ ކުޑަ ދިވެހިރާއްޖެއަކީވެސް މުވާސަލަތީގޮތުން ދުނިޔޭގެ އެހެން ގައުމުތަކާއި އެއް ހަމައަކަށް ދަތުރު ކުރަމުން އަންނަ ގައުމެކެވެ. އެގޮތުން ރައްޔިތުންގެ އިތުބަރާއި ޔަގީންކަން ލިބިފައިވާ ދިވެހިރާއްޖޭގެ ގުޅުން (ދިރާގު) އަށް މިއަދު 31 އަހަރު ވެފައިވާއިރު ދިރާގަކީ 1 އޮކްޓޫބަރ 1988 ގައި ޤާއިމް ކުރެވުނު ދިވެހިރާއްޖޭގައި ޓެލެކޮމިޔުނިކޭޝަންގެ ޚިދުމަތް އެންމެ ފުރަތަމަ ދޭންފެށި ފަރާތެވެ. މިއަދުވެސް ދިރާގަކީކުރިއެކޭ އެއްފަދައިން އެޚިދުމަތްތައް ދިވެހިރާ...

ފާތިމަތު ސިނާޒާ
ޤައުމީ ދިދަ، މިހާރު ހުންނަގޮތަށް ބަދަލުކުރިތާ 54 އަހަރު

ޤައުމީ ދިދަ، މިހާރު ހުންނަގޮތަށް ބަދަލުކުރިތާ 54 އަހަރު

ދިވެހި ޤައުމީ ދިދަ، މިހާރު ހުންނަގޮތަށް ބަދަލުކުރެވުނުތާ 54 އަހަރު ފުރިއްޖެއެވެ. ޤައުމީ ދިދަ މިހާރު ހުންނަގޮތަށް ބަދަލުވިތާ 54 އަހަރު ފުރިފައިވަނީ ސެޕްޓެމްބަރ މަހުގެ 25 ވަނަ ދުވަހުއެވެ. އެގޮތަށް ދިދަ ބަދަލުވެފައިވަނީ އިނގިރޭސީންގެ އަތްދަށުން ރާއްޖެ މިނިވަންވި އަހަރު އަދި އެކުވެރި ދައުލަތްތަކުގެ ޖަމިއްޔާގައިވެސް ރާއްޖެ ބައިވެރިވި، 1965 ވަނަ އަހަރުއެވެ. 1965 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހު، އޭރުގެ ވަޒީރުންގެ މަޖިލީހުން ރާއްޖޭގެ ދިދަ އޮންނަން ނިންމިގޮތަށް އަދިވެސް އަމަލު […]

Thiladhun

ހިތުގެ ދުވަހާއި ގުޅިގެން މުޅި މީސް މީޑިޔާވެސް ރަތްކުލައަށް!

ރަތްކުލައިގެ ހެދުންތައް ލައިގެން ތިބި ފޮޓޯތަކުން މުޅި މީސް މީޑިޔާ ފުރާލައިފިއިފިއެވެ. “އަހަރެންގެ ހިތް، ތިބާގެ ހިތް- ދުޅަހެޔޮ ހިތަކަށް ވައުދުވަމާ”، މި ޝީޔާރުން މުޅި މީސް މީޑިޔާ ގުގުމާލައިފިއެވެ. އެންމެން އެކުވެ އަދު މި ރަމްޒުކޮށްދެނީ އެކައްޗެކެވެ. އާދެ! މިއަދަކީ ބައިނަލްއަޤްވާމީ ހިތުގެ ދުވަހެވެ. އާދޭހެވެ. ދިވެހި މު ކުޑަކުޑަ މުޖުތަމައުގައިވެސް މިއަދު މި ވަނީ ހިތުގެ ބަލި، އާންމު ކަމަށްކަށް ވެފައެވެ. އިހަށް ހިތުގެ ބައްޔެއް ނުވަތަ ހާޓް އެޓޭކެއްގެ ވާހަކަ އިވެނީ ދަމަކުން ބަޑިއެއް […]

Thiladhun
ދަރިފުޅަށް ދެވޭނެ އެންމެބޮޑު އަނިޔާއަކީ - ރުޅިއައުން، ހަޅޭއް ލެވުން، އެއްޗިހި ކިޔުން

ދަރިފުޅަށް ދެވޭނެ އެންމެބޮޑު އަނިޔާއަކީ - ރުޅިއައުން، ހަޅޭއް ލެވުން، އެއްޗިހި ކިޔުން

ތިބާގެ ދަރިފުޅަށް ދެވޭނެ އެންމެބޮޑު އެއް އަނިޔާއަކީ – ރުޅިއައުމެވެ. ހަޅޭއް ލެވުމެވެ. އެއްިޗިހި ކިޔުމެވެ. އެއީ ހާދަހާ ވޭންހުރި ހިތްދަތި އިހްސާސްތަކަކާ ދަރިފުޅު ކުރިމަތިކުރުވާ ތަޖުރިބާއެކެވެ. މައިން ބަފައިންނާއި މުދައްރިސުންގެ އެންމެބޮޑު އުންމީދަކީ އެމީހުންގެ ދަރިން އެހެންމީހުންގެ ކުރިމަތީގައި އަގުހުރި، މީހުންގެ އިހްތިރާމް ލިބިގެންވާ ބަޔަކަށް ވުމެވެ. އެކަމަށް އެކިމީހުން މަސައްކަތް ކުރަނީ އެކިގޮތަށެވެ. ބައެއް މީހުން، އެމީހުންގެ އުންމީދުތައް ހާސިލުނުވެދާނެކަމަށް، ނުވަތަ އެކަމުގެ ސަބަބުން ތިމާމެން އަ...

މުޙައްމަދު ޝިހާބް

ދީނަށް ފުރައްސާރަކުރާ ޕޭޖެއް ފެނިއްޖެނަމަ ކަންތައް ކުރާނީ ކިހިނެތް؟

ދީނަށް ފުރައްސާރަކުރާ ޕޭޖެއް ފެނިއްޖެނަމަ ކަންތައް ކުރާނީ ކިހިނެތް ހެއްޔެވެ. މިއީ މިދުވަސއވަރު ކޮންމެ ހެން އިނގެން ޖެހޭކަމެކެވެ. މަދުބަޔަކު ކުރާ ލާދީނީ ކަންކަމާއި ނާތަހުޒީބް އަމަލުހިންގާ ފަރާތް ތަކުން އެހިންގާ ކަންކަން މިއަދު އަހަރުމެން އެންމެން އެއްބައިވެއްޖެ ނަމަ އެކަންކަން ހުއްޓުވާލުމުގެ ފުރުޞަތު އެބައޮތެވެ. ތިރީގައި މިވަނީ ދީނަށް ފުރައްސާރަކުރާ ޕޭޖެއް ފެނިއްޖެނަމަ ކަންތައް ކުރާނެގޮތުގެ ވީޑިއޯއެކެވެ.

އިބްރާހިމް އަސްވާޤް
ކުޑަ ކުޑަ ކުއްޖާގެ ބޯޑުން ބުނެދެނީ ބޮޑު ބޮޑު ވާހަކައެއް

ކުޑަ ކުޑަ ކުއްޖާގެ ބޯޑުން ބުނެދެނީ ބޮޑު ބޮޑު ވާހަކައެއް

މި ދުވަސްވަރު އެންމެ އަޑުގަދަ ވާހަކައަކީ މިއީއެވެ. ގިނަ ބަޔަކު ދައްކަމުންދާ ވާހަކައަކީވެސް މިއީއެވެ. ފޭސްބުކް ސްޓޭޓަސްތަކުން ފެށިގެން ގޮސް، އިންސްޓަގްރަމް ސްޓޯރީގައިވަނީވެސް ހަމަ މި ވާހަކައެވެ. މީގެކުރިން، މި ވާހަކައަށް މި ވަރުގެ ސަމާލުކަމެއްވެސް ނުލިބެޔޭ ބުނުމަކީ ދޮގެއް ނޫނެވެ. ރާއްޖޭގައިވެސް، އަދި ބައިނަލްއަޤުވާމީ ފެންވަރުގައިވެސް، މި ދުވަސްވަރު ހަމަ މި ވާހަކައެވެ. އާނ އެކެވެ. “ކްލައިމެޓް ޗޭންޖް” ގެ ވާހަކައެވެ. “ކްލައިމެޓް އެކްޝަން” އާއި “ކްލައިމެޓް ސްޓްރައިކް” ގެ ވާހަކައެވެ. މޫސުމަށް އަންނަމު...

Thiladhun
ރިޒޯޓުތަކުގެ މޫދު ކޮޓަރިތަކުގެ ފަހަތުގައި ހުރި ނެއްލައިދޫ އަލިބެ!

ރިޒޯޓުތަކުގެ މޫދު ކޮޓަރިތަކުގެ ފަހަތުގައި ހުރި ނެއްލައިދޫ އަލިބެ!

ހދ. ނެއްލައިދޫ ބަށިމާގޭ އަލީ އަހުމަދަކީ ކޮންސްޓްރަކްޝަން ދާއިރާއިން މިއަދު ރާއްޖޭގެ ގިނަބަޔަކު ދަންނަ މޫނެވެ. ހާއްސަކޮށް ރިޒޯޓްތަކުގައި ހުންނަ “މޫދު ވިލާ” ހެދުމުގައި އަލިބެއަކީ ނަން މަޝްހޫރު މީހެކެވެ. މިހާރު އުމުރުން 49 އަހަރުގެ އަލިބެ، މި ދާއިރާއަށް ނިކުތީ އުމުރުން އެންމެ 17 އަހަރުގައެވެ. ތިލަދުންއަށް އަލިބެ ކިޔައިދިން ގޮތުގައި އަލިބެގެ އާއިލާގެ އެންމެންނަކީވެސް ކޮންސްޓްރަކްޝަން ދާއިރާގައި މަސައްކަތްކުރާ މީހުންނެވެ. އެގޮތުން، ގަލޮޓު ސްޓޭޑިޔަމް ހެދި އިރު، އެންމެ ފުރަތަމަ އަލިބެ މަސައްކަތަށް ނިކު...

Thiladhun

ރާއްޖޭގެ ޓޫރިޒަމްގެ ނަފާ ދުނިޔޭގެ ބޮޑެތި މަހުޖަނުންނަށް!

މިއަހަރުގެ އޮގަސްޓްމަހުގެ ފަހުކޮޅު އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ ރައީސް ޓަކިހީކޯ ނަކާއޯ ރާއްޖެ ވަޑައިގެން ދެއްކެވި ވާހަކަފުޅުކީ ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރާމީހެއްގެ ހައިސިއްޔަތުން ވިސްނާ ފިކުރު ކުރި ވާހަކަ ކޮޅެކެވެ. އެއީ ރާއްޖޭގެ ޓޫރިޒަމްގެ ފައިދާ މިހާރު ކުރަނީ ދުނިޔޭގެ ބޮޑެތި ހޮޓެލް ޗެއިން ހިންގާ ފަރާތްތަކަށް ކަމަށް  ވިދާޅުވުމެވެ. މިވާހަކަ އަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހު ވިސްނާލަންޖެހޭ ކަމެކެވެ.   ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުއާ އެކު ބޭއްވި ޕްރެސް ކޮ...

ހުސައިން ހަބީބް
ކުދިންނަކީ މުބާރާތެއްގައި އުޅެންޖެހޭ ބަޔެއް ނޫނެވެ

ކުދިންނަކީ މުބާރާތެއްގައި އުޅެންޖެހޭ ބަޔެއް ނޫނެވެ

ކުޑަ ކުއްޖެއްގެ ގޮތުގައި އަޅުގަޑަށް ލިބުނު އެންމެ އަގުބޮޑު ހަދިޔާގެ ވާހަކަ މިއަދު ދައްކާލުމަށް ގަސްތުކުރަމެވެ. އެއީ އަޅުގަޑުގެ ހަޔާތުގައި، އަމިއްލަ ދަރިންނާއި އަދި އަޅުގަޑާއި ދިމާވާ ކުދިންނާއި މެދު އަޅުގަޑުގެ ވިސްނުން ބަހައްޓަންވީގޮތް ތަރުބިއްޔަތު ކޮށްދިން ތަޖުރިބާއެކެވެ. އަޅުގަޑަކީ، ދުނިޔޭގައި ހުރި އެންމެ ނަސީބު ރަގަޅު އެކަކުކަމުގައި އަޅުގަޑު ވާނެކަމަށް އަމިއްލަޔަށް ގަބޫލުކުރާމީހަކީމެވެ. ﷲ ގެ ހެޔޮރަޙްމަތްފުޅާއެކު މިހާތަނަށް ކަންތައް ދިމާވެފައި އޮތީ އެގޮތަށް ގަބޫލުކުރާނެ ޖާގަ އޮންނަ ގޮތަށެވެ. މީ...

މުޙައްމަދު ޝިހާބް
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އިނާޔަތް ބޮޑުކުރުން - މެޑަލް ނުޖެހޭތީ ތާށިވެފަ

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އިނާޔަތް ބޮޑުކުރުން - މެޑަލް ނުޖެހޭތީ ތާށިވެފަ

2014 ވަނަ އަހަރަށް ފަހަތަށްޖެހިލައި ހަނދުމަ އާކޮށްލާނަމެވެ. 9 ޖޫން 2014 ވަނަ ދުވަހު، އޭރުގެ 18 ވަނަ ރައްޔިތުންގެ މަޖިލިސްގެ ދެވަނަ ދައުރުގެ ދެވަނަ ޖަލްސާއަށް އޭރުގެ މަކުނުދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު އަލްއުސްތާޛާ އަނާރާ ނައީމް ނުކުޅެދުންތެރިކަން ހުންނަމީހުންގެ ހައްޤުތައް ރައްކާތެރި ކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު 8/2010 އަށް ” ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރުގައިވާ ނިސްބަތަށްބަލައި މަދުވެގެން ކޮންމެ މީހަކަށް 5000 ރުފިޔާ ހަމަޖެއްސުމަށް ” އިސްލާޙެއް ހުށައެޅުއްވިއ...

ހުސައިން ހަބީބް
އެމަޖެންސީތަކުގައި ގުޅާނެ އެއް ނަންބަރު އޮތުން ވަރަށް މުޙިއްމު

އެމަޖެންސީތަކުގައި ގުޅާނެ އެއް ނަންބަރު އޮތުން ވަރަށް މުޙިއްމު

ކުއްލި ހާލަތަށް އިޖާބަދޭ ފަރާތްތައް ރާއްޖޭގައިވެސް ގިނައެވެ. އެމްބިއުލާންސްގެ ޚިދުމަތް ފޯރުކޮށްދޭ ހޮސްޕިޓަލުތަކާއި، އެނޫންވެސް މުއައްސަސާތައް އެބަ ހުއްޓެވެ. އެކި މައްސަލަތައް ރިޕޯޓުކުރުމަށް ގުޅާނެ މުއައްސަސާތަކާއި، އެތަންތަނަށް ގުޅޭނެ ނަންބަރުތައްވެސް އެބަހުއްޓެވެ. އަސްކަރިއްޔާގެ އެކި އެހީތައް ހޯދަން ގުޅާނެ ދެތިން ނަންބަރެއްވެސް އޮވެއެވެ. ތަންތަން އެބަހުއްޓެވެ. ނަންބަރުތައްވެސް އެބަހުއްޓެވެ. އިމަޖެންސީ ނަންބަރުތަކުގެ ގޮތުގައި ގިނަ އަދަދެއްގެ ނަންބަރުތައް ހުރިއިރު، އެކި ކަންކަމަށް އެކި ނަންބަރަށް...

Thiladhun