މިއީ 2020 ވަނަ އަހަރު، ފޮޓޯއެއް ލޯޑުވާން ވެސް އެހާއިރު!
ދިވެހިން އިހު އުޅުނު ގޮތާއި އަޅާބަލާއިރު ކުރިއަށްވުރެ ތަރައްޤީވެ ތަހުޒީބުވެގެން ގޮސްފިއެވެ. 2020 ގެ ތަސައްވަރާއި މެދު ދެކެމުންއައި ހުވަފެންތަކާއި އުންމީދުތައް މިއަދު މިއޮތީ އަހަރެމެންނާއި އަރާ ހަމަކޮށްފައެވެ. ކޮންމެ މީހަކު އަދި ކުއްޖެއްގެ ޖީބުގައި ސަމާޓް ފޯނެއް އޮވެއެވެ. އާބާދީގެ ނިސްބަތުން ފޯނު ގެންގުޅޭ ނިސްބަތް ގިނަ ޤައުމުތަކުގެ ތެރޭގައި ގުނާލެވޭނެއެވެ. މިއަދުގެ ނޫކަށިފުރާ ޒުވާނުން ސުކޫލު ދައުރުގައި 2020 ގެ ތަސައްވަރު ކުރެހި ހަނދާން ވާނެއެވެ. ރާއްޖެއަށް އަންނާނެކަމަށް ލަފާކޮށް ކުރެހި ތަރައްޤީ...