މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ހއ. އަތޮޅުން ފެށިގެން އދ. އަތޮޅަށް (06:30 އިން 10:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

ރިޕޯޓް

499 ޝާއިޢުކުރެވިފައިވާ ލިޔުން

ރިޕޯޓް - 28 ވަނަ ޞަފްޙާ

ހުވަފެންތައް ހަގީގަތަކަށް ހެދުމަށް މުހިއްމު ވަނީ ތެދުވެރިކަމާ އެކު ކުރާ މަސައްކަތް: އުގައިލް

“ހުވަފެންތައް ހަގީގަތަކަށް ހެދުމަށް މުހިއްމު ވަނީ ތެދުވެރިކަމާ އެކު ކުރާ މަސައްކަތް” މިސުރުހީގެ ދަށުން ޕްރޮފެޝަރ އުގައިލް ލިއުއްވާ ޓުވީޓު ކުރައްވާފައިވާ ލިއުމެއް ހިއްސާކޮށްލާނަމެވެ. އުމުރުން އެންމެ ހަތް އަހަރުގެ ކުއްޖަކު މަޝްހޫރު ކުންފުނި ކަމަށްވާ ގޫގްލުގެ ވަޒީފާއަކަށް އެދި އެތަނަށް ފޮނުވި ސިޓީއެއްގެ ވާހަކަ ތިބާ އަޑު އެއްސެވިންތޯ އެވެ؟ އިނގިރޭސިވިލާތަށް އުފަން އުމުރުން އެންމެ ހަތް އަހަރުގެ ކްލޮއީ ބްރިޖްވޯޓާ ނަމަކަށް ކިޔުނު ތުއްތު ކުއްޖަކު ގޫގްލުގައި ވަޒީފާ އަދާކުރުމުގެ ޝައުގުވެރިކަން ހުރިވަރު ބަ...

ޝިއުނާ އާދަމް
ހދ އަތޮޅުގެ ވެރިކަން ކުރާ ރަށުގެ ގޮތުން އޮންނާނީ ހަމަ ކުޅުދުއްފުށީ ތޯ؟

ހދ އަތޮޅުގެ ވެރިކަން ކުރާ ރަށުގެ ގޮތުން އޮންނާނީ ހަމަ ކުޅުދުއްފުށީ ތޯ؟

ކުޅުދުއްފުށި ސިޓީއަކަށްވީމަ ހދ އަތޮޅުގެ ވެރިކަން ކުރާ ރަށުގެ ގޮތުން އޮންނާނީ ހަމަ ކުޅުދުއްފުށީ ތޯ؟ މިސުވާލު އެންމެ ފުރަތަމަ އުފެއްދީ ޤާނޫނީ ގޮތުން ފުންނާބު އުސް އަދި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު އަލްއުސްތާޒް މުހައްމަދު ނަޝީދު 2019 ވަނަ އަހަރަށް ދައުލަތު މަޖިލީހަށް ހުށަހެޅި ބަޖެޓް ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ. ކުޅުދުއްފުށީ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު ނަޝީދު ވިދާޅުވީ ކުޅުދުއްފުށީގެ އަބާދީގައި ދިހަހާސް ހަމަވެފައިވާކަން ކައުންސިލުން ހާމަކޮށްފައިވާ ކަމަށެވެ. އަދި ސިޓީއަކަށް ކުޅުދުއ...

އަލީ އާދިލް
އިރުކޭތަ ހިފި ދުވަހު "ދެ ދަޅު ސިފަވާހެން" އުދަރެހުން އެރި އިރު!

އިރުކޭތަ ހިފި ދުވަހު "ދެ ދަޅު ސިފަވާހެން" އުދަރެހުން އެރި އިރު!

މިދިޔަ ބުރާސްފަތި ދުވަހު ހިފި އިރުކޭތައަކީ އިރުގެ ވަށައިގެން ރިންގެއް އިންނަ ސޯލާ އިކްލިޕްސް އެނިޔުލާ ނަމަކަށް ކިޔާ އިރު ކޭތައެކެވެ. ފަލަކީ ގޮތުން ކިޔާއުޅޭ ”ރިންގ އޮފް ފަޔަރ“ އިރު ކޭތަ އަކީ އެކި ގޮތްގޮތުން ފާހަގަ ކޮށްލެވެނު އިރުކޭތަ އެކެވެ. މިއިރުކޭތަ ދުނިޔޭގެ އެކި ކަންކޮޅުތަކުން ބޮޑު ސަމާލުކަމެއް ލިބިފައިވާ އިރު އެދުވަހުގެ ތަފާތު ފޮޓޯތައް ދުނިޔޭގެ މޮޅެތި ފޮޓޯ ގުރާފަރުން ވަނީ ނަގާފައެވެ. ނަމަވެސް އެންމެ ފާހަގަ ކޮށްލެވޭ އެންމެ ގިނަބަޔެއްގެ ސަމާލުކަން […]

އަލީ އާދިލް
އާ އަހަރު ފެށުމަށް އެންމެ މޮޅީ ޒުވާން މަސްވެރިޔާގެ އަޒުމުން

އާ އަހަރު ފެށުމަށް އެންމެ މޮޅީ ޒުވާން މަސްވެރިޔާގެ އަޒުމުން

އާ އަހަރަށް ކަނޑަ އަޅާނެ އަޒުމް ތަކަކާއި މެދު ގިނަ ބަޔަކު ވާހަކަ ދައްކައެވެ. އަލަށް ބައްދަލުކުރާ އަހަރު ނިމޭއިރު ހާސިލް ކުރަން ބޭނުން ކަންކަމަކީ ކޮބައިތޯ ވާހަކަ ދައްކައެވެ. ކަނޑަ އަޅާ ލަނޑު ދަނޑިތަކަށް ވާސިލުވުމަށް އަތުކުރި އޮޅާލައެވެ. ނިމިދިޔަ އަހަރު ނިމި ދިޔައީ އެވެ. ގެއްލުނު ވަގުތެއް، ފުރުޞަތެއް އަނބުރާ ނުހޯދޭނެއެވެ. އެންމެ ހިތް އެދޭގޮތަށް އެދުވަސްތައް ހޭދަ ނުކުރެވޭނަމަ ދެން އޮތީ އަލަށް ފެށޭ އަހަރު އަޒުމް އައުކޮށް ވަގުތު ހެޔޮ ގޮތުގައި […]

ޙުސައިން ޝަހުދީ
އިންކަމް ޓެކްސް، ރައްޔިތުމީހާގެ ޖީބަށް ބަރުވެގެން ނުވާނެ!

އިންކަމް ޓެކްސް، ރައްޔިތުމީހާގެ ޖީބަށް ބަރުވެގެން ނުވާނެ!

2019 ވަނަ އަހަރުގެ ޑިސެމްބަރު 4 ވީ ބުދަ ދުވަހު އޮތް، ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 75 ވަނަ ޖަލްސާއިން ފާސްކުރި “އާމްދަނީން ޓެކްސް ނެގުމުގެ ބިލު” ރައީސް ސާލިޙް ތަސްދީގުކޮށް، ޤާނޫނެއްގެ ގޮތުގައި ވުޖޫދަށް އައިސްފައިވަނީ 17 ޑިސެމްބަރު 2019 ވަނަ ދުވަހުއެވެ. އިންކަމް ޓެކްސް ނެގުމުގެ ގާނޫނުގެ ބޭނުމަކީ މުއްސަނދިންނާއި ފަގީރުންގެ މެދުގައި އޮންނަ ފަރަގު ކުޑަ ކުރުމެވެ. އިންކަމް ޓެކްސް ތައާރަފު ކުރުމުން ރައްޔިތުން ޤަބޫލު ކޮށްގެންތިބީ މުއްސަނދިކަމާއި ފަޤީރު […]

ރަފާ މުހައްމަދު
ނުރުހުމާއި ނަފުރަތު…!

ނުރުހުމާއި ނަފުރަތު…!

ނުރުހުމަކީ ވަރަށް ބާރުގަދަ ޖަޒުބާތެކެވެ. ދެމިގެންދާ ނުރުހުން ބަދަލުވަނީ ނަފުރަތަށެވެ. މީހަކާމެދު ނަފުރަތު އުފެދުމުން އިންސާނަކަށްވީތީ އޮންނަ ރަހުމު ކެނޑެއެވެ. އަދި އަމުދުން ގާތްމީހެއްނަމަ، އެނަފުރުގެ ޖަޒުބާތުން އެމީހާގެ ސިކުނޑީގައި އަނެކާއަށް ނިކަމެތިކަމާއި ދެރަކަން ލިބުމަށް އެދުންވެރިވުމުގެ ޝުއޫރުތައް އުފެދެން ފަށައެވެ. ފަހުން އައިސް އެ ޖަޒުބާތު ބަދަލުވެގެންދަނީ އެންމެ މަތީދަރަޖައިގެ ހިތްދަތިގޮތްތައް އެމީހަކަށް މެދުވެރިކުރުވުމުގެ އެދުމަށެވެ. ނުރުހުން އުފެދިގެން އަންނަނީ ދެމިގެންދާ ހިތްހަމަނުޖެހ...

މުޙައްމަދު ޝިހާބް
ރިސޯޓު ބޯއީއެއްގެ އުދާސްތައް، މިނިސްޓަރ ޢަލީ ވަޙީދަށް!

ރިސޯޓު ބޯއީއެއްގެ އުދާސްތައް، މިނިސްޓަރ ޢަލީ ވަޙީދަށް!

ފަތުރުވެރިކަމުގެ ދާއިރާގައި ދިގުމުއްދަތެއް ހޭދަކޮށްފައިވާ ޚިދުމަތްތެރިއެއްގެ ހިތުގެ އުދާސްތައް ސޯސަލް މީޑިއާގައި ބަންޑުން ކޮށްލައިފިއެވެ. މިނިސްޓަރ ޢަލީ ވަހީދަށް ނިސްބަތްކޮށް ދޫކޮށްލި އުދާސްތައް ފުޅާވެ، އިންޑަސްޓްރީގެ ހުރި މައިގަނޑު މައްސަލަތައް ބަންޑުން ކޮށްލިއެވެ. އޭނާ ބުނެފައިވެއެވެ. ” އެދުވަހު ބައިވަރު ވާހަކަ ދެކެވުނެވެ. ވަރަށް އުއްމީދީ ޖަވާބު ތައްވެސް ދެއްވިއެވެ. ނަމަވެސް 2019 ވަނަ އަހަރު މިއޮށް ނިމެނީއެވެ. މިރާއްޖޭގެ ރިސޯޓްތަކުގައި މެދު ކެނޑުމެއްނެތި 21 އަހަރު ވަންދެން މަސައްކަތް ކުރަމުން...

ހުސައިން ހަބީބް

ސުނާމީ ކާރިސާއާގުޅިގެން ދިވެހި ސިފައިން އަދާކުރި މުހިންމު ދައުރު

ދިވެހިރާއްޖޭގެ ތާރީޚުގައި ދިމާވި އެންމެ ބޮޑު ގުދުރަތީ ކާރިސާއަކީ 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވީ އާދީއްތަ ދުވަހު ކުރިމަތިވި ސުނާމީ ކާރިސާއެވެ. މި ކާރިސާގައި 82 ދިވެހިން މަރުވެ، 26 މީހުން ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ. ސުނާމީއާ ގުޅިގެން ރާއްޖޭގެ 13 ރަށަކުން މީހުން ފޭބިއިރު، 8162 މީހުން ގޯތި ގެދޮރުނެތި ހާލުގައި ޖެހުނެވެ. އަދި 3997 ގޯތި ގެދޮރު މުޅިން ހަލާކުވެފައިވެއެވެ. އިންޑޮނޭޝިޔާގެ ސުމަޓްރާ ކައިރިން ކަނޑުގެ އަޑިޔަށް އައި […]

Thiladhun

ޑްރަގް ރެއިޑް އޮޕަރޭޝަނުން މުޅިން އާސޯޚް ކޮށްލައިފި

މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކުތަކަށް ނިސްބަތްވާ ފަރާތްތަކުން މަސްތުވާތަކެތި ބޭނުންކޮށް، އެތަކެތި ވިއްކަން ބޭނުންކުރާ ގެތައް ރެއިޑުކުރުމަށް ފުލުހުން ފަށައިގެން އުޅޭ އޮޕަރޭޝަންގެ ތެރެއިން ރައްޔިތުން މުޅިން އާސޯޚްކޮށްލާފަދަ ޚަބަރުތައް ފެންމަތި ވެއްޖެއެވެ. ކެފޭ އުސޫލުން މަސްތުވުމުގެ ޚިދުމަތްދޭކަމަށް ބެލެވޭ ގެތަކެއް ރެއިޑް ކުރުން ރޭ ފުލުން ހިންގި އޮޕަރޭޝަންގައި ކެފޭ އުސޫލުން މަސްތުވުމުގެ ޚިދުމަތްދޭކަމަށް ބެލެވޭ ގެތަކެއް ރެއިޑް ކުރާކަން ހާމަކުރުމުން ރައްޔިތުންނަށް ލިބިގެން ދިޔައީ ސިހުމާއި، ޚައ...

ޔުމްނާ ޢަލީ

ގޯސްވާން ވާނީ ހަމަ ގޯހަށް!

ފަތުރުވެރިކަމުގެ ދާއިރާއިން އެއް އަހަރު ތެރޭގައި މި ސަރުކާރަށް ހާސިލް ކުރެވުނު ކަންކަން ފާހަގަ ކުރުމުގެ ގޮތުން މިދިޔަ އަންގާރަ ދުވަހުގެރޭ ސަރުކާރުން ބޭއްވި ” ބުރަބި ” ހަފްލާ ހުށަހަޅާ ދެއްވީ ބްރޯޑްކޮމްގެ މިހާރުގެ ރައީސާ މަރްޔަމް ވަހީދާ އެވެ. ކުރީގެ މަޝްހޫރު ޓީވީ ޕްރެޒެންޓާ އަދި ފަހަކަށް އައިސް ގިނަ ހަފްލާތައް ހުށަހަޅުއްވާ ދެއްވާ މަރީ މިނިވަން މުއައްސަސާއަކަށް އައްޔަން ވުމަށް ފަހު ވެސް ސަރުކާރުގެ އިވެންޓުތައް ހުށަހެޅުއްވުމުން އެކަމާ ގުޅިގެން އެމްޑީޕީ އާއި […]

ހުސައިން ހަބީބް
ފަތުރުވެރިކަމުގެ ދާއިރާގެ ދިވެހިންނަށް ދައްކާ ހުވަފެން

ފަތުރުވެރިކަމުގެ ދާއިރާގެ ދިވެހިންނަށް ދައްކާ ހުވަފެން

ވަކި ސަރުކާރެއް ނޫނެވެ. މިހާތަނަށް އައި ހުރިހާ ސަރުކާރު ތަކަކުންނެވެ. އިންތިޚާބަށް ބޯމަތިވުމުން އެންމެ އިސްކޮށް ފަތުރާ ވާހަކަތަކަކީ ފަތުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ދިވެހިންގެ ހައްޤުތައް ހިމާޔަތްކޮށްދީ ހައްޤު މިންވަރު ކަށަވަރުކޮށް ދޭނެވާހަކައެވެ. އިންތިޚާބުތަކުގައި ގަދަ އަޑުން ވެފައިވަނީ ދިވެހިންނަށް ހަމަ އުޖޫރައާއި، ސިނާއަތުގައި އަމިއްލަ ބިމުގައި ކުރަމުންދާ ތަފާތުކުރުން ތަކުން މިންޖުކޮށްދޭނެ ވަޢުދުތަކެވެ. އަމިއްލަ ވަޒަނުގައި އެވަޒަނުން ނެރޭ ނަފާގެ މަންފާ ހުރިހާ މާނައެއްގައި ލިބެންޖެހޭކަ...

ހުސައިން ހަބީބް
މަގުމަތީ ރައްކާތެރިކަން - އިސްލާހުކުރަންވީ ތިމާގެ ނަފުސު

މަގުމަތީ ރައްކާތެރިކަން - އިސްލާހުކުރަންވީ ތިމާގެ ނަފުސު

މަގުމަތީގެ ރައްކާތެރި ކަމަކީ، ހަމަ ކޮންމެ މީހެއްގެ ސަލާމަތާއި ގުޅިފައިވާ ކަމެކެވެ. މަގުމަތީ ހިނގާ ބިނގާވާ ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި އަދި ހުރިހާ އުމުރުފުރާއެއްގެ މީހުންގެ ސަލާމަތަށްޓަކައި މަގުމަތީގެ ރައްކާތެރިކަން އެހާމެ މުހިންމެވެ. މަގުމަތީ ދުއްވާ މީހުންގެ ސަލާމަތްތެރި ކަމަކީވެސް ހަމައެއް ހަމައަކުން އިސްކޮށް ރައްކާތެރިވާން ޖެހޭ ކަމެއް މެއެވެ. މަގުމަތީގެ ރައްކާތެރިކަން ލިބޭނީ އަޅުގަނޑުމެންގެ ނަފްސުތައް އިސްލާހްކޮށްގެން ކަމާމެދު ޝައްކެތް ނެތެވެ. އަޅުގަނޑުމެންކުރެ ހިނގާ، ދުއްވާ ކ...

ޙުސައިން ޝަހުދީ
ޤާސިމްގެ މަރު، އިންސާފްލިބިދިނުމަށް ގޮވާލެވޭ އަޑު މަޑު

ޤާސިމްގެ މަރު، އިންސާފްލިބިދިނުމަށް ގޮވާލެވޭ އަޑު މަޑު

4 ޑިސެމްބަރ ވަނަ ދުވަހުގެ ރޭ އިރާކޮޅުގެ ވަގުތެއްގައި ހުޅުމާލޭގައި، ވަޅިން ހަމަލާދީ އަނިޔާވެރިކޮށް ގަތުލުކޮށްލެވުނު އދ. މާމިނގިޔަށް އުފަން އުމުރުން 59 އަހަރުގެ ޤާސިމް ޙަސަނަށް އިންސާފް ހޯދައިދިނުމަށް ގޮވާލާ އަޑު މަޑެވެ. ޤާސިމް ޤަތުލުކޮށްލިތާ ދެހަފްތާވިއިރު މީސް މީޑިއާގައި އާންމުރައްޔިތުންތަކެއް އުދާސްތައް ބަނޑުން ކުރަމުން ދިޔަނަމަވެސް ރާއްޖޭގައި ފަހުގެ ތާރީޚްތަކުގައި ހިނގި މިފަދަ އަނިޔާވެރި އަމަލުތަކާދެކޮޅަށް އަޑު އުފުލި މިންވަރާ ގާތަށްވެސް ޤާސިމަށް އިންސާފް ލިބިދިނުމަށް ގޮވާލާތަނެއް ނުފެނެއެވެ....

ޔުމްނާ ޢަލީ
އިންފުލުއެންޒާ – މޫސުމީ އަރިދަފުސް ރޯގާ

އިންފުލުއެންޒާ – މޫސުމީ އަރިދަފުސް ރޯގާ

އިންފުލުއެންޒާ(Influenza) އަކީ އަރިދަފުސް ރޯގާ ފަދަ އިން ވައިރަސް އެއްގެ ސަބަބުން، ނޭވާލާ ނިޒާމަށްޖެހޭ ވަރަށް ފަސޭހައިން ގައިންގަޔަށް އަރާ ބައްޔެކެވެ. އިންފުލުއެންޒާގެ ވައްތަރުތަކުގެ ތެރެއިން ކޮންމެ އަހަރަކު މޫސުމީ ސިފައެއްގައި ކުރިމަތިވާ އިންފުލުއެންޒާ އަށް މޫސުމީ އަރިދަފުސް ރޯގާ(Seasonal Influenza) އޭ ކިޔައެވެ. އިންފުލުއެންޒާ އަށް އާންމުކޮށް ކިޔަނީ ފުލޫ(Flu) ނުވަތަ ރޯގާ އެވެ. އިންފުލުއެންޒާ ޖައްސާ ވައިރަސް ތަކުގެ ވައްތަރުތައް ހަށިގަނޑަށް ވަދެ ނިކުމެ ހަދާ މައި ދޮރާއްޓަކީ ނޭވާލާ ނިޒާމުން ހަށިގަނ...

Thiladhun

ދިވެހިރާއްޖޭގެ "ސުޕަރމޭން" - މުޅި މީސް މިޑިއާގައި ސާއިދުގެ ފޮޓޯ

ދެކުނު އޭޝިއާގެ އެންމެ ބޮޑު ކުޅިވަރު މުބާރާތުގެ 35 އަހަރުވީ ތާރީހުގައި ރާއްޖެ އަށް ފުރަތަމަ ފަހަރަށް ރަން މެޑެލްއެއް ހޯދައިދިން ދުވުންތެރިޔާ ހަސަން ސާއިދުގެ ނަން ދިވެހި ކުޅިވަރުގެ ތާރީހުގައި ލިޔެވުމާއި ގުޅިގެން އެކަމުގެ އުފާ އެންމެހާ ދިވެހިން ދަނީ ހިއްސާކުރަމުންނެވެ. މިއަދު މުޅި މީސް މީޑިއާގައި ސާއިދުގެ ފޮޓޯތަކާއި އެކު ސާއިދުއަށް ލިބުނު އުފާ ހިއްސާ ކުރަމުން ދާއިރު މުޅި ގައުމު ފަހުރުވެރިވާފަދަ ދުވުންތެރިއަކަށް ސާއިދު މިވަނީ ވެފައެވެ. ސާއިދުގެ މި ކާމިޔާބީ ރާއްޖޭގެ އެކި […]

ފާތިމަތު ސިނާޒާ