ކޮމަންޑޫން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ 126 ރަބަރު ޕަކެޓް ހޯދައިފި
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ށ. ކޮމަންޑޫން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 126 ކުޑަ ރަބަރު ޕެކެޓު ހޯދައި ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފިއެވެ. މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ މި ރަބަރު ޕެކެޓްތައް ހޯދައި، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ މިއަދު ކޮމަންޑޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައެވެ. ފުލުހުން ބުނީ އެ ތަކެތި ހޯދާފައިވަނީ ކޮމަންޑޫ ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިޖުލައި މަހުގެ 5 ވަނަ ދުވަހު (މިއަ...