މިއަދުވެސް 200 ބިދޭސީން ޤައުމަށް ފޮނުވާލައިފި
ޤައުމީ އެއާލައިން މޯލްޑިވިއަން އިން މިއަދު ވެސް އިތުރު 200 ބަންގްލަދޭޝްގެ މަސައްކަތްތެރިން އަނބުރާ ގައުމަށް ފޮނުވާލައިފި ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ. މޯލްޑިވިއަން އިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ ރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝްގެ ރައްޔިތުންގެ ތެރެއިން އިތުރު 200 މީހަކު ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް މިއަދު ފުރުވާލާފައިވާ ކަމަށެވެ. ކޯވިޑް19 ރާއްޖޭގައި ފެތުރެން ފެށުމާއިއެކު އެ ބަލި އެންމެ ބާރަށް ފެތުރިފައިވަނީ ބަންގްލަދޭޝް މަސައްކަތްތެރިންގެ މެދުގައެވެ. އެ ހިސާބުން ފެށިގެން ރާ...