މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ކ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (01:00 އިން 07:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,856 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 981 ވަނަ ޞަފްޙާ

"ނުރައްކަލުގެ ރަނގަބީލުގެ އަޑު" ގަދަވާތީ މިނިސްޓަރ އަމީންގެ އާދޭސް!

"ނުރައްކަލުގެ ރަނގަބީލުގެ އަޑު" ގަދަވާތީ މިނިސްޓަރ އަމީންގެ އާދޭސް!

ރާއްޖޭގައި ކޯވިޑް-19 ހާލަތު އިތުރަށް ގޯސްވެ، “ނުރައްކަލުގެ ރަނގަބީލު” ގެ އަޑުގަދަވަމުންދާ ކަމުގެ އިންޒާރު ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިރޭ ދެއްވައިފި އެވެ. މިނިސްޓަރު އަބްދުﷲ އަމީން މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، އާއްމު ހާލަތަކަށް އެދޭ ނަމަ މާސްކް އެޅުމާއި އެކަކު އަނެކެއްގެ ދުރުމިން ކަށަވަރު ކުރުމާއި ބައްދަލުވުންތައް މަދުކުކޮށް، ކޮންމެހެން ނުކުންނަން ޖެހޭ ހާލަތެއްގައި ނޫނީ ގެއިން ބޭރަށް ނުނިކުތުމަށް އެދޭކަމަށެވެ. މާލެ ސަރަހައްދުގެ ލޮކްޑައުން އަށް ދިން ބޮޑު ލުއިގެ ނަތީޖާ […]

އަލީ އާދިލް
މަގުމައްޗަށް ނުކުމެ އުޅުމުގައި، ދެވިފައިވާ އިރުޝާދު ތަކަށް ސަމާލުވުމަށް އިލްތިމާސް ކޮށްފި

މަގުމައްޗަށް ނުކުމެ އުޅުމުގައި، ދެވިފައިވާ އިރުޝާދު ތަކަށް ސަމާލުވުމަށް އިލްތިމާސް ކޮށްފި

މިދުވަސް ވަރަކީ އާންމު ރައްޔިތުންނާއި، ފުލުހުންގެ ތެރެއިން ކުރީ ސަފުގައި މަސައްކަތް ކުރާ ފުލުހުންވެސް ކޯވިޑް-19 އަށް ޕޮޒިޓިވްވާ އަދަދު އިތުރު ވަމުންދާ ދުވަސް ވަރަކަށް ވާތީ، މަގުމައްޗަށް ނުކުމެ އުޅުމުގައި، ސިއްހީ ގޮތުން ރައްކާތެރި ވުމަށް ދެވިފައިވާ އިރުޝާދުތަކަށް ސަމާލުކަން ދީގެން ހަރަކާތްތެރި ވުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ. ފުލުހުން މިގޮތަށް އިލްތިމާސް ކުރީ، ކޯވިޑް 19 ފެތުރުން ކޮންޓްރޯލްކޮށް އާންމު ސިއްހަތު ރައްކާތެރިކުރުމަށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީން (އެޗްޕީއޭ) އިން ނެރެފައިވާ އިއު...

ޝިއުނާ އާދަމް
ކޯވިޑަށް މިއަދު 137 މީހަކު ޕޮޒިޓިވް ވެއްޖެ

ކޯވިޑަށް މިއަދު 137 މީހަކު ޕޮޒިޓިވް ވެއްޖެ

ކޯވިޑް-19 އަށް ރާއްޖެއިން މިއަދު 137 މީހަކު ޕޮޒިޓިވް ވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައިވާގޮތުގައި މިއަދު ޕޮޒިޓިވްވި 137 މީހުންގެ ތެރޭގައި ހިމެނެނީ 92 ދިވެއްސަކާއި ބަންގްލަދޭޝަށް ނިސްބަތްވާ 31މީހެއްގެ އިތުރުން އިންޑިއާއަށް ނިސްބަތްވާ 9 މީހެކެވެ. ✳️ COVID-19 Case Updates As of 06:00 PM Confirmed an additional 137 cases of COVID-19 infections in Maldives – 92 Maldivians- 31 Bangladeshis- 9 Indians- […]

އިބްރާހިމް އަސްވާޤް
ކޯވިޑް-19: ކެލާއިން ޕޮޒިޓިވްވި މީހާއަށް ށ. އަތޮޅު ފެސިލިޓީގައި ފަރުވާ ދެނީ

ކޯވިޑް-19: ކެލާއިން ޕޮޒިޓިވްވި މީހާއަށް ށ. އަތޮޅު ފެސިލިޓީގައި ފަރުވާ ދެނީ

ހއ. ކެލާއިން ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މީހާ، ށ. ފުނަދޫގައި ޤާއިމުކޮށް ފައިވާ ޒޯން 1 ގެ ކޯވިޑް-19 އަށް ފަރުދޭ މަރުކަޒު، ށ. އަތޮޅު ހޮސްޕިޓަލްގައި ފަރުވާ ދޭން ފަށައިފިއެވެ. ށ. އަތޮޅު ހޮސްޕިޓަލްގައި ޤާއިމުކޮށްފައިވާ ޒޯން 1 ކޯވިޑް މެނޭޖްމަންޓް ސެންޓަރުގައި ފަރުވާ ދޭން ފަށާފައި ވައިވާ، ހއ. ކެލާގެ މި މީހާއަކީ އެ ރަށާއި، މާލެއާއި ދެމެދު ދަތުރުކުރާ ސަވާރީ ބޯޓުގެ ކެޕްޓަނެވެ. ކެލާ ކައުންސިލްގެ ރައީސް އާދަމް ގުފްރާން “ތިލަދުން” އަށް […]

ޔުމްނާ ޢަލީ
އޮސްޓްރޭލިއާއިން ރާއްޖެއަށް 12 ހާސް ޑޮލަރުގެ ތަކެތި ހަދިޔާ ކޮށްފި

އޮސްޓްރޭލިއާއިން ރާއްޖެއަށް 12 ހާސް ޑޮލަރުގެ ތަކެތި ހަދިޔާ ކޮށްފި

އޮސްޓްރޭލިއާ ސަރުކާރުގެ ހިލޭއެހީގެ ދަށުން ޕަރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީ.ޕީ.އީ) ދިވެހިރާއްޖެއަށް ހަދިޔާ ކުރައްވައިފިއެވެ. މިތަކެތި ހަވާލުކޮށްދެއްވީ އޮސްޓްރޭލިއާ ސަރުކާރުގެ ފަރާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު، ހިޒް އެކްސެލެންސީ ޑޭވިޑް ހޮލީ އާއި ޑިފެންސް އެޑްވައިޒަރު ގްރޫޕް ކެޕްޓަން ޝޯން އަންވިން އެވެ. ރާއްޖޭގެ ފަރާތުން މިތަކެއްޗާއި ޙަވާލުވެލެއްވީ ސްރީލަންކާގައި އަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު، އަލްފާޟިލް އުމަރު ޢަބްދުއްރައްޒާޤު...

ޝިއުނާ އާދަމް
އެމްޓީސީސީއިން ރަސްމާދޫ ބަނދަރުގެ މަސައްކަތް ފަށަން ތައްޔާރު ވެއްޖެ

އެމްޓީސީސީއިން ރަސްމާދޫ ބަނދަރުގެ މަސައްކަތް ފަށަން ތައްޔާރު ވެއްޖެ

ރ. ރަސްމާދޫ ބަނދަރުގެެ މަސައްކަތް ފަށަން މޯލްޑިވްސް ޓްރާމްސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) އިންތައްޔާރު ވެއްޖެ އެވެ. އެމްޓީސީސީ އިން ބުނީ  ރަސްމާދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމައްޓަކައި 26 ޖުލައި 2020 ގައި ރަސްމާދޫ ބަނދަރުގެ މަސައްކަތް ކުރުމަށް ބޭނުންވާ ސާމާނު އެރަށަށް ގެންގޮސް މޮބިލައިޒް ވެފައިވާ ކަމަށެވެ. އަދި ޕްރޮޖެކްޓުގެ އީއައިއޭ ރިޕޯޓަށް ހުއްދަ ލިބުނީ ޖުލައި 16 ގައި ކަމަށް ވެސް އެމްޓީސީސީއިން ވަނީ ބުނެފައެވެ. އެ […]

ޔުމްނާ ޢަލީ
އެމްޓީސީސީ އިން ފޮއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ނިއްމާލައިފި

އެމްޓީސީސީ އިން ފޮއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ނިއްމާލައިފި

ނ. ފޮއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު، މޯލްޑިވްސް ޓްރާމްސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) އިން ނިންމާ ލައިފިއެވެ. މި މަޝްރޫޢުގެ މަސައްކަތް ކޮށްފައިވާ، އެމްޓީސީސީ އިން ބުނީ މި މަޝްރޫޢުގެ މަސައްކަތް 26 ޖުލައި 2020 ގައި ނިއްމާލެވިފައި ވާކަމަށެވެ. މި މަޝްރޫޢުއަކީ ފޮއްދޫ އަށް ދިމާވެފައިވާ ރަށް ގިރުން ހުއްޓުވުމުގެ ގޮތުންނާއި، ލަފާފުރުމަށް ބޭނުންކުރާ ފާލަން ރަށާއި ވަކިވެފައި ވުމާއެކު އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ […]

ޝިއުނާ އާދަމް
އިންކަމް ސަޕޯޓު އެލަވަންސްގެ ގޮތުގައި 27.2 މިލިއަން ރުފިޔާ ދޫކޮށްފި

އިންކަމް ސަޕޯޓު އެލަވަންސްގެ ގޮތުގައި 27.2 މިލިއަން ރުފިޔާ ދޫކޮށްފި

ކޯވިޑް- 19 އާއި ގުޅިގެން އާމްދަނީއަށް އަސަރުކޮށްފައިވާ ފަރާތްތަކަށް “އިންކަމް ސަޕޯޓް އެލަވަންސް” ގެ ގޮތުގައި މިހާތަނަށް 27.2 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ. ފިނޭން މިނިސްޓްރީން ބުނީ ކޯވިޑް- 19 އާއި ގުޅިގެން އާމްދަނީއަށް އަސަރުކޮށްފައިވާ ފަރާތްތަކަށް “އިންކަމް ސަޕޯޓް އެލަވަންސް” ގެ ގޮތުގައި މިހާތަނަށް 6638 ފަރާތަކަށް 27.2 މިލިއަން ރުފިޔާ ދޫކޮށްފައި ވާކަމަށެވެ. ކޯވިޑް-19ގެ ސަބަބުން އާމްދަނީ އަށް އަސަރު ކުރާ މީހުންނަށް ދޭ “އިންކަމް ސަޕޯޓް އެލަވެންސް” ލިބޭނީ […]

ޝިއުނާ އާދަމް
މަތިއުތުރު ޕޮލިސް ޑިވިޝަނަށް އަންހެން ކޮމާންޑަރެއް!

މަތިއުތުރު ޕޮލިސް ޑިވިޝަނަށް އަންހެން ކޮމާންޑަރެއް!

މަތިއުތުރު ޕޮލިސް ޑިވިޝަންގެ ކޮމާންޑަރަކަށް އަންހެން ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ. ފުލުހުން ކުރި ޓްވީޓެއްގައި ބުނީ މަތިއުތުރު ޑިވިޝަންގެ ކޮމާންޑަރަކަށް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ފާތިމަތި ނަޝްވާ އައްޔަން ކުރައްވާފައިވާ ކަމަށެވެ. ނަޝްވާ ކުރިން ހުންނެވީ ކްރައިމް ޕްރިވެންޝަން އެންޑް ޕަބުލިކް އެފެއާޒްގެ ހެޑަކަށެވެ. މަތި އުތުރު ޑިވިޝަން ކޮމާންޑްގައި ހިމެނޭ އަތޮޅު ތަކަކީ ހއ. ހދ އަދި ށ އަތޮޅެވެ. މަތިއުތުރު ޕޮލިސް ޑިވިޝަންގެ ކޮމާންޑަރުގެ މަގާމުގައި މީގެ ކުރިން ހުންނެވީ އަލީ ފާއިޒެވެ. […]

ޔުމްނާ ޢަލީ
ސިއްޕެ ޑރ. ޖަމީލަށް: މުޒާހަރާ ކުރަން ރާއްޖެ އާދެވުނީ ކޮންބަޔެއް ކުރި ކޮންކަމަކާ ގުޅިގެންތޯ؟

ސިއްޕެ ޑރ. ޖަމީލަށް: މުޒާހަރާ ކުރަން ރާއްޖެ އާދެވުނީ ކޮންބަޔެއް ކުރި ކޮންކަމަކާ ގުޅިގެންތޯ؟

“މުޒާހަރާ ކުރިޔަށް ދާނެ، ނަތީޖާ ވެސް ފޮނިވާނެ: ޖަމީލު” މިސުރުހީގެ ދަށުން ގެނެސްދީފައިވާ ޚަބަރެއްގެ ފޮޓޯ ޖައްސަވާ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ(އެމްޑީޕީ)ގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ އެމްޑީޕީގެ މެމްބަރު އަދި މިހާރު ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒް(ސިއްޕެ) ވަރުގަދަ ރައްދެއް ކުރީގެ ނައިބު ރައީސް އަދި ޕީޕީއެމްގެ ޑރ. މުހައްމަދު ޖަމީލުއަށް ދެއްވައިފިއެވެ. ޕީޕީއެމްގެ އެޑްވައިޒަރ ޑރ ޖަމީލް އަށް ރައްދު ދެއްވަމުން ސިއްޕެ މިއަދު ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ...

އަލީ އާދިލް
ވަގު ޕާސްޕޯޓެއްގައި ރާއްޖެ އެތެރެވާން އުޅުނު މީހަކު އިމިގްރޭޝަނުން ހުއްޓުވައިފި

ވަގު ޕާސްޕޯޓެއްގައި ރާއްޖެ އެތެރެވާން އުޅުނު މީހަކު އިމިގްރޭޝަނުން ހުއްޓުވައިފި

ބޯޑަރު ހުޅުވާލިފަހުން ވަގު ޕާސްޕޯޓެއްގައި ރާއްޖެ އެތެރެވާން އުޅުނު ބިދޭސީއަކު އިމިގްރޭޝަނުން ހުއްޓުވައިފިއެވެ. މޯލްޑިވްސް އިމިގްރޭޝަނުން ބުނެފައިވަނީ ސައްޙަ ޕާސްޕޯޓަކަށް ބަދަލު ގެނެސްގެން ރާއްޖެއައި 40 އަހަރުގެ މީހެއްކަމަށްބުނާ ފިރިހެނަކު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ހުއްޓުވާފައިވާކަމަށެވެ. އޭނާއާއި ބެހޭ އިތުރު އެއްވެސް މަޢުލޫމާތެއް އިމިގްރޭޝަނުން ހާމަކޮށްފައެއްނުވެއެވެ. ރާއްޖޭގެ ބޯޑަރ ކޮންޓްރޯލް ބެލެހެއްޓުމުގެ ކަންކަން ހަރުދަނާކޮށް، ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް މޯލްޑިވްސ...

ޔުމްނާ ޢަލީ
މާލެ ސިޓީގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ނުކުރާނެ!

މާލެ ސިޓީގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ނުކުރާނެ!

މިއަހަރުގެ އަޟްޙާ ޢީދު ނަމާދު މާލެ ސިޓީގައި ބޮޑު ޖަމާޢަތުގައި ނުކުރާގޮތަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ. އިސްލާމިކް މިނިސްޓްރީން ބުނީ މާލެ ސިޓީގައި ހިމެނޭ މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ނުކުރި ނަމަވެސް އިސްލާމީ މަރުކަޒާއި، އެ ސިޓީގެ ހުކުރު ކުރާ މިސްކިތްތަކުގައި ޢީދު ނަމާދު ކުރާނެ ކަމަށެވެ. މާލެ ސަރަހައްދުގައި ބޮޑު ޖަމާޢަތުގައި މިއަހަރުގެ އަޟްޙާ ޢީދު ނަމާދު ނުކުރާ ގޮތަށް އިސްލާމިކް މިނިސްޓްރީން ނިންމަވާފައި ވަނީ ކޯވިޑް-19 މާލެ […]

ޝިއުނާ އާދަމް
ފީވަކު ބަނދަރުގެ 52 ޕަސެންޓް މަސައްކަތް ނިމިއްޖެ: އެމްޓީސީސީ

ފީވަކު ބަނދަރުގެ 52 ޕަސެންޓް މަސައްކަތް ނިމިއްޖެ: އެމްޓީސީސީ

ށ. ފީވަކު ބަނދަރު ހެދުމުގެ މަޝްރޫޢުގެ 52 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާމްސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެމްޓީސީސީއިން ބުނީ މި މަޝްރޫޢުގެ ދަށުން ށ. ފީވަށް ބަނދަރު ޑިޒައިން ކުރުމާއި ފުންކުރުމު މަޝްރޫޢުގެ 52 ޕަސެންޓް މަސައްކަތް ނިމިފައި ވާކަމަށެވެ. މި މަޝްރޫޢުގެ ތެރެއިން ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 88 ޕަސެންޓް ނިންމައި ބޭރުތޮށިލުމުގެ މަސައްކަތުގެ 66 ޕަސެންޓް ވަނީ މިހާރު ނިމިފައިވާ ކަމަށް ވެސް އެމްޓީސީސީއިން […]

ޔުމްނާ ޢަލީ
އެމްޑީއެންއާއި އުތެމައިގެ މައްސަލައިގައި "ރައްޔިތުންގެ އިއްތިހާދުން" ސަރުކާރަށް ސުވާލުތަކެއް!

އެމްޑީއެންއާއި އުތެމައިގެ މައްސަލައިގައި "ރައްޔިތުންގެ އިއްތިހާދުން" ސަރުކާރަށް ސުވާލުތަކެއް!

އެމްޑީއެން އާއި އުތެމަ ޖަމިއްޔާގެ މައްސަލައިގައި މަދަނީ ޖަމްޢިއްޔާތަކުގެ މައްޗަށް އެކުލެވޭ “ރައްޔިތުންގެ އިއްތިހާދުން” ސަރުކާރަށް ސުވާލުތަކެއް ކުރިމަތި ކުރުވައިފިއެވެ. މިއަދު އެއިއްތިހާދުގެ ފަރާތުން ބޭއްވި ނޫސްވެރިން ބައްދަލުވުމެއްގައި އެއިއްތިޙާދުގެ ރައީސް މުޙައްމަދު އިބްރާހީމް ބުނެފައިވަނީ އެއިއްތިހާދުގެ ފަރާތުން ސަރުކާރަށް ގޮވައިލަނީ އުތެމައާއި އެމްޑީއެންގެ ފައުންޑަރުންނާ މެދު ޤާނޫނީ ފިޔަވަޅު އެޅުމަށް ކަމުގައެވެ. އެފަދައިން ފިޔަވަޅު ނޭޅުމަކީ ވަގަކު ވައްކަން ކުރުމުން ހައްޔަރުކުރުމަށްފަހު، އޭނާ...

ޔުމްނާ ޢަލީ
މަސްތުވާތަކެއްޗާއެކު މަޑުއްވަރިން 44 އަހަރުގެ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއެކު މަޑުއްވަރިން 44 އަހަރުގެ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ރ. މަޑުއްވަރި ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، މަޑުއްވަރިން މީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނެފައިވަނީ، ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 44 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. މި ހިނގާ ޖުލައި މަހުގެ 26 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި، އެރަށު ބަނދަރު ސަރަހައްދުން އޭނާ ހައްޔަރުކޮށް...

އިބްރާހިމް އަސްވާޤް