ވޯޓު އެއްވަރުވި ދާއިރާތަކުގެ ދެވަނަ ބުރުގެ ވޯޓުލުން އަންނަ ހޮނިހިރު ދުވަހު
ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓު އެއްވަރުވުމުގެ ސަބަބުން ދެވަނަ ބުރަކަށް ދާންޖެހުނު ދާއިރާތަކުގެ ވޯޓުލުން، މި މަހުގެ 18 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ. މިކަން އިޢުލާނު ކުރެއްވީ އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާނު ކުރަން ފެށުމުގެ ކުރިން، ދައުލަތުގެ މީޑިއާ މެދުވެރިކޮށް އީސީގެ ރައީސް މުޙައްމަދު ޒާހިދު ދައުލަތުގެ މީޑިއާ، ޕީއެސްއެމް ދެއްވި ޚިޠާބުގައެވެ. ޒާހިދު ފާހަގަކުރެއްވި ގޮތުގައި، މ...