ނ. އަތޮޅުގެ ރައްޔިތުންނަށް ރަންދެލި ރިސޯޓުން ބޮޑު އެހީ އެއް!
ނ. އަތޮޅުގެ ރައްޔިތުންނަށް ޝެވަލް ބްލޮންކް ރަންދެލި ރިސޯޓުން ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފިއެވެ. މިއެހީތެރިކަމާއި ގުޅޭގޮތުން “ތިލަދުން”އަށް މަޢުލޫމާތު ހިއްސާކުރަމުން ނ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރ އިސްމާއިލް ޝަފީޤް ވިދާޅުވީ މިތަކެތި އެހޮސްޕިޓަލާއި ހަވާލުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ. ރިސޯޓުގެ ފަރާތުން މިތަކެތި ހަވާލުކޮށްދެއްވީ އެރިސޯޓުގެ އެޗްއާރު މެނޭޖަރ ފާއިޒް އެވެ. އިސްމާއިލް ޝަފީޤް ވިދާޅުވީ އަތޮޅު ހޮސްޕިޓަލަށް އެރިސޯޓުން ހަދިޔާކޮށްފައިވާ ތަކެތީގެ ތެރޭގައި 2 ވެންޓިލޭޓަރ، 5 ކާޑި...