މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ކ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (01:00 އިން 07:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,856 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 974 ވަނަ ޞަފްޙާ

ފުށް ގުދަނަށް ފެނެއް ނުވަދޭ: އަމްރު

ފުށް ގުދަނަށް ފެނެއް ނުވަދޭ: އަމްރު

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ފުށް ގުދަނަށް ފެން ނުވަންނަ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޙުސައިން އަމްރު ވިދާޅުވެއްޖެއެވެ. އަމްރު އެހެން ވިދާޅުވެފައި ވަނީ ޗެނަލް 13 ގެ ޕްރޮގްރާމެއްގައި އިއްޔެ މާލެއަށް ކުރި ވިއްސާރައިގެ ސަބަބުން އެސްޓީއޯ ފުށް ގުދަނަށް ފެން ވަދެ، އެއްކޮށް ފެންބޮޑުވެފައިވާ ކަމަށް ބުނެ ޚަބަރު ފެތުރުމާއި ގުޅިގެންނެވެ. ޗެނަލް 13 ގެ ޕްރޮގްރާމްގައި އެސްޓީއޯ ފުށް ގުދަނަށް ފެން ވަދެ، އެއްކޮށް ފެންބޮޑުވެފައިވާ ކަމަށް ބުނެފައިވާ ބައިގެ ވީޑިއޯ […]

އަޙްމަދު ވަހީދު
އިސްލާހުތަކާއިއެކު "އިންކަމް ސަޕޯޓް އެލަވަންސް" ދޭ ޤަވާއިދު އާންމުކޮށްފި

އިސްލާހުތަކާއިއެކު "އިންކަމް ސަޕޯޓް އެލަވަންސް" ދޭ ޤަވާއިދު އާންމުކޮށްފި

ކޯވިޑް-19 ގެ ބަލިމަޑު ކަމުގެ ސަބަބުން ކުރިމަތިވި ހާލަތާއި ގުޅިގެން މުސާރަ ނުލިބޭގޮތަށް ސަސްޕެންޑް ކޮށްފައިވާ މީހުންނަށާއި މުސާރަ ނުލިބޭ ގޮތަށް ނޯޕޭ އަށް ފޮނުވާފައިވާ މީހުންގެ އިތުރުން މުސާރައިގެ ގޮތުގައި ލިބޭ އެއްޗަކުން ބަޔެއް އުނިކޮށްފައިވާ މީހުންނަށް ސަރުކާރުން ދެމުންއައި އިންކަމް ސަޕޯޓް އެލަވަންސް ދިނުމުގެ ޤަވާއިދު ބަދަލު ތަކާއިއެކު މިއަދު ރައީސް އޮފީހުން އާންމުކޮށްފިއެވެ. އަދާކުރަމުންދިޔަ ވަޒީފާ އާމްދަނީއަށް އަސަރުކޮށްފައިވާ މީހުންނަށް ދިނުމަށް ތަޢާރަފް ކޮށްފައިވާ އިންކަމް ސަޕޯޓް އެލަވަންސް...

އިބްރާހިމް ޚަލީލް
އަލިފާން ރޯވެ އަޑިއަށް ދިޔަ ދޯނިން ގެއްލުނު މީހާ މަރުވެފައި އޮއްވާ ފެނިއްޖެ

އަލިފާން ރޯވެ އަޑިއަށް ދިޔަ ދޯނިން ގެއްލުނު މީހާ މަރުވެފައި އޮއްވާ ފެނިއްޖެ

ލ. ގަމު ބޭރުގައި އޮތް ބޯޓެއްގައި އަލިފާން ރޯވެ އޭގެން ދަތުރުކުރި ބިދޭސީއަކު ގެއްލިގެން ހޯދަމުންދަނިކޮން އެމީހާ މަރުވެފައި އޮއްވާ ފެނިއްޖެއެވެ. އެމްއެންޑީއެފްއިން ބުނެފައިވަނީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓް ގާޑުން އެމީހާ ހޯދުމަށްކުރި މަސައްކަތުން އެމީހާ ފެނިފައިވަނީ 48 މީޓަރުގެ އަޑިން ކަމަށެވެ. އެމީހާ މިހާރު ލ ގަން ހޮސްޕިޓަލަށް ގެންދިއުމުގެ މަސައްކަތްކުރަމުން އަންނަކަމަށް ބުނެފައިވެއެވެ. މީގެ ކުރިން އެމްއެންޑީއެފްއިން ބުނެފައިވަނީ އެދޯނިން 10 މީހުން ދަތުރުކުރިކަމަށާއި ގެއްލިގެން ހޯދަމުން...

އިބްރާހިމް އަސްވާޤް
ހެނބަދޫ ބަނދަރު ހެދުމުގެ މަސައްކަތުގެ 71 އިންސައްތަ ނިންމާލައިފި

ހެނބަދޫ ބަނދަރު ހެދުމުގެ މަސައްކަތުގެ 71 އިންސައްތަ ނިންމާލައިފި

ނ. ހެނބަދޫ ބަނދަރު ހެދުމުގެ މަސައްކަތުގެ 71 އިންސައްތަ ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ. އެމްޓީސީސީއިން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ މި މަޝްރޫޢުގެ ތެރެއިން ބޭރުތޮށިލުމުގެ މަސައްކަތުގެ 78 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށާއި އަދި އެއްގަމުތޮށި ލުމުގެ މަސައްކަތުގެ 64 އިންސައްތަ މަސައްކަތް ވެސް މިހާރު ނިމިފައިވާ ކަމަށެވެ. ‏އިތުރަށް ބުނެފައި ވަނީ މި މަޝްރޫޢުއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އ...

ޝިއުނާ އާދަމް
ދަނޑުވެރިކަމުގެ ފަންނީ މަޢުލޫމާތު ފޯރުކޮށްދޭ ޚާއްޞަ ހޮޓްލައިނެއް ޤާއިމްކޮއްފި

ދަނޑުވެރިކަމުގެ ފަންނީ މަޢުލޫމާތު ފޯރުކޮށްދޭ ޚާއްޞަ ހޮޓްލައިނެއް ޤާއިމްކޮއްފި

ދަނޑުވެރިކަމުގެ ފަންނީ އެންމެހާ މަޢު ލޫމާތެއް ފޯރުކޮށްދިނުމަށް ޚާއްޞަ ހޮޓްލައިނެއް ދަނޑުވެރިކަމާބެހޭ ވުޒާރާގައި ޤާއިމްކޮށްފިއެވެ. މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން މަޢުލޫމާތު ދޭގޮތުގައި މިފަދަ ހޮޓްލައިނެއް ޤާއިމްކުރީ ދަނޑުވެރިންނަށް ބޭނުންވާ ފަންނީ މައުލޫމާތު ވީހާވެސް ލުއިފަސޭހަކޮށް ދަނޑުވެރިންނަށް ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން ކަމަށާއި ހޮޓްލައިން ނަމްބަރު 3339237 ގެ ޚިދުމަތް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން ފެށިގެން 14:00...

އަލީ އާދިލް
ބޯޓެއްގައި އަލިފާން ރޯވެ އަޑިއަށް ދަނީ، މީހަކު ގެއްލިގެން ހޯދަނީ

ބޯޓެއްގައި އަލިފާން ރޯވެ އަޑިއަށް ދަނީ، މީހަކު ގެއްލިގެން ހޯދަނީ

ލ. ގަމު ބޭރުގައި އޮތް ބޯޓެއްގައި އަލިފާން ރޯވެ އޭގެން ދަތުރުކުރި ބިދޭސީއަކު ގެއްލިގެން ހޯދަމުންދާކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ. އެމްއެންޑީއެފްއިން ބުނެފައިވަނީ އަލިފާން ނިންވުމުގެ މަސައްކަތް ކުރަމުން އަންނަކަމަށާއި މިހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު 3 ޖެހި އިރު ކަމަށެވެ. އެބޯޓުން 10 މީހުން ދަތުރުކުރިކަމަށާއި ގެއްލިގެން ހޯދަމުންދަނީ ބިދޭސީއެއް ބޯޓުގެ ކެޕްޓަންއާއި ހަވާލާދީ އެމްއެންޑީއެފް އިން ބުނެފައިވެއެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި ރޯވެފައިވަނީ އެޕޯލޯ ކުންފުނީގެ ބޯޓެކެވެ. އެމްއެންޑ...

އަލީ އާދިލް
އަޑިއަށް ދިޔަ ލޯންޗުގައި ތިބި 7 މީހުން ސަލާމަތްކޮށްފި

އަޑިއަށް ދިޔަ ލޯންޗުގައި ތިބި 7 މީހުން ސަލާމަތްކޮށްފި

ކ.ކޮށްދިޕަރު ކައިރީގައި އޮތް ފިނޮޅަކަށް ދަތުރުކުރަނިކޮށް އަޑިއަށް ދިޔަ ލޯންޗުގައި ތިބި 7 މީހުން ސަލާމަތްކޮށްފިއެވެ. އެމްއެންޑީއެފް އިން ބުނީ މި ލޯންޗުން 7 މީހުން ދަތުރުކުރިކަމަށާއި މި އެންމެންގެވެސް ހާލު ރަނގަޅުކަމަށެވެ. އަދި ލޯންޗު އަޑިއަށް ދާން ފެށުމުން އެއްބަޔަކު ފިނޮޅަށް ފޭބިކަމަށާއި އަނެއް ބަޔަކު ލޯންޗު ކައުރީގައި މަޑުކުރީކަމަށެވެ. އަދި ލޯންޗް އަޑިއަށް ދިޔައީ ދިޔަވެ ކޮންޓްރޯލް ނުވެގެންކަމަށްވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ. K. Kodhdhipparu kairiah adiah dhiya launch in dhathuru kuri […]

ޔުމްނާ ޢަލީ
އާލާކޮށްފައިވާ ފާނަ ނީލަމުން ގަތުމުގެފުރުސަތު ރާއްޖޭގައި ފުރަތަމަ ފަހަރަށް ހުޅުވާލައިފި

އާލާކޮށްފައިވާ ފާނަ ނީލަމުން ގަތުމުގެފުރުސަތު ރާއްޖޭގައި ފުރަތަމަ ފަހަރަށް ހުޅުވާލައިފި

ޫމޫދުކޮށީގައި ބޮޑުކޮށްފައިވާ ފާނަ ނީލަމުން ގަތުމުގެ ފުރުސަތު ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ހުޅުވާލައިފިއެވެ. ފާނައިގެ ވިޔަފާރި ނީލަން އުސޫލުން މިފަދައިން ހުޅުވާލީ މިސިނާއަތުގައި ބައިވެރިވުމުގެ ފުރުސަތު ވިހާވެސް ގިނަ ބަޔަކަށް ފަހިކޮށްދިނުމުގެ ގޮތުން ކަމަށާއި، މިއީ ދިވެހިރާއްޖޭގައި މެރިކަލްޗަރ ޞިނާޢަތެއް ގާއިމުކުރުމަށް ކުރެވޭ މުހިންމު މަސައްކަތަކަށް ވާތީ މި މަސައްކަތް ކުރިއެރުވުމުގެ ގޮތުން ކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން މަޢުލޫމާތު ދެއެވެ. ފާނައިގެ މަ...

އަލީ އާދިލް
ޗައިނާ އެއިޑްގެ ދަށުން ކެލާ އާއިއެކު އިތުރު 4 ރަށެއްގައި ސާފު ބޯފެން ފޯރުކޮށްދޭ ނިޒާމު ޤާއިމު ކޮށްދެނީ

ޗައިނާ އެއިޑްގެ ދަށުން ކެލާ އާއިއެކު އިތުރު 4 ރަށެއްގައި ސާފު ބޯފެން ފޯރުކޮށްދޭ ނިޒާމު ޤާއިމު ކޮށްދެނީ

ޗައިނާ-އެއިޑް މަޝްރޫޢޫގެ ދަށުން ހއ. ކެލާ ހިމެނޭހެން އިތުރު 4 ރަށެއްގައި ސާފު ބޯފެން ފޯރުކޮށްދޭ ނިޒާމު ޤާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ ރާއްޖޭގެ 5 ރަށެއްގައި މައިކްރޯ-ގްރިޑް ސީވޯޓަރ ޑީސެލިނޭޝަން މަޝްރޫޢުތަކުގައި ސޮއިކުރެއްވިކަން ހާމަ ކުރަށްވާފައި އެވެ. މި އެއްބަސްވުމުގެ ދަށުން ސާފު ބޯފެން ފޯރުކޮށްދޭ ނިޒާމު ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ، ހއ. ކެލާގެ އިތުރުން ކ. ކާށިދޫ، ޅ. އޮޅުވ...

ޝިއުނާ އާދަމް
ފުވައްމުލަކުގައި ތިބެގެން، ހުޅުމާލޭ ހޮސްޕިޓަލް ޑޮކްޓަރުންނަށް ދެއްކުމު ފުރުޞަތު

ފުވައްމުލަކުގައި ތިބެގެން، ހުޅުމާލޭ ހޮސްޕިޓަލް ޑޮކްޓަރުންނަށް ދެއްކުމު ފުރުޞަތު

ފުވައްމުލަކު ސިޓީ ތިބެގެން، ހުޅުމާލޭ ހޮސްޕިޓަލްގެ ޑޮކްޓަރުންނަށް ދެއްކުމު ފުރުޞަތު އެ ސިޓީގެ ރައްޔިތުންނަށް ފަހިކޮށް ދީފިއެވެ. ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާދޭ ޑޮކްޓަރުންނަށް ދެއްކޭގޮތަށް ޓެލެކޮންސަލްޓޭޝަންގެ ޚިދުމަތް ފުވައްމުލަކު ހޮސްޕިޓަލްގައި ފަށާފައިވަނީ އިއްޔެއެވެ. އިއްޔެ ފެށި މިޚިދުމަތުގައި ފުވައްމުލަކު ސިޓީގައި ތިބެގެން ހުޅުމާލޭ ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކާފައިވަނީ ކަށީގެ މައްސަލަތަކުގައި ފަރުވާ ހޯދަން ބޭނުންވާ މީހުންނެވެ. އެގޮތުން ފުވައްމުލަކުގައި ތިބެގެން އެސިޓީގެ ހޮސްޕިޓަލް މެދުވެރިކ...

ޔުމްނާ ޢަލީ
ހެލްތު މިނިސްޓްރީގެ ޕީއެސް އަކަށް އައިޝަތު ސާމިޔާ

ހެލްތު މިނިސްޓްރީގެ ޕީއެސް އަކަށް އައިޝަތު ސާމިޔާ

ހެލްތު މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީގެ މަގާމަށް އައިޝަތު ސާމިޔާ އައްޔަން ކުރައްވައިފިއެވެ. ހެލްތުގެ ޕީއެސްގެ މަގާމު ހުސްވީ މިދިޔަ ފެބްރުއަރީ މަހު އެ މަގާމުގައި ހުންނެވި ޚަދީޖާ އަބްދުއްސަމަދު އަބްދުﷲ މަގާމުން ވަކިކުރުމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ނިންމުމާ ގުޅިގެންނެވެ. އެ ކޮމިޝަނުން ބުނީ އޭނާ ވަކި ކުރަން ނިންމީ މައްސަލައެއް ބެލުމަށް ފަހު ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އެއްވެސް ތަފްސީލެއް ހާމައެއް ނުކުރެ އެވެ. އަލްފާޟިލާ އައިޝަތު ސާމިޔާ އަކީ 2017 […]

ޔުމްނާ ޢަލީ
އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބުގެ މަޤާމަށް ޑރ ޢާޞިމް

އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބުގެ މަޤާމަށް ޑރ ޢާޞިމް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރްކަޒުތަކަށް، ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބުކަމަށް ގަލޮޅު ފަރުކަނި ޑޮކްޓަރ ޢާޞިމް އަޙްމަދު ޢައްޔަން ކުރައްވައި، އެމަނިކުފާނަށް މަޤާމުގެ ފަތްކޮޅު މިއަދު ދެއްވައިފިއެވެ. މަޤާމުގެ ފަތްކޮޅު ދެއްވުން އޮތީ، މިއަދު މެންދުރުކުރީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. ޑޮކްޓަރ ޢާޞިމް އަޙްމަދު މި މަޤާމަށް ޢައްޔަންކުރެއްވުމުގެ ކުރިން ހުންނެވީ ފޮރިން މިނިސްޓްރީ...

އަލީ އާދިލް
ސީއެސްސީގެ މެމްބަރުކަމަށް ކުރިމަތިލީ 41 މީހަކު، ލިސްޓް މިއޮތީ!

ސީއެސްސީގެ މެމްބަރުކަމަށް ކުރިމަތިލީ 41 މީހަކު، ލިސްޓް މިއޮތީ!

ސިވިލް ސާވިސް ކޮމިޝަނުގެ މެމްބަރު ކަމަށް 41 މީހަކު ކުރިމަތިލައިފިއެވެ. މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައިވަނީ މި 41 މީހުންގެ ނަން އިއްވައި އެ ފަރާތްތަކުގެ ނަންތައް ދިރާސާކޮށް ގޮތެއް ނިންމުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފައެވެ. ސީއެސްސީގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ އެ ކޮމިޝަނުގެ ރައީސް ކަމުގައި ހުންނެވި ޑރ. އަލީ ޝަމީމާއި، ނައިބު ރައީސް ކަން ކުރެއްވި ޝަހީދު މުހައްމަދުގެ އިތުރުން މެންބަރުކަން ކުރެއްވި ޒަކަރިއްޔާ ހުސައިން އާއި […]

އިބްރާހިމް އަސްވާޤް
6 ވަނަ ފަންގިފިލާއިން ވެއްޓި 74 އަހަރުގެ މީހަކު ނިޔާވެއްޖެ

6 ވަނަ ފަންގިފިލާއިން ވެއްޓި 74 އަހަރުގެ މީހަކު ނިޔާވެއްޖެ

މާލޭގެ ހެންވޭރުގައި ހުންނަ ގެއެއްގެ 6ވަނަ ފަންގިފިލާ އިން ވެއްޓި އުމުރުން 74 އަހަރުގެ ދިވެހި ފިރިހެނެއް ނިޔާވެއްޖެއެވެ. އެކަމާއި ގުޅިގެން ފުލުހުން ބުނީ، ގެއެއްގެ ހަ ވަނަ ފަންގިފިލާ އިން މީހަކު ވެއްޓިފައިވާ ކަމުގެ ރިޕޯޓް ލިބިފައި ވަނީ ރޭ ދަންވަރު 02:39 ގައި ކަމަށެވެ. އަދި އެ އިމާރާތުން ވެއްޓި ނިޔާވެފައި ވަނީ އުމުރުން 74 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ވެސް ފުލުހުން ބުނެ އެވެ. ފުލުހުން ބުނެފައިވާ ގޮތުގައި އެމީހާ، ވެއްޓުމުން […]

އަލީ އާދިލް
ދެ ޤާނޫނެއް ތަންފީޛުކުރުމާގުޅޭ ގޮތުން ޕޮލިސީ ލެވެލްގައި މަޝްވަރާކޮށްފި

ދެ ޤާނޫނެއް ތަންފީޛުކުރުމާގުޅޭ ގޮތުން ޕޮލިސީ ލެވެލްގައި މަޝްވަރާކޮށްފި

ކުޑަކުދިންގެ ޢަދުލުގެ ޤާނޫނާއި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު ތަންފީޛު ކުރުމާއި ގުޅޭ ގޮތުން އިދާރާތަކާއިއިއެކު ޕޮލިސީ ލެވެލްގެ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ. އެޓަރނީ ޖެނެރަލްގެ އޮފީހުގެ އިސްނެގުމުގެ މަތިން މިއަދު ބޭއްވުނު މި މަޝްވަރާ ބައްދަލުވުން ކުރިއަށް ގެންގޮސްފައި ވަނީ އޮންލައިންކޮށެވެ. އޭޖީ އޮފީހުން ބުނީ މި މަޝްވަރާ ބައްދަލުވުމަަކީ ކުޑަކުދިންގެ ޢަދުލުގެ ޤާނޫނާއި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު ތަންފީޛުކުރުމަށްޓަކައި، އެ ޤާނޫނުތަކުގެ ދަށުން ދައ...

އަލީ އާދިލް