މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ބ. އަތޮޅުން ފެށިގެން ވ. އަތޮޅަށް (07:00 އިން 11:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު Over the country އަށް (07:00 އިން 12:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,862 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 947 ވަނަ ޞަފްޙާ

ކާމިޔާބީގެ ސިއްރަކީ މަސްތުވާ ތަކެތީގެ ވިޔަފާރިކުރާ މީހުންނަށް ސިޔާސީ ހިމާޔަތް ނުދިނުން: އިމްރާން

ކާމިޔާބީގެ ސިއްރަކީ މަސްތުވާ ތަކެތީގެ ވިޔަފާރިކުރާ މީހުންނަށް ސިޔާސީ ހިމާޔަތް ނުދިނުން: އިމްރާން

މި ސަރުކާރުން މަސްތުވާ ތަކެއްޗާއި ދެކޮޅަށް ކުރަމުންދާ މަސައްކަތް ކާމިޔާބު ވަމުން ދަނީ މަސްތުވާ ތަކެތީގެ ވިޔަފާރިކުރާ މީހުންނަށް މި ސަރުކާރުން ސިޔާސީ ހިމާޔަތް ނުދޭތީ ކަމަށް ހޯމް މިނިސްޓަރު އިމްރާން ޢަބުދުﷲ ވިދާޅުވެއްޖެއެވެ. 88 ކިލޯގެ މަސްތުވާ ތަކެތި އަތުލައިގަތީ ފުލުހުންގެ އެކި ފަންނުތަކުގެ ޚާއްޞަކޮށް ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓްގެ ހުނަރާއި ގާބިލިކަން ބޭނުން ކޮށްގެން ކަމަށް ވެސް މިނިސްޓަރު އިމްރާން ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ މަސްތުވާ ތެކެތީގެ ސަޕްލައި މަދުކުރުމުގެ މަސައްކަތް ކާމިޔާބު...

އަލީ އާދިލް
އިއްޔެ 80 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވޭ: ސީޕީ

އިއްޔެ 80 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވޭ: ސީޕީ

އައްޑޫ ސިޓީގައި އިއްޔެ ފުލުހުން ކުރިއަށްގެންދިޔަ ޚާއްސަ އޮޕަރޭޝަނެއްގައި 80 ކިލޯއާއި ގާތްކުރާ ޢަދަދަކަށް މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވެއްޖެއެވެ. އެކަމާ ގުޅޭ ގޮތުން މިއަދު ކޮމިޝަނާ މުހައްމަދު ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އައްޑޫ ސިޓީގައި ފުލުހުން ދަނީ އެންޓި ނާކޮޓިކްސްގެ ބޮޑު އޮޕަރޭޝަނެއް ކުރިއަށް ގެންދަމުން ކަމަށެވެ. ސީޕީ ވިދާޅުވީ، ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރިއަށް ހުޅުވިފައިހުރި ދޮރުތައް ބަންދުކުރުމަށް ފުލުހުން މަސައްކަތް...

އަޙްމަދު ވަހީދު
ބޯޑަރު ހުޅުވާލި ފަހުން 18،867 ފަތުރުވެރިން ޒިޔާރަތް ކޮށްފި

ބޯޑަރު ހުޅުވާލި ފަހުން 18،867 ފަތުރުވެރިން ޒިޔާރަތް ކޮށްފި

ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލި ފަހުން ރާއްޖެއަށް މިހާތަނަށް 18،867 ފަތުރުވެރިން ޒިޔާރަތް ކޮށްފިއެވެ. އިމިގްރޭޝަނުން މިއަދު ހާމަ ކުރެއްވި ތަފާސްހިސާބުން ދައްކާގޮތުން ހުސްވި ސެޕްޓެމްބަރުގެ ނިޔަލަށް 18،867 ފަތުރުވެރިން ރާއްޖައަށް ޒިޔާރަތް ކޮށްފައިވާއިރު، އޭގެ ތެރެއިން ހުސްވި ސެޕްޓެމްބަރު މަހު އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ޤައުމަކީ ރަޝިޔާއެވެ. ސެޕްޓެމްބަރު މަހު 9،538 ފަތުރުވެރިންގެ ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާއިރު، ރަޝިޔާއިން ވަނީ 2065 ފ...

ޝިއުނާ އާދަމް
ރާއްޖޭގެ ކަނޑު ހިމެނޭ ސަަރަހައްދުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފި

ރާއްޖޭގެ ކަނޑު ހިމެނޭ ސަަރަހައްދުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފި

އަރަބި ކަނޑާއި ރާއްޖޭގެ ކަނޑު ހިމެނޭ ސަަރަހައްދުން ގިނަ ޢަދަދެއްގެ މަސްތުވާތަކެއްޗާއިއެކު ބަޔަކު ހައްޔަރު ކޮށްފައިވާ ކަމަށް ޕާކިސްތާނުގެ ބައެއް ނޫސްތަކުން ރިޕޯޓު ކޮށްފިއެވެ. ޕާކިސްތާނުގެ ނޫސްތަކުގައި ރިޕޯޓު ކޮށްފައިވާ ގޮތުން، ޑުރަގް ޓްރެފިކް ކުރާ އެ ނެޓްވޯކު އަތުލައިގަތީ ބައިނަލްއަގްވާމީ ފައުޖުތަކާއި ޕާކިސްތާނުގެ އެންޓި ނާކޮޓިކްސް ފޯސްގެ އިންޓެލިޖެންސް ވިންގު ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އެވެ. އެ ނެޓްވޯކުގެ ތިން މީހަކު މި އޮޕަރޭޝަންގައި ހައްޔަރު ކޮށްފައިވާ ކަމަށް ބައެއް ނޫސްތަކުގައި ރިޕޯޓުކޮ...

ހުސައިން ހަބީބް
މަސްތުގެ ހާލުގައި ހުރެ ކޯޓުތަކަށް ގޮންޖަހާލި އިންޑިޔާ މީހާ ކޯޓުން ދޫކޮށްލައިފި

މަސްތުގެ ހާލުގައި ހުރެ ކޯޓުތަކަށް ގޮންޖަހާލި އިންޑިޔާ މީހާ ކޯޓުން ދޫކޮށްލައިފި

މަސްތުގެ ހާލުގައި ހުރެ ކޯޓުތަކަށް ގޮންޖަހާލި އިންޑިޔާ މީހާ ކޯޓުން ދޫކޮށްލައިފި އެވެ. މަސްތުގެ ހާލަތުގައި ހުރެ މާތްﷲ އަށް ފުރައްސާރަކޮށް ކޯޓުތަކަށް ގޮންޖަހާލި މީހާ ފުލުހުން ހައްޔަރު ކުރި ނަމަވެސް، ކޯޓުން އޭނާގެ މުއްދަތު އިތުރުކޮށް ނުދިނުމުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މީޑިއާއަށް މަޢުލޫމާރު ދެމުން ފުލުހުން ބުނެފައިވަނީ އިންޑިޔާ މީހާ ދޫކޮށްލި ނަމަވެސް އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. އެ އިންޑިޔާ މީހާ ވަނީ މަސްތުގެ ހާލަތުގައި ހުރެ އެސަރަހައްދުގައި އަޑުގަދަކޮށްފައެވެ. […...

އިބްރާހިމް އަސްވާޤް
އައްޑޫން ހުވަދޫއަށް ސީޕްލޭން ދަތުރުތަކުން ގުޅުވާލަނީ

އައްޑޫން ހުވަދޫއަށް ސީޕްލޭން ދަތުރުތަކުން ގުޅުވާލަނީ

އައްޑޫސިޓީގެ ގަން އިންޓަރނޭޝަނަލް އެއަރޕޯޓާއި ހުވަދު އަތޮޅާ ދެމެދު ސީޕްލޭން ދަތުރުތައް ފެށުމުގެ އެއްބަސް ވުމުގައި އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑާއި އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ކޮމްޕެނީއާ ދެމެދު ސޮއިކޮށްފައެވެ. އައްޑޫ ސިޓީގައި އެކަމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މިކަމާ ގުޅޭ އެއްބަސްވުމުގައި އޭއައިއޭގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ގައިސް ނަސީރެވެ. އަދި އައިލެންޑް އޭވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ އެވެ....

ޝިއުނާ އާދަމް
ކޯވިޑާއިމެދު ފަރުވާ ކުޑަކުރެއްވިޖެނަމަ އަދަދުތައް އަލުން އިތުރުވެދާނެ: ނައިބު ރައީސް

ކޯވިޑާއިމެދު ފަރުވާ ކުޑަކުރެއްވިޖެނަމަ އަދަދުތައް އަލުން އިތުރުވެދާނެ: ނައިބު ރައީސް

ރާއްޖޭގައި ކޯވިޑް-19 ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށްވަމުން ދިޔަ ނަމަވެސް، ފަރުވާ ކުޑަ ކުރެވިއްޖެ ނަމަ، އެ އަދަދުތައް އަލުން ގިނަވެދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް ފައިޞަލް މިހެން ވިދާޅުވީ “ކޯވިޑް ހުއްޓުވާނީ އަހަރެން” ގެ ނަމުގައި މީޑީއާތަކުން އިސްނަގައިގެން ކުރިއަށްގެންދާ ކެމްޕޭންގައި ހަރަކާތްތެރިވާ މީޑިއާތަކުގެ މަންދޫބުންނާއިއެކު މިއަދު މެންދުރުފަހު ދަރުބާރުގޭގައި ބައްދަލު ކުރަށްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރާއްޖޭގައި ކޯވިޑް ބަ...

ޔުމްނާ ޢަލީ
ކަނޑޫފާ ތަކުގެ ހިމާޔަތަށް ގުޅިގެން މަސައްކަތް ކުރާނަން: ބިލީފް

ކަނޑޫފާ ތަކުގެ ހިމާޔަތަށް ގުޅިގެން މަސައްކަތް ކުރާނަން: ބިލީފް

އުތުރުގެ މަރުވެ، ނެތެމުންދާ ކަނޑޫފާ ތަކުގެ ހިމާޔަތަށް، ގުޅިގެން މަސައްކަތް ކުރާނެ ކަމަށް ތިމާވެށީގެ ހިމާޔަތުގައި އަޑު އުފުލައި، މަސައްކަތް ކުރާ ކުޅުދުއްފުށްޓަށް ނިސްބަތްވާ ހަރަކާތެއް ކަމަށްވާ ”ބިލީފް” އިން ބުނެފިއެވެ. އެ ހަރަކާތުން ބުނީ އުތުރުގެ ގިނަ ޢަދަދެއްގެ ކަނޑޫފާތައް މަރުވަމުންދާ މައްސަލައަކީ އެ ހަރަކާތުން ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. އެހެންކަމުން ކަނޑޫފަތުގެ ހިމާޔަތުގައި މަސައްކަތްކުރާ ހުރިހާ ކްލަބް، ޖަމްޢިއްޔާތަކާއި، ވަކި ފަރުދުންނާއި، އެކި ހަރަކާތްތަކާއި އަދި އެނޫންވެސް ކަމާގުޅުން...

ޙުސައިން ޝަހުދީ
 މާތް ﷲ އަށް ފުރައްސާރަކުރި އިންޑިޔާ މީހާއާ މެދު ކަންކުރި ގޮތުން ކަންބޮޑުވުން

 މާތް ﷲ އަށް ފުރައްސާރަކުރި އިންޑިޔާ މީހާއާ މެދު ކަންކުރި ގޮތުން ކަންބޮޑުވުން

މަސްތުގެ ހާލުގައި ހުރެ މާތް ﷲ އަށް ފުރައްސާރަކުރި އިންޑިޔާ މީހާއާ މެދު ކަންކުރި ގޮތް ކުށްވެރިކޮށް ރައްޔިތުންގެ އިއްތިޙާދުން ބަޔާނެއް ނެރެފިއެވެ. 26 ޖަމިއްޔާއެއްގެ މައްޗަށް އެކުލެވިގެންވާ ރައްޔިތުންގެ އިއްތިހާދުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރޭގެ ވަގުތެއްގައި މާލޭގެ މަގެއް މަތީގައި މަސްތުވެގެން ހުރި ބޭރު މީހަކު، ޢާލަމްތަކުގެ ވެރި ހުސްޠާހިރުވަންތަ އިލާހަށް ފުރައްސާރައިގެ ކުފުރުގެ ބަސްތައް ރައްދުކޮށްފައިވާކަމީ އީމާންކަމުގެ ޒައްރެއްގެ މިންވަރު ހުރި އެއްވެސް މީހަކަށް ބަރުދާސްތު ކުރެވޭނެ ކަމެއް ނޫނ...

އަލީ އާދިލް
ނިޔުކްލިއަރ ހަތިޔާރު މަނާކުރުމާ ބެހޭ ޤާނޫނޫ ތަންފީޒުކުުރުމަށް ގޮވާލައިފި

ނިޔުކްލިއަރ ހަތިޔާރު މަނާކުރުމާ ބެހޭ ޤާނޫނޫ ތަންފީޒުކުުރުމަށް ގޮވާލައިފި

ދުނިޔޭގެ ނިއުކްލިއަރ ހަތިޔާރު ނައްތާލުމާއި ބެހޭ މުޢާހަދާ ތަންފީޒު ނުކޮށް ހުރި ޤައުމުތަކުން އެ މުޢާހަދާގައި ބައިވެރިވުމަށް ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދު ﷲ ޝާހިދު ގޮވާލައްވައިފިއެވެ. ިމިނިސްޓަރ ޝާހިދު މި ގޮތަށް ވިދާޅުވެފައިވަނީ، ދުނިޔެއިން ނިޔުކްލިއަރ ހަތިޔާރު އެއްކޮށް ނައްތާލުމަށް ފާހަގަކުރާ ބައިނަލް އަޤްވާމީ ދުވަހުގެ މުނާސަބަތުގައި އދ ގެ ޢާންމު މަޖިލީހުގައި ތަޤުރީރުކުރައްވަމުންނެވެ. އދ ގެ ޢާންމު މަޖިލީހުގައި ރާއްޖޭގެ ފަރާތުން ފޮރިން މިނިސްޓަރ އަބްދު ﷲ ޝާހިދު ތަޤުރީރުކުރައްވާފައިވަނީ، ވީޑިޔޯ މ...

މުޙައްމަދު މާއިލް ހަސަން
ދުވާފަރު މަގުހެދުމުގެ ދެވަނަ ފިޔަވަހި ފަށައިފި

ދުވާފަރު މަގުހެދުމުގެ ދެވަނަ ފިޔަވަހި ފަށައިފި

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ހަވާލުކޮށްގެން ކުރިއަށްގެންދާ ރ އަތޮ ދުވާފަރުގެ މަގުހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހި ފަށައިފިއެވެ. މި މަޝްރޫޢު ފެށުމުގެ ގޮތުން މިއަދު ވަނީ ރ. ދުވާފަރުގައި ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި މަޝްރޫޢު ރަސްމީކޮށް ފައްޓަވައިދެއްވީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް، އެމްޓީސީސީގެ ސީއޯއޯ ޝާހިދު ޙުސައިން، ޕްލޭނިންގ މިނިސްޓްރީގެ ސ...

ޝިއުނާ އާދަމް
އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާގަޑި ރޭގަނޑު 10 އިން ފަތިހު 5 ކަށް ބަދަލުކޮށްފި

އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާގަޑި ރޭގަނޑު 10 އިން ފަތިހު 5 ކަށް ބަދަލުކޮށްފި

ކޯވިޑް19 ގެ ސަބަބުން މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅު ތަކުގެ ތެރެއިން އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާގަޑިއަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބަދަލު ގެނެސްފި އެވެ. އެޗްޕީއޭއިން ވިދާޅުވީ މިހާރު މާލޭ ސަރަހައްދުގައި އެއްގަމު އުޅަނަދު ފަހަރު ދުއްވުން މަނާވާނީ ރޭގަނޑު 10:00 އިން ފެށިގެން ފަތިހު 05:00 އަށެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއިން ވިދާޅުވީ، ދުއްވާ އެއްޗެހި ދުއްވުން މަނާކޮށްފައި އޮތް ވަގުތައް ބަދަލުގެނައި ނަމަވެސް މާލެ ސަރަހައްދުގައި ރޭގަނޑު 22:00ން […]

އިބްރާހިމް އަސްވާޤް

ދާންދޫގައި 3 މީހަކު ޒަހަމް ކޮށްލި މައްސަލައިގައި 9 މީހަކު ހައްޔަރުކޮށްފި

ގއ. ދާންދޫގައި ރޭ ހިނގި މާރާމާރީގައި 3 މީހަކު ޒަހަމް ކޮށްލި މައްސަލައާއި ގުޅިގެން 9 މީހަކު ހައްޔަރުކޮށްފި ކަމަށް ފުލުހުން ބުނެފި އެވެ. ފުލުހުން މިރޭ ބުނެފައިވަނީ ރޭ ދާންދޫގައި ހިންގި މާރަމާރިއެއްގައި ތޫނު އެއްޗަކުން ހަމަލާދީ 3 މީހަކު ޒަހަމް ކޮށްލާފައިވާ މައްސަލައިގައި ތުހުމަތު ކުރެވޭ 9 މީހަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް މި މީހުންގެ އިތުރު ތަފްސީލެއް ފުލުހުން ދެއްވާފައެއް ނުވެއެވެ. އެކަމާއި ގުޅިގެން ފުލުހުން ބުނެފައި ވަނީ އެ […]

ޝިއުނާ އާދަމް
އެމްޓީސީސީން ދުވާފަރު މަގުތަކުގައި ތާރުއަޅަން ފަށައިފި

އެމްޓީސީސީން ދުވާފަރު މަގުތަކުގައި ތާރުއަޅަން ފަށައިފި

ރ. ދުވާފަރު މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ. އެމްޓީސީސީން އިއްޔެ ބުނީ، ދުވާފަރު މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ފެށިފައިވާ ކަމަށާއި، މި މަސްރޫޢުގެ މަސައްކަތުގެ 77 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށެވެ. 12 ޖޫން 2019 ގައި އަމަލީ މަސައްކަތް ފަށާފައިވާ މި މަޝްރޫޢުގެ ދަށުން އެރަށުގައި 25513 ކިލޯ މީޓަރު މަގުގައި ތާރު އެޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޕޭމަންޓްގެ ގޮތުގައި 6813 ކިލޯމީޓަރު ހަދާގޮތަށް ހަމަޖ...

އަޙްމަދު ވަހީދު
މިރާއްޖޭގައި، ވަރި ކައިވެންޏެއް ކުރިޔަސް ފެންނަނީ ސިޔާސީ ކުރާތަން: އަނާރާ

މިރާއްޖޭގައި، ވަރި ކައިވެންޏެއް ކުރިޔަސް ފެންނަނީ ސިޔާސީ ކުރާތަން: އަނާރާ

މިރާއްޖޭގައި، ވަރި ކައިވެންޏެއް ކުރިޔަސް ފެންނަނީ ސިޔާސީ ކުރާތަން ކަމަށް މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު އަލްއުސްތާޛާ އަނާރާ ނައީމް ވިދާޅުވެއްޖެ އެވެ. ބާ ކައުންސިލްގެ މެންބަރުކަން މިހާރު ކުރަށްވާ، ދިނީ ޢިލްމުވެރިޔާ އަނާރާ ވިދާޅުވީ އެގޮތަށް އެކަން ކުރުމަކީ ހިތާމަ ކުރަށްވާ ކަމެއް ކަމަށެވެ. އަނާރާ ވިދާޅުވީ އަސްލު ހަޑިކަމަކީ ކައިވެނި ނުކޮށް މާތް ﷲ ނަހީ ކުރެއްވި ގޮތަށް އުޅުން ކަމަށެވެ. ”ވަރި، ކައިވެންޏެއް ކުރިޔަސް މިރާއްޖޭގައި ސިޔާސީ ކުރާތަން ފެނޭ، މިއީ ހިތާމަ […]

އަލީ އާދިލް