ދުނިޔޭގެ ނިއުކްލިއަރ ހަތިޔާރު ނައްތާލުމާއި ބެހޭ މުޢާހަދާ ތަންފީޒު ނުކޮށް ހުރި ޤައުމުތަކުން އެ މުޢާހަދާގައި ބައިވެރިވުމަށް ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދު ﷲ ޝާހިދު ގޮވާލައްވައިފިއެވެ.
ިމިނިސްޓަރ ޝާހިދު މި ގޮތަށް ވިދާޅުވެފައިވަނީ، ދުނިޔެއިން ނިޔުކްލިއަރ ހަތިޔާރު އެއްކޮށް ނައްތާލުމަށް ފާހަގަކުރާ ބައިނަލް އަޤްވާމީ ދުވަހުގެ މުނާސަބަތުގައި އދ ގެ ޢާންމު މަޖިލީހުގައި ތަޤުރީރުކުރައްވަމުންނެވެ.
އދ ގެ ޢާންމު މަޖިލީހުގައި ރާއްޖޭގެ ފަރާތުން ފޮރިން މިނިސްޓަރ އަބްދު ﷲ ޝާހިދު ތަޤުރީރުކުރައްވާފައިވަނީ، ވީޑިޔޯ މެސެޖެއް ފޮނުވައިގެންނެވެ. މި މެސެޖުގައި މިނިސްޓަރވަނީ، ދުނިޔޭގެ ނިޔުކްލިއަރ ހަތިޔާރާއި، ބޮޑެތި ހަތިޔާރުތައް ނައްތާލުމަށް އދ ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި، މިކަމުގައި އދ ގެ ދަޢުރުވަނީ ވަރަށް ބޮޑަށް ފާހަގަކުރައްވާފައެވެ. އަދި މި ވަގުތުވެސް ދުނިޔޭގައި ނިޔުކްލިއަރ ހަތިޔާރު ގެންގުޅޭ ޤައުމުތައް އެބަ ތިބިކަމަށާއި، ހަތިޔާރު މަނާކުރުމާ ބެހޭ މުޢާހަދާ ތަންފީޒު ނުކޮށް ހުރި ޤައުމުތަކުން ވީހާވެސް އަވަހަކަށް އެ މުޢާހަދާގައި ބައިވެރި ވުމަށް ވަނީ ގޮވާލައްވާފައެވެ.
2030 ވަނަ އަހަރުގެ ސޯޅަވަނަ ލަނޑުދަނޑި ހާސިލް ކުރުމަށް ބޮޑެތި ގެއްލުންދެނިވި ހަތިޔާރު ނައްތާލުމަކީ މުހިންމު ކަމެއް ކަމަށާއި، ރާއްޖެއަކީ ކުރިއަށް އޮތްތަނުގައިވެސް ނުރައްކާތެރި ހަތިޔާރު އުފައްދާނެ ޤައުމެއް ނޫން ކަމަށާއި، އަދި ޓްރީޓީ އޮފް ނަން ޕްރޮލިފަރޭޝަންސް އޮފް ނިިޔުކްލިއަރ ވެޕަންސްގައި ސޮއި ކުރި އެންމެ ފުރަތަމަ އެއް ޤައުމަކީވެސް ދިވެހި ރާއްޖެކަމަށް މިނިސްޓަރވަނީ ވިދާޅުވެފައެވެ.
ކޮންމެ އަހަރަކުވެސް އދ އިން ބާއްވަމުންދާ މި މަޖިލީހުގައި ގިނަ ޢަދަދެއްގެ ޤައުމުތަކުން އަންނަނީ ބައިވެރިވަމުންނެވެ. މި ގޮތުން މި އަހަރު ސަތޭކަ ޤައުމަކުން ބައިވެރިވެފައިވާ އިރު، ދުނިޔޭގެ ހަތިޔާރު އެއްކޮށް ނައްތާލުމަށް ބާރު އަޅާ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ ސެޕްޓެމްބަރ މަހުގެ26 ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!