ކައުންސިލް އިންތިޚާބުގެ މެޖޯރިޓީ އިދިކޮޅު ކޯލިޝަނަށް ދިނުމަކީ ތަދުމަޑުކަމުން އަރައިގަތުމަށް އެޅޭ ބިންގަލެއް: ހަސަނާ
އަންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި، ކައުންސިލްތަކުގެ މެޖޯރިޓީ އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނަށް ހޯދައި ދިނުމަކީ ރައްޔިތުން މިހާރު ތިބި ނިކަމެތި ހާލަތުން އަރައިގަތުމަށް އެޅޭނެ ހަރުދަނާ ބިންގަލެއް ކަމަށް މިލަންދޫ ދާއިރާގެ ކުރީގެ މެންބަރު ހަސަން މުފީދު އަބުދުއްޤާދިރު (ހަސަނާ) ބުނެފިއެވެ. އިދިކޮޅު ކޯލިޝަންގެ މައިޕާޓީ، ޕީޕީއެމްގެ އިސްސަފުން ފެންނަ ހަސަނާ މިހެން ބުނީ ކޮށްފައިވާ ޓުވީޓެއްގައި އެވެ. އަދި އޭނާ ބުނީ މިހާރު މިއޮތް ހާލަތު ކުރިމަތިވެގެން އުޅެނީ މި ސަރުކާރުގެ ނާގާބިލު ކަމުން ކަމަށެވެ....