މުސްލިމުންގެ ހަށިތައް އެންދިޔަ ދީގެން ނުވާނެ: ޝަހީމް
ކޮވިޑް ޖެހިގެން ލަންކާގައި މަރުވާ މީހުން ވަޅުލުމުގެ ބަދަލުގައި އަންދާތީ އެމައްސަލަ ބޮޑުވެފައިވާ ދަނޑިވަޅެއްގައ،ި މުސްލިމުންގެ ހަށިތައް އެންދިޔަ ދީގެން ނުވާނެކަމަށާއި ގާތުގައި އޮތް މުސްލިމު ޤައުމަކުން އެހީވެވިދާނެކަމަށް ޑރ މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ. ކޯވިޑް19 ބަލީގައި ސްރީލަންކާގައި ނިޔާވާ މުސްލިމުންގެ ޖަނާޒާގެ ކަންތައްތައް ރާއްޖޭގައި ހަމަޖެއްސުމަށް މަޝްވަރާކުރާކަމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއިން މިއަދު ބުނެފައިވުމަށް އަލިއަޅުއްވާލައްވާ ޝަހީމް ކުރެއްވި ޓުވީޓެއްގައި ވިދ...