އައިޑީކާޑު މުއްދަތު ހަމަވެފައި އޮތް ނަމަވެސް ވޯޓު ލެވޭގޮތް ހަދައިފި
އައިޑީކާޑު މުއްދަތު ހަމަވެފައި އޮތް ނަމަވެސް ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގައި ވޯޓު ލެވޭގޮތަށް ހަމަޖައްސައިފިއެވެ. ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އިން ބުނީ މިހާރު މާލޭ ސަރަހައްދުގައި ކޯވިޑްގެ ހާލަތު ހުރި ގޮތުން ގިނަ ބަޔަކު އެއްތަނަކަށް އެއްވެ އުޅުން ރަގަޅު ކަމެއްކަމުގައި ނުފެންނާތީ، ކުރިޔެކޭވެސް އެއްގޮތަށް މުއްދަތު ހަމަވެފައިވާ އައިޑީކާޑު 2021 ޖޫން 30 ވަނަ ދުވަހުގެ ނިޔަލަށް ބޭނުން ކުރެވޭގޮތ...