ކޯވިޑް- 19 އާއި ގުޅިގެން މިސްކިތްތަކަށް ދާ މީހުން ޢަމަލު ކުރަންވީ ގޮތް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އާންމު ކުރަށްވައި ފިއެވެ. ރާއްޖޭގައި ކޯވިޑްގެ ހާލަތު އިތުރަށް ގޯސްވެ އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކޮށްފައިވާއިރު، އިސްލާމިކް މިނިސްޓްރީއިން މިއަދު ވަނީ މިސްކިތަށް ދާ މީހުން އަމަލުކުރަންވީ ގޮތް ބަޔާންކޮށް ނޫސް ބަޔާނެއް އާންމު ކުރަށްވާފައެވެ. އެ ނޫސްބަޔާނުގައި މިސްކިތުގައި ބެހެއްޓިފައި ހުންނަ ޚަތިމުތައް ބޭނުން ނުކުރަން އެދިފައިވާއިރު، މިސްކިތަށް ދާއިރު ދާންވާނީ ގެއިން ވުޟޫ ކޮށްގެން […]
ޔުމްނާ ޢަލީ
ރާއްޖެއަށް ކޯވިޑް-19ގެ ތިންވަނަ ރާޅެއް ބިންދާލައި، ހާލަތު ފާލުން ނެއްޓެން ފެށުމުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރާއްޖޭގެ ހާލަތު ކޮންޓްރޯލްކޮށް، ކޯވިޑް ބަލިން ރައްޔިތުން ރައްކާތެރި ކުރުމަށް އެންމެފަހުން އާންމު ކުރެއްވި އުސޫލުގެ ދަށުން މިއަދުން ފެށިގެން ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ގެއިން ބޭރަށް ނުކުންނަ ނަމަ މާސްކު އެޅުން މަޖުބޫރު ވާނެއެވެ. ކޯވިޑާއި ގުޅިގެން ހާލަތަށް ލުއިދީ، މިހާތަނަށް އަމަލު ކުރަމުން އައިގޮތުން މާސްކު އެޅުން މަޖުބޫރުކޮށްފައި ވަނީ ގްރޭޓާ މާލޭ […]
ޝިއުނާ އާދަމް
2030 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ކާބަން އެމިޝަންސް، ނެޓް ޒީރޯއަށް ހެދުމަށް ރާއްޖެއިން އަމާޒު ހިފާފައިވާތީ އިނގިރޭސިވިލާތުން އެކަމަށް މަރުޙަބާ ކިޔައިފިއެވެ. އެގައުމުން މިކަމަށް މަރުޙަބާ ކިޔާފައިވަނީ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދުއާއި އިނގިރޭސިވިލާތުގެ ޚާރިޖިއްޔާގެ ދެކުނު އޭޝިއާ، ކޮމަންވެލްތު އަދި އދ ގެ ކަންތައްތަކާ ބެހޭ ވަޒީރު ލޯޑް އަހުމަދު އާއެކު މިދިޔަ ބުރާސްފަތި ކުރެއްވި މަޝްވަރާތަކުގައެވެ. ފޮރިން މިނިސްޓަރ ޝާހިދު އާއި ލޯޑް އަހުމަދު ބައްދަލުކުރައްވާފައިވަނީ ވަރޗުއަލްކޮށެވެ....
އަލީ އާދިލް
ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވި، ބޭއިންސާފާއި ހިތްދަތިކަންކަމަށް ލިބުނު އިތުރު މީހުންވެސް އެބަތިބި ކަމަށް ވައިކަރަދޫ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. ނާޒިމް މިހެން ވިދާޅުވީ، އަނިޔާ ވެރިކަން ނިމުމަކަށް ގެނެސް، އިންސާފު ޤާއިމްކުރަން ގެނައި ސަރުކާރުން ލިބުނީ ބޭއިންސާފާއި ހިތްދަތިކަންކަމަށް ވިދާޅުވެ، ޝިދާތާ މިއަދު ކުރެއްވި ޓުވީޓަށާއި، ފޭސްބުކް ޕޯސްޓަށް ރައްދު ދެއްވަމުންނެވެ. ޝިދާތާގެ އުދާސްތައް މީސް މީޑިޔާއަށް ދޫކޮށްލަމުން މިއަދު ވިދާޅުވެފައި ވަނީ މިއަދަކީ...
އަލީ އާދިލް
އަނިޔާ ވެރިކަން ނިމުމަކަށް ގެނެސް، އިންސާފު ޤާއިމްކުރަން ގެނައި ސަރުކާރުން ލިބުނީ ބޭއިންސާފާއި ހިތްދަތިކަންކަމަށް ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވެއްޖެ އެވެ. ޝިދާތާ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަދަކީ އެކަމަނާ ޖެންޑަރ މިނިސްޓަރކަމުން އިސްތިއުފާ ދެއްވިތާ އެއް އަހަރު ފުރޭ ދުވަސްކަމަށާއި، ސިޔާސީ ހަލަބޮލިކަމުގެ ތެރެއިން މި ސަރުކާރު ގެނައުމަށް އެންމެ ބުރަ މަސައްކަތް ކުރި އެކަކަށް އެކަމަނާ ވާނެކަމަށެވެ. ސަރުކާރު ގެނައީ އަނިޔާ ވެރިކަން ނިމުމަކަށް ގެނެސް އިންސާފު ޤާއިމް ކު...
އަލީ އާދިލް
ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކުރެވިގެން ކުރިއަށް ގެންދާ ޖަމިއްޔާ އެއްކަމުގައިވާ ‘ސޭވް އަވަރ ވޭވްސް މޯލްޑިވްސް’ އާއި “ސޭވް ދަ ވޭވްސް”ގެ ނަމުގައި ހިންގަމުން އަންނަ ބައިނަލްއަގުވާމީ ޖަމިއްޔާއަކުން ދިވެހި ސާފަރުންގެ ހައްގުގައި ނިކުމެެއްޖެއެވެ. އެ ޖަމިއްޔާއިން ވަނީ ބައިނަލްއަގުވާމީ ޕާޓްނަރުންނާ ގުޅިގެން ރާއްޖޭގެ ރާޅުތައް ސަލާމަތް ކުރުމަށް ޕެޓިޝަނެއް ވެސް އިއުލާންކޮށްފައެވެ. މިއީ، ތިމާވެއްޓަށް ނުރައްކާވާ (އަދި ނުރަނގަޅު އަސަރު ކުރާ) ފަދަ ‘ކޯސްޓަލް ޑެވެލޮޕްމަންޓް ޕްރޮޖެކްޓް’ (ތޮށިލުމާ، ބިންހިއްކުމާ، ބަނ...
އަޙްމަދު ވަހީދު
މިއަހަރުގެ ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް 99 ހާހަށް ވުރެގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ. އެ މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ އެއްވަނަ ދުވަހުން ފެށިގެން ފެބްރުއަރީމަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 99، 397 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. ދުވާލެއްގެ މައްޗަށް ފަތުރުވެރިން ޒިޔާރަތްކުރާ އަދަދު މިހާރު އުޅެނީ 2923 ގައެވެ. އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިއާއިންނެވެ....
ޔުމްނާ ޢަލީ
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެކުލަވާލައި، ރޭ އާންމު ކުރެއްވި ”ކޯވިޑް19ގެ ހާލަތުގައި ރައްކާތެރި ކަމާއެކު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ކުރިއަށް ގެންދަންވީ ގޮތުގެ އުސޫލު”ގެ ސަބަބުން އިންތިޚާބުބޭއްވުމަށް ދަތިތަކެއް ކުރިމަތިވެއްޖެ ކަމަށްބުނެ، އިންތިހާބު ފަސްކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ. ލޯކަލް ކައުންސިލް އިންތިހާބުގެ ހާއްސަ ޤާނޫނު އިސްލާހްކޮށް، އިންތިހާބު ބޭއްވުމުގެ ޤަނޫނީ ޒިންމާ މަތިކޮށްފައިވާ އިލެކްޝަންސް...
އަލީ އާދިލް
”އީކުއޭޓަރ” ސަފާރީގެ ޑައިވިން ދޯނީގެ ކެޕްޓަންގެ ސިއްހީ ހާލަތު ގޯސްވެ، އޭނާ މާލެ ގެންދިޔުމުގެ މަސައްކަތް ކުރަށްވަމުންދާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ. އެމްއެންޑީއެފުން ވިދާޅުވީ، މާލޭގެ ހުޅަނގު ދެކުނު 21 ނޯޓިކަލް މޭލު ބެރުގައި އޮތް ”އީކުއޭޓަރ” ސަފާރީގެ ޑައިވިން ދޯނީގެ ކެޕްޓަންގެ ސިއްހީ ހާއްލު ގޯސްވެ، އެ އިދާރާގެ އެހީތެރިކަމަށް އެދުމުން އަވަސް ފަރުވާއަށް އޭނާ މާލެ ގެނައުމުގެ މަސައްކަތް މިހާރު ފައްޓަވާފައިވާ ކަމަށެވެ. މިގޮތުން އެމްއެންޑީއެފްގެ މާލޭ އޭރީގެ ކޯސްޓް ގާޑުން މިހާރު އެމީހާ […]
ޝިއުނާ އާދަމް
ހިކިކަނޑުމަސް ތައްޔާރު ކުރަނީވެސް މަސްވެރިން ކަމަށާއި، މަސްވެރިންނަށް ދޭ ސަބްސިޑީ ހިކިކަނޑުމަސް ތައްޔާރުކުރާ ”މަސްވެރިންނަށް” ވެސް ލިބެންވާނެ ކަމަށް ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ. އެކިއެކި ދާއިރާތަކުގައި މަސައްކަތްކުރާ ދިވެހި މަސައްކަތްތެރީންގެ ހައްގުގައި ވަކާލާތު ކުރަށްވަމުން ގެންދަވާ، މަޝްޙޫރު ގާނޫނީ ވަކީލު ޢަލީ މިހެން ވިދާޅުވީ ކުރެއްވި ޓުވީޓެއްގަ އެވެ. ޢަލީ ވިދާޅުވީ އައިސްޕްލާންޓްތައް ހެދުމުން ސަބްސިޑީ ލިބޭ ބަޔަކަށް ލިބުނަސް ހިކިމަސް ތައްޔާރުކޮށް ވިއްކާ މަސްވެރިންނަށ...
އަލީ އާދިލް
ރާއްޖެއަށް އެކިގޮތް ގޮތުން ގިނަ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ޗައިނާ ސަރުކާރުން ރާއްޖެއަށް 100،000 ޑޯޒް ކޯވިޑް ވެކްސިން ހަދިޔާ ކުރަން ނިންމައިފިއެވެ. ޗައިނާ އިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ޖަންގް ލިޖޮންގް މިއަދު ވިދާޅުވީ އެ ގައުމުގެ ސަރުކާރުން ދިވެހި ރައްޔިތުންނަށް 100،000 ޑޯޒްގެ ވެކްސިން ހަދިޔާ ކުރަން ނިންމާފައިވާ ކަމަށެވެ. އެ ވެކްސިން ޝިފްމަންޓް ވަރަށް އަވަހަށް ރާއްޖެއަށް ގެނެވޭނެ ކަަމަށް ވެސް ސަފީރު ވަނީ ވިދާޅުވެފަ އެވެ. އަމިއްލަ ފަރާތަކުން ރާއްޖެއަށް ހަދިޔާކުރި […]
އަލީ އާދިލް
ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފުންނަށް ކޯވިޑް 19 ގެ ވެކްސިން ދޭން މިއަދު ފަށައިފި އެވެ. މިނިސްޓްރީ އޮފް ހެލްތް އާއި މިނިސްޓްރީ އޮފް ޓޫރިޒަމް އަދި ޓޫރިޒަމް އިންޑަސްޓްރީގެ ހުރިހާ ހިއްސާދާރުން ގުޅިގެން ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތްކުރާ މުވައްޒަފުންނަށް ކޯވިޑް-19 އަށް ވެކްސިންދިނުމުގެ ޕްރޮގްރާމް އެއް ސޯޝިއަލް ސެންޓަރުގައި މިއަދު ކުރިއަށް ގެންގޮސްފައި އެވެ. މިއަދުގެ ވެކްސިން ދިނުމުގެ ޕުރޮގުރާމްގައި ރިސޯޓް މުވައްޒަފުންނާއި ސަފާރީ އުޅަދުފަހަރު އަދި ގެސްޓްހައުސްތަ...
ޖަލްވާން ޖާދުﷲ
މިލަދުންމަޑުލު ދެކުނުބުރީ މަނަދޫގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލައިފި އެވެ. މަނަދޫގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ކަނޑައަޅާފައިވާ 132,000 (އެއްލައްކަ ތިރީސް ދެހާސް) އަކަފޫޓުގެ ބިމުގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލުމަށް މިނިސްޓްރީ އޮފް ޓޫރިޒަމްއިންވަނީ ނިންމާފައެވެ. އެމިނިސްޓްރީއިން ބުނީ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 18 ފެބުރުވަރީ 2021 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ވަރޗުއަލްކޮށް (ޒޫމް...
އިބްރާހިމް އަސްވާޤް
މިއަހަރުގެ ތެރޭގައި ރާއްޖެއިން ފަލަސްޠީނަށް ނޮން ރެސިޑެންސް ސަފީރެއް ޢައްޔަންކުރެއްވުމަށް ގަސްތުކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. 2021 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިއްވެވި ރިޔާސީ ބަޔާނުގައި ވިދާޅުވީ ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ ދަށުން ފުރަތަމަ ފަހަރަށް ފަލަސްޠީނަށް ދިވެހި ސަފީރަކު ޢައްޔަންކުރައްވަން ނިންމަވާފައިވާކަމަށެވެ. މީގެ އިތުރުން ރައީސް ވިދާޅުވީ ގޮތުގައި ޚާރިޖީ ދާއިރާއިން ރާއްޖޭގެ އެންމެ އިސް ސިޔާސ...
ޖަލްވާން ޖާދުﷲ
ދިވެހިރާއްޖޭގެ ޤައުމިއްޔަތުގެ އެންމެ ވަރުގަދަ އަސާސަކީ، މާތްވެގެންވާ އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާ ކަމަށް ރައީސުލް ޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވާ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވައިދެއްވަމުން ރައީސް ޞާލިޙް ވިދާޅުވީ، ދިވެހިރާއްޖޭގެ ޤައުމިއްޔަތުގެ އެންމެ ވަރުގަދަ އަސާސަކީ، މާތްވެގެންވާ އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާ ކަމަށެވެ. އަދި ދިވެހިންގެ ހިތްތަކުގައި މާތްﷲގެ އެއްކައުވަންތަކަމުގެ ޢަޤީދާ އަށަގެންނެވުމަށާއި، އިސްލާމް ދީނުގެ ރިވެ...
އަލީ އާދިލް