ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގެ ތެރެއިން ކުރިއަށްގެންދާ ނޭޝަނަލް ސަރވިސް އިނީޝަލް ޓްރޭނިންގގެ ހަތަރުވަނަ ބެޗުގެ ތަމްރީނުތައް 352 ޒުވާނުންނާއެކު މިއަދު ރަސްމީކޮށް އިފުތިތާޙުކޮށްފިއެވެ. މިކަން ހާމަކުރައްވައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ މީސްމީޑިއާގައި ޕޯސްޓެއް ޙިއްޞާކުރައްވާފައެވެ. ރައީސް ވިދާޅުވީ، ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭހެން 125 ރަށަކަށް ނިޞްބަތްވާ ޒުވާނުން މި ތަމްރީނުގައި ބައިވެރިވާ ކަމަށެވެ. އެގޮތުން މި ބެޗުގައި 288 ފިރިހެން ޒުވާނުންނާއި 64 އަންހެން ޒުވާނުން ހިމެނެއެވެ. އެމ...
ޔުމްނާ ޢަލީ
ހުޅުމާލޭގެ ހިޔާ 11 ވަނަ ޓަވަރުގެ އެޕާޓްމަންޓެއްގައި މިއަދު ހަވީރު އަލިފާނުގެ ހާދިސާއެއް ހިނގައި، އެ ގޭގެ ބަދިގެ ބޭނުންނުކުރެވޭ ވަރަށް އަނދައި ގެއްލުން ވެއްޖެ އެވެ. މި ހާދިސާއާ ގުޅިގެން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ، ހިޔާ 11 ވަނަ ޓަވަރުގެ 23 ވަނަ ފަންގިފިލާގެ އެޕާޓްމަންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެ އޮތޯރިޓީން ހަރަކާތްތެރިވެފައިވާ ކަމަށެވެ. މި ހާދިސާގައި އެޕާޓްމަންޓުގެ ބަދިގެ ބޭނުންނުކުރެވޭ ވަރަށް އަނދައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ […]
ޔުމްނާ ޢަލީ
ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެންފިއެވެ. ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފްގެ ދަޢުވަތަކަށް މި އޮކްޓޫބަރު މަހުގެ 20 އިން 22 ގެ ނިޔަލަށް ކުރެއްވި މި ދަތުރުފުޅަކީ، ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުނު ތާރީޚީ މުނާސަބަތާވެސް ގުޅިފައިވާ ދަތުރުފުޅެކެވެ. މީގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން ބަދަހިވެ، […]
ޔުމްނާ ޢަލީ
ދިވެހިރާއްޖޭގައި ފަހިވަމުން އަންނަ ވިޔަފާރީގެ ފުރުޞަތުތަކުގެ ބޭނުންހިފައި، ދިގުމުއްދަތުގެ ވިޔަފާރީގެ ގުޅުންތައް ޤާއިމުކުރުމަށް ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދަޢުވަތު ދެއްވައިފިއެވެ. އެމަނިކުފާނު މި ދަޢުވަތު ދެއްވީ ޕާކިސްތާނުގެ އިސްލާމްއާބާދުގައި މިއަދު ހަވީރު ބޭއްވުނު މޯލްޑިވްސް-ޕާކިސްތާން ބިޒްނަސް ފޯރަމް 2026 ގައި ތަޤުރީރުކުރައްވަމުންނެވެ. އަޚުވަންތަކަމާއި އިސްލާމީ އެއްބައިވަންތަކަމުގެ މައްޗަށް ބިނާވެފައިވާ ދެޤައުމުގެ 60 އަހަރުވީ ޚާރިޖީ ގުޅުމުގެ މައްޗަށް އަލިއަޅ...
ޝިއުނާ އާދަމް
ވެބްސައިޓްތަކާއި އޮންލައިން އެޕްލިކޭޝަންތައް ހިންގުމުގައި ބޭނުންކުރާ ޕީއެޗްޕީ (PHP) ޕްރޮގްރާމިންގ ލެންގުއޭޖުގެ ސެކިއުރިޓީ މައްސަލަތަކެއް ފެނުމާ ގުޅިގެން، ރައްކާތެރިކަމުގެ ގޮތުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ދިވެހި ފުލުހުންގެ ޚިދުމަތާއި ނެޝަނަލް ސައިބަރ ސެކިއުރިޓީ އެޖެންސީން އިލްތިމާސްކޮށްފިއެވެ. “ޕީ.އެޗް.ޕީ 2 ޝެލް (PHP2Shell)” ގެ ނަމުން ނަންދެވިފައިވާ މި ވަލްނެރަބިލިޓީއަކީ ނުރައްކާތެރިކަން އިންތިހާއަށް ބޮޑު މައްސަލައެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފައެވެ. އެގޮތުން، ސެކިއުރިޓީ ނުރައްކާތަކުގެ ސީރި...
އަލީ އާދިލް
ޑިޖިޓަލް ވަސީލަތްތަކާއި އިންޓަނެޓް މެދުވެރިކޮށް ހިންގާ މާލީ ކުށްތައް ހުއްޓުވުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ހިންގި ބޮޑު އޮޕަރޭޝަނެއްގައި ދިވެހި ފުލުހުންގެ ޚިދުމަތުން ބައިވެރިވެ، ރާއްޖޭގައި ހިންގި ސްކޭމްތަކުގައި އާންމުންނަށް ގެއްލުނު ފައިސާގެ ތެރެއިން 3.1 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަނބުރާ ހޯދައިދީފިއެވެ. ދުނިޔޭގެ 30 ގައުމަކުން ބައިވެރިވި މި އޮޕަރޭޝަނުގެ ތެރެއިން ރާއްޖެއިން ވަނީ 1،000 އަށް ވުރެ ގިނަ ބޭންކު އެކައުންޓް ފްރީޒްކޮށްފައެވެ. ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ މިނިސްޓްރީ އޮފް...
ޔުމްނާ ޢަލީ
ރާއްޖެއާއެކު ސޮއިކުރެވުނު އެއްބަސްވުންތަކާއި ފަހުމުނާމާތައް ތަންފީޒުކުރުމަށް އިސްކަންދެއްވާނެ ކަމުގެ ޔަޤީންކަން، ޕާކިސްތާނުގެ ސެނެޓުގެ ޗެއަރމަން ސައްޔިދު ޔޫސުފް ރަޒާ ގިލާނީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ދެއްވައިފިއެވެ. ޕާކިސްތާނު ސެނެޓުގެ ޗެއަރމަން މި ޔަޤީންކަން ދެއްވީ، ރައީސް މުޢިއްޒުގެ އަރިހަށް މިއަދު ކުރެއްވި އިޙްތިރާމުގެ ޒިޔާރަތެއްގައެވެ. މި ބައްދަލުކުރެއްވުމުގައި، ޗެއަރމަން ގިލާނީ ވަނީ ރައީސްއަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. އަދި ދެ ޤައުމުގެ ދެމެދުގައި ވެވިފައިވާ އެއްބަސްވުނ...
ޔުމްނާ ޢަލީ
ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދުގެ އަތުން ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން ބޭރު މީހަކު ކުރި ދައުވާގައި އެ ފައިސާ ނަޝީދު ދައްކަން ނުޖެހޭ ކަމަށް ސުޕްރީމް ކޯޓުން ވެސް ހުކުމްކޮށްފި އެވެ. އިންޑިއާގެ މީހެއް ކަމަށްވާ ޑރ. އަލަކާ ސިންގް ދައުވާުކުރީ އޭނާ އިންވެސްޓްކުރި ކަނޑު އުޅަނދެއް އެހެން މީހަކަށް ވިއްކާލުމުގެ މުއާމަލާތާ ގުޅިގެންނެވެ. އެއީ އެ އުޅަނދު އެހެން މީހަކަށް ވިއްކާލީ ބޭނުންވި އަގަށް […]
ހުސައިން ހަބީބް
ޕާކިސްތާނުގެ ނެޝެނަލް އެސެމްބްލީގެ ރައީސް ސަރްދާރު އަޔާޒް ޞާދިޤް، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ މެދުގައި އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. މީގެއިތުރުން، ޕާކިސްތާނުގެ ރައްޔިތުންނާއި އެ ޤައުމުގެ މަޖިލިސް މެންބަރުންގެ ނަންފުޅުގައި ރައީސްއަށް ސަރްދާރު އަޔާޒް ޞާދިޤް ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. ޞާދިޤްގެ ވާހަކަފުޅުގައި،...
ޔުމްނާ ޢަލީ
ހުޅުމާލެ ހޮސްޕިޓަލްގައި ހިންގަމުންދާ ފާމަސީއެއްގެ މައްސަލާގައި އާސަންދަ ކުންފުނިން ހައި ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިނުގަނެ, ބޭރުކޮށްލައިފި އެވެ. ސަންޓްރިއާ ޕްރައިވެޓް ލިމިޓެޑާ ދެކޮޅަށް އާސަންދަ ކުންފުނިން 12 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން ދައުވާކުރާ މައްސަލާގައި އާސަންދަ ކުންފުނިން ސިވިލް ކޯޓުގައި ވަނީ އެ ކުންފުނިން އެ ހުޅުމާލޭ ހޮސްޕިޓަލްގައި ހިންގާ ފާމަސީ ހުސްކުރަން ވަގުތީ އަމުރެއް ނެރެދޭން އެދިފަ އެވެ. ނަމަވެސް ސިވިލް ކޯޓުން ކުރިން ނިންމީ އެތަން ހުސްކުރަން […]
ހުސައިން ހަބީބް
1 މިނިޓު
ކުރިއަށް އޮތް ހަފުތާ ބަންދުގައި ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ބުނެފިއެވެ. ހާއްސަކޮށް ހުކުރު އަދި ހޮނިހިރު މި ދެ ދުވަހުވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާއިން ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާކުރާ ގޮތަށް ބަލާއިރު، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެއެވެ. […]
ޔުމްނާ ޢަލީ
ވިލިމާލޭގައި ފުލުހުން ހިންގި އެންޓި ނާކޮޓިކްސް އޮޕަރޭޝަނެއްގައި ރާއްޖޭގެ މަގުބޫލު ތިން ފިލްމީ ތަރިން ހިމެނޭހެން ހައްޔަރުކުރި މީހުންގެ ތެރެއިން، ތަހުގީގު ފުރިހަމަކުރުމަށްފަހު ތިން މީހަކު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. މި މައްސަލައާ ގުޅިގެން ފުލުހުން މިއަދު ބުނީ، އެ މީހުންގެ މައްސަލައިގެ ތަހުގީގު ފުރިހަމަކޮށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް މިހާރު ފޮނުވާފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން އެކަކު ފިޔަވައި ދެން ތިބި މީހުންގެ ތަހުގީގު ފުރިހަމަވެފައިވާތީ އެ މީހުން މިހާރު […]
ޝިއުނާ އާދަމް
ޕާކިސްތާނުގެ ޗީފް އޮފް އާމީ ސްޓާފް އަދި ޗީފް އޮފް ޑިފެންސް ފޯސަސް، ފީލްޑް މާރޝަލް ސައްޔިދު ޢާޞިމް މުނީރު، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް ބުދަދުވަހުގެ ރޭ އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. ރައީސް އޮފީހުން ބުނިގޮތުގައި މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ޒަމާންވީ އަޚުވަންތަ ގުޅުން އިތުރަށް ބަދަހިކުރައްވައި، އެ ގުޅުން ދަމަހައްޓަވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. ރައީސްގެ މި ދަތުރުފުޅުގައި ޕާކިސްތާނުން އެމަނިކުފާނަށް ރަސްމީކޮށް މަރުޙަ...
ޔުމްނާ ޢަލީ
ދައުލަތުގެ ތިން ބާރުގެ އިމާރާތްތަކުގައި ހުޅުޖަހަން ގޮވާލި މައްސަލައެއްގައި ހައްޔަރުކުރި މީހާގެ ބަންދުގެ މުއްދަތު ކޯޓުން އިތުރުކޮށްދީފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ފުވައްމުލައް، ދަޑިމަގު، އަނޯނާގެ، ހަސަން ޛިހާން ނަމަކަށް ކިޔާ މީހެކެވެ. ފުލުހުން ބުނީ މި މައްސަލައިގައި އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން، ޏ. ފުވައްމުލަކުން ކަމަށެވެ. އޭނާ ހައްޔަރުކުރުމަށްފަހު ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވާ ކަމަށް ވެސް ފުލ...
ޔުމްނާ ޢަލީ
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ޕާކިސްތާނުގެ ފަސްޓް ލޭޑީ އަދި އެ ޤައުމުގެ ނޭޝަނަލް އެސެމްބްލީގެ މެންބަރު އަސީފާ ބުއްޓޯ ޒަރްދާރީއާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ބާއްވަވާފައިވަނީ ޕާކިސްތާނުގެ ރައީސްގެ ރަސްމީ ގަނޑުވަރު އައިވާން-އެ-ސަދްރުގައި މިއަދު ހަވީރުގެ ވަގުތެއްގައެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަދި އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޕާކިސްތާނުގެ ރިޔާސީ ގަނޑުވަރަށް ވަޑައިގަތުމުން، އެ ދެކަނބަލުންނަށް މަރުޙަބާ ވިދާޅުވީ ޕާކިސްތާނުގެ ރައީސް އާސިފް ޢަލީ...
ޔުމްނާ ޢަލީ