ތުރުކީވިލާތުގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ހިޒް އެކްސެލެންސީ މެވްލުތު ޝަވުޝުގްލު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށް ދިޔަ މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެ ޤައުމުގެ ދެމެދުގައި ޒަމާނުއްސުރެ އޮތް އެކުވެރި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. މިގޮތުން، މިދިޔަ އަހަރު އެއީ ރާއްޖެއާއި ތުރުކީވިލ...
ޔުމްނާ ޢަލީ
މުރައިދޫގެއަކީ ދައުލަތުގެ މުދަލެއް ކަމަށާއި، ވެރިކަމުން ފައިބާ ބަޔަކަށް މުރައިދޫގެ ދަބަހަކަށް ލައިގެން ނުގެންދެވޭނެ ކަމަށް މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނައިބު ރައީސް އަހްމަދު އުޝާމް ވިދާޅުވެއްޖެއެވެ. ހުޝާމް މި ހެން ވިދާޅުވީ، މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދަށް މިހާރު ޚާއްޞަކޮށްފައިވާ “މުރައިދޫގެ” ތަޅާލަންޖެހޭކަމަށް މި ސަރުކާރުގެ ކުރީގެ ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވުމުން އެކަމަށް އިޝާރ...
އަލީ އާދިލް
އަވަހާރަވެފައިވާ ކޮމަންޑޫ ދާއިރާގެ މެންބަރު ޙުސައިން ވަޙީދަކީ ކޮމަންޑޫ ދާއިރާއަށާއި، އެމްޑީޕީއަށް ވަރަށް ބޮޑު ޚިދުމަތެއް ކުރަށްވާފައިވާ ހުންނެވި ގިނަ ބަޔެއްގެ ލޯތްބާއި އިޚްތިރާމް ހޯއްދެވި ބޭފުޅެއް ކަމަށާއި، މަރްޙޫމް ޙުސައިން ޚިދުމަތް އަގުވަޒަންކޮށް، ޙުސައިންގެ ޝަރަފަށްޓަކައި ވެސް ކޮމަންޑޫ ދާއިރާގެ ގޮނޑި އެމްޑީޕީއަށް ދޭންޖެހޭ ކަމަށް ވެރިކަންކުރާ އިއްތިހާދުގެ ދެވަނަ ޕާޓީ، ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ނައިބު ރައީސް އަޙްމަދު ސައުދު ވިދާޅުވެއްޖެއެވެ. ރާއްޖެ ޓީވީން ރޭ ގެނެސްދިން “ފަލަ ސުރުޚީ” ޕްރޮގްރާމްގައި...
އަލީ އާދިލް
އަންނަ މަހު 5 ވަނަ ދުވަހު އޮންނަ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީީޕީ) ގެ ޓިކެޓްގައި އެ ދާއިރާއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް މުޙައްމަދު ރާޝިދު (ރާޑޯ) ބޮޑު ތަފާތަކުން ގޮނޑި ކާމިޔާބު ކުރާނެކަމަށް، ތަރައްގީ ކުރިއަށް އޮތީ ރާޝިދު އިންތިޚާބު ކުރެވިގެން ކަމަށް އޭނާގެ ސަޕޯޓަރުން ބުނެފިއެވެ. މި ނޫހާއި ވާހަކަ ދައްކަމުން ކޮމަންޑޫ ދާއިރާގެ ތިން ރަށުގެ ރާޝިދުގެ ބައެއް ސަޕޯޓަރުން ބުނީ މިހާތަނަށް ރާޝިދުގެ ކެމްޕޭން ވަރަށް ފޯރީގައި ކުރިއަށް […]
އަލީ އާދިލް
ޓްވިޓާގައި ނެގި ޕޯލަކުން ގިނަ ބަޔަކު ބޭނުންވަނީ އެމްޑީޕީގެ ޗެއާޕާސަނަކަށް ހުސެއިން އަމްރު ހޮވަން ކަން ހާމަވެއްޖެއެވެ. ޓްވިޓާ އެކައުންޓެއް ކަމަށްވާ ހަސަން ކުރުސީ އެކައުންޓުން ހުޅުވާލި މި ޕޯލްގައި 19،099 މީހުން ވަނީ ވޯޓު ދީފައެވެ. މީގެ ތެރެއިން 59 އިންސައްތަ މީހުން ވޯޓު ދިނީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުވެސް އަދާ ކުރައްވަމުން ގެންދަވާ އަމްރުއަށެވެ. އަމްރުއާއެކު މި ޕޯލްގައި ވާދަ ކުރެއްވީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުއެވެ. އޭނާއަށް ލިބުނީ ވޯޓު ލި […]
އަޙްމަދު ވަހީދު
ޖަލަށް އެތެރެކުރުމަށް ތައްޔާރުކޮށްފައިހުރިކަމަށް ބެލެވޭ ތަކެއްޗާއެކު ހަ މީހަކު ހުޅުމާލެއިން ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނެފައިވަނީ އެ މީހުން ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ފޭސް ދެއަކުން މިއަދު ހެނދުނު ކަމަށެވެ. ފުރަތަމަ ފުލުހުން ހައްޔަރުކުރީ ތިޖޫރީއެއް ހިފައިގެން އުޅުނު ދެ މީހަކުކަމަށެވެ. އެގޮތުން، ތިޖޫރީއެއް ހިފައިގެން ފޭސް ދޭއްގެ ޓަވަރަކަށް އެރި ދެ މީހުންނަށް ފުލުހުން ފެނުމުން ތިޖޫރީ އެއްލާލައި އެ މީހުންވަނީ ފިލަން މަސައްކަތްކޮށްފައިކަމަށާއި ފުލުހުން އެ ދެ މީހުން ހުއްޓުވައި އެ މީހުން ގެންގުޅ...
އަލީ އާދިލް
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލް އިންތިޚާބުގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސް އިން ހުޅުވާލައިފިއެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނުގެ ދަށުން ބޭއް މި އިންތިޚާބަށް 4 ދާއިރަކުން މެމްބަރުން އިންތިޚާބު ކުރުމަށް ވަނީ ހަމަޖެހިފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން މިކަމަށް ކުރި ޢިއުލާންގައި ބުނެފަވެއެވެ. އެދާއިރާތަކަކީ: ނުކުޅެދުންތެރިކަ...
އައިޝަތު ނަސާޔާ
ޤަވާއިދުން ނުނެރޭ ނޫސް، މަޖައްލާ އަދި އޮންލައިން ނޫސްތަކެއް އުވާލުމަށް މިނިސްޓްރީ އޮފް ހޯމް އެފެއާޒް އިން ނިންމައިފިއެވެ. އެމިނިސްޓްރީއިން އިއްޔެ ނެރެފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ނޫސްމަޖައްލާ ފަދަ ތަކެތި ޝާއިޢުކުރުމާއި ބެހޭ ގަވާއިދުގައިވާ ގޮތަށް ނޫސް، މަޖައްލާ އަދި އޮންލައިން ނޫސްތައް ނުނެރޭނަމަ 28 ފެބްރުއަރީ 2022 ން ފެށިގެން އެނޫސްމަޖައްލާތައް ދަފްތަރުން އުނިކޮށް އުވާލާނެ ކަމަށެވެ. އެގޮތުން އެއިއުލާނުގައި މިފަދަ ނޫސްތަކުގެ ލިސްޓްވެސް ވަނީ އާއްމު ކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ: ރޯޅި...
އައިޝަތު ނަސާޔާ
ކޯވިޑް-19 ބަލީގައި އދ. ދަނގެތިން މީހަކު ނިޔާވެއްޖެއެވެ. ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވިދާޅުވި ގޮތުގައި ނިޔާވީ ދަނގެތީ ސިއްހީ މަރުކަޒުގައި ކޯވިޑް ބަށްޔަށް ފަރުވާ ހޯދަމުން ދިޔަ މީހެކެވެ. އެއީ އުމުރުން 50 އަހަރުގެ ދިވެހި އަންހެނެކެވެ. ކޯވިޑް ބަލީގައި އިތުރު މީހަކު ނިޔާވުމުން މިބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ އަދަދު ވަނީ 72 އަށް އަރާފައެވެ. އިއްޔެވެސް މިބަލީގައި މީހަކު ވަނީ ނިޔާވެފައެވެ. އެއީ ޏ. ކޯވިޑް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ […]
ޔުމްނާ ޢަލީ
މާލެ ސިޓީގެ ގެއެއްގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މާލެ ސިޓީގެ ގެއެއްގައި މީހަކު މަރުވެފައި އޮތްކަމުގެ ރިޕޯޓް އެއިދާރާއަށް ލިބިފައިވާ ކަމަށެވެ. އެކަން އެ އިދާރާއަށް ރިޕޯޓް ކޮށްފައި ވަނީ މިއަދު ހެނދުނު 8:03 ގައެވެ. މަރުވެފައި އޮއްވާ ފެނުނީ 49 އަހަރުގެ ފިރިހެނެކެވެ. އެއީ ދިވެއްސެކެވެ. އެމީހާ ފެނުނީ މާފަންނުގެ ގެއަކުންނެވެ. އެކަމާއިގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބައްލަވަމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ.
ޔުމްނާ ޢަލީ
ކުޑަކުދިންނަށް ޖެހޭ ނުރައްކާތެރި ބައްޔެއް ކަމަށްވާ، މަލްޓި ސިސްޓަމް އިންފްލެމޭޓްރީ ސިންޑްރަމް (މިސްކް) ރާއްޖެއިން އަނެއްކާވެސް ފެންނަން ފަށައިފިއެވެ. އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހްމަދު ފައިސަލް ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ކޮވިޑަށްފަހު ކުޑަކުދިންނަށް ޖެހެމުންދާ މިބަލީގައި މިވަގުތުވެސް 4 ކުއްޖަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ ކަމަށެވެ. އޭގެ ތެރެއިން އެންމެ ހާލު ދެރައީ އިތުރު ބަލިތަކެއްވެސް ހުންނަ ކުއްޖެއް ކަމަށާއި ރަށަކުން ގެނެއްސަ އޮތް ކުއްޖެއްވެސް...
އައިޝަތު ނަސާޔާ
މިދިޔަ 2021 ވަނަ އަހަރު ފެމިލީ ކޯޓުން 2399 ކައިވެނި ކޮށްދީފައިވާއިރު 1192 މީހެއް ވަރި ރަޖިސްޓަރީ ކުރި ކަމަށް އެކޯޓުން އާންމު ކުރި ތަފާސްހިސާބުތަކުން ދައްކައިފި އެވެ. އެ ކޯޓުން އާންމުކުރި މަޢުލޫމާތުތަކަށް ބަލާއިރު މިއީ ކައިވެނިތަކުގެ އަދަދާ އަޅާ ބަލާއިރު ވަރިކުރި އަދަދު ދެބައިކުޅަ އެއްބަޔާ ގާތްކުރާ އަދަދެކެވެ. ފެމިލީ ކޯޓަށް 2،400 އަށް ވުރެ ގިނަ މައްސަލަ ހުށައަޅާފައި ވެއެވެ. 2020 ވަނަ އަހަރުގެ މައްސަލަ ތަކާއި އެކު 2165 މައްސަލައެއް ވޭތުވެދިޔަ […]
އަލީ އާދިލް
މުސްލިމުންނަށް ޤާނޫނު ހަދާ މަޖިލީހަށް ބޭނުމީ އިސްލާމީ ޝަރީޢަތް ކިޔަވައިގެން ތިބޭ މީހުން ކަމަށް ދީނީ ޢިލްމުވެރިޔާ ޝަ އިޚު މުހައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ. ސެއިޚް ލަޠީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މުސްލިމުންނަށް ޤާނޫނު ހަދާ މަޖިލީހަށް ބޭނުމީ އިސްލާމީ ޝަރީޢަތް ކިޔަވައިގެން ތިބޭ މީހުން ކަމަށެވެ. “އެކަންކަން ނުދަންނަ ޖާހިލުން” ބޭނުން ނުވާކަމަށް އޭނާ ވިދާޅުވިއެވެ. “ކޮމަންޑޫ ދާއިރާއަށް ވާދަކުރައްވާ މޫސާ ފަތުޙީ އަކީ އެރޮނގުން މަތީ ތަޢުލީމު ޙާޞިލްކުރައްވަމުން ގެންދަވާ ބޭފުޅެއް. އެންމެން އޭނާއަށް...
އަލީ އާދިލް
އދގެ ޢާއްމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރިޔާސަތު ބަލަހައްޓަވާ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު، ރަސްމީ ދަތުރުފުޅެއްގައި، ބަޙްރައިން އަށް ވަޑައިގެންފިއެވެ. ޢާއްމު މަޖިލީހުގެ ރައީސްގެ މި ދަތުރުފުޅުގައިި އިއްޔެ ވަނީ ބަޙްރައިންގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުއްލަތީފް ބިން ރަޝީދު އަލްޒަޔާނީ އާއި ބައްދަލުކުރައްވާފައެވެ. އަދި ބަޙްރައިންއާ ދެމެދު އޮންނަ ގުޅުން ހަރުދަނާކުރުމަށްޓަކައި ހަމަހަމަކަމާއެކު ވެކްސިން ފޯރުކޮށްދިނުމާއި، މޫސުމީ ބަދަލުތަކާ ގުޅޭ ދާއިރާތަކުން އެކުގައި މަސައްކަތްކުރުމާ ގުޅޭގޮތުން...
އައިޝަތު ނަސާޔާ
ދައުލަތުގެ ބެލުމުގެ ދަށުން ކ. ގުރައިދޫ ގައި ބަލަހައްޓަމުން ގެންދާ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ގައި ތިބޭ ދޮށީ އުމުރުގެ މީހުންނަށް ދެވޭ ޚިދުމަތް ރަނގަޅު ކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އާއި، އޭޖްޑް ކެއަރ މޯލްޑިވްސް އާއެކު މެމޮރަމްޑަމް އޮފް އަންޑަސްޓޭންޑިންގ (އެމް.އޯ.ޔޫ)އެއްގައި މިއަދު ސޮއިކޮށްފި އެވެ. ޖެންޑާ މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ޖެންޑާ ނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް […]
ޔުމްނާ ޢަލީ