ހއ. އަލިދޫ ރިސޯޓަށް ލިބުނު ގެއްލުންތަކަކާ ގުޅިގެން ކަމަށް ބުނެ ޔޮޓް ޓުއާސަށް 22 މިލިއަން ޑޮލަރު (339 މިލިއަން ރުފިޔާ) ދައްކަން އެލައިޑް އިންޝުއަރެންސްގެ މައްޗަށް ކޮށްފައިވާ ހުކުމް ހައި ކޯޓުން މިއަދު ބާތިލްކޮށްފި އެވެ. ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއާސް ކުންފުނިން އަލިދޫ ރިސޯޓް ހިންގިއިރު 2014 ވަނަ އަހަރު މޫސުން ގޯސްވެގެން ލިބުނު ގެއްލުންތަކުގެ އިންޝުއަރެންސްގެ ފައިސާގެ ގޮތުގައި 22 މިލިއަން ޑޮލަރު ދައްކަން ސިވިލް ކޯޓުން ކުރިން […]
ހުސައިން ހަބީބް
“ސެލްމޮނެއްލާ” ޖަރާސީމުން ތަޣައްޔަރުވެފައިވާ ބައެއް އުފެއްދުންތައް ރާއްޖޭގައި ވިއްކައި، ބޭނުންކުރަމުންދާތީ އެކަމަށް ސަމާލުވާން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްއެފްޑީއޭ) އިން އެދިއްޖެއެވެ. އެފްއެފްޑީއޭ އިން މިއަދު ނެރުނު ބަޔާނުގައި ބުނީ ސެލްމޮނެއްލާއިން ތަޣައްޔަރުވެފައިވާ އުފެއްދުމެއް ކަމަށްވާ “ވޭސްޓެޖަން ސްޕައިސެސް އެންޑް ސޯސެސް ބީވީ” ބްރޭންޑުގެ “ހާބަލް މިކްސް” ރާއްޖެއަށް އެތެރެވެފައިވާކަން އެ އޮތޯރިޓީއަށް ޔޫރަޕިއަން ޔޫނިއަންގެ ރެޕިޑް އެލާޓް ސިސްޓަމް ފޯ ފުޑް އެންޑް ފީޑް (އާރްއޭއެސްއެ...
އިބްރާހިމް އަސްވާޤް
ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުން މިވަގުތު ކުލި ނުދައްކައި މަޑުކޮށްގެން ތިބުމަށް ހިޔާ ޔޫނިއަނުން ގޮވާލާފައިވަނިކޮން، އެއްބަސްވުމުގައިވާ ގޮތުގެމަތިން މަހުން މަހަށް ދައްކަވަންޖެހޭ ފައިސާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިތުރު ލުޔެއް ދެވެން ނެތް ކަމުގައި ބުނެފި އެވެ. ހިޔާ މަޝްރޫޢުގެ ދަށުން ދޫކޮށްފައިވާ ފްލެޓްތަކަށް އެކޯޕަރޭޝަނަށް ދައްކަންޖެހޭ ފައިސާ ދެއްކުމާ ގުޅޭގޮތުން މިރޭ ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، ހިޔާ މަޝްރޫޢުގެ އެއްބަސްވުމުގެ 6 ވަނަ މާއްދާގެ ދަށުން ދައްކަންޖ...
އިބްރާހިމް އަސްވާޤް
އުރީދޫގެ މިއަހަރުގެ މަސް ރޭސް އިއްޔެ ފަށާފައިވާއިރު އެ ބުރު ކާމިޔާބުކޮށް ގޯޅިއަންސްގެ ޓީމު ފައިނަލުގައި ޖާގަ ކަށަވަރު ކޮށްފިއެވެ. ކޮންމެ އަހަރެއްގެ ރޯދަ މަހު ބާއްވާ އެ މުބާރާތް ފެށީ އިއްޔެއެވެ. ފުރަތަމަ ބުރުގައު ހަ ޓީމެއް ބައިވެރިވިއެވެ. އެއީ އާރުޑީސީގެ ޓީމާއި ބޯއި ޓީމާއި ސިފްކޯގެ ޓީމާއި އެގްރޯނެޓްގެ ޓީމާއި ޕޯސްޓް އޮފީހުގެ ޓީމާއި ގޯޅިއަންސް ޓީމެވެެ. އިއްޔެގެ ރޭހުގައި އެންމެ ބޮޑު މަސް ބޭނީ އާރުޑީސީ ޓީމުގެ ޔާސިރެވެ. އަދި އެންމެ ގިނައިން […]
އަޙްމަދު ވަހީދު
އދ. ބޮޑުކާށިހުރާ އެހެން ބަޔަކަށް ކުއްޔަށް ދިނުން ހުއްޓާލުމުގެ އަމުރެއް ނެރެނުދޭން ސިވިލް ކޯޓުން ނިންމައިފި އެވެ. މިދިޔަ އަހަރު 100 ކިލޯގެ މަސްތުވާތަކެތި ފޮރުވާފައި ހުރި ބޮޑުކާށިހުރާ އެހެން ބަޔަކަށް ކުއްޔަށް ދިނުން ހުއްޓުވަން އެދުނީ ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލްގެ ކުންފުނިން މިލޭނިއަމް ކެޕިޓަލްސްއިންނެވެ. މިލޭނިއަމްއިން 2014 ވަނަ އަހަރު އެރަށް 50 އަހަރަށް ކުއްޔަށް ހިފާފައި ވަނިކޮށް ސަރުކާރުން އޮތީ އެރަށް އަތުލައިފަ އެވެ. އެ މައްސަލާގައި އެ ކުންފުނިން ކުރި ދައުވާ ނިމެންދެން […]
ހުސައިން ހަބީބް
ޑޮލަރު ވިއްކާނެކަމަށްބުނެ މަކަރާއި ހީލަތުން މީހެއްގެ އަތުން ފައިސާ ހޯދާފައިވާކަމަށް ތުހުމަތުކުރެވޭތީ ނ. މިލަދޫ / ކަންމަތީގެ، ޢަލީ ޞަބާޙް (30އ) ފުލުހުންގެ ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކޮށްފި އެވެ. ފުލުހުން މިއަދު ކުރި އިޢުލާނުގައި ބުނެފައިވަނީ، އައްޑޫ ސިޓީ ގަން ސްޓޭޝަނުން ތަހުގީގު ކުރަމުންދާ، ޑޮލަރު ވިއްކާނެކަމަށް ބުނެ މަކަރާއި ހީލަތުން މީހެއްގެ އަތުން ފައިސާ ހޯދާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް...
އަލީ އާދިލް
ފޭކް ސްލިޕެއް ފޮނުވުމަށްފަހު އައިފޯނެއް ހޯދި މީހަކު ދިހަ މަސް ދުވަހަށް ޖަލަށްލާން ހުކުމްކޮށްފި އެވެ. އެ ހުކުމް އައީ ހދ. ނޭކުރެންދޫ ވިނަރެސް. އާދަމް ވިޝާންގެ މައްޗަށެވެ. މިދިޔަ އަހަރުގެ މާޗް މަހު، ރާއްޖޭގައި ފޯނު ގެނެސް ވިއްކާ ފިހާރަކަށް އޮންލައިންކޮށް އައިފޯން 11 އަށް މީހަކު އޯޑަރު ދިނުމަށްފަހު އެ ފޯނު ގެނައުމުން 13،500ރ. ގެ ފޭކް ސްލިޕެއް އެ ކުންފުންޏަށް އޭނާ ފޮނުވި އެވެ. އޭނާގެ މައްޗަށް ކުރީ ސައްހަ ނޫން ލިޔުމުގެ […]
އަލީ އާދިލް
ތިމާވެށި ރައްކާތެރިކުރުމަށް ދެމެހެއްޓެނިވިގޮތެއްގައި މަސައްކަތްކޮށް، ފަރުދުން ބާރުވެރިކޮށް ތިމާވެއްޓާއި ރައްޓެހި ޓެކްނޮލޮޖީ ބޭނުންކުރުމާއި، އެބާވަތުގެ އުޅަނދުފަހަރު ބޭނުންކުރުމަށް ބާރުއެޅުމަށް ސަރުކާރުން ތައާރަފްކުރި “ގްރީން ސްމާޓް އައިލެންޑް ޕްރޮޖެކްޓް” އިފްތިތާޙުކޮށްފިއެވެ. މި ޕްރޮޖެކްޓް އިފްތިތާޙްކޮށްދެއްވީ، ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަކުރުމަށްޓަކައި ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލުގައި ރޭ ބޭއްވި ރަސްމީ ޖަލްސާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ. ރޭގެ މޖަލްސާގައި ވަނީ “ގްރީނ...
ޙުސައިން ޝަހުދީ
ށ. އަތޮޅުގައި ތިބި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ މެންބަރުން ތިބީ ޕާޓީގެ އަސްލު އަމާޒަށް ވާސިލްވުމުގެ އަޒުމުގައި ކަމަށް އެ ޕާޓީގެ ޗެއާޕާސަން ކަމަށް ވާދަކުރަށްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި)ގެ ކެމްޕޭން ތަރުޖަމާނު، އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވެއްޖެ އެވެ. މިވަގުތު ށ. އަތޮޅުގައި އިންތިގެ ކެމްޕޭންގައި އުޅުއްވަމުން ވައްޑޭ ވިދާޅުވީ، އިންތިއާއި ކެމްޕޭން ޓީމް ށ. އަތޮޅުގެ ހުރިހާ ރަށަކަށް ޒިޔާރަތްކޮށް، އެ އަތޮޅަށް […]
އަލީ އާދިލް
އަޅުގަނޑުމެންގެ ވަށައިގެންވާ ތިމާވެށްޓަކީ ދުޅަހެޔޮ ވެށްޓަކަށް ވެގެން މެނުވީ ހަޤީގީ ދުޅަހެޔޮކަން ނުލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ، ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަކުރުމަށްޓަކައި ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލުގައި ރޭ ބޭއްވި ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ. ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަކީ މާތް ﷲ އަޅުގަނޑުމެންނަށް ދެއްވާފައިވާ އެންމެ ބޮޑުއެއް ނިޢުމަތްކަމަށް ނައިބު ރައީސް ވަނީ ވިދާޅުވެފައިއެ...
ޔުމްނާ ޢަލީ
އިޙްޔާ ފޯރަމްތަކުގައި ދޫކުރާ ނަންބަރުތައް ފޮރުވާފައި ބެހެއްޓުމަށް މިނިސްޓަރ އޮފް އޮސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ރޭގެ އިޙްޔާ ފޯރަމް ފެށުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ. މިނިސްޓަރ ވިދާޅުވީ މާލެއާއި އަތޮޅުތަކުގައި އިޙްޔާ ފޯރަމްތައް ކުރިއަށްދާއިރު ކޮންމެ ރެއަކު، ގުރުވަތުން ހޮވޭ ފަރާތްތަކަށް އިނާމު ދެވޭނެކަމަށާއި އިޙްޔާ ފޯރަމްތަކުގައި އެރެއަކު ދޫކުރައްވާ ނަންބަރުކޮޅުތައް ފޮރުވާފައި ބޭއްވުން ވަރަށް މުހިއްމުކަމަށެވެ. މިނިސްޓަރ ވިދާޅުވީ ރ...
އަލީ އާދިލް
ރިސޯޓެއްގެ ޕެޓްރޯލް ޓޭންކް ކައިރީ މަސައްކަތު އުޅުނު މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ދ. އަތޮޅުގައި އޮންނަ ރިސޯޓެއްގެ ޕެޓްރޯލް ޓޭންކެއްކައިރީ މަސައްކަތު އުޅުނު މީހެއް ނިޔާވެގެން ބިންމައްޗަށް ވެއްޓިފައި އޮއްވާ ފެނިފައިވާ ކަމުގެ މައުލޫމާތު އެ އިދާރާއަށް ލިބިފައިވާ ކަމަށެވެ. އެ މީހާ ނިޔާވެގެން ވެއްޓިފައި އޮތް ކަމުގެ މައުލޫމާތު ފުލުހަށް ހުށަހަޅާފައި ވަނީ މިއަދު 6:54 ހާއިރުއެވެ. ނިޔާވެފައި އޮއްވާ ފެނިފައިވަނީ 39 އަހަރުގެ ދިވެހި ފިރިހެނެކެވެ. ފުލުހުން […]
ތިލަދުން
މަސްވެރިންގެ ޝަކުވާއަށް ހައްލު ހޯދަން “ގޭދޮށު މަސް ޕްލާންޓް” ގެ ވަޢުދު ފުއްދުން އަވަސްކުރަން، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ސަރުކާރަށް ގޮވާލައިފި އެވެ. ރައީސް ނަޝީދު މިފަދައިން ގޮވާލެއްވީ “ކެޔޮޅު މީ އަހަރުމެން ބުނިގޮތެއްނޫން” މިސުރުހީގެ ދަށުން މީސްމީޑިޔާގައި އާންމުކުރި ލިއުމެއްގަ އެވެ. މަސްވެރިންގެ އަތުން މަސް ގަތުން ކޮންޓްރޯލް ކުރުމާ ގުޅިގެން އެ މަނިކުފާނަށް ވަރަށް ގިނަ މަސްވެރިން ގުޅައި އެ ކަމުގެ ޝަކުވާ އުފުލި ކަމަށް އެލިއުން ފަށަމުން ވިދާޅުވެފައިވެއެވެ. “އަހަރު ދެކ...
އަލީ އާދިލް
މާލެ ސިޓީ ކައުންސިލްގެ ރަސްމީ ޖަލްސާތަކާއި ރަސްމީ ޙަފްލާތަކާއި ނޫސްވެރިންގެ ބައްދަލުވުންތައް ލައިވްކުރަން ސިޓީ ކައުންސިލުން ނިންމައިފިއެވެ. މި ގޮތަށް ނިންމައި، ކައުންސިލްގެ ޖަލްސާތަށް ބްރޯޑްކާސްޓް ކުރާނެ ފަރާތެއް ހޯދުމަށް ފާސްކޮށްފައި ވަނީ މާލެ ކައުންސިލްގެ 4 ވަނަ ދައުރުގެ 47 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ. މިގޮތުން މާލެ ސިޓީ ކައުންސިލުގެ ރަސްމީ ޖަލްސާތަކާއި ރަސްމީ އިވެންޓުތަކާއި ޕްރެސް ކޮންފަރެންސް ފަދަ ރަސްމީ އިވެންޓުތައް ލައިވްކޮށް ބްރޮޑްކާސްޓުކުރެވޭނެ ގޮތް ހަމަޖެހިފައި އޮންނަ އުޞޫލުގެ ތެރެއ...
ޔުމްނާ ޢަލީ
ރާއްޖެއަށް ގެނައި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ދައުލަތުން ދައުވާކުރާ އިސް ދެ މީހުން ބަންދުން ދޫކޮށްލި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކުރަން ނިންމައިފި އެވެ. 2020 ވަނަ އަހަރު ކަނޑުމަގުން ރާއްޖެއަށް 130 ކިލޯގެ ޑްރަގް އެތެރެކުރުމުގެ އިސް މީހުން ކަމަށް ފުލުހުން ތުހުމަތުކުރާ ޕީއެންސީގެ ކައުންސިލް މެމްބަރު ޝަހީބް އިބްރާހިމާއި ހއ. ހޯރަފުށީ ވައިލެޓްވިލާ އަހުމަދު މޫސާ ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން އިއްޔެ ނިންމީ ބޭސްފަރުވާއަށް ދެ މަސް ދުވަހަށެވެ. އެ މައްސަލަ […]
ހުސައިން ހަބީބް