ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ރައީސް ޝެއިޚް ޚަލީފާ ބިން ޒައިދު އަލް ނަހްޔާން އަވަހާރަވުމާ ގުޅިގެން، އެމަނިކުފާނުގެ އާއިލާ އަށް ތައުޒިޔާ ދެންނެވުމަށާއި އާއިލާގެ ހިތާމައިގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު އެ ޤައުމަށް ފުރާވަޑައިގެންފިއެވެ. ޔޫއޭއީގެ ރައީސް، އަބޫދާބީގެ އަމީރު އަދި ޔޫ.އޭ.އީގެ އާމްޑް ފޯސަސްގެ ސްޕްރީމް ކޮމާންޑަރ އައްޝައިޚު އަލް މަރްހޫމް ޚަލީފާ ބިން ޒާއިދު އާލް ނަހްޔާން އަވަހާރަވީ ހުކުރު ދުވަހުއެވެ. އަވަހާރަވިއިރު ޢުމުރު ފުޅަކީ 73 އަހަރެވެ...
ޔުމްނާ ޢަލީ
ސީލައިފް ކުންފުނީގެ ވެރިޔާ އަހުމަދު މޫސާ އަލުން ބަންދު ނުކުރެވޭނެ ހައި ކޯޓުން މިއަދު ނިންމައިފި އެވެ. ފްލެޓް އަޅައިދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު ޚިޔާނާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ އައްމަޓީ މިދިޔަ މާޗް މަހު ކްރިމިނަލް ކޯޓުން ބަންދުން ދޫކޮށްލި މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ނިންމީ އެ ނިންމުން ރަނގަޅު ކަމަށެވެ. ހައި ކޯޓުގެ ހުކުމުގައިވަނީ އޭނާ ފިލާފާނެ ކަމަށް ދައުލަތުން ދެކުނަސް، އެ […]
ހުސައިން ހަބީބް
މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަންގެ މަގާމު އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލް (ފަޔާ) ކާމިޔާބު ކުރައްވައިފިއެވެ. މިއަދު ކުރިއަށްދިޔަ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ޗެއާޕާސަންގެ މަގާމަށް ފަޔާ އާއި ވާދަކުރެއްވީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) އެވެ. ފަޔާ އާއި އޭނާގެ ޓީމު މި އިންތިޚާބުގެ ކެމްޕެއިން ކުރިއަށް ގެންދެވީ “އެމްޑީޕީ ހިންގާލަން” ޝިއާރުގެ ދަށުންނެވެ. އިންތި ބޭނުން ކުރެއްވީ “ތިލަފަތުގެ ރަމްޒު” ޝިޢާރެވެ. މިއަދުގެ އިންތިޚާބުގައި ބެހެއް...
ޙުސައިން ޝަހުދީ
މިއަދު ކުރިއަށްދާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާރޕާސަންގެ އިންތިޚާބުގައި ބެހެއްޓި ވޯޓު ފޮށިތަކުން ނަތީޖާ ނުލިބޭ ވޯޓު ފޮށިތަކުގެ ޢަދަދު މިރޭ 21:00 އާއި ހަމައަށް 100 އަށް ތިރިވެފައިވާއިރު، ވޯޓުލީ މީހުންގެ 59 ޕަސެންޓް ވޯޓު ހޯދައިގެން ކުރީގައި އޮތީ އެ މަގާމަށް ވާދަކުރެއްވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލް (ފަޔާ) އެވެ. އެ އިންތިޚާބުގެ ވޯޓުލުން ފެށީ މިއަދު ހެނދުނު 9:00 ގައެވެ. ވޯޓު ފޮށިތައް ބަންދުކުރީ އިރު އޮއްސި 18:00 ގައެވެ. […]
ތިލަދުން
އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިޚާބުގެ ވޯޓު ގުނުން ކުރިއަށް ދާއިރު މިހާރު ލިބިފައިވާ ވަގުތީ ނަތީޖާއިން ހއ. ދިއްދޫގައި ބެހެއްޓި ފޮށިތަކުން 70 ވޮޓުގެ ތަފާތުން ފައްޔާޒް އިސްމާޢީލް ހޯދައިފި އެވެ. ދިއްދޫ އެމްޑީޕީ މެންބަރުން ވޯޓު ލުމަށް ޖުމްލަ 2 ފޮއްޓެއް ބަހައްޓާފައިވެއެވެ. 2 ފޮށީގެ ނަތީޖާއަށް ބަލާއިރު އިމްތިޔާޒް ފަހުމީ އަށް 288 ވޯޓު ލިބިފައިވެއެވެ. ފައްޔާޒް އިސްމާޢީލް އަށް ލިބިފައިވަނީ 358 ވޯޓެވެ. ދެކެނޑިޑޭޓުންގެ މެދުގައި ފަރަގު ހުރީ 70 ވޯޓުގެ ތަފާތެކެވެ. […]
އަލީ އާދިލް
މިއަދު ކުރިއަށްދާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާރޕާސަންގެ އިންތިޚާބުގައި ބެހެއްޓި ވޯޓު ފޮށިތަކުގެ ދެބައިކުޅަ އެއްބައިއަށް ވުރެ ގިނަ ވޯޓު މިރޭ 20:20 އާއި ހަމައަށް ގުނާފައިވާއިރު، އެ އިންތިޚާބުގައި ތަފާތު ބޮޑުކޮށް ކުރީގައި އޮތީ އެ މަގާމަށް ވާދަކުރެއްވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލް (ފަޔާ) އެވެ. މި އިންތިޚާބުގައި ޖުމްލަ 282 ވޯޓު ފޮށި ބަހައްޓާފައިވާއިރު މިރޭ 20:20 އާއި ހަމައަށް ވަނީ 134 ފޮށި ގުނާފައެވެ. އެ ފޮށިތަކުން ފަޔާ ވަނީ […]
އިބްރާހިމް އަސްވާޤް
އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިޚާބުގެ ވޯޓު ގުނުން ކުރިއަށް ދާއިރު މިހާރު ލިބިފައިވާ ވަގުތީ ނަތީޖާއިން ކުޅުދުއްފުށި ސިޓީގައި ބެހެއްޓި ފޮށިތަކުން ފައްޔާޒު ބޮޑުތަކުން ކުރި ހޯދައިފި އެވެ. ކުޅުދުއްފުށި ސިޓިގެ އެމްޑީޕީ މެންބަރުން ވޯޓު ލުމަށް ޖުމްލަ 4 ފޮއްޓެއް ބަހައްޓާފައިވެއެވެ. ނަތީޖާ ލިބިފައިވާ 4 ފޮށީގެ ނަތީޖާއަށް ބަލާއިރު އިމްތިޔާޒް ފަހުމީ އަށް 291 ވޯޓު ލިބިފައިވެއެވެ. ފައްޔާޒް އިސްމާޢީލް އަށް ލިބިފައިވަނީ 349 ވޯޓެވެ. ދެކެނޑިޑޭޓުންގެ މެދުގައި ފަރަގު ހުރީ 58 […]
އިބްރާހިމް އަސްވާޤް
ސިފައިންގެ ޤާބިލްކަން އިތުރުކުރުމުގެ ގޮތުން، އެމެރިކާ ސިފައިންނާއި ދިވެހި އަސްކަރިއްޔާ ގުޅިގެން ތަމްރީނުތަކެއް ފަށައިފި އެވެ. އެމްއެންޑިއެފްއިން ބުނެފައިވަނީ، “އެކްސަސައިޒް ބްލެކް މަރލިން 22-2” ގެ ނަމުގައި ޔޫއެސް ފަސްޓް ބެޓޭލިއަން ފިފްތު ސެކިޔުރިޓީ ފޯސް އެސިސްޓެންސް ބްރިގޭޑާއި ދިވެހި އަސްކަރިއްޔާ ގުޅިގެން ތަމްރީނުތަކެއް ފަށާފައިވާކަމަށެވެ. ގައުމީ ދިފާއީ ބާރުން ބުނެފައިވަނީ، މި ތަމްރީންތައް ފަށާފައިވަނީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ލ.ކައްދޫގައި މޭ 14 ވަނަ ދުވަހުގެ ހެނދުނު ކަމަށެވެ....
އަލީ އާދިލް
މިއަދު ބޭއްވި، ވިލިމާލޭ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި-އިލެކްޝަންގެ ވޯޓު ފޮށިތައް އަލުން ގުނުމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން އެދިއްޖެ އެވެ. އެމްއެންޕީއިން އިލެކްޝަން ކޮމިޝަން ގައި އަލުން ވޮޓު ގުނުމަށް އެދިފައިވާކަމަށް އެޕާޓީގެ ސްޕޯކްސް ޕާރސަން އަސްރާ އަޙްމަދު ވިދާޅުވީ މިއަދު ކުރިއަށްދިޔަ އިންތިހާބުގެ ނަތީޖާ ވަގުތީ ނަތީޖާއަށް ބެލުމަށްފަހު އަލުން ގުނުމަށް އެދިފައިވާ ކަމަށެވެ. މި އިންތިޚާބުގައި ވާދަކުރީ ދެ ކެންޑިޑޭޓެކެވެ. އެއީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް...
އަލީ އާދިލް
މިއަދު ބޭއްވި، ވިލިމާލޭ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި-އިލެކްޝަންގައި ވާދަކުރި ޕީޕީއެމް ކެންޑިޑޭޓް، ފާޠިމަތު ނާޡިމާ (ފާތުން) ކާމިޔާބު ކޮށްފި އެވެ. މި އިންތިޚާބުގައި ވާދަކުރީ ދެ ކެންޑިޑޭޓެކެވެ. އެއީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓް، ފާޠިމަތު ނާޡިމާ (ފާތުން) އާއި، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު އާމިނަތު ޝީޒާ އެވެ. މިވޯޓު ވަގުތީ ނަތީޖާ ދައްކާގޮތުން ފާތުން ކާމިޔާބުކޮށްފައިވަނީ އެއްވޯޓުގެ ތަފާތުނ...
އަލީ އާދިލް
ދޯންޏެއްގެ ބައެއް އޮޔާދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފްއިން އިލްތިމާސްކޮށްފި އެވެ. އެމްއެންޑީއެފްއިން ބުނީ، މިދޯނި އޮޔާ ދަނީ މާލެ އަތޮޅު އެރިޔަދޫ ރިސޯޓުގެ ދެ ނޯޓިކަލް މޭލު އުތުރުން، އިރުއުތުރަށް ކަމަށެވެ. މި ސަރަޙައްދުން ދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވުމަށް އިލްތިމާސް ކުރާކަމަށާއި އަދި ޚާއްޞަ ގޮތެއްގައި ރޭގަނޑު މި ސަރަހައްދުން ދަތުރުކުރައްވާއިރު، އުޅަނދުފަހަރުތަކުން މިކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސްކޮށްފައިވެއެވެ. ދޯންޏެއްގެ ބައެއް އ...
އިބްރާހިމް އަސްވާޤް
2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވާދަނުކުރައްވާނެ ކަމަށް އެއްވެސް ބޭފުޅެއްގެ ގާތު މިހާތަނަށް ވިދާޅުނުވާ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ. އެ އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް މިއަދު ވިދާޅުވީ، ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމާ މެދު ރައީސް ގޮތެއް ނިންމެވުމުން އެކަން ހާމަކުރައްވާނެ ކަމަށެވެ. މަބްރޫކް މިހެން ވިދާޅުވެފައި މިވަނީ، ރިޔާސީ އިންތިހާބުގައި ރައީސް ޞާލިޙް ވާދަކުރައްވާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަަށް އެމްޑީޕީގެ ރައީސް މ...
އަލީ އާދިލް
މިއަދު ކުރިއަށްދާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާރޕާސަން، އަންހެނުންގެ ރޫހު އަދި ޒުވާނުންގެ ހިއްވަރުގެ އިންތިޚާބުގެ ވޯޓުލުމުގެ ވަގުތު ހަވީރު 6 ޖެހުމާއި ހަމައަށް އިތުރުކޮށްފިއެވެ. އެމްޑީޕީން ބުނީ މިހާރު ކުރިއަށްދާ އެ ޕާޓީގެ އެތެރޭގެ އިންތިޚާބުގެ ވޯޓުލުމަށް ދެވިފައިވާ ގަޑި، މިއަދު ވިއްސާރަވުމާއި ބައެއް ވޯޓުލާ މަރުކަޒުތަކުގައި ވޯޓުލުން ފެއްޓުލެއް ލަސްވުމުގެ ސަބަބުން މިއަދު ހަވީރު 6:00 އާއި ހަމައަށް ވަޤުތު އިތުރުކޮށްފައިވާ ކަމަށެވެ. ކުރިން ވޯޓުލާ ނިންމަން ދީފައި ވަގުތަކީ ހަވީރު 4:00...
ޔުމްނާ ޢަލީ
ރާއްޖެގެ ބައެއް ސަރަހައްދުތަކަށް މޫސުން ގޯސްވުމުގެ ސަބަބުން މޫސުމާބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިރިއޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ނެރެފައިވާ ޔެލޯ އެލާޓްގެ ވަގުތު އިތުރުކޮށްފިއެވެ. މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައި ވަނީ އެންމެ އުތުރުން ހއ. އަތޮޅުން ފެށިގެން މ. އަތޮޅު ހިމެނޭ ސަރަހައްދަށެވެ. މި ސަރަހައްދުތަކަށް މިރޭ 20:00 ހަމައަށް ވަނީ ޔެލޯ އެލާޓް ދަމަހައްޓާފައެވެ. މެޓް އޮފީހުން މަޢުލޫމާތު ދޭ ގޮތުގައި އެ ސަރަޙައްދުތަކަށް ގަޑިއަކު 25 މޭލާއި 30 މޭލާ […]
ޔުމްނާ ޢަލީ
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ރައީސް ޝެއިޚް ޚަލީފާ ބިން ޒައިދު އަލް ނަހްޔާންގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މާދަމާ އެ ޤައުމަށް ވަޑައިގަންނަވަން ނިންމަވައިފި އެވެ. ޔޫއޭއީގެ ރައީސް، އަބޫދާބީގެ އަމީރު އަދި ޔޫ.އޭ.އީގެ އާމްޑް ފޯސަސްގެ ސްޕްރީމް ކޮމާންޑަރ އައްޝައިޚު އަލް މަރްހޫމް ޚަލީފާ ބިން ޒާއިދު އާލް ނަހްޔާން އަވަހާރަވީ އިއްޔެ އެވެ. އަވަހާރަވިއިރު ޢުމުރު ފުޅަކީ 73 އަހަރެވެ. ރައީސް އޮފީހުން ވިދާޅުވި ގޮތުގައި، ޔޫއޭއީގެ ރައީސް […]
ޔުމްނާ ޢަލީ