ސަމާލުވޭ! މިނިސްޓްރީ ތަކުގެ ނަމުގައި މަކަރާއި ހީލަތުން ފައިސާ ހޯދަނީ، ގުޅަނީ މާފުށީ ޖަލުން
އެކި މިނިސްޓްރީ ތަކުގެ ނަމުގައި ގުޅައި މަކަރާއި ހީލަތުން ފައިސާ ހޯދަމުންދާތީ ސަމާލުވާން އެދިއްޖެ އެވެ. ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ، އެކި މިނިސްޓްރީތަކުގެ ނަމުގައި ގުޅައި މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ހޯދާ މައްސަލަތައް ފުލުހުންނަށް ދަނީ ހުށަހެޅެމުންކަމަށެވެ. ފުލުހުން ބުނީ، މިނިސްޓްރީތަކުގެ ނަމުގައި މިގޮތަށް ގުޅަނީ ރަށްރަށުގެ އެކި އިދާރާތަކުގައި މަސައްކަތްކުރާ އިސް މުވައްޒަފުންނަށްކަމަށާއި އެގޮތުން އެ އިދާރާއެއްގެ އިސް މުވައްޒަފަށް ގުޅައި، ވަކި މުވައްޒަފަކާ ގުޅޭގޮތުން އާންމުންގެ ޝ...