އެއްވެސް ދަރިވަރަކީ މުހިއްމުކަން ކުޑަ، ކުއްޖެއް ނޫން: ނައިބު ރައީސް
އެއްވެސް ދަރިވަރަކީ މުހިއްމުކަން ކުޑަ ކުއްޖެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ “ދަ ލީޑަރ އިން މީ”ގެ ނަމުގައި އެޑިއުކޭޝަން މިނިސްޓްރީން ހިންގާ ވެލިއު އެޑިއުކޭޝަން ޕްރޮގްރާމް އިފްތިތާޙުކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގަ އެވެ. ތާޖުއްދީން ސްކޫލުގެ ހޯލުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު އެމަނިކުފާނު ވަނީ ސްކޫލު އުމުރަކީ އެއީ ހާއްސަކޮށް ތިމާގެ ގައިގައި ރަނގަޅު އަހްލާގާއި، ރަނގަޅު ސިފަތައް އަށަގ...