ދިވެހި އަދަދެއްގެ ދިވެހި ފިރިހެނުންނާއެކު އެއް ޖިންސުން ގުޅުން ހިންގި މައްސަލާގައި ބަންގްލަދޭޝްގެ އަލަމްގީރުގެ މައްޗަށް އިތުރު ނުވަ މަހުގެ ޖަލު ހުކުމެއް މިއަދު އިއްވައިފަ އެވެ. އެއް ޖިންސުން ގުޅުން ހިންގި މައްސަލަ އާއި އެ މަންޒަރު ރެކޯޑްކުރި މައްސަލާގައި އަލަމްގީރު މިހާރު ވެސް ދަނީ ތިން އަހަރަށް ވުރެ ދިގު ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. ކްރިމިނަލް ކޯޓުން މިއަދު އިތުރު ނުވަ މަހުގެ ޖަލު ހުކުމެއް އިއްވީ އެއް ޖިންސުން ގުޅުން ހިންގުމުގެ […]
ހުސައިން ހަބީބް
މިއަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވުމަށް ނިންމާފައިވާ މިއަހަރުގެ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ މާދަމާ ރެއަށް ފަސްކުރައްވައިފި އެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވުމަށް ހަމަޖެހިފައިއޮތް ރަސްމީ ޖަލްސާ މާދަމާ ރެޔަށް ފަސްކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިޙް ނިންމަވާފައިވާ ކަމަށެވެ. އެގޮތުން މި ޖަލްސާ މާދަމާ ރޭ 8:30 ގައި ދަރުބާރުގޭގައި ބާއްވާގޮތައް ސަރުކާރުން ހަމަޖައްސަވާފައިވާ ކަމަށް ރައީސް އޮފީހުން ވިދާޅުވެ އެވެ....
މުޙައްމަދު އަފްރާޙް
ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ފަރާތްތަަކަށް އެހީތެރިވެދިނުމަށް އިދިކޮޅު ޕާޓީ ޕްރިގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ގޮވާލައިފިއެވެ. އެ ޕާޓީން ނެރުނު ބަޔާނެއްގައި ވަނީ އެ ހާދިސާ ގައި ގެއްލުން ލިބުނު އެންމެހާ ފަރާތްތަކަށް އެހީތެރިވެދިނުމަށް ސަރުކާރަށް ގޮވާލައި، ހާދިސާ ހިނގުމާއެކު، އަލިފާން ނިއްވުމުގެ މަސައްކަތުގައި ފުރާނައަށް ބެލުމެއް ނެތި ޙަރަކާތްތެރިވި ދިވެހި ސިފައިންނާއި ފުލުހުން ގެ އިތުރުން އެހީތެރިވި ޢާންމު ރައްޔިތުން ގުޅިގެން ކުރެއްވި މަސައްކަތްތައް ފާހަގ...
މުޙައްމަދު އަފްރާޙް
ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފްގެ މައްޗަށް ކުރާ ރިޝްވަތުގެ ދައުވާގެ މައްސަލަ ބަލާ ގާޒީ ބަދަލުވެ އަދި މައްސަލާގެ އަޑުއެހުން މިއަދު ކެންސަލްކޮށްފި އެވެ. ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަތުން ރިޝްވަތުގެ ގޮތުގައި ފަސް ލައްކަ ރުފިޔާ ނެގި ކަމަށް ބުނެ މަހްލޫފްގެ މައްޗަށް ކުރާ ދައުވާ ކްރިމިނަލް ކޯޓުގައި ކުރިން ބެއްލެވީ ގާޒީ މުހައްމަދު މިސްބާހެވެ. އޭނާ ކުރިން ނިންމެވީ އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. ފަހުން ހައި ކޯޓުން ނިންމާފައިވަނީ […]
ހުސައިން ހަބީބް
އަލިފާނުގެ ހާދިސާފަދަ ކަންކަން ހިނގުމުގައި އެންމެބޮޑު މައްސަލައަކީ މާލެ ތޮށްޖެހުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ. މާލޭގައި ރޭ ހިނގި އަލިފާނުގެ ހާދިސާ ހިނގައިދިޔަ ސަރަަހައްދަށް ވަޑައިގެން، ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ މިފަދަ ހާދިސާތައް ހިނގިޔަ ނުދިނުމަށް ކުރަންޖެހޭ ވަރަށްގިނަ މަސައްކަތްތައް އަދިވެސް އެބަހުރި ކަމަށެވެ. އެންމެބޮޑު މައްސަލައަކީ މާލޭގައި ތޮށްޖެހިފަ އޮތް އޮތުން ކަމަށާއި ދިރުއުޅުމުގެ ހާލަތު އޮތްގޮތްކަން ފާހަގަކު...
މުޙައްމަދު އަފްރާޙް
މ. ނިރުފެހި އަދި މ. ސެންޑް ރޯސް ގައި ދިރިއުޅޭ މީހުންގެ މައުލޫމާތު ފުލުހުންނާ ހިއްސާކުރުމަށް އެދިއްޖެ އެވެ. ދިވެހި ފުލުހުންގެ އިދާރާ އިން ވިދާޅުވީ ރޭ މ. ނިރުފެހި ގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ނިޔާވެފައިވާ މީހުނާއި ފަރުވާދެމުންދާ މީހުންގެ މައުލޫމާތު ދެނެގަތުމުގެ މަސައްކަތް އިދާރާ އިން ކުރަމުން އަންނަކަމަށެވެ. އެހެންވެ، މ. ނިރުފެހި އަދި މ. ސެންޑް ރޯސް ގައި ދިރިއުޅޭ މީހުންގެ މައުލޫމާތާއި އެ ގޭގެއަށް ރޭ ގޮސްފައިވާކަމަށް ބެލެވޭ މީހުންގެ މައުލޫމާތު އެ […]
މުޙައްމަދު އަފްރާޙް
2023 ވަނަ އަހަރަށް ސަރުކާރުން މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓަކީ ”ސުމެއްގެ” ބަޖެޓެއް ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ އޯއައިސީގެ ނައިބު ރައީސް އަދި ކުރީގެ ހާރިޖީ ވަޒީރު، ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ. ދުންޔާ ވިދާޅުވީ، ކުރިއަށް އޮތް 2023 ވަނަ އަހަރަށް ސަރުކާރުން ހުށަހެޅި 43 ބިލިއަން ރުފިޔާގެ ބަޖެޓަކީ ރައްޔިތުންގެ ލާރި އިސްރާފު ކުރުމަށް އެކުލަވާލާފައިވާ ބަޖެޓެއް ކަމަށެވެ. ”ހަމަ ސުމެއްގެ ބަޖެޓެއް. ދިވެހިންގެ ކުރިމަގު، ދަރަނީގެ ދަނތުރައެއްގައި […]
އަލީ އާދިލް
ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި ނިޔާވި މީހުންގެ އަދަދު 10 އަށް އަރާފައިވާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއްޖެ އެވެ. މީގެ އިތުރުން އެހާދިސާއާއި ގުޅިގެން މިހާތަނަށް 31 މީހަކު ވަގުތީ ހިޔާތަކަށް ގެންގޮސްފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް ސެންޓަރުން ވަނީ ވިދާޅުވެފައެވެ. އެއީ 13 ދިވެހީންނާއި 18 ބިދޭސީންނެވެ. ރޭ ދަންވަރު 12:27 ހާއިރު މި ހާދިސާ ހިނގާފައިވަނީ މާލެ މާފަންނު ނިރުފެހި ގޭގެ އެންމެ ތިރީގައި ހުރި ގަރާޖުގަ އެވެ. މި […]
މުޙައްމަދު އަފްރާޙް
މާލޭގެ ގެއެއްގައި ހުރި ގަރާޖެއްގައި ރޭ އަލިފާން ރޯވި ހާދިސާގައި ނިޔާވި މީހުންގެ ޢަދަދު 9 އަށް އަރައިފިއެވެ. އެމްއެންޑީއެފުން ވިދާޅުވީ ނިޔާވެފައިވާ އިތުރު މީހެއްގެ ހަށިގަނޑު ވަނީ ފެނިފައެވެ. ”ނިޔާވެފައިވާ މީހެއްގެ ހަށިގަނޑު ދާދި ދެންމެއަކު ވަނީ ފެނިފައި، މިހާރު ނިޔާވި މީހުންގެ އަދަދަކީ 9” އެމްއެންޑީއެފުން ވިދާޅުވިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ވެސް ވަނީ ރޭގެ ހާދިސާގައި މިހާތަނަށް 9 މީހަކު ނިޔާވެފައިވާ ކަމަށް ވިދާޅުވެފައިއެވެ. ރޭގައި އަލިފާން ރޯވީ މާލޭ މާފަންނު، ނިރުފެހި […]
ޙުސައިން ޝަހުދީ
މާލޭގެ ގެއެއްގައި ހުރި ގަރާޖެއްގައި ރޭ އަލިފާން ރޯވި ހާދިސާގައި 8 މީހަކު ނިޔާވެއްޖެއެވެ. އެމްއެންޑީއެފް މީޑިއާއިން ފަތިހު 5:46 ގައި މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ، އެ ގަރާޖުގައި ރޯވި އަލިފާން އެއްކޮށް ނިއްވާލެވިފައިވާ ކަމަށެވެ. އެއަށްފަހު ސިފައިން ވަނީ އަލިފާނުގެ ހާދިސާ ހިނގި ތަނަށް ވަދެފައެވެ. ”އެ ގޭގައި ދިރިއުޅޭ މީހުންގެ ފަރާތުން އިނގިފައި ވަނީ 9 މީހުން މަދުކަމަށް، މިހާތަނަށް 9 މީހުން ފެނުނު އިރު 8 މީހުން ވަނީ ނިޔާވެފައި، އެކަކު […]
ޙުސައިން ޝަހުދީ
ހަންގޭރީން ރާއްޖެއަށް ދޭ ސްކޮލާޝިޕްގެ އަދަދު އިތުރުކޮށްފި އެވެ. އެގޮތުން އެ ގައުމުން ދިވެހިންނަށް ކޮންމެ އަހަރަކު ދޭ ސްކޯލާޝިޕްގެ އަދަދު މިހާރުވަނީ 25 އަށް އިތުރުކޮށްފަ އެވެ. ރާއްޖޭގެ ތައުލީމީ ދާއިރާއާއި އިގްތިސޯދީ އަދި ކުޅިވަރުގެ ދާއިރާ އިން ހަންގޭރީ އާ އެކު ދިވެހި ސަރުކާރުން މިއަދުވަނީ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އެގައުމުގެ ފޮރިން މިނިސްޓަރު ޕީޓާ ސިއާޓޯ ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅާ ގުޅިގެން، ފޮރިން މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރާއްޖޭގެ...
މުޙައްމަދު އަފްރާޙް
މާލޭގެ ގެއެއްގައި ހުރި ގަރާޖެއްގައި ރޭ ރޯވި އަލިފާން އެއްކޮށް ނިއްވާލައިފިއެވެ. މާލޭ އިސްކަންދަރު މަގާއި، ކޯރުކެނޑި މަގާއި ގުޅޭ ކަންމަތީގައި ހުރި ގެއެއްގައި ހުރި ގަރާޖެއްގައި އަލިފާން ރޯވީ ރޭ 12:27 ހާއިރުއެވެ. އެމްއެންޑީއެފް މީޑިއާއިން ފަތިހު 5:46 ގައި މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ، އެ ގަރާޖުގައި ރޯވި އަލިފާން އެއްކޮށް ނިއްވާލެވިފައިވާ ކަމަށެވެ. މިހާދިސާގައި ބަޔަކު ނިޔާވެފައިވާ ކަމަށް ޚަބަރު ފެތުރިފައިވާއިރު، އެކަމާބެހޭ ތަފްސީލް އަދި ކަމާބެހޭ އިދާރާތަކުން ސާފުކޮށެއް ނުދެއްވައެވެ. ”މި...
ޙުސައިން ޝަހުދީ
މާލޭގެ ގަރާޖެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. ފުލުހުން ވިދާޅުވީ، މާލޭ އިސްކަންދަރު މަގާއި، ކޯރުކެނޑި މަގާއި ގުޅޭ ކަންމަތީގައި ހުރި ގަރާޖެއްގައި އަލިފާން ރޯވެފައިވާ ކަމުގެ މައުލޫމާތު އެ އިދާރާއަށް މިރޭ 12:27 ހާއިރު ލިބިފައިވާ ކަމަށެވެ. ”އަލިފާން ނިއްވާލުމުގެ މަސައްކަތުގައި އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު އާއި ފުލުހުން ދަނީ ހަރަކާތްތެރިވަމުން” މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ފުލުހުންގެ ޚިދުމަތުން ވިދާޅުވެފަ ވެއެވެ. މި ހާދިސާއާއި ގުޅިގެން މީޑިއާތަކަށް ފޮނުއްވި މެސެޖުގައި އެމްއެ...
ޙުސައިން ޝަހުދީ
ނުކުޅެދުންތެރިކަން ހުންނާތީ ގޮނޑީގައި އިންނަ ކުއްޖަކަށް މަގު ހުރަސްކުރުމުގައި ދަތިވާތީ އެކަން ހައްލުކޮށްދިނުމަށް އެދި ޓްވީޓް ކުރިތާ 24 ގަޑިއިރުތެރޭ އެޗްޑީސީއިން އިޖާބަދީފިއެވެ. ހުޅުމާލެ ހިޔާޓަވަރު 11 ކައިރީ ދުއްވާ އެއްޗެހި ޕާކުކުރަން ޚާއްސަކޮށް ހަދާފައިހުރި ސަރަހައްދުގައި އަތުރާފައި ހުންނަ ގާތަށް ޑިޒައިން ކޮށްފައި ހުންނަގޮތުން އެތަނުން ފުރޮޅުލީ ގޮނޑީގައި ވަދެނިކުމެ ހަދަން އުނދަގޫ ވާތީ ބެލެނިވެރިޔާ އެކަން ފާހަގަކޮށް ޓްވީޓެއް ކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. އެ ޓްވީޓުކޮށްފައިވަނީ ގިނަ ބަޔަކު...
އަޙްމަދު ވަހީދު
އަރިއަތޮޅު އުތުރުބުރި ފެރިދޫ ކައުންސިލުގެ ހުރިހައި މެމްބަރުން ވެރިކަން ކުރާ މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިވް ޕާޓީ (އެމްޑީޕީ) އަށް ސޮއި ކުރައްވައިފި އެވެ. ފެރިދޫ ކައުންސިލް މެންބަރުންގެ އިތުރުން ފެރިދޫގެ އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސް ވެސް މިއަދު ވަނީ އެމްޑީޕީ އަށް ސޮއިކޮށްފައެވެ. މި ބޭފުޅުން އެމްޑީޕީއާ ގުޅުނީ ފަސް ދޮޅަހަށް ވުރެ ގިނަ މެންބަރުޝިޕް ފޯމާ އެކުގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ފެރިދޫގެ އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ނައިބު ރައީސް ވެސް...
މުޙައްމަދު އަފްރާޙް