މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށް (15:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,873 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 682 ވަނަ ޞަފްޙާ

ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަން: 13 މީހަކު ހައްޔަރުކޮށްފި

ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަން: 13 މީހަކު ހައްޔަރުކޮށްފި

ދިވެހި ފުލުހުންގެ ހިދުމަތާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގުޅިގެން ކުރިއަށް ގެންދާ ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަންގައި މިހައިތަނަށް 13 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ހާމަކުރައްވައިފި އެވެ. އެ އިދާރާއިން ނޫސްވެރިންނަށް މައުލޫމާތު ހިއްސާކުރައްވަމުން ގެންދަވާ ވަޓްސްއެޕް ގްރޫޕުގައި ވިދާޅުވީ ސަލާމަތީ ބާރުތައް ގުޅިގެން މިހާރު ފަށާފައިވާ ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަންގައި 13 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މިގޮތުން އައްޑޫ ސިޓީއިން ނުވަ މީހަކާއި...

މުޙައްމަދު އަފްރާޙް
ލޭންޑިންގ ކްރާފްޓެއް ބަންޑުން ޖަހައިލާ ބިދޭސީއަކު ގެއްލިއްޖެ

ލޭންޑިންގ ކްރާފްޓެއް ބަންޑުން ޖަހައިލާ ބިދޭސީއަކު ގެއްލިއްޖެ

4 މީހުންނާއެކު ދަތުރުކުރި ލޭންޑިންގ ކްރާފްޓެއް ބަންޑުން ޖަހައިލާ ބިދޭސީއަކު ގެއްލިއްޖެ އެވެ. ދިވެހި ފުލުހުންގެ ހިދުމަތުންް ވިދާޅުވީ މިއީ ގދ. ވާދޫ ކުޑަ ކަނޑާ ދިމާލުން 12 މޭލު ބޭރުން ދަތުރުކުރަމުންދިޔަ އުޅަނދެއް ކަމަށެވެ. އަދި އެ އުޅަނދު ބަންޑުން ޖަހާލައިގެން އުޅޭކަމުގެ ރިޕޯޓު އެ އިދާރާއަށް ކޮށްފައިވަނީ މިއަދު 01:25 ހާއިރު ކަމަށެވެ. ގދ. ފަރެސްމާތޮޑާއިން ފުރައިގެން ދަނިކޮށް ބަންޑުން ޖަހައިލި އެ ލޭންޑިންގ ކްރާފްޓް ގެ ކައިރީގައި ވާދޫ “ސީ ވީޑް” ދޯނި […]

މުޙައްމަދު އަފްރާޙް
ހުނަރު ޕްރޮގްރާމާއި ހިލޭ ޑިގްރީ ޕްރޮގްރާމަކީ ކުރިމަގަށް ކުރެވޭ އެންމެ ބޮޑު އިންވެސްޓްމެންޓް: ރައީސް

ހުނަރު ޕްރޮގްރާމާއި ހިލޭ ޑިގްރީ ޕްރޮގްރާމަކީ ކުރިމަގަށް ކުރެވޭ އެންމެ ބޮޑު އިންވެސްޓްމެންޓް: ރައީސް

ހުނަރު ޕްރޮގްރާމާ، ހިލޭ ޑިގްރީ ޕްރޮގްރާމަކީ، ދިވެހި ޖުމްހޫރިއްޔާގެ ކުރިމަގަށް ކުރެވޭ އެންމެ ބޮޑު އިންވެސްޓްމެންޓް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޖުމްހޫރީ ދުވަހުގެ މުނާސަތުގައި ދަރުބާރުގޭގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނެވެ. ރައީސް ވިދާޅުވީ މީގެ 4 އަހަރު ކުރިން ރާއްޖޭގެ ޒުވާނުން މެދުއުޑުގައި ފިޔަޖެހުމަށް ކުރި އުންމީދު އޮތީ، ހަމައެކަނި އިވުނު އަޑެއްގެ ގޮތުގައި ކަމަށެވެ. އަދި ރާއްޖެއަށް މިގެނެވު...

މުޙައްމަދު އަފްރާޙް
ހަތަރު އަހަރު ކުރިން ރާއްޖޭގެ ހުރިހާ ސިޔާސީ ލީޑަރުން ތިއްބެވީ ކުޑަގޮޅީގައި، މިއަދު އެ ބިރުވެރިކަމެއް ނެތް: ރައީސް

ހަތަރު އަހަރު ކުރިން ރާއްޖޭގެ ހުރިހާ ސިޔާސީ ލީޑަރުން ތިއްބެވީ ކުޑަގޮޅީގައި، މިއަދު އެ ބިރުވެރިކަމެއް ނެތް: ރައީސް

މީގެ 4 އަހަރު ކުރިން، ރާއްޖޭގެ ހުރިހާ ސިޔާސީ ލީޑަރުން ތިއްބެވީ، ކުޑަގޮޅީގައި ނުވަތަ އެގޮޅީގެ އަނގަމަތީގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ. ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އެދުވަހު ޤައުމުގައި އޮތީ ހާސްކަމާއި ކަންބޮޑުވުން ކަމަށެވެ. އަދި ނުތަނަވަސްކަމާއި ބިރުވެރިކަން ކަމަށެވެ. ސަބަބަކީ ގާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ ހައްގުތަކާއި މިނިވަންކަން ލިބިދިނުމުގައި، ކަށަވަރުކަމެއް ނެތުނ...

މުޙައްމަދު އަފްރާޙް
މާންދޫގައި މަސްވެރިންތަކެއް އިހުތިޖާޖުގައި

މާންދޫގައި މަސްވެރިންތަކެއް އިހުތިޖާޖުގައި

ލ. މާންދޫގައި މަސްވެރިންތަކެއް އިހުތިޖާޖު ކުރަން ފަށައިފި އެވެ. މިއަދު ހެނދުނު 08:30 ހާއިރު ފެށި މި އިހުތިޖާޖުގައި ބައިވެރިވަނީ ތ އަތޮޅާއި ލ. އަތޮޅަށް ނިސްބަތްވާ މަސްވެރިން ކަމަށް މައުލޫމާތު ލިބެއެވެ. އިހުތިޖާޖުގެ ބައިވެރިން “ތެޔޮ އަގުހެޔޮ” ކުރުމަށާއި “ލާރިކޮޅު” އަވަސްކޮށްދިނުމަށް އަންނަނީ ގޮވައިލަމުން ނެވެ. އަދި އެކަމާއިގުޅުން ހުރި ޝުއޫރުފާޅުކޮށް ލިޔުންތައް ވެސް ތިބީ ހިފައިގެން ނެވެ.   އިހުތިޖާޖުގެ ބައިވެރިން ކިރާ މަހުގެ ލާރި އަވަސްކޮށް ދިނުމަށް އެދި ދަނީ ޝުއޫރު ފާޅުކުރަމުންނެވެ. […]

މުޙައްމަދު އަފްރާޙް
ޙާފިޡުންނަށް ދެއްވާ ޚާއްޞަ މެޑެލް 13 ފަރާތަކަށް

ޙާފިޡުންނަށް ދެއްވާ ޚާއްޞަ މެޑެލް 13 ފަރާތަކަށް

ކީރިތި ޤުރްއާން ހިތުދަސްކޮށްގެން އެއްވަނަ ދަރަޖައިގައި ފާސްވި ޙާފިޡުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ މެޑެލް މިރޭ ދެއްވައިފިއެވެ. މި މެޑެލް 13 ފަރާތަކަށް ލިބިފައިވާއިރު، މި މެޑެލްތައް ދެއްވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި މިރޭ ބޭއްވެވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މެޑެލް ހާސިލުކުރެއްވި 13 ޙާފިޡުންނަކީ: 1. އަލްޙާފިޡާ ފާޠިމަތު ފައުޒިއްޔާ، އާވެލި، ސ. ހިތަދޫ 2. އަލްޙާފިޡާ ޝިފާ ބިންތު ޢަބްދުﷲ ޙަމީދު، މަތި...

ޔުމްނާ ޢަލީ
މަތީ ދަރަޖައިގެ އިނާމު 52 ފަރާތަކަށް

މަތީ ދަރަޖައިގެ އިނާމު 52 ފަރާތަކަށް

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު 65 ފަރާތަކަށް މިރޭ ދެއްވައިފިއެވެ. މި އިނާމުތައް ދެއްވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި މިރޭ ބޭއްވެވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. މިގޮތުން ހުނަރުވެރި ފަންނުވެރި ޒުވާނުން ޤައުމީ ތަރައްޤީއަށް ކުރާ އުފެއްދުންތެރި އީޖާދީ މަސައްކަތުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލު ކުރައްވައިގެން ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމު ހާސިލުކުރެއްވީ، އދ. ދަނގެތީ، އޯޝަންވިލާ، އަލްފާޟިލް...

ޔުމްނާ ޢަލީ
އަންހެނުންގެ ކޮމެޓީގެ ބައި-އިލެކްޝަން، އެއް އަހަރު ތެރޭ ބާއްވާގޮތަށް ގެނައި އިސްލާހު ތަސްދީގުކޮށްފި

އަންހެނުންގެ ކޮމެޓީގެ ބައި-އިލެކްޝަން، އެއް އަހަރު ތެރޭ ބާއްވާގޮތަށް ގެނައި އިސްލާހު ތަސްދީގުކޮށްފި

އަންހެނުންގެ ކޮމެޓީގެ ބައި-އިލެކްޝަން، އެއް އަހަރު ތެރޭ ބާއްވާގޮތަށް ގެނައި އިސްލާހު ތަސްދީޤުކުރައްވައިފިއެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު އަށް 10 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަސްދީޤުކުރައްވާފައިވަނީ އިއްޔެ އެވެ. މި ބިލަކީ، މި އަހަރުގެ ނޮވެންބަރު މަހުގެ 2 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 32 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ. މި ޤާނޫނަށް ގެނެވުނު […]

އިބްރާހިމް އަސްވާޤް
މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 12 މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 12 މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 12 މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އެ މީހުން ހައްޔަރު ކުރީ އާންމު އުސޫލުގެ ދަށުން މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ކަމަށެވެ. މި ގޮތުން ރޭ މާލެއާއި ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައި ވަނީ 4 އަންހެނުންނާއި، 8 ފިރިހެނުން ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައިއެވެ. މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުން އަންނައިރު، މި އޮޕަރޭޝަންގައި ފުލުހުން ހައްޔަރުކުރި މީހުންގެ ތެރޭގައި...

ޔުމްނާ ޢަލީ
ސަލާމަތީ ބާރުތައް ގުޅިގެން ހާއްސަ އޮޕަރޭޝަނެއް ފަށައިފި

ސަލާމަތީ ބާރުތައް ގުޅިގެން ހާއްސަ އޮޕަރޭޝަނެއް ފަށައިފި

ސަލާމަތީ ބާރުތައް ގުޅިގެން ހާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ. ފުލުހުންގެ ޚިދުމަތުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް ގުޅިގެން ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަނެއް ފަށާފައިވާ ކަމަށެވެ. މި އޮޕަރޭޝަން ހިންގަމުން ދަނީ މާލެއާއި އައްޑޫ ސިޓީއާއި އައްޑޫ ސިޓީގެ ކަނޑުގެ ސަރަހައްދުގައި ކަމަށް ވެސް ވިދާޅުވިއެވެ. “މި އޮޕަރޭޝަންގެ އިތުރު ތަފްސީލް ހާމަ ކުރެވެން އޮތް މިންވަރަކުން ހާމަކުރަމުން ގެންދާނެ ވާހަކަ ދަންނަވަން” ފުލުހުން ވިދާޅުވެފައި ވެއެވެ.

އަލީ އާދިލް
އީމާންކަމަކީ ހިތުގައި ޘާބިތުވެފައިވާ ވަރުގަދަ އަގީދާއެއް: ހުތުބާ

އީމާންކަމަކީ ހިތުގައި ޘާބިތުވެފައިވާ ވަރުގަދަ އަގީދާއެއް: ހުތުބާ

އީމާންކަމަކީ ހިތުގައި ޘާބިތުވެފައިވާ ވަރުގަދަ އަގީދާއެއް ކަމަށާއި އެއީ ތިމާގެ ހިތުގައި ބިންވަޅު ނެގިފައިވާ ޔަޤީންކަމެއް ކަމަށް ހުކުރު ހުތުބާގައި ވިދާޅުވެއްޖެ އެވެ. “އީމާންކަން ހަރުދަނާކުރުން” މި މައުޟޫއަށް ކުރިއަށްގެންދިޔަ ހުތުބާގައި ވަނީ ހަގީގީ މާނާގައި، މާތް الله އަށް އީމާންވުމަކީ އިންސާނާގެ ހިތުގައި އުފާވެރިކަމުގެ ޝުޢޫރުތަކާއި ބާއްޖަވެރިކަމުގެ އިޙްސާސްތައް އުފައްދާ ކަމެއް ކަމަށެވެ. މީގެ އިތުރުން އެކަލާނގެ އަމުރުކުރެއްވި ކަންކަން އަދާކޮށް، ކިޔަމަންތެރިކަމުގެ ތެރެއަށް އިންސާނާއަށް ވެދެވޭ ކަމެއް...

މުޙައްމަދު އަފްރާޙް
ނިޔާވި މީހުންގެ ފޮޓޯއާއި މަޢުލޫމާތު އާއްމު ނުކުރުމަށް އެންޑީއެމްއޭ އިން އިލްތިމާސް ކޮށްފި

ނިޔާވި މީހުންގެ ފޮޓޯއާއި މަޢުލޫމާތު އާއްމު ނުކުރުމަށް އެންޑީއެމްއޭ އިން އިލްތިމާސް ކޮށްފި

މާފަންނު ނިރުފެހި ގޭގެ އެންމެ ތިރީގައި ހުރި ގަރާޖުގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާގައި ނިޔާވި މީހުންގެ ފޮޓޯއާއި މަޢުލޫމާތު އާއްމު ނުކުރުމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިލްތިމާސް ކުރައްވައިފި އެވެ. އެ އޮތޯރިޓީން މި އިލްމާސް ކުރެއްވީ އެ ހާދިސާގައި ނިޔާވި މީހުންގެ މައުލޫމާތުކަމަށް ބުނެ، ބައެއް ފަރާތްތަކުން ފޮޓޯ އާއި މައުލޫމާތުތައް ފަތުރަމުންދާތީ އެވެ. މިކަމާއިގުޅިގެން އެންޑީއެމްއޭ އިން ވަނީ މިފަދަ ހިތާމަވެރި ވަގުތެއްގައި އެމީހުންގެ އާއިލާގެ މީހުންގެ އިހްސާސްތަކަ...

މުޙައްމަދު އަފްރާޙް
އަންނައަހަރު، ރާއްޖޭގެ ހުރިހައި ސްކޫލެއްގައި ތިބޭނީ ދިވެހި ޕްރިންސިޕަލުން: މިނިސްޓަރ

އަންނައަހަރު، ރާއްޖޭގެ ހުރިހައި ސްކޫލެއްގައި ތިބޭނީ ދިވެހި ޕްރިންސިޕަލުން: މިނިސްޓަރ

އަންނައަހަރުގެ ދިރާސީ އަހަރު ފެށޭއިރު، ރާއްޖޭގެ ހުރިހައި ސްކޫލެއްގައި ތިބޭނީ ދިވެހި ޕްރިންސިޕަލުން ކަމަށް ތައުލީމާއިބެހޭ ވަޒީރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ. ވަޒީރު މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ ބަޖެޓު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ނެވެ. އެގޮތުން ރާއްޖޭގެ ހުރިހައި ސްކޫލެއް ހިންގުމަށް ދިވެހި ޕްރިންސިޕަލުން ހަމަޖެއްސުމަކީ ރައީސްގެ މުހިއްމު އެއް ސިޔާސަތު ކަމަށް ވެސް ވިދާޅުވި އެވެ. މީގެ އިތުރުން ސަރުކާރުގެ މުހިއްމު އެއް ސިޔާސަތަކީ ކޮންމެ ރަށެއްގެ ސްކޫލްގައި ވެސް އެރަށަކަށް ނިސްބ...

މުޙައްމަދު އަފްރާޙް
ޕޮލިޓެކްނިކްގެ 9 ކޯހަކުން 35 ދަރިވަރުން ދަސްވެނިވެއްޖެ

ޕޮލިޓެކްނިކްގެ 9 ކޯހަކުން 35 ދަރިވަރުން ދަސްވެނިވެއްޖެ

ސްކިލްސް ފޮރ އަ ރެޒެލިއެންޓް ވޯރކްފޯސް ޕްރޮގްރާމްގެ ދަށުން ޓެކްނިކަލް އަދި ވޮކޭޝަނަލް ދާއިރާއިން ޒުވާނުން ތަމްރީނު ކުރުމަށްޓަކައި 2020 ވަނަ އަހަރު މޯލްޑިވްސް ޕޮލިޓެކްނިކްއިން ފެށި 9 ކޯހަކުން 35 ދަރިވަރުން ދަސްވެނިވެއްޖެ އެވެ. މިއަދު ޕޮލިޓެކްނިކްގައި އޮތް ރަސްމިއްޔާތުގައި ދަސްވެނިވި ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހިމް ހަސަން އެވެ. މިރަސްމިއްޔާތުގައި ދަރިވަރުންނަށް މަރުހަބާ ވިދާޅުވެ، މިނިސްޓަރ ވިދާޅުވީ މަސައްކަތަށް ނިކުމެ ދާއިރާއިން މަސައްކަތ...

މުޙައްމަދު އަފްރާޙް
މިރޭ ވެސް މާލޭގައި އަލިފާނުގެ ހާދިސާއެއް

މިރޭ ވެސް މާލޭގައި އަލިފާނުގެ ހާދިސާއެއް

މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ. އެމްއެންޑީއެފުން ވިދާޅުވީ، މާލޭ ކަރަންކާގެ ކުރިމަތީގައި ހުރި ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ ރިޕޯޓު އެ އިދާރާއަށް ލިބިފައިވާ ކަމަށެވެ. ”ރިޕޯޓު ލިބުނީ 21:23 ގައި” އެމްއެންޑީއެފުން ވިދާޅުވިއެވެ. އެމްއެންޑީއެފުން ވިދާޅުވީ، އެ ގޭގައި ރޯވި އަލިފާން 21:42 ގައި ނިއްވާލެވިފައިވާ ކަމަށެވެ. މިރޭ ވެސް މާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގިއިރު ރޭ ހިނގި ހާދިސާގައި މިހާތަނަށް 10 މީހަކު ނިޔާވެފައި...

އަލީ އާދިލް