އަރަބިއްޔާއަށް އެހެން ޕްރިންސިޕަލަކު ނުނަގަން އަމުރު ނެރެފި
އަރަބިއްޔާ ސްކޫލަށް އެހެން ޕްރިންސިޕަލަކު އައްޔަން ނުކުރަން ވަޒީފާއާބެހޭ ޓްރައިބިއުނަލުން މިއަދު އަމުރުކޮށްފި އެވެ. އަރަބިއްޔާ ޕްރިންސިޕަލަށް ހުރި ޝުޖާއު އަބްދުއްރަހީމް މަގާމުން ވަކިކުރުމަށްފަހު ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނަށް ބަދަލުކުރި މައްސަލާގައި ޓްރައިބިއުނަލުން މިއަދު ނެރުނު އަމުރުގައިވަނީ އެ މައްސަލަ ނިމެންދެން އެ މަގާމަށް އެހެން މީހަކު އައްޔަން ނުކުރުމަށާއި އަދި އެފަދަ ކަމެއް ކުރަމުންދާ ނަމަ އެކަން ހުއްޓާލަން އަންގާ ކަމަށެވެ. އަރަބިއްޔާގެ ޕްރިންސިޕަލްގެ މަގާމު މައްސަލަ ނިމެން...