ފަންނުވެރިންނަށް ޕްލެޓްފޯމުތައް ހޯދައި ދިނުމަަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ: ޔުމްނާ
ފަންނުވެރިންނަށް ޕްލެޓްފޯމުތައް ހޯދައި ދިނުމަަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށް މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް އަލްފާޟިލާ ޔުމްނާ މައުމޫން ވިދާޅުވެއްޖެ އެވެ. ޔުމްނާ މިހެން ވިދާޅުވެފައިވަނީ ފާއިތުވެދިޔަ 4 އަހަރު އެ ދާއިރާއިން ކުރެވުނު އަދި ކުރިއަށް ރާވާފައިވާ މަސައްކަތްތަކާއި ގުޅޭގޮތުން ދައުލަތުގެ މީޑިއާގެ “ރާއްޖެ މިއަދު” ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ނެވެ. މިނިސްޓަރ ވިދާޅުވީ ފަންނީ ދާއިރާގައި ވެސް ފުރަތަމަ ގާނޫނީ ބާރުވެރިކަން ހޯދުމުުގެ މަސައްކަތް ކުރައްވަމުން ގެންދަ...