މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށް (15:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,873 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 671 ވަނަ ޞަފްޙާ

ޕާކިސްތާނުގައި ހާލުގައި ޖެހިފައިވާ އަންހެނުންނަށް އެހީވުމަށް ހަރަކާތެއް ބާއްވަނީ

ޕާކިސްތާނުގައި ހާލުގައި ޖެހިފައިވާ އަންހެނުންނަށް އެހީވުމަށް ހަރަކާތެއް ބާއްވަނީ

ޕާކިސްތާނަށް ކުރިމަތިވި ފެންބޮޑުވުމުގެ ކާރިސާގައި ހާލުގައި ޖެހިފައިވާ އަންހެނުންނަށް އެހީވުމަށ، ބްރިޖިންގ ދަ ކޮމިއުނިޓީސް މޯލްޑިވްސް (ބީސީއެމް) އިން ފަންޑް ރެއިޒިންގ އިވެންޓެއް ބާއްވަން ނިންމައިފި އެވެ. ބީސީއެމް އިން ވިދާޅުވީ މިއީ އެ ގައުމުގެ ސަގާފަތް ދައްކުވައިދޭ އިވެންޓެއް ކަމަށާއި މި އިވެންޓު އޮންނާނީ މި ޑިސެމްބަރ މަހުގެ 5 ވާ ހޯމަ ދުވަހުގެ ރޭ 08:45 ގައި ކަމަށެވެ. މެންހެޓަން ބިޒްނަސް ހޮޓެލްގައި ބާއްވާ “ޕާކިސްތާނީ ކަލްޗަރަލް ނައިޓް” ގައި އިންޑިއަން ސަބްކޮންޓިނެންޓްގެ ރަހަތައް ހިމެނޭ […]

މުޙައްމަދު އަފްރާޙް
އާރަށުގެ މައްސަލަ: އަޑުއެހުންތައް ނިމިއްޖެ، ދެން އޮތީ ހުކުމް ކުރުން

އާރަށުގެ މައްސަލަ: އަޑުއެހުންތައް ނިމިއްޖެ، ދެން އޮތީ ހުކުމް ކުރުން

ވ. އާރަށުގެ މައްސަލައިގެ އަޑުއެހުންތައް ނިންމައި، ހުކުމް ކުރުމާއި ހަމައަށް ހިނގައްޖެ އެވެ. އެ މައްސަލައިގާ ކުރީގެ ރައީސް އަބްދުﷲ ޔާމީންނާއި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ދައުވާ ކުރާ މައްސަލައިގެ ހުލާސާ ބަޔާން ހުށަހެޅުމުގެ ޝަރީއަތުގެ އަޑުއެހުން އިއްޔެ ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އިއްޔެ ހެނދުނުން ފެށިގެން އިރުއޮއްސުމާއި ހަމަޔަށް ކުރިއަށް ގެންދިޔަ މި އަޑުއެހުމުގައި ދައުލަތުގެ ފަރާތުންނާއި، ދިފާއުން ވެސް ވަނީ ހުލާސާ ބަޔާން ހުށަހަޅާފަ […]

މުޙައްމަދު އަފްރާޙް
ޖޫރިމަނާގެ ފައިސާ ހުކުމާ އެއްގޮތަށް ނުދައްކާ މީހުންގެ މައްސަލަ ކޯޓަށް ފޮނުވަނީ

ޖޫރިމަނާގެ ފައިސާ ހުކުމާ އެއްގޮތަށް ނުދައްކާ މީހުންގެ މައްސަލަ ކޯޓަށް ފޮނުވަނީ

ޖޫރިމަނާގެ ފައިސާ ހުކުމާ އެއްގޮތަށް ނުދައްކާ މީހުންގެ މައްސަލަ ކޯޓަށް ފޮނުވަން ނިންމާފައިވާ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވެއްޖެ އެވެ. އެ އޮފީހުން މިއަދު ވިދާޅުވީ ބައެއް މީހުންގެ މައްޗަށް ކުށުގެ އަދަބުގެ ގޮތުގައި ކަނޑައަޅާފައިވާ ޖޫރިމަނާ ފައިސާ, ހުކުމާ އެއްގޮތަށް ދައްކަމުން ނުދާކަން އެ އޮފީހުން ހޯދި މައުލޫމާތަށް ބަލާއިރު، ހާމަވާ ކަމަށެވެ. ޝަރީއަތުން އަދަބު ކަނޑައެޅުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުގައި ހުކުމުގައި ކަނޑައެޅިފައިވާ މުއްދަތުގައި ޖޫރިމަނާގެ ފައިސާ ނުދައްކައިފިނަމަ، އ...

މުޙައްމަދު އަފްރާޙް
ހައިކޯޓުގެ ފަނޑިޔާރު ކަމަށް ފަސް ބޭފުޅަކު ކުރިމަތިލައްވައިފި

ހައިކޯޓުގެ ފަނޑިޔާރު ކަމަށް ފަސް ބޭފުޅަކު ކުރިމަތިލައްވައިފި

ހައިކޯޓަށް ފަނޑިޔާރެއް ހޯދުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކުރި ޢިއުލާނާއި ގުޅިގެން އެ މަޤާމަށް ފަސް ބޭފުޅަކު ކުރިމަތިލައްވައިފިއެވެ. ހައިކޯޓަށް ފަނޑިޔާރެއް ހޯދަން 17 ނޮވެމްބަރު 2022 ގައި، ޖޭއެސްސީން ކުރި ޢިއުލާނާއި ގުޅިގެން ކުރިމަތިލެއްވި ބޭފުޅުންގެ މަޢުލޫމާތު މިއަދު އެ ކޮމިޝަނުން ހާމަކުރައްވާފައިވާއިރު، އެ މަޤާމަށް ވަނީ ފަސް ބޭފުޅަކު ކުރިމަތި ލައްވާފައެވެ. ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ބޭފުޅުން 1. ޒީނަތު ޢަލީ / ދަފްތަރު. ނަންބަރު 2616 މާލެ 2. […]

ޔުމްނާ ޢަލީ
ތިމާވެށީގެ ދާއިރާއިން ރާއްޖެއާއި ސިންގަޕޫރުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް މަޝްވަރާ ކޮށްފި

ތިމާވެށީގެ ދާއިރާއިން ރާއްޖެއާއި ސިންގަޕޫރުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް މަޝްވަރާ ކޮށްފި

ތިމާވެށީގެ ދާއިރާއިން ރާއްޖެއާއި ސިންގަޕޫރުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމާއި ސިންގަޕޫރު ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިސް އެކްސަލެންސީ ސޫ ކޮކް ލެންގް، މަޝްވަރާ ކުރައްވައިފި އެވެ. މި މަޝްވަރާ ކުރައްވާފައި ވަނީ ސިންގަޕޫރުގެ ސަފީރު، ނައިބުގެ އަރިހަށް ކުރެއްވި އިހްތިރާމުގެ ޒިޔާރަތުގަ އެވެ. ރައީސް އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ނައިބު ވަނީ ސިންގަޕޫރު ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، އެ މަގާމާއި...

މުޙައްމަދު އަފްރާޙް
ޝިމާޒަށް ހަމާދިން މީހާގެ ބަންދަށް 10 ދުވަސް

ޝިމާޒަށް ހަމާދިން މީހާގެ ބަންދަށް 10 ދުވަސް

ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޝިމާޒު އަލީއަށް ހަމަލާދިން މައްސަލާގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދަށް 10 ދުވަސް ޖަހައިފި އެވެ. އޭނާއަށް ހަމަލާދީފައިވަނީ މަގުމަތިން ބަޔަކު، މި ނޮވެމްބަރ މަހުގެ 18 ވަނަ ދުވަހު އެވެ. އަދި ހަމަ އެރޭ ވަނީ އެ މައްސަލަ ފުލުހަށް ހުށައަޅާފައިވާއިރު، ފުލުހުން ވިދާޅުވެފައިވަނީ އެ މައްސަލައިގާ 21 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާ ހައްޔަރުކޮށްފައިވަނީ މިމަހުގެ 22 ވަނަ ދުވަހު ކަމަށެވެ. ޝިމާޒަށް ހަމަލާދިނުމުގެ ކުރިން، […]

މުޙައްމަދު އަފްރާޙް
ވަގު ޑޮަލަރުން މުއާމަލާތްކުރި 3 ދިވެހީންގެ ބަންދުގެ މުއްދަތު ދަންމާލައިފި

ވަގު ޑޮަލަރުން މުއާމަލާތްކުރި 3 ދިވެހީންގެ ބަންދުގެ މުއްދަތު ދަންމާލައިފި

ވަގު ޑޮަލަރުން މުއާމަލާތްކުރި 3 ދިވެހީންގެ ބަންދަށް ދިގު މުއްދަތެއް ޖަހައިފި އެވެ. މި މައްސަލައިގާ ހައްޔަރުކޮށްފައިވަނީ 21 އަހަރާއި 23 އަހަރުގެ ދިވެހި ދެ ފިރިހެނުންނާއި 24 އަހަރުގެ ދިވެހި އަންހެނެއް ކަމަށް ފުލުހުން ވަނީ ވިދާޅުވެފަ އެވެ. އެގޮތުން 21 އަހަރުގެ ދިވެހި ފިރިހެން މީހާ އަށް 30 ދުވަހުގެ ބަންދެއް ޖަހާފައިވާއިރު، ދެންތިބި ދެ މީހުންނަށް ޖަހާފައި ވަނީ 40 ދުވަހުގެ ބަންދެކެވެ. ކްރިމިނަލް ކޯޓުން އެ މީހުންނަށް ބަންދުގެ މުއްދަތު ޖަހާފައިވަނީ […]

މުޙައްމަދު އަފްރާޙް
ތިލަފުށީ ފަޅުތެރެއިން ގިނަ އަދަދެއްގެ ކުނި އޮޔާދާތީ ސަމާލުވުމަށް އެދިއްޖެ

ތިލަފުށީ ފަޅުތެރެއިން ގިނަ އަދަދެއްގެ ކުނި އޮޔާދާތީ ސަމާލުވުމަށް އެދިއްޖެ

ތިލަފުށީ ފަޅުތެރެއިން ގިނަ އަދަދެއްގެ ކުނި އޮޔާދާތީ ސަމާލުވުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން އެދިއްޖެ އެވެ. ވެމްކޯ އިން ވިދާޅުވީ ވެމްކޯއިން ވިދާޅުވީ އާންމުކޮށް، އޮއެ ހުންނަ ގޮތުން އެކި ދުވަސްވަރު ތިލަފުށީ ފަޅުގެ އެންމެ އެތެރެއަށް ގިނަ އަދަދެއްގެ ކުނި އަބަދު ވެސް ޖަމާވަމުންދާ ކަމަށެވެ. މިދުވަސްވަރު އޮއެ ހުރި މިސްރާބު ބަދަލުވުމާއި ގުޅިގެން ކުނިތައް ފަޅުތެރޭގައި ދައުރުވެ، މިކުނިތައް ކަނޑަށް ބޭރުވަމުންދާ ކަމަށް އެ ކުންފުނިން ވިދާޅުވި އެވެ. އަދި އެ […]

މުޙައްމަދު އަފްރާޙް
ރާއްޖެއާއި ޕާކިސްތާނުގެ ގުޅުން ބިނާވެފައިވަނީ ދެޤައުމުގެ ދެމެދުގައި އޮތް އިހްތިރާމަށް

ރާއްޖެއާއި ޕާކިސްތާނުގެ ގުޅުން ބިނާވެފައިވަނީ ދެޤައުމުގެ ދެމެދުގައި އޮތް އިހްތިރާމަށް

ރާއްޖެއާއި ޕާކިސްތާނުގެ ގުޅުން ބިނާވެފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އިހްތިރާމާއި، ވިސްނުމާއި، އެއްބައިވަންތަ އަހްލާގާއި، އަގީދާގެ މައްޗަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ. ޕާކިސްތާނުގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ހިޒް އެކްސެލެންސީ ވައިސް އެޑްމިރަލް (ރިޓަޔަރޑް) މުޙައްމަދު ފައްޔާޒް ގިލާނީ އެ މަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، އެރުވުމަށް ރައީސް އޮފީހުގައި ބޭއްވި ފަތްކޮޅު އެރުއްވުމަށްފަހު، ރައީސް ވަނީ ޕާކިސްތާނުގެ އާ ސަފީރާ ބައްދަލު...

މުޙައްމަދު އަފްރާޙް
ސަރުކާރުގެ ވިސްނުމަކީ ވިޔަފާރިކުރާ ފަރާތްތަކަށް ލުއިފަސޭހަކަން ހޯދައި ދިނުން: ނައިބު ރައީސް

ސަރުކާރުގެ ވިސްނުމަކީ ވިޔަފާރިކުރާ ފަރާތްތަކަށް ލުއިފަސޭހަކަން ހޯދައި ދިނުން: ނައިބު ރައީސް

ސަރުކާރުގެ ވިސްނުމަކީ ވިޔަފާރިވެރިންނާއި ވިޔަފާރިކުރާ ފަރާތްތަކަށް ލުއިފަސޭހަކަން ހޯދައި ދިނުން ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ. ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި، “ގޯލްޑް 100 ގާލާ” ޙަފްލާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ އިގްތިސާދު އެއް ސިނާއަތެއްގެ މައްޗަށް ބަރޯސާކޮށްގެން ތިބޭ ތިބުން ބަދަލުކުރަން ޖެހިފައިވާ ކަމަށެވެ. އިގްތިސާދު، ސިންދަފާތު ކުރުމުގެ މަސައްކަތް ކުރަންޖެހޭ ކަމަށާއި އެކަމަށް ގޮންޖެހުންތައް އޮތްކަން ވެސް ނައިބު ފާ...

މުޙައްމަދު އަފްރާޙް
ސަމަރުބްލޫ އިބްރާހީމް މަނިކު އަވަހާރަވެއްޖެ

ސަމަރުބްލޫ އިބްރާހީމް މަނިކު އަވަހާރަވެއްޖެ

ސަމަރުބްލޫ އިބްރާހީމް މަނިކު އަވަހާރަވެއްޖެ އެވެ. އޭނާ އަވަހާރަވީ ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށްފަހު، އިންޑިއާގައި ފަރުވާ ހޯދަމުން ދަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ. ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާއަށް ދިގު މުއްދަތަކަށް ހިދުމަތްކޮށްދެއްވާފައިވާ، ގިނަ ބައެއްގެ މަގުބޫލުކަން ވެސް ހޯއްދަވާފައިވާ ސަމަރުބުލޫ އިބްރާހިމް މަނިކު ވަނީ 1974 އިން ފެށިގެން 2006 އާ ހަމައަށް ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާ އަށް އަގުނުކުރެވޭ ފަދަ ހިދުމަތްތަކެއް ކޮށ...

މުޙައްމަދު އަފްރާޙް
ސިންގަޕޫރަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއް: ރައީސް

ސިންގަޕޫރަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއް: ރައީސް

ސިންގަޕޫރަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވީ ސިންގަޕޫރު ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ސޫ ކޮކް ލެންގް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް އަށް އެރުވުމަށް ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގަ އެވެ. މި ރަސްމިއްޔާތުގައި ސިންގަޕޫރުގެ އައު ސަފީރަށް މަރުޙަބާ ދަންނަވައި، ރައީސް ވަނީ ދެގައުމުގެ ދެމެދު އޮތް ބަދަހި ގުޅުން ބިނާވެފައި ވަނީ ދެޤައުމުގެ ރައްޔިތުންގެ ދެމެދުގައ...

މުޙައްމަދު އަފްރާޙް
މުޖާހިދު ބަންދުން ދޫކޮށްލި މައްސަލަ ހައިކޯޓު ގައި އިސްތިއުނާފުކޮށްފި

މުޖާހިދު ބަންދުން ދޫކޮށްލި މައްސަލަ ހައިކޯޓު ގައި އިސްތިއުނާފުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުގައި ހުރި ގދ. ހޯނޑެއްދޫ، އަލޯރާ، އަހުމަދު މުޖާހިދު ބަންދުން ދޫކޮށްލި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފި އެވެ. ޝަރީއަތް ނިމެންދެން ބަންދުގައި ހުރި މުޖާހިދު ކްރިމިނަލް ކޯޓުން ދޫކޮށްލީ މައްސަލަ ބަލާ ސެކްޝަންގައި ދާއިމީ ފަނޑިޔާރަކު ނެތި މައްސަލަ ލަސްވާ ކަމަށް ބުނެ އެވެ. ޝަރުތުތަކަކާއެކު އޭނާ ދޫކޮށްލާފައިވާއިރު، އޭގެ ތެރޭގައި ދައުލަތުގެ ހެކިންނާއި މުއާސަލާތު ނުކުރުމާއި ހެއްކަށް ނުފޫޒު ނުފޯރުވުމާއި ކޯޓުން އަންގާ ގޮތެއްގެ މ...

މުޙައްމަދު އަފްރާޙް
އޮތެންޓިކް މޯލްޑިވްސްގެ ދެ ސަޕްލަޔަރަކަށް، ވިޔަފާރީގެ ދާއިރާއިން ޚާއްޞަ އެވޯޑެއް

އޮތެންޓިކް މޯލްޑިވްސްގެ ދެ ސަޕްލަޔަރަކަށް، ވިޔަފާރީގެ ދާއިރާއިން ޚާއްޞަ އެވޯޑެއް

އޮތެންޓިކް މޯލްޑިވްސްގެ ދެ ސަޕްލަޔަރަކަށް، ވިޔަފާރީގެ ދާއިރާއިން ޚާއްޞަ އެވޯޑެއް ލިބިއްޖެ އެވެ. މިއެވޯޑު ލިބިފައިވަނީ، “ވުމަންސް އިންޑިއަން ޗެމްބަރ އޮފް ކޮމާސް އެންޑް އިންޑަސްޓްރީ” (ޑަބްލިޔު.އައި.ސީ.ސީ.އައި) އިން މި ނޮވެމްބަރ މަހުގެ 23 ން 24 އަށް ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ބޭއްވި “އިންޓަރނޭޝަނަލް ވުމަން އޮންޓްރަޕްރެނިއަރސް ސަމިޓް 2022” ގައި ބައިވެރިވި ދިވެހި އަންހެން ދެވިޔަފާރިވެރިއަކަށެވެ. ޑަބްލިޔު.އައި.ސީ.ސީ.އައި ސަމިޓަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޙަރަކާތްތެރިވެވަޑައިގަންނަވާ ވިޔަފާ...

އިބްރާހިމް އަސްވާޤް
އަލަށް އިމާރާތްކުރެވޭ ސްކޫލުތަކުގައި ފެމެލީ ލައުންޖުތައް ގާއިމް ކުރެވޭނެ: ނައިބު ރައީސް

އަލަށް އިމާރާތްކުރެވޭ ސްކޫލުތަކުގައި ފެމެލީ ލައުންޖުތައް ގާއިމް ކުރެވޭނެ: ނައިބު ރައީސް

އަލަށް އިމާރާތްކުރެވޭ ސްކޫލުތަކުގައި ފެމެލީ ލައުންޖުތައް ގާއިމް ކުރެވޭނެކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ، ގެވެށި ގުޅުން ކެންޕެއިންގެ ކުޑަކުދިންގެ ވާހަކަފޮތް ސީރީޒް، ސާސްތުރަ މަޖައްލާގެ އޯޑިއޯ ވަރޝަން އަދި އައު ވީޑިއޯ ލަވަ އިފްތިތާހް ކުރުމުގެ ޖަލްސާ ޝަރަފްވެރިކޮށްދެއްވައި، ވާހަކަފުޅު ދައްކަވަމުން ނެވެ. މީގެއިތުރުން ނައިބު ރައީސް، ވިދާޅުވީ ގެވެށި އަނިޔާގެ މައްސަލަތަކަކީ އަބަދު ވެސް މުޖުތަމަޢުގެ ތެރޭގައި އޮތް ކަމެއް ކަމަށާއި އެހެން ނަމަވެސް މި...

މުޙައްމަދު އަފްރާޙް