ޤުރުއާނުގައި އަންގަވާފައިވާ ގޮތަށް އުޅޭބަޔަކަށްވުމަށް މަސައްކަތް ކުރުމަށް ނައިބު ރައީސް އިލްތިމާސްކުރައްވައިފި
ގުރުއާނުގައި އަންގަވާފައިވާ ގޮތަށް އުޅޭބަޔަކަށްވުމަށް މަސައްކަތް ކުރެއްވުމަށް ނައިބު ރައީސް ފައިސަލް ނަސީމް އިލްތިމާސްކުރައްވައިފި އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ކީރިތި ގުރުއާން ކިޔެވުމުގެ 35 ވަނަ ގައުމީ މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ނެވެ. އެމަނިކުފާނު ވިދާޅުވީ އަޅުގަނޑުމެންނަކީ އަބަދުވެސް ގުރުއާނަށް ލޯބިކުރާ، އަދި ގުރުއާން ގިނަގިނައިން ކިޔަވާ، އޭގެ މާނަ އޮޅުންފިލުވާ ބައެއް ކަމަށެވެ. ނައިބު ދެއްކެވި ވާހަކަފުޅުގައި ގުރުއާނުގެ އިލްމާއި އިސްލާމީ ތައ...