މަޝްހޫރު މޮޑެލެއް ކަމަށްވާ ކައިޒީންގެ އަސްލު ނަން ގިނަ ބަޔަކަށް މިއަދާ ހަމައަށް ވެސް ނޭނގެ އެވެ. އެންމެންނަށް ވެސް އޭނާ އެނގެނީ ކައިޒީންގެ ނަމުންނެވެ.
އެހެން ނަމަވެސް މިހާރު އެކަން މިވަނީ ހާމަވެފަ އެވެ.
އެ މައުލޫމާތު ހާމަވީ ކައިޒީން އޭނާގެ ބައްޕައާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާ ކުރުމުންނެވެ. ތިން މިލިއަން ރުފިޔާއަށް ގަނެފައިވާ ބޯޓެއްގައި މައްސަލާގައި ކުރި އެ ދައުވާގައި ކައިޒީންގެ ފަރާތުން އެދިގެން ކޯޓުން ނެރުނު ވަގުތީ އަމުރުގައި ކައިޒީންގެ އަސްލު ނަން އޮތެވެ.
ކައިޒީންގެ ފުރިހަމަ ނަމަކީ ފާތިމަތު ޒަޔާން އިބްރާހިމެވެ. އޭނާއަކީ ޅ. ނައިފަރު މީހެކެވެ.
ބައްޕައާ ދެކޮޅަށް ކައިޒީން ދައުވާކުރީ ކައިޒީން 3.6 މިލިއަން ރުފިޔާ ދީގެން ބައްޕަ ލައްވައި ބޯޓެއް ގަތުމުން އެ ބޯޓު ބައްޕަގެ ނަމަށް ރަޖިސްޓްރީ ކުރުމުންނެވެ. ކައިޒީން ދައުވާ ކުރަނީ އެ ބޯޓު އޭނާގެ ނަމަށް ރަޖިސްޓްރީ ކުރުމަށެވެ.
ސިވިލް ކޯޓުން އަމުރު ނެރެފައިވަނީ ކޯޓުން މައްސަލަ ނިމެންދެން އެ ބޯޓުގެ މިލްކުވެރިކަން އެހެން ފަރާތަކަށް ބަދަލު ނުކުރުމަށާއި އެހެން ބަޔަކަށް ކުއްޔަށް ވެސް ނުދިނުމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!