ރިޔާސީ އިންތިޚާބު ރައީސް ޞާލިހަށް ކާމިޔާބުކުރެވުން ދަތި: ނަޝީދު
ދިވެހިރައްޔިތުންގެ ޑިމޮކްރަޓީ ޕާޓީ (އެމްޑީޕީ)ގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީ މިހާރުގެ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ކާމިޔާބު ކުރައްވައި، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ނަމަވެސް އެ އިންތިޚާބުން ރައީސް ޞާލިޙް ހޮވުން ވަރަށް ދަތިކަމަށް އެމްޑީޕީގެ ރައީސް، ރައްޔިތުންގެ މަޖިލިސްގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ދިވެހި ޗެނަލަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި ޕްރެޒެންޓަރ ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ، އެމަނިކުފާނު ފެ...