މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފިއެވެ. ރައީސް އޮފީހުން ވިދާޅުވީ އެ ކޮމިޝަންގައި މިހާރު ތިއްބެވި މެމްބަރުންގެ ތެރެއިން މެމްބަރެއްގެ މަގާމުގެ މުއްދަތު ހަމަވާތީ، އެ ކޮމިޝަނަށް މެންބަރަކު ޢައްޔަންކުރެއްވުމަށްޓަކައި މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ. އެ ކޮމިޝަންގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، ފެބުރުވަރީ 5 އަދި 6 ވަނަ ދުވަހު ހެނދުނު 09:30 އިން މެންދުރު 12:30 އަށް ރައީސް އޮފީހުންނެވެ. މި...
މުޙައްމަދު އަފްރާޙް
މާލޭ މީހުންނަށް ހުޅުމާލެއިން ގޯތި ދޫކުރަން ބިން ސާފުކުރަން ފަށައިފިއެވެ. މިކަމާއި ގުޅިގެން މީޑިއާއަށް މަޢުލޫމާތުދެމުން، ހައުސިންގ މިނިސްޓްރީން ސީނިއަރ އެގްޒެކެޓިވް ޑައިރެކްޓަރ މުހައްމަދު އާރިފް ވިދާޅުވީ، މިއީ މި ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން މާލޭގެ ރަށްވެހިންނަށް ދޫކުރަން ނިންމާފައިވާ ބިން ކަމަށެވެ. އަދި ބިން ލިބޭ މީހުންނަށް އަންނަ މާރޗް މަހު ބިން ހަވާލު ކުރާނެ ކަމަށެވެ. އޭނާ ވިދާޅުވީ މާލޭ ރައްޔިތުންނަށް ބިން ދޫކުރުމަށް 1.2 މިލިއަންގެ އަކަފޫޓުގެ ސަރަހައްދެއް އެޗްޑީސީން ހަމަޖައްސައިދީފައި...
މުޙައްމަދު އަފްރާޙް
ކުށުގެ ރެކޯޑް ގިނަ އަދަދަކަށް އޮންނަ މީހަކު 39 ވަނަ ފަހަރު ކޯޓުން ވައްކަންކޮށްގެން ހައްޔަރު ކުރުމުން އަމިއްލައަށް ޖަލުގައި ބަންދުކުރަން އެދިއްޖެ އެވެ. އައްޑޫ ސިޓީއަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ އެ މީހާއަކީ ކުރިން 39 ފަހަރު ހައްޔަރުކޮށް އަދި 19 ފަހަރު ބަންދު ކުރުމަށްފަހު ދޫކޮށްލާފައިވާ މީހެކެވެ. އޭނާ އިއްޔެ ހައްޔަރުކޮށްގެން ބަންދު މުއްދަތު މަޖިލީހަށް ހާޒިރުކުރީ ޖުވެނައިލް ކޯޓުން ވައްކަން ކޮށްގެންނެވެ. އޭނާ އެތަނަށް ވަނީ ކުޑަދޮރެއް ހަލާކުކޮށްލައިގެންނެވެ. ކޯޓުގައި އޭނާ […]
ހުސައިން ހަބީބް
އިދިކޮޅުން ފަރާތްތަކުން، ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރަނީ ނާޖާއިޒު ގޮތުގައި ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ. ކޮންމެ ހަފުތާއެެއްގެ ބްރާސްފަތި ދުވަހު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވިދާޅުވީ ކޮންމެ ރަށެއްގައިވެސް ސަރުކާރާ ދެކޮޅަށް ޝުއޫރު ފާޅުކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އެހެންނަމަވެސް އަހްލާގީ މިންގަނޑުން ބޭރުން، އިދިކޮޅު ފަރާތްތަކުން ހަމަނުޖެހުން އުފައްދަން މަސައްކަތްކޮށް ހަޑިހުތުރު ބަސްމަގު ބޭނުންކުރަމުން އަންނަކަމަށް އޭނާ ވިދ...
މުޙައްމަދު އަފްރާޙް
އިންސާނީ ތަރައްގީ ގެނެވޭނީ ހޭލުންތެރި ތައުލީމީ ރައްޔިތެއް ބިނާކޮށްގެން ކަމަށް މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސްގެ އެހީގައި ޤައުމީ ކުތުބުޚާނާ ޒަމާނީ ފެންވަރަށް ބަދަލުކޮށް އަލުން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. ޔުމްނާ ވިދާޅުވީ ގައުމުގެ ދެމެހެއްޓެނިވި ތަރައްގީގެ ވާހަކަދައްކާއިރު، ތަރައްގީގައި އިގްތިސާދުގެ ތަރައްގީއެކޭ އެއްވަރަކަށް އިންސާނީ ތަރައްގީވެސް މުހިންމު ކަމަށެވެ. އަދ...
މުޙައްމަދު އަފްރާޙް
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ޕްރައިމަރީ އަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ އެއްވެސް ޝައުގެއް ނެތްކަމަށް އެ ކޯލިޝަނުން ބުނެފިއެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގައި އިއްޔެ އއ. މާޅޮހަށް ވަޑައިގެން ސަޕޯޓަރުންނާ މުޚާތަބުކުރައްވައި ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ދެއްކެވިވާހަކަފުޅުގައި ވަނީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެހެން ޕާޓީއަކަށް ވެރިކަމަށް އައުމުގެ ފުރުސަތެއް ކިރިޔާ ވެސް އޮތީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ގަޑުބަޑުކޮށްގެން ކަމަށާއި، އެކަމު...
ޔުމްނާ ޢަލީ
ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ އެންމެ އިސް ދެ ލީޑަރުންކަމަށްވާ، އެޕާޓީގެ އިސް ލީޑަރު ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙާއި، އެ ޕާޓީގެ ރައީސް، މަޖިލިސް ރައީސް މުޙައްމަދު ނަޝީދާ ދެ ބޭފުޅުންނަކީ ވެރިކަންކުރުމުގެ ގާބިލުކަން ހުރި ދެބޭފުޅުން ނޫންކަމަށާއި، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ސަރުކާރެއް ހިންގާނީ ގާބިލު މީހުން ކަމަށް އެ ޕާޓީގެ ނައިބު ރައީސް، ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ. ދުންޔާ ވިދާޅުވީ، ރައީސް ނަޝީދާއި، ރައީސް ޞާލިޙްގެ ތަފާތެއް ނެތް ކަމަށެވެ. އަދި […]
ޔުމްނާ ޢަލީ
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ނަޝީދަށް ތާއީދު ކުރައްވަނީ އަމިއްލަ މަންފާއެއް އޮވެގެން ނޫން ކަމަށް ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ. އެމްޑީޕީ ޕްރައިމަރީ ކެމްޕެއިންގައި ރައީސް ނަޝީދަށް ތާއީދު ކުރައްވާ، އެމަނިކުފާނާއެކު ކެމްޕެއިން ދަތުރުގައި އައްޑޫ ސިޓީއަށް ވަޑައިގެން ވާހަކަ ދައްކަވަމުން ދިޔާނާ ވިދާޅުވީ ނަޝީދަށް ތާއީދު ކުރައްވަން ނިންމެވީ ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ގިނަ ގުނަ މަސައްކަތްތަކެއް ކޮށްދެއްވާފައި ވާތީ ކަމަށެވެ. އެގޮތުން އެކަނިވެރި މައިންނަށާއި ނުކުޅެދ...
މުޙައްމަދު އަފްރާޙް
ރާއްޖެ އައި ދެ ޓޫރިސްޓަކުން ދިވެހި ފޮޓޯގްރާފަރަކު ލައްވައި ކުރުވި މަސައްކަތަށް ފައިސާ ނުދޭ ކަމަށް ބުނެ ފޮޓޯގްރާފަރު ކޯޓަށް ދިއުމުން އެ ދެ ޓޫރިސްޓުން ރާއްޖެއިން ނުފުރޭ ގޮތަށް ސިވިލް ކޯޓުން އިއްޔެ އަމުރެއް ނެރެފި އެވެ. މިމަހު ރާއްޖެ އައި ރަޝިއާގެ ދެ ފަތުރުވެރިއަކު ފުރުން މަނާކުރީ އެ މީހުން ރާއްޖެ އައިސް، ދިވެހި ފޮޓޯގްރާފަރަކު ލައްވައި ފޮޓޯ ނެގުވުމަށްފަހު އެއްބަސްވި އަގުގެ ތެރެއިން 1،100 އަށް ވުރެ ގިނަ ޑޮލަރު ނުދޭ ކަމަށް […]
ހުސައިން ހަބީބް
ކުޑަކުދިން ލައްވާ ކުރުވުން މަނާކޮށްފައިވާ މަސައްކަތްތަކުގެ ލިސްޓަށް ބަދަލު ގެނެސްފިއެވެ. ސަރަކާރުގެ ގެޒެޓުގައި ޝާއިއުކުރި އިސްލާހުގައި ބަދަލު ގެނެސްފައިވަނީ ކުޑަކުދިން ބައިވެރިކުރުން މަނާ މަސައްކަތްތައް ބަޔާންކުރާ މާއްދާ ކަމަށްވާ، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ އާއްމު ގަަވައިދުގެ 10 ވަނަ މާއްދާ އެވެ. އެ މާއްދާ ކުރިން އޮތް ގޮތުން، ކުޑަކުދިން ބައިވެރިކުރުން މަނާ 17 ބާވަތެއްގެ މަސައްކަތް އޮވެ އެވެ. އެހެންނަމަވެސް އިސްލާހުގައި އޮތީ ހަތް ބާވަތެއްގެ މަސައްކަތްތަކެވެ. ކުޑަކުދިން ބައިވެރިކުރ...
މުޙައްމަދު އަފްރާޙް
ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް މއ. މަނާގެ، ޢަލީ ފާއިޒު މިއަދު ޢައްޔަންކުރައްވައި އެމަނިކުފާނަށް މަޤާމުގެ ފަތްކޮޅު ދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ސްރީލަންކާއަށް ދިވެހިރާއްޖެއިންް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް މިއަދު ޢައްޔަންކުރެއްވި، ޢަލީ ފާއިޒަކީ 2022 ވަނަ އަހަރު މިނިސްޓަރ އޮފް ފޮރިން އެފެއާޒުގެ ނައިބުކަމުގެ މަޤާމާއި، 2021 ވަނަ އަހަރު މޯލްޑިވްސް ޕޮލިސް ބޯޑުގައި މެންބަރުކަން ކުރައްވާފައިވާ ބޭފ...
ޔުމްނާ ޢަލީ
ކ. ވާވެއްދިފަރަށް އެރި ބާޖަކާއި ޓަގު ބޯޓު 100 މިލިއަން ރުފިޔާ އިން ޖޫރިމަނާ ކޮށްފިއެވެ. މި ބާޖާއި ޓަގު ބޯޓު އެ ފަރަށް އަރާފައިވަނީ ފައިބެއަހަރުގެ ޖުލައި މަހުގެ 23 ވަނަ ދުވަހުއެވެ. އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނީ ޖޫރިމަނާ ކުރީ ދި މިޑްލްއީސްޓް މެރިން އެލްއެލްސީގެ، އޭއެމް އަލްޕިޓް ޓަގު ބޯޓާއި، އޭއެމް އާގަމް ބާޖު ފަރަށް އެރުމާއި ގުޅިގެން ފަރުގެ މާހައުލަށް ލިބުނު ގެއްލުންތައް ބެލުމަށް ފަހު ކަމަށެވެ. އެ […]
މުޙައްމަދު އަފްރާޙް
ދަންވަރު ގޯއްޗަށް އިއުލާން ކުރުމަކީ ކަޑަޖެހުމުގެ އިތުރު މަރުހަލާއެއް ފެށުންކަމަށް އެމްޑީޕީގެ ރައީސް، ރައްޔިތުންގެ މަޖިލިސްގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ނަޝީދު މިހެން ވިދާޅުވީ، ދިވެހިރައްޔިތުންގެ ޑިމޮކްރަޓީ ޕާޓީ (އެމްޑީޕީ)ގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންނަށް އެމަނިކުފާނު މިހާރު އައްޑޫ އަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އިއްޔެ އައްޑޫ ސިޓީގެ ފޭދޫގައި ވާހަކަފުޅުދައްކަވަމުންނެވެ. ނަޝީދުގެ ވާހަކަފުޅުގައި ވިދާޅުވީ، ރާއްޖެ ބަދަލުކުރުމުގެ އެންމެ ބޮޑު ހިއްސާ ދާ...
ޔުމްނާ ޢަލީ
ގިނަ ބައެއްގެ އަތުން ފައިސާ ނެގި ކިންގްސް ކެޕިޓަލްގެ ބޭންކް އެކައުންޓްތައް ބީއެމްއެލުން ހިފެހެއްޓީ ގާނޫނާ ހިލާފަށް ކަމަށް ނިންމައި, އޭގެ ބަދަލު ހޯދަން ދައުވާ ކުރުމުގެ ހައްގު އެ ކުންފުންޏަށް އޮންނާނެ ކަމަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ އާއި އޭނާގެ އާއިލާގެ މަސްލަހަތު އޮންނަ ކިންގްސް ކެޕިޓަލްސްއިން ފެށި ސްކީމުގައި ބައިވެރިވެ، ގިނަ ބަޔަކު ފައިސާ އިންވެސްޓްކޮށްފައި ވަނިކޮށް ބީއެމްއެލުން މިދިޔަ […]
ހުސައިން ހަބީބް
އދ. މަހިބަދޫ ބިން ހިއްކުމުގެ މަޝްރޫޢު މިއަހަރު ފަށައި، އެ އަތޮޅު ދަނގެތީ ބިން ހިއްކަން އެމްޑީޕީގެ 2023 ވަނަ އަހަރު ރިޔާސީ ވައުދެއްގެ ގޮތުގައި މެނިފެސްޓޯގައި ހިމަނުއްވާނެ ކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ރިޔާސީ ކެމްޕެއިންގައި މިއަދު ދަނގެއްޗަށް ވަޑައިގެން އެރަށުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ތަރައްގީގެ ގިނަ މަޝްރޫޢުތަކެއް ދަނގެތީގައި މި ސަރުކާރުން ހިންގާފައިވީ ނަމަވެސް އަދިވެސް އެރަށަށް މުހިންމު ކަންތައްތަކެއް ހުރިކަން...
ޔުމްނާ ޢަލީ