ހުޅުމާާލޭގެ ހާންޖީ ރެސްޓޯރެންޓުގައި ބަންގްލަދޭޝް ވެއިޓަރަކު މަރާލި މައްސަލާގައި ޕާކިސްތާނުގެ މުހައްމަދު އާބިދުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ހިންގާ ޝަރީއަތް ނިމުމަކާ ގާތަށް ހިނގައްޖެ އެވެ. މިއަދު އޮތީ ޑީއެންއޭ ރިޕޯޓް ތައްޔާރުކުރުމުގައި ބައިވެރިވި ފުލުހެއްގެ ހެކިބަސް ނެގުމެވެ. އެ ފުލުސް އޮފިސަރުގެ ހެކިބަސް ނެގުމުން، ދައުލަތުން ހުށަހަޅާފައިވާ ހުރިހާ ޝަފައީ ހެކިންގެ ހެކިބަސް ނަގާ ނިމުނީ އެވެ. ދިފާއީ ހެއްކެއް ނެތުމުން ދެން އޮންނާނީ ހެއްކާ ބެހޭ ގޮތުން ވާހަކަ ދެއްކުމާއި ހުލާސާ ބަޔާން އިއްވުމެވެ. […]
ހުސައިން ހަބީބް
އެއްގަމުގައި ދުއްވާ އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުން ވަގުތީގޮތުން މެދުކަނޑާލައިފި އެވެ. ލައިސަންސްގެ އެންމެހާ ޚިދުމަތތައް ވަގުތީގޮތުން ހުއްޓާލިކަން އެންގުމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން މިއަދު ވަނީ އިޢުލާނެއްކޮށްފަ އެވެ. ލައިސަންސް ދޫކުރުން ވަގުތީގޮތުން މެދުކަނޑާލާފައިވަނީ، ޚިދުމަތްތަކުގެ ފެންވަރުމަތިކޮށް ލުއިފަސޭހަގޮތެއްގައި ފޯރުކޮށްދިނުމަށްޓަކައި، އަލަށް ތައްޔާރުކުރެވުނު ސޮފްޓްވެއަރގެ ތެރެއިން އެއްގަމުގައި ދުއްވާ އުޅަނދު ދުއްވުމުގެ ލައިސަންސްގެ ޚިދުމަތް ފެށުމުގ...
އިބްރާހިމް އަސްވާޤް
ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގެ އިންތިހާބުގެ ހުރިހާ ކަމެއް ކުރިއަށް ގެންގޮސްފައި ވާނީ ގެންދިޔައީ ޕާޓީގެ އަސާސީ ގަވައިދާއި އިންތިހާބާ ބެހޭ ގަވައިދާ އެއްގޮތަށް ކަމަށް އެޕާޓީގެ އިންތިހާބާ ބެހޭ ކޮމިޓީގެ މުގައްރިރު އިބްރާހީމް ވަހީދު (އެންސްޕާ އިބުރޭ) ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ އޮފީހުގައި މިހާރު ކުރިއަށްދާ އެ ޕާޓީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ގަޑިއަށް އައުމަކީ މަންދޫބުގެ ޒިންމާއެއް ކަމަށާއި މަންދޫބުން ފޮނުވައިގެން އިންތިހާ...
މުޙައްމަދު އަފްރާޙް
ޑިންގީއެއްގެ ބުރަފަތީގައި ޖެހި ފަތުރުވެރިޔަކު މަރުވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާދިސާ ހިނގާފައިވަނީ މާލެ އަތޮޅު ތުލުސްދޫގައެވެ. އަދި އެއީ ސްނޯކްލިންގ އަށް ގޮސް އުޅުނު ފަތުރުވެރިއެކެވެ. ސްޕެއިނަށް ނިސްބަތްވާ މި ފަތުރުވެރިޔަކީ ފިރިހެނެއް ކަމަށާއި އޭނާ ޗުއްޓީ ހޭދަ ކުރަން ރާއްޖެ އައީ އަނބިމީހާ އާއި އެކު ކަމަށް ބައެއް މަސްދަރުތަކުން ބުނެއެވެ. އެ ހާދިސާ ހިނގުމާއެކު އޭނާ އެރަށު ސިއްހީ މަރުކަޒަށް ގެންދިޔަ ކަމަށާއި އެހެންނަމަވެސް ގެންދިޔައިރު ވެސް އޭނާ މަރުވެފައިވާ ކަމަށް މަޢުލޫމާތު […]
މުޙައްމަދު އަފްރާޙް
މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި އަލީ ސޯލިހު، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަންގެ ސްޓޭޓް މިނިސްޓަރަކަށް މިދިޔަ ބުރާސްފަތި ދުވަހު ބަދަލުކުރައްވައިފި އެވެ. އަލީ ޞާލިޙަކީ ސަރުކާރު ހިންގާ އިއްތިހާދުގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ސަރުކާރު ތަމްސީލް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. 2018 ވަނަ އަހަރު އައު ސަރުކާރު ހުވާކުރުމާއެކު، އަލީ އެންމެ ފުރަތަމަ އައްޔަނު ކުރެއްވީ އޭރުގެ ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓް...
ޔުމްނާ ޢަލީ
މިއަދު ކުރިއަށްދިޔަ ދިވެހިރައްޔިތުންގެ ޑިމޮކްރަޓީ ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ޕްރައިމަރީގެ ވަގުތީ ނަތީޖާ މިރޭ ޢިއުލާންކޮށްފިއެވެ. އެމްޑީޕީން މިރޭ އާންމު ކުރި ވަގުތީ ނަތީޖާ ދައްކާގޮތުން އެ ޕްރައިމަރީ ރައީސުލްޖުމްޙޫރިއްޔާ، އެމްޑީޕީގެ އެންމެ އިސްލީޑަރު އިބްރާޙީމް މުޙައްމަދު ޞާލިޙް ކާމިޔާބު ކުރެއްވީ 61.10 އިންސައްތަ ވޯޓުންނެވެ. އެއީ 24،566 ވޯޓެވެ. މި އިންތިޚާބުގައި ވާދަކުރެއްވި ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލިސްގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދަށް ލިބިވަޑައިގަތީ 15،641 ވޯޓެވެ. އެއީ ވޯ...
ޔުމްނާ ޢަލީ
ކުރިމަގުގައި ވެސް މަސައްކަތް ކުރަންވާނީ ގުޅިގެން ކަމަށާއި މި ޕްރައިމަރީއަށްވުރެ ފަސޭހަ ކާމިޔާބީއެއް ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ލިބިގެންދާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޕްރައިމަރީއަށްފަހު، ‘ދަނޑިކޮށި’ ޖަގަހައަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ. ސާލިހު ވަނީ ހުރިހާ މެންބަރުން އެކުގައި މަސައްކަތް ކުރުމަށް ދައުވަތު ދެއްވައި، ޕާޓީގެ އެންމެހާ މެންބަރުން އެކުގައި މަސައްކަ...
މުޙައްމަދު އަފްރާޙް
ޕީޕީއެމްގެ އެތެރޭގެ އިންތިޚާބު ބާއްވަން ސްކޫލްތައް ދޫނުކުރާ ވާހަކައަކީ އެ ޕާޓީން ދައްކާފައިވާ ވާހަކަތަކަކީ ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެއް ކަމަށް ތައުލީމާއި ބެހޭ ވަޒީރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ޕީޕީއެމްގެ އެތެރޭގެ އިންތިޚާބު ބާއްވަން ސްކޫލްތައް ހޯދަން އެދުމުން އެޑިއުކޭޝަނުން އެންމެ ސްކޫލެއް ވެސް އެޕާޓީއަށް ދޫކޮށްފައިވާ ނުވާ ކަމަށް ވިދާޅުވެ، ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް ކުރައްވާފައިވާ ޓްވީޓަކަށް ރައްދު ދެއްވާ ކުރެއްވި ޓްވީޓެއްގައެވެ. ތޮލާލުގ...
މުޙައްމަދު އަފްރާޙް
ކޮންމެ ތަރިއެއް ވެސް އޮއްސޭނެ ކަމަށާއި، ދެން ބޮޑު ގޮނޑީގައި ނީނދެވޭނެ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލިސްގެ ރައީސް، އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދަށް، ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބުދުﷲ (މޮސްޓާ) ބަހުގެ ހަމަލާ އަމާޒު ކުރައްވައިފިއެވެ. މޮސްޓާ، ނަޝީދަށް ބަހުގެ ހަމަލާ އަމާޒު ކުރެއްވީ މިރޭ ކުރެއްވި ޓްވީޓެއްގައެވެ. މިއަދު އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ނަޝީދަށް ނާކާމިޔާބު ވެފައިވަނިކޮށް މޮސްޓާ ވިދާޅުވީ، ކިތައްމެ ގަބޫލު ކުރަން ބޭނުން ނުވިއަސް އަރައިފި ކޮންމެ ތަރިއެއްވެސް އ...
އަލީ އާދިލް
ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވަމުންދާތީ ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފިއެވެ. އެ އިދާރާ އިން ބުނީ ބަލީގެ އަލާމާތަތައް ދެނެގަނެ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން ވަރަށް މުހިންމު ކަމަށެވެ. މީގެ އިތުރުން ބޭރަށް ހިންގާނަމަ ގިނައިން ދިޔާ ތަކެތި ބޭނުންކުރުމަށާއި ފާޚާނާ ކުރުމަށްފަހު އަދި ކާބޯތަކެތި ތައްޔާރު ކުރުމުގެ ކުރިން ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވުމަށް ވަނީ ނަސޭހަތްތެރިވެފައެވެ. އަދި ބޭރަށް ހިންގުމުގެ އަލާމާތް ނުފެންނަތާ 1 ދުވަސް ވަންދެން ކުދިން...
މުޙައްމަދު އަފްރާޙް
ހުޅުމާލޭގައި ހުންނަ ސްޓެލްކޯގެ ސާވިސް ސެންޓަރު އެހެން އިމާރާތަކަށް ބަދަލުކުރަން ނިންމައިފިއެވެ. އެ ކުންފުނިން ބުނީ ކަސްޓަމަރ ސަރވިސް ހިދުމަތްތައް ބަދަލުކޮށްފައިވަނީ ހުޅުމާލޭގެ އެޕޯލޯ ޓަވަރަށް ކަމަށެވެ. އެޗްޑީސީ ބިލްޑިންގ ގައި މީގެކުރިން ދެމުންދިޔަ ހުރިހައި ހިދުމަތެއް އައު އޮފީހުން ވެސް ލިބޭނެ ކަމަށާއި މާދަމާއިން ފެށިގެން އެ ހިދުމަތްތައް ދެމުން ގެންދާނީ އެޕޯލޯ ޓަވަރުގެ އެއްވަނަ ފަންގިފިލާގައި ހުންނަ އެކުންފުނީގެ އައު ކަސްޓަމަރ ސަރަވިސް އޮފީހުން ކަމުގައި ސްޓެލްކޯ އިން ބުނެއެވެ. ކަސްޓަމަރުންގެ ސަމާ...
މުޙައްމަދު އަފްރާޙް
މާޅޮސްމަޑުލު ދެކުނު ބުރީ ތުޅާދޫގައި 30 އެނދުގެ ހޮސްޕިޓަލެއް ތަރައްގީރުމަށް އެމްޓީސީސީ އާ ހަވާލުކޮށްފިއެވެ. މިއީ އަތޮޅުތެރޭގެ ސިއްހީ ނިޒާމު ފުޅާކުރުމަށް ސަރުކާރުން ހިންގާ މަޝްރޫއުގެ ދަށުން އެ ރަށުގައި އަލަށް ތަރައްގީކުރާ ހޮސްޕިޓަލެކެވެ. މިމަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ސަތޭކަ ތޭވީސް މިލިއަނަށްވުރެ ގިނަ ރުފިޔާއަށެވެ. އަދި މި ހޮސްޕިޓަލްގެ ޢަމަލީ މަސައްކަތް އެއް އަހަރާއި ފަސް މަހުން ނިންމާ ސަރުކާރާއި ހަވާލުކުރުމަށްވަނީ ކަނޑައާޅާފައެވެ. 3000 އަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ތުޅާދޫ...
މުޙައްމަދު އަފްރާޙް
ދިވެހި ޝެފް މަރްޔަމް ޝިއުނާއަށް “ކޮންޓިނެންޓަލް ޖަޖު” ކަމުގެ ލައިސަންސް ދީފިއެވެ. މި ލައިސަންސް އޭނާއަށް ދިނީ ދުނިޔޭގެ ޝެފުންގެ މައި ޖަމިއްޔާ، “ވޯލްޑް އެސޯސިއޭޝަންސް އޮފް ޝެފްސް ސޮސައިޓީސް” (ވެކްސް) ގެ ފަރާތުންނެވެ. ދުނިޔޭގެ އެކި ގައުމުތަކުގައި ބާއްވާ ކަލިނަރީ ޗެލެންޖުތަކުގައި ޖަޖުންގެ ގޮތުގައި ހަރަކާތްތެރިވުމަށް، ވެކްސްގެ ފަރާތުން އަރުވާ މި ލައިސަންސް ހޯދުމުގެ ކުރިން “ރޫކީ ޖަޖު” (އެސިސްޓެންޓް ޖަޖު) ގެ ގޮތުގައި ވަކި މުއްދަތެއްގެ ތެރޭގައި ވެކްސް އެންޑޯޒްކޮށްފައި ހުންނަ ކަލިނަރީ ޗެލެންޖުތަކުގައި [...
މުޙައްމަދު އަފްރާޙް
މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓަކު ހޮވުމަށް މިއަދު ކުރިއަށްދާ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވޯޓާސް ލިސްޓުގައި ނަން ނެތް ބަޔަކު ވޯޓު ލާފައިވާ މައްސަލައެއް ފެންމަތިވެއްޖެއެވެ. މި މައްސަލަ ފެންމަތިވެފައިވަނީ ގއ. ވިލިނގިލީގެ އެމްޑީޕީ މެމްބަރުން ވޯޓުލާން ތާޖުއްދީން ސްކޫލްގައި ބަހައްޓާފައި ހުރި ފޮށްޓަކަށެވެ. މި މައްސަލައާ ގުޅިގެން އެޕާޓީގެ އިންތިޚާބާއި ބެހޭ ކޮމިޓީގެ މުގައްރިރު އިބްރާހީމް ވަހީދު (އެންސްޕާ އިބްރޭ) ވިދާޅުވީ އެ ފޮށްޓަށް ލިސްޓްގައި ނަން...
މުޙައްމަދު އަފްރާޙް
މިއަދު ކުރިއަށްދާ ދިވެހިރައްޔިތުންގެ ޑިމޮކްރަޓީ ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ޕްރައިމަރީގައި ގދ. ގައްދޫ ވޯޓުލާ މަރުކަޒުގައި ހަމަނުޖެހުން ހިނގައި ވޯޓުލުން ހުއްޓުމަކަށް އަތުވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މަރުކަޒުގައި ހަމަނުޖެހުން ހިންގައި ވަނީ ވޯޓު ކަރުދާސްތައް ވެސް ހަލާކުކޮށްލާފައެވެ. ގައްދޫ ދާއިރާގެ މެންބަރު އަހްމަދު ޒާހިރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ ހަމަނުޖެހުން ހިނގާފައި ވަނީ ބޮޑީ ކެމެރާ ބޭނުންކޮށްގެން ވޯޓުލަމުން ދިޔުމާއި ގުޅިގެން ހިނގި ނުތަނަވަސްކަމެއްގައި ކަމަށެވެ. ” ބޮޑީ ކ...
ޔުމްނާ ޢަލީ