މާލޭ ސިޓީ ކައުންސިލާއެކު މަޝްވަރާކުރަން ތައްޔާރު ކަމަށާއި ދެބައެއްގެ އަރާރުމާއި ހެދި އާއްމުންނަށް އުނދަގޫ ވެގެން ނުވާނެކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ޝަރީފް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ އެމްޑަބްލިއުއެސްސީ، އުރީދޫ، މީޑިއާ ނެޓް، އާރްއޯއެލް އަދި ސްޓެލްކޯ އިން އެ އޮތޯރިޓީ އާއެކު ބޭއްވި މަޝްވަރާގައެވެ. މި ބައްދަލުކުރުމުގައި ޝަރީފް ވިދާޅުވީ އާންމުން އެއަށް އަމަލުކުރަން ލާޒިމުކުރާ އުސޫލެއް ކައުންސިލަކުން ހެދޭނީ އެލްޖީއޭ އާ މަޝްވަރާ ކުރުމަށްފަހު ކަމަށެވެ. އެހެންނަމަވެސް މިކަމުގ...
މުޙައްމަދު އަފްރާޙް
މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުން މާދަމާ އޮންނާނެއެވެ. މިއީ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާއެވެ. މި ޖަލްސާގައި އޮންނާނީ ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވުމެވެ. މާދަމާގެ ޖަލްސާ ފެށުމަށް ތާވަލު ކޮށްފައިވަނީ ހެނދުނު 9:00 ޖަހާއިރުއެވެ. ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން، ކޮންމެ އަހަރަކު ވެސް ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވާއިރު، މިއީ އެ އަހަރުގެ ތެރޭގައި ސަރުކާރުން ކުރާނެ ކަންކަމާއި ގުޅޭ މައުލޫމާތު ދެއްވުމަށް ރައީސް ދެއްވާ ބަޔާނެކެވެ. ރ...
މުޙައްމަދު އަފްރާޙް
ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ކޮމްޕޮޒިޝަން ބަދަލުކޮށް ރާއްޖޭގެ ފަނޑިޔާރުގެ އިސްލާޙްކުރާ ވާހަކަ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ނުދެއްކިއްޔާ މާ ތާހިރުވާނެކަމަށް މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ އެއް ނައިބު ރައީސް އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ. ޝިޔާމް މިހެން ވިދާޅުވީ، އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އިންތިޒާމުކޮށްގެން ރޭ މާލޭ އާތިފިޝަލް ބީޗުގައި ބޭއްވި ”ދުއްޕާން” ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދ...
ޔުމްނާ ޢަލީ
އޮލިމްޕަހަކީ ސަރަހައްދީ ގައުމުތަކާއެކު އޮންނަ ގުޅުން ރަމްޒްކޮށްދޭ ތަނެއް ކަމުގައި ފަންނާއި ސަޤާފަތާއި ތަރިކަ އާއި ބެހޭ ވަޒީރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ. ވަޒީރު މިފަދައިން ވިދާޅުވީ ބޮޑެތި ބަދަލުތަކެއް ގެނައުމަށްފަހު، އޮލިމްޕަސް ސިނަމާ އަލުން ހުޅުވުމަށް ބޭއްވި ހަފުލާގައި ވާހަކަ ދައްކަވަމުންނެވެ. ޔުމްނާ ވިދާޅުވީ އޮލިމްޕަސް އަލުން ހުޅުވިގެން ދިއުމަކީ ފަންނުވެރިކަން އަލުން ދިރިގެންދާނެ ކަމެއްކަމަށެވެ. މިއީ ސަރަހައްދީ ފެންވަރުގެ ސިނަމާއެއްކަން ފާހަގަކުރައްވާ ވިދާޅުވީ އޮލިމްޕަހަކީ ދިވެހިންގެ ފަނ...
މުޙައްމަދު އަފްރާޙް
ޕްރޮގްރެސިވް ކޯލިޝަނުން ފަށާފައިވާ ސިޔާސީ ހަރަކާތްތައް ދެން ނިންމާނީ އިދިކޮޅު ލީޑަރު، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމް ރާއްޖޭގެ ވެރިކަމަށް ގެނައުމަށްފަހުގައިކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ. އިދިކޮޅު ކޯލިޝަނުން މިހާރު ކުރިއަށް ގެންދާ ސިލްސިލާ ސިޔާސީ ހަރަކާތްތަކުގެ ތެރެއިން ރޭ ވަނީ ވެރިރަށްމާލޭގެ އާޓިފިޝަލް ބީޗުގައި ”ދުއްޕާން” ނަމުގައި ބޮޑު ޖަލްސާއެއް ބާއްވާފައެވެ. ގިނަ...
ޔުމްނާ ޢަލީ
ދިވެހި ފިލްމީ އުފެއްދުންތަކަށާއި، ދިވެހި ފަންނާނުންގެ އެކި އިވެންޓްތަކާއި، ޝޯވތަކަށް ހާއްސަ، އޮލިމްޕަސް ތަރައްޤީކުރުމުގެ މަޝްރޫޢު ނިންމާލުމަށްފަހު އަލުން ރޭ އެތަން ހުޅުވައިފިއެވެ. އޮލިމްޕަސް އަލުން ހުޅުވައިދެއްވީ އެކަމަށް ރޭ އޮލިމްޕަހުގައި ބޭއްވި ޙަފްލާއެއްގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެވެ. މިތަން ތަރައްޤީކުރުމުގެ މަޝްރޫޢު ކުރިޔަށްގެންގޮސްފައިވަނީ ދައުލަތުގެ ބަޖެޓާއި އިންޑިއާ ސަރުކާރުގެ”ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް” ގެ ގްރާންޓުގެ ދަށުންނެވެ. އޮލިމްޕަސް އަލުން ރ...
ޔުމްނާ ޢަލީ
ވޭތުވި 15 އަހަރުގެ ތެރޭގައި 4 ޕާޓީއަކުން 5 ރައީސަކު ދިވެހި ރާއްޖޭގެ ވެރިކަން ވެރިކަންކޮށްފައިވާ ކަމަށާއި ނަމަވެސް އެ ވެރިންގެ ސަރުކާރުތަކުގައި ރާއްޖޭގައި ހުރި ބޮޑެތި އެއްވެސް މައްސަލައެއް ހައްލެއްނުވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ. މިއަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވާނެކަން ޢިއުލާން ކުރައްވާފައިވާ އުމަރު ރޭ ވަނީ “އާ މިސްރާބަކަށް، އުމަރު 2023″ ގެ ނަމުގައި އޭނާގެ ކެމްޕޭން ލޯންޗްކޮށްފައެވެ. އެކަމަށް މާލޭ ސަލްޓަންޕާކުގައި ބޭއްވި ޖަލްސާގައި ވާހަކަ […]
ޔުމްނާ ޢަލީ
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ. މި ފުރުސަތު ހުޅުވައިލީ އެ އޮފީހުގެ ބޯޑުގައި ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރައްވާ 4 މެންބަރުންގެ ތެރެއިން 1 މެންބަރުގެ ޖާގަ ހުސްވެފައިވާތީ އެވެ. ޕެންޝަން އޮފީހުގެ ބޯޑު މެމްބަރުކަމަށް ކުރިމަތިލައްވަން ބޭނުން ފަރާތްތަކުން މި ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހުގެ 14:00 ގެ ކުރިން، އެޕްލިކޭޝަން ހުށަހެޅުއްވުމަށް ވަނީ އެދިފައެވެ. ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރައްވާ މެންބަރުން ޕެންޝަން އޮފީހުގެ ބޯޑަށް ޢައްޔަން ކުރައްވަނީ...
މުޙައްމަދު އަފްރާޙް
ރާއްޖޭގައި ކެންސަރުބަލީގައި މަރުވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުން ކަމަށް ތަފާސް ހިސާބުން ދައްކައިފިއެވެ. ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރެފައިވާ ތަފާސް ހިސާބުގައިވާގޮތުން ރާއްޖޭގައި އެންމެ ގިނައިން މީހުން މަރުވާ ތިން ސަބަބުގެ ތެރޭގައި ކެންސަރު ހިމެނެއެވެ. ރާއްޖޭގައި ފިރިހެނުންނަށް އާއްމުކޮށް ޖެހޭ ކެންސަރުގެ ބާވަތްތަކުގެ ތެރޭގައި ފުއްޕާމޭ، ޕްރޮސްޓޭޓް، ކޮލޮރެކްޓަލް، ބަނޑާއި ފުއްޕާމޭގެ ކެންސަރު ހިމެނޭ ކަމަށް ތަފާސް ހިސާބުން ދައްކައެެ...
މުޙައްމަދު އަފްރާޙް
ފާއިތުވި ޖެނުއަރީ މަހު ރާއްޖެއަށް ރެކޯޑު އަދަދަކަށް ފަތުރުވެރިން އަތުވެއްޖެއެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ޖެނުއަރީ މަހު ރާއްޖެއަށް ވަނީ 172535 (އެއް ލައްކަ ހަތްދިހަ ދެ ހާސް ފަސް ސަތޭކަ ތިރީސް ފަހެއް) ފަތުރުވެރިން އައިސްފައެވެ. މިއީ ފައިބެއަހަރު އަހަރުގެ ޖެނުއަރީމަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 1،31،762 ފަތުރުވެރިންނާއި އަޅާ ބަލާއިރު، 30.9 އިންސައްތަ އިތުރު އަދަދެކެވެ. އަދި ކޯވިޑުގެ ކުރިން 2019 ވަނަ އަހަރުގެ ޖެނުއަރީ މަހު ރާއްޖެއަށް ޒިޔާރާތްކޮށްފައިވާ 1،51،552 ފަ...
މުޙައްމަދު އަފްރާޙް
ރާއްޖޭގެ އެންމެ އުތުރުގައި ޓްރާންޝިޕްމަންޓް ބަނދަރެއް ގާއިމް ކުރުމުގެ ވައުދާއެކު މަރު ނަސީރު 2023 ވަނަ އަހަރުގެ ރިޔާސީ ކެމްޕޭން ލޯންޗު ކުރައްވައިފިއެވެ. “އާ މިސްރާބަކަށް، އުމަރު 2023″ ގެ ނަމުގައި ލޯންޗު ކުރި މި ކެމްޕޭނުގައި އުމަރު ވިދާޅުވީ އޭނާ ވެރިކަމަށް ވަޑައިގަންނަވަނީ ބޮޑު 50 ބަދަލަކާއެކީ ކަމަށެވެ. އޭގެ ތެރޭގައި އައްޑޫއަކީ ފްރީ ޓްރޭޑް ޕޯޓު ޒޯންއަކަށް ހެދުމާއި ޓެކްސް ކުޑަ ކުރުމާއި އިންކަން ޓެކްސް ނެގުން ހުއްޓާލުމަށްފަހު، އޭގެ ބަދަލުގައި މުދަލުގެ ޒަކާތް ނަގަން […]
މުޙައްމަދު އަފްރާޙް
ރާއްޖެއަކީ އަބަދުވެސް ސްރީލަންކާގެ އެންމެ ގާތް ރަހުމަތްތެރިޔާ ކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ސްރީލަންކާގެ 75 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ މެސެޖުގައެވެ. އެ މެސެޖުގައި ވިދާޅުވެފައިވަނީ ލަންކާގެ 75 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ގައުމުގެ ރައީސް ރަނިލް ވިކްރަމަސިންހައާއި ރައްޔިތުންނަށް ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވާ ކަމަށެވެ. “ރާއްޖެއަކީ އަބަދުވެސް ސްރީލަންކާގެ އެންމެ ގާތް ރަހުމަތްތެރިޔާ، ކުރިއަށްއޮތް...
މުޙައްމަދު އަފްރާޙް
މި އަހަރު ބާއްވާ އޭޝިއަން ގޭމްސް ޕްރޮމޯޓް ކުރުމަށް ފަން ރަން އެއް ބާއްވައިފިއެވެ. ޗައިނާގެ ހަންގްޒޫގައި މި އަހަރު ބާއްވާ އޭޝިއަން ގޭމްސް ޕްރޮމޯޓް ކުރުމުގެ ގޮތުން ބޭއްވި ފަން ރަން ގައި ދުވެފައިވަނީ ތިން ކިލޯމީޓަރުގެ ރާސްތާއަކަެވެ. މިރަން ފަށައި، އަދި ނިންމީ ވެސް ހުޅުމާލޭ ސިންތެޓިކް ޓްރެކަށެވެ. މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އާއި އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާ (އޯސީއޭ) އަދި ހަންގްޒޫ ގޭމްސް އޮގަނައިޒިންގ ކޮމިޓީ ގުޅިގެން ބޭއްވި މި […]
މުޙައްމަދު އަފްރާޙް
އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އިންތިޒާމުކޮށްގެން ބާއްވާ ޖަލްސާއެއް މިރޭ ބާއްވާގޮތައް ހަމަޖައްސައިފިއެވެ. ”ދުއްޕާން” ނަމުގައި ބާއްވާ މިޖަލްސާ ބާއްވަން ނިންމާފައި ވަނީ މިރޭ 20:30 ގައި ވެރިރަށް މާލޭގެ އާޓިފިޝަލް ބީޗްގައެވެ. އިދިކޮޅު ކޯލިޝަނުން މިރޭ ޖަލްސާއެއް ބާއްވަން ނިންމާފައިވާއިރު، މި ހަފްތާ ބަންދަކީ އެ ކޯލިޝަންގެ ސިޔާސީ ހަރަކާތްތައް ވަރަށް ވަރުގަދަ ހަފްތާ ބަންދެކެވެ. މިގޮތުން ބުރާސްފަތި ދުވަހުގެ މެންދުރުފަހުން ފެށިގެން އެ ކޯލިޝަނުން 1000 އަށްވުރެ ގިނަ ބައިވެރިންނާއެކު ”ހޯޕް ކޮންފަރެންސް” އެ...
ޔުމްނާ ޢަލީ
ރާއްޖޭގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ގޮތުގައި ޑިޖިޓަލް ލައިސަންސް ބޭނުންކުރަންފެށުމުގެ ތައްޔާރީތައް ނިމި، އަންނަ އާދީއްތަ ދުވަހުންފެށިގެން ރާއްޖޭގައި ޑިޖިޓަލް ލައިސަންސް ބޭނުންކުރަން ފަށަން ހަމަޖައްސައިފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިނިސްޓްރީ އޮފް ޓްރާންސްޕޯރޓް އެންޑް ސިވިލް އޭވިއޭޝަންގެ ފަރާތުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރުމަތިކޮށް ލުއިފަސޭހަކަމާއެކު އެ ޚިދުމަތްތައް ލިބޭނޭ އިންތިޒާމް ހަމަޖައްސައިދިނުމުގެ މަޤްޞަދުގައި އެ މިނިސްޓްރީގެ ފަރާތުން އަލަށް ފ...
ޔުމްނާ ޢަލީ