ރާއްޖެއަށް އަސަރެއް ކޮށްފާނެ ބިންހެލުމެއް އަތުވެއްޖެނަމަ އެ މައުލޫމާތު ލަސްނުކޮށް އާންމުންނަށް ހިއްސާކުރަމުން ގެންދާނެކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (އެމްއެމްއެސް) އިން މިއަދު ބުނެފިއެވެ. އެމްއެމްއެސް އިން މިއަދު އާންމު ކުރި މައުލޫމާތެއްގައި ބުނީ ބިންހެލުންތައް ސައިންޓިފިކް ގޮތުން ކުރިއާލާ ދެނެގަނެވޭނެ އެއްވެސް ގޮތެއް އަދި ހޯދިފައެއްނުވާކަމަށެވެ. އެހެންނަމަވެސް ދިގު މުއްދަތަކަށް ބަލާއިރު ބިން ހެލުންތައް އައުން ގާތް ސަރަހައްދުތައް ސައިންސްވެރިންނަ...
ޔުމްނާ ޢަލީ
ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާގައި ބައިވެރިވުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް އިން މިއަދު ހުޅުވާލައިފިއެވެ. އިސްލާމިކް މިނިސްޓްރީން މަޢުލޫމާތު ދޭ ގޮތުގައި މި މަހާސިންތާ ބޭއްވުމަށް ހަމަޖެހިފައިވަނީ 13 ސެޕްޓެންބަރު 2026 ގައި މާލޭގައެވެ. މި މަހާސިންތާގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ ޒުވާން ޚަޠީބުންނާއި، މިހާރުވެސް އިމާމުކަމާއި ޚަޠީބުކަން ކުރައްވާ ފަރާތްތަކުގެ އިތުރުން ދިވެހި ޙާފިޡުންނަށެވެ. ބައިވެރިވުމުގެ ޝަރުޠުތައް މި މަހާސިންތާގައި ބައިވެ...
ޔުމްނާ ޢަލީ
ދިވެހިރާއްޖެއާއި އެމެރިކާއާ ދެމެދު އޮތް ދޭދޭ ގުޅުން، ދެ ޤައުމުގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން އިތުރަށް ބަދަހިކުރުންމަތީ ދެމިތިބޭނެކަމުގެ ޔަޤީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. ރައީސް މުޢިއްޒު މި ޔަޤީންކަން ދެއްވީ އެމެރިކާގެ މިނިވަންކަމަށް 250 އަހަރު ފުރޭ މުނާސަބަތުގައި، އެ ޤައުމުގެ ރައީސް ޑޮނަލްޑް ޖޭ. ޓްރަމްޕަށް ފޮނުއްވި ތަހުނިޔާގެ ސިޓީފުޅުގައެވެ. އެމެރިކާގެ ރައީސަށާއި، ސަރުކާރަށާއި ރައްޔިތުންނަށް ފޮނުއްވި މި ސިޓީފުޅުގައި، ދިވެހިރާއްޖެއާއި އެމެރިކާއާ ދެމެދު ޚާރިޖީ ގުޅުން ޤާއ...
ޔުމްނާ ޢަލީ
މާލެ އާއި ހުޅުމާލޭގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން ރާވަމުންދާ ކަމުގެ ތުހުމަތުގައި ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ހަ މީހަކު ހައްޔަރުކޮށްފިއެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ ކޯޓު އަމުރެއްގެ ދަށުން މާލޭގެ ރައިވެރި ހިންގުމުގައި ހުންނަ ގެސްޓް ހައުސްއަކާއި އެ ސަރަހައްދު ބަލައި ފާސްކުރުމަށްފަހުގައެވެ. މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މުޅިންވެސް ދިވެހި ފިރިހެނުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 30 އަހަރުގެ ދެ މީހުންނާއި، 23 އަހަރުގެ މީހަކާއި، 21 އަހަރުގެ...
ޔުމްނާ ޢަލީ
ސިވިލް ސާވިސްގެ ގަވާއިދަށް ގެނައި އާ އިސްލާހެއްގެ ދަށުން، މުވައްޒަފުންނަށް ދިމާވާ ޚާއްސަ ހާލަތްތަކާ ގުޅިގެން ރަސްމީ ގަޑިއަށް އޮފީހަށް ހާޒިރުނުވެވޭ ހާލަތްތަކުގައި 30 މިނެޓުގެ ބަފަ ޓައިމެއް ލިބޭ ގޮތަށް ހަމަޖައްސައިފިއެވެ. ސިވިލް ސާވިސްގެ ގަވާއިދަށް ގެނައި އާ އިސްލާހްގައިވާ ގޮތުން، ބަފަ ޓައިމް ބޭނުންކުރާ މުވައްޒަފުން އެކަން ސަބަބާއެކު އެ އިދާރާއެއްގެ އެޗްއާރު ސެކްޝަނަށް އަންގަންޖެހޭނެއެވެ. އަދި އޮފީހަށް ހާޒިރުވާ ގަޑި ލަސްވާ މިންވަރަށް ބަލައި، އެ ދުވަހަކު އޮފީސް ނިމޭ ގަޑިވެސް އެ މިންވަރަށް […]
ޝިއުނާ އާދަމް
ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީގެ މަގާމު ގެއްލިއްޖެ ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިއަދު ކަނޑައަޅައިފިއެވެ. އެލްޖީއޭ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ޝުޖާއު އަލީ މިއަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވ. ތިނަދޫ ކައުންސިލްގެ ރައީސްކަމަށް އިންތިޚާބުވުމަށްފަހު، ދައުރުގެ ތެރޭގައި އިންތިޚާބުވި ޕާޓީ ނޫން އެހެން ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި 19 މޭ 2024 ގައި އިލެކްޝަންސް ކޮމިޝަންގައި ދަފްތަރުވެފައިވާކަން އެ ކޮމިޝަނުން އަންގާފައިވާ ކަމަށެވެ. އިދާރީ ދާއ...
ޔުމްނާ ޢަލީ
މަތިމަތިން ކަމެއް ކޮށްލައިގެން ރާއްޖޭގައި އޮތް މަސްތުވާތަކެތީގެ މައްސަލަ ޙައްލު ނުކުރެވޭނެ ކަމަށާއި، އެ މައްސަލަ ހައްލުކުރަން ސަރުކާރުން މަސައްކަތް ކުރަނީ މާނަހުރި ގޮތެއްގައި އޭގެ އަސްލު ސަބަބުތަކަށް އަމާޒުކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ މިއަދު ޝާއިޢުކުރެވުނު “ދަ ޕަލްސް” ޕޮޑްކާސްޓް ސިލްސިލާގެ ތިންވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިއަދުގެ ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މަސްތުވާތ...
ޝިއުނާ އާދަމް
ރާއްޖޭގައި ފުރަތަމަ ފަހަރަށް ޤައުމީ ފެންވަރުގައި ގަރލް ގައިޑް ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތު، ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން އަދި ޗީފް ގައިޑް، ސާޖިދާ މުޙައްމަދު ރޭ ޝަރަފްވެރިކޮށްދެއްވައިފިއެވެ. މި ރަސްމިއްޔާތަކީ ރާއްޖޭގެ ތާރީޚުގައިވެސް ސަރުކާރުން ރަސްމީކޮށް މި ދުވަސް ފާހަގަކުރަން ފެށި ފުރަތަމަ ފަހަރެވެ. މި ރަސްމިއްޔާތުގައި ރައީސް ވަނީ އޭޝިއާ ޕެސިފިކް ރީޖަން އޮފް ވޯލްޑް އެސޯސިއޭޝަން އޮފް ގަރލްގައިޑްސް އެންޑް ގަރލް ސްކައުޓްސް (ވެގްސް) އިން ދެއްވާ ޝަރަފުވެރި އެ...
ޔުމްނާ ޢަލީ
ފަލަސްތީނަށް އެހީވުމަށް 50,000 އެމެރިކާ ޑޮލަރުގެ އެހީ ދިވެހިރާއްޖެއިން ނިންމާފައިވާކަން މިއަދު ޢިއުލާންކޮށްފިއެވެ. މި އެހީގެ ވައުދު އިއުލާނުކުރެއްވީ އދ. އަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދެވެ. އދ. ގެ ހެޑްކުއާޓާޒްގައި 1 ޖުލައި 2026 ގައި ބޭއްވި ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ޕަލެސްޓީނިއަން ރެފިއުޖީސް (ޔޫއެންއާރުޑަބްލިއުއޭ) ގެ ޕްލެޖިން ކޮންފަރެންސްގައި، މި އެހީ ޢިއުލާންކުރަށްވަމުން ޑރ. އަލީ ނަސީރު ވިދާޅުވީ ޔޫއެންއާރުޑަބްލިއުއޭ އަށް...
ޝިއުނާ އާދަމް
ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް 20 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ތަޞްދީޤުކުރެއްވުމާއެކު އެ ޤާނޫނަށް ޢަމަލުކުރަން ފަށައިފިއެވެ. މި އިޞްލާޙަކީ އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ފާސްކޮށްފައިވާ ބިލެކެވެ. މި ގެނެވުނު ބަދަލާއެކު، ސިނގިރޭޓާއި، ބިޑި އަދި ހީޓަޑް ޓޮބޭކޯ އުފެއްދުންތަކުން މީގެކުރިން ނަގަމުން އައި 8 ރުފިޔާގެ ޑިއުޓީ ވަނީ 4 ރުފިޔާއަށް ކުޑަކޮށްފައެވެ. މީގެ އިތުރުން، މިފަދަ ތަކެތީގެ އެޑްވެލޮރަމް ޑިއުޓީގެ ގޮތުގަ...
ޔުމްނާ ޢަލީ
ހުޅުމާލޭ ފޭސް 1 ގެ 110 ވަނަ ފްލެޓްގެ ގްރައުންޑް ފްލޯގައި ހުރި އެޕާޓްމަންޓެއްގައި ރޭ ދަންވަރު އަލިފާނުގެ ހާދިސާއެއް ހިނގައި، ދެ މީހަކަށް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ. މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ 2026 ޖުލައި 2 ވަނަ ދުވަހުގެ ދަންވަރު 01:07 އެހައިކަންހާއިރުއެވެ. މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފުން ބުނީ، ހުޅުމާލެ ފަޔަރ ސްޓޭޝަނަށް މި މައުލޫމާތު ލިބުނީ ރޭ 01:10 ހާއިރު ކަމަށެވެ. ފަޔަރ ފައިޓަރުން އެ ސަރަހައްދަށް ގޮސް ކުރި […]
ޔުމްނާ ޢަލީ
ރާއްޖޭގެ ނާޒުކު ތިމާވެށްޓަށާއި، މަސްވެރިކަމާއި ފަތުރުވެރިކަމުގެ އިތުރުން އިންސާނުންގެ ސިއްހަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރުއޮތް ޕްލާސްޓިކުގެ ބާވަތެއް ކަމަށްވާ “ޕްލާސްޓިކް ނާޑްލްސް” ރާއްޖޭގެ ބައެއް ރަށްރަށުގެ ގޮނޑުދޮށްތަކަށް ލައްގަމުންދާކަން އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ) އިން ހާމަކޮށްފިއެވެ. މިކަމާ ގުޅިގެން ހދ. ހަނިމާދޫގެ ގޮނޑުދޮށަށް މި ބާވަތުގެ ނާޑްލްސް ލައްގާފައިވޭތޯ ބަލައިދިނުމަށް އެދި އީއާރުއޭ އިން ވަނީ ހަނިމާދޫ ކައުންސިލަށް ސިޓީއެއް ފޮނުވާފައެވެ. އީޕީއޭ އިން ފޮނުވި ސި...
ޔުމްނާ ޢަލީ
ސްނޯކްލިންގަށް ގޮސް އުޅުމުގެ ތެރޭގައި އޮޔާދިޔަ ޗައިނާ ފަތުރުވެރިއަކު ފުލުހުންގެ ލޯންޗަކަށް ފެނިގެން ސަލާމަތްކޮށް، އޭނާ ޗުއްޓީ ހޭދަކުރަމުން އައި ރިސޯޓަށް ސަލާމަތްތެރިކަމާއެކު ގެންގޮސްދީފިއެވެ. ފުލުހުން މައުލޫމާތު ދިން ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިއަދު މެންދުރުފަހު 14:26 އެހާކަންހާއިރުއެވެ. މާލެއިން ދ. ވާނީއަށް ދަތުރުކުރަމުންދިޔަ ފުލުހުންގެ “ލޯންޗް 54” އަށް، ކ. އަތޮޅު ރިސޯޓަކުން ސްނޯކްލިންގަށް ގޮސް އުޅުމުގެ ތެރޭގައި އޮޔާދިޔަ ޗައިނާ ފަތުރުވެރިއަކު ފެނިގެން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ....
ޔުމްނާ ޢަލީ
އައިޖީއެމްއެޗްގައި މަސައްކަތްކުރި މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި އޭނާގެ ފިރިމީހާ މާވިން އެސްވައިއާއެކު އެކަމުގައި ބައިވެރިވި މައްސަލާގައި ދައުލަތުން ދައުވާކުރި ހަލީމަތު ލަމްހާ 15 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ އޮކްޓޫބަރު، 2021 ގައި މަރާލި ކަމަށް ބުނެ މާވިންގެ މައްޗަށް ދައުވާ ކުރާއިރު، ދިވެހި ނަރުހެއް ކަމަށްވާ ހަލީމަތު ލަމްހާގެ މައްޗަށް ދައުވާކުރީ އެކަމުގައި ބައިވެރިވި ކަމަށް ބުނެ އެވެ. އެ މައްސަލާގައި ލަމްހާގެ މައްޗަށް […]
ހުސައިން ހަބީބް
އައިޖީއެމްއެޗްގައި މަސައްކަތްކުރި މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި އޭނާގެ ފިރިމީހާ މާވިން އެސްވައި 25 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ އޮކްޓޫބަރު، 2021 ގައި މަރާލި ކަމަށް ބުނެ މާވިންގެ މައްޗަށް ދައުވާ ކުރާއިރު، އެކަމުގައި ބައިވެރިވި ކަމަށް ބުނެ ދިވެހި ނަރުހެއް ކަމަށްވާ ހަލީމަތު ލަމްހާގެ މައްޗަށް ވެސް ދައުވާކުރެ އެވެ. އެ މައްސަލާގައި ކްރިިމިނަލް ކޯޓުން ކުރިން ވަނީ މާވިންގެ މައްޗަށް އެނގިހުރެ މީހަކު […]
ހުސައިން ހަބީބް