މާލޭގެ ބޮޑުތަކުރުފާނުމަގު، މާފަންނު ބަސް ޓާމިނަލް ކައިރިން އެމްޓީސީސީ ބަހަކާއި ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދެއްވި ގޮތުގައި މި ހާދިސާ ހިނގާފައިވަނީ 2026 ޖުލައި 8 ވީ ބުދަ ދުވަހުގެ ރޭ 19:07 އެހާކަންހާއިރުއެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ ބޮޑުތަކުރުފާނުމަގުން ދުއްވާފައި ދިޔަ އެމްޓީސީސީގެ ބަހަކާއި ސައިކަލެއް ޖެހިގެންނެވެ. މި ހާދިސާގައި ސައިކަލު ދުއްވަން އިން މީހާއަށް އެކިވަރުގެ އަނިޔާ ލިބިފައިވާތީ، އޭނާއަށް އަވަސް ފަރުވާ ދިނުމަށްޓަކައި...
ޔުމްނާ ޢަލީ
އުރީދޫ މޯލްޑިވްސްއިން އުރީދޫ އެޕްގައި ހިމެނޭ “އޮޓޯޕޭ” ފީޗާ މެދުވެރިކޮށް، ކަސްޓަމަރުން ބޭނުންވާ ދުވަހެއްގައި އޮޓޮމެޓިކުން ބިލްތަކަށް ފައިސާ ދެއްކުމާއި، ޕްރީޕެއިޑް ރީޗާޖްކުރުމާއި ނުވަތަ އެޑް-އޯންތައް ގަނެވޭނެ ލުއިފަސޭހަ ގޮތްތަކެއް މަގުފަހިކޮށްދީފިއެވެ. މިއީ ކަސްޓަމަރުން ބޭނުންވާ ތާރީޚެއްގައި ރައްކާތެރިކަމާއެކު އޮޓޮމެޓިކުން ފައިސާ ދެއްކޭނެ ގޮތް ހަމަޖައްސައިދީ، މެދުކެނޑުމެއްނެތި ޚިދުމަތްތައް ބޭނުންކުރުމަށް މަގުފަހިކޮށްދިނުމަށް ފަރުމާކޮށްފައިވާ ފީޗާއެކެވެ. މުސާރަ ލިބޭ ދުވަހާ ދިމާކޮށް ނުވަތަ މަހުގެ ބަ...
އިބްރާހިމް އަސްވާޤް
ލިޔުންތެރިން ލިޔާ ލިޔުންތަކަކީ ޙައްޤުބަސް ހިމެނޭ، އަދަބުވެރި އަދި މުޖުތަމަޢަށް ފައިދާކުރަނިވި ލިޔުންތަކަކަށް ހެދުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިލްތިމާސް ކުރަށްވައިފިއެވެ. ރައީސް މި އިލްތިމާސް ކުރެއްވީ ދިވެހިރާއްޖޭގެ 34 ވަނަ ލިޔުންތެރިންގެ ދުވަހުގެ މުނާސަބަތުގައި ދިވެހި އެންމެހައި ލިޔުންތެރިންނަށާއި ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވާފައި މީސްމީޑިއާ މެދުވެރިކޮށް ފޮނުއްވެވި މެސެޖެއްގައެވެ. ރައީސްގެ މެސެޖުގައި ފާހަގަކުރެއްވި ގޮތުގައި، މާތްވެގެންވާ އިސްލާމްދީނަ...
ޔުމްނާ ޢަލީ
ރާއްޖެއާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރާ ނަރުހުންގެ އޯގާތެރި ޚިދުމަތްތަކަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މިއަދު ޝުކުރު އަދާކުރައްވައިފިއެވެ. އެކަމަނާ މިކަމަށް ޝުކުރު އަދާކުރެއްވީ، މިއަދު ހެނދުނު ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި “ތަރޑް އިންޓަނޭޝަނަލް ޖޮއިންޓް ކޮންފަރެންސް ފޯރ ހެލްތްކެއަރ ޕްރޮފެޝަނަލްސް 2024” (އައި.ޖޭ.ސީ.އެޗް.ޕީ 2024) ރަސްމީކޮށް އިފްތިތާޙްކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. މި ރަސްމިއްޔާތުގައި ވާހަކަފ...
ޔުމްނާ ޢަލީ
ދުޅަހެޔޮ ރައްޔިތަކާ ނުލައި ޤައުމުތަކަށް އެ ޤައުމުތަކުގެ ފުރިހަމަ ޤާބިލުކަން ޙާޞިލުނުކުރެވޭނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މިއަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ މިއަދު ހެނދުނު ބޭއްވި “ތަރޑް އިންޓަނޭޝަނަލް ޖޮއިންޓް ކޮންފަރެންސް ފޯރ ހެލްތްކެއަރ ޕްރޮފެޝަނަލްސް 2026” (އައި.ޖޭ.ސީ.އެޗް.ޕީ 2026) ރަސްމީކޮށް އިފްތިތާޙްކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ، ޞިއްޙީ ޚިދުމަތުގެ...
ޔުމްނާ ޢަލީ
ހދ. އަތޮޅުގެ ހުރިހާ ކައުންސިލްތަކެއް އެކުވެގެން، އަތޮޅުގެ ތަރައްޤީއަށްޓަކައި ވަކި ބޯޑެއް އެކުލަވާލައިގެން މަސައްކަތް ކުރުމަކީ ޤާނޫނީ ގޮތުން ކުރެވިދާނެ ކަމެއް ނޫން ކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އަންގައިފިއެވެ. މި ނިންމުން ނިންމާފައިވަނީ ކުޅުދުއްފުށި ސިޓީގެ މޭޔަރާއި ހދ. އަތޮޅުގެ ރަށްރަށުގެ ކައުންސިލް ރައީސުންނާއެކު މި ޖުލައި މަހުގެ 2 ވަނަ ދުވަހު ބޭއްވި ބައްދަލުވުމެއްގައި، އަތޮޅުގެ ތަރައްޤީއަށް ގުޅިގެން މަސައްކަތް ކުރުމަށްޓަކައި ބޯޑެއް އުފެއްދުމަށް ނިންމުމާ ގުޅިގެންނެވެ. އެ ބައ...
އަލީ އާދިލް
މާލޭ ހުޅަނގު ބަނދަރު ފުޑް ކޯޓުތަކުގައި ޤަވާޢިދާ ޚިލާފަށް މަސައްކަތް ކުރަމުންދިޔަ 27 ބިދޭސީން މޯލްޑިވްސް އިމިޤްރޭޝަނުން އާދީއްތަ ދުވަހު ރޭ ހިންގި ހާއްސަ ރެއިޑް އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފިއެވެ. މި އޮޕަރޭޝަނަކީ ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރާއި އިމިޤްރޭޝަން ގުޅިގެން ކުރިއަށްގެންދާ މަސައްކަތްތަކުގެ ބައެކެވެ. އިމިގްރޭޝަނުން މައުލޫމާތު ދޭ ގޮތުގައި، ގިނަ އަދަދަކަށް ގަވާއިދާ ހިލާފަށް މަސައްކަތް ކުރާ ބިދޭސީން ހަރަކާތްތެރިވާކަމަށް ފާހަގަކުރެވިފައިވާ ހުޅަނގ...
ޔުމްނާ ޢަލީ
ހުޅުމާލޭގެ މަގުތަކުގައި ހިނގާބިނގާވެ އުޅޭ މީހުންނަށް ހާއްސަކޮށްފައިވާ ދުވާރުތަކުގައި އުޅަނދު ޕާކުކުރުން އިތުރުވަމުންދާތީ، އެފަދަ ސަރަހައްދުތަކުގައި އުޅަނދު ޕާކުނުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިރޭ އިލްތިމާސްކޮށްފިއެވެ. ފުލުހުން ބުނީ ހުޅުމާލޭގެ ދުވާރުތަކުގައި އުޅަނދު ޕާކުކުރުން އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށާއި، އެކަމުގެ ސަބަބުން ހިނގާބިނގާވެ އުޅޭ މީހުންނަށް ބޮޑެތި ދަތިތަކަކާ ކުރިމަތިވަމުންދާ ކަމަށެވެ. އެހެންކަމުން އެންމެހައި ފަރާތްތަކުން ވެސް ދުވާރުމަތީގައި އުޅަނދު ޕާކުނުކުރ...
ޔުމްނާ ޢަލީ
މާލޭގައި ހުންނަ ހާޑްވެއަރ ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލައި، އެ ފިހާރައިން ވައްކަންކުރި ދެ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ. މާލޭގެ ހިތަށްފިނިވާމަގުގައި ހުންނަ މި ފިހާރައިން ވައްކަން ކުރި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޏ. ފުވައްމުލައް، ދިގުވާނޑު، ފެއަރީ، އަޙްމަދު ނަޞްރު (46އ) އާއި ށ. ޅައިމަގު، ހިތަށްފިނިވާގެ، ފާރިސް ޢަލީ ޝަރީފް (35އ) އެވެ. ފުލުހުން ބުނި ގޮތުގައި، މި ދެމީހުން ހައްޔަރުކޮށްފައިވަނީ މި ޖުލައި މަހުގެ 4 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުންނެވެ. މި މަހުގެ […]
ޔުމްނާ ޢަލީ
މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، އެ ތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި، ހއ. މުރައިދޫން ދެ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނިގޮތުގައި މި މައްސަލައާ ގުޅިގެން 5 ޖުލައި 2026 ވަނަ ދުވަހުގެ ހެނދުނު 08:10 އެހައިކަންހާއިރު ވަނީ ދެމީހަކު ހައްޔަރުކޮށްފައެވެ. އެއީ، ހއ. މުރައިދޫ / ކިނާރާ، މުޙައްމަދު ޢާޝިރު (35އ) އާއި، އެ ރަށު ވެނީލާގެ، މުޙައްމަދު ޒައިން ޙަސަން (19އ) ކަމަށް ފުލުހުން ބުންޏެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ، މުރައިދޫގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ […]
އަލީ އާދިލް
ދިވެހިރާއްޖެއަށް މިހާރު ޒިޔާރަތްކުރައްވަމުން ގެންދަވާ ސަޢޫދީ ޢަރަބިއްޔާގެ ވަފުދެއް، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ސަޢޫދީ ޢަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަޙްޔާ ޙަސަން އަލްޤަޙްޠާނީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ރައީސް އޮފީހުން ބުނިގޮތުގައި، މި ބައްދަލުކުރެއްވުމުގައި ރައީސް މުޢިއްޒު ވަނީ މާތްވެގެންވާ ދެ ޙަރަމްފުޅުގެ ޚާދިމް، ސަޢޫ...
ޔުމްނާ ޢަލީ
މާލޭގެ ގ. ފުންފަޅު ގޭގެ ހަތަރުވަނަ ފަންގިފިލާގައި މިރޭ ހިނގި އަލިފާނުގެ ހާދިސާގައި ދުމުގެ އަސަރުކުރި މީހުންނަށް އައިޖީއެމްއެޗް ހޮސްޕިޓަލާއި، އޭޑީކޭ ހޮސްޕިޓަލްގައިވެސް ފަރުވާދެމުން އަންނަކަމަށް ފުލުހުން މިރޭ ބުނެފިއެވެ. މި ހާދިސާ ހިނގައިގެން ފުލުހުންނަށާއި، އެމްއެންޑީއެފަށް ވެސް ރިޕޯޓްކޮށްފައި ވަނީ 22:49 އެހައިކަންހާއިރު އެވެ. މި ރިޕޯޓާއި ގުޅިގެން ފުލުހުންނާއި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސަސްއިން ވަނީ އެތަނަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތާއި މީހުންނަށް ރައްކާތެރިކަން ހޯދައިދިނ...
ޔުމްނާ ޢަލީ
މާލޭގެ ގެއެއްގައި މިރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި ދުމުގެ އަސަރުކޮށްގެން ފަރުވާ ދިނުމަށް ބަޔަކު ހޮސްޕިޓަލަށް ގެންގޮސްފިއެވެ. މި ހާދިސާ ހިނގާފައިވަނީ ގ. ފުންފަޅު ގޭގެ ހަތަރުވަނަ ފަންގިފިލާގައެވެ. ފުލުހުން މައުލޫމާތު ދޭ ގޮތުގައި، މިރޭ 22:49 އެހައިކަންހާއިރު ރިޕޯޓްކުރި މި ހާދިސާގައި ރޯވި އަލިފާންގަނޑު މިހާރު ވަނީ އެއްކޮށް ކޮންޓްރޯލް ކުރެވިފައެވެ. އެމްއެންޑީއެފުން ބުނީ މި ހާދިސާގެ ރިޕޯޓް އެ އިދާރާއަށް ލިބިފައިވަނީ މިރޭ 22:49 ހާއިރު ކަމަށެވެ. މި ހާދިސާއާ ގުޅިގެން ބަޔަކު […]
ޔުމްނާ ޢަލީ
މާލޭގެ ގެއެއްގައި މިރޭ އަލިފާނުގެ ހާދިސާއެއް ހިނގައިގެން ފުލުހުންނާއި، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް އިން ހަރަކާތްތެރިވާން ފަށައިފިއެވެ. އެމްއެންޑީއެފުން މައުލޫމާތު ދީފައިވާ ގޮތުގައި އަލިފާނުގެ މި ހާދިސާ ހިނގާފައިވަނީ ގ. ފުންފަޅު ގޭގެ ހަތަރުވަނަ ފަންގިފިލާގައެވެ. މި ހާދިސާގެ ރިޕޯޓް ސިފައިންނަށް ލިބިފައިވަނީ މިރޭ 22:49 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ. ފުލުހުން ބުނިގޮތުގައި މި ހާދިސާގެ ރިޕޯޓް އެ އިދާރާ އަށް ލިބުނީ މިރޭ 22:49 އެހައިކަންހާއިރުއެވެ. މި ހާދިސާއާ ގުޅިގެން ނޭޝަނަލ...
ޔުމްނާ ޢަލީ
އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ ނޭޝަނަލް ކާޑިއެކް ސެންޓަރަށް 10 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމަށް މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ޝަރަފުވެރިކޮށްދެއްވައިފިއެވެ. މިއަދު ހެނދުނު ދަރުމަވަންތަ ހޮސްޕިޓަލުގައި އޮތް މި ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަޑައިގެންނެވުމުން އެކަމަނާއަށް މަރުޙަބާ ދެންނެވީ ހެލްތް މިނިސްޓަރު ގީލާ އަލީ އާއި މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ޗީފް އެގްޒެކެޓިވް އޮ...
ޔުމްނާ ޢަލީ