އައްޑޫ ސިޓީގެ ބިން ހިއްކުމުގެ މަޝްރޫއު ރައީސް އިބްރާހިމް މުހައްމަދު ސާލިހު، ފައްޓަވައިދެއްވައިފިއެވެ. މި މަޝްރޫއު އެމަނިކުފާނު ފައްޓަވައިދެއްވާފައިވަނީ މިކަމަށްޓަކައި އައްޑޫ ސިޓީގެ މަރަދޫގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މިއީ ނެދަލެންޑްސްގެ ކުންފުންޏެއް ކަމަށްވާ ވެން އޫޑް އާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. ފައިބެއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އެ ކުންފުންޏާ މި މަސައްކަތް ހަވާލުކުރީ 18 މަސް ދުވަހުގެ ތެރޭގައި ނިންމާގޮގަށެވެ. އަދި މި މަޝްރޫއުގައި އައްޑޫގައި 194.3 ހެކް...
މުޙައްމަދު އަފްރާޙް
ގދ. ތިނަދޫ ގެއެއްގެ ތެރޭގައި މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ. ނިޔާވެފައި އޮއްވާ ފެނިފައި ވަނީ ބިދޭސީ އެކެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ގދ. ތިނަދޫ ގެއެއްގެ ތެރޭގައި 48 އަހަރުގެ ބިދޭސީ ފިރިހެނަކު ނިޔާވެފައި އޮއްވާ ފެނިފައިވާ ކަމަށެވެ. މި މައްސަލަ ފުލުހަށް ރިޕޯޓު ކޮށްފައި ވަނީ މިއަދު މެންދުރު 13:30 ހާއިރު ކަމަށާއި އެކަމާއި ގުުޅިގެން ފުލުހުން، ސީންގައި ހަރަކާތްތެރިވަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ. އޭނާގެ ހަށިގަނޑުން އެއްވެސް ޒަހަމެއް ނޫނީ ޝައްކުކުރެވޭ […]
މުޙައްމަދު އަފްރާޙް
ސިނަމާލެ ބުރިޖުގައި ދުއްވާފައި ދިޔަ ކާރެއްގައި ރޯވެއްޖެއެވެ. އެމްއެންޑީއެފުން ވިދާޅުވީ، ސިނަމާލެ ބުރިޖުގައި ދުއްވާފައި ދިޔަ ކާރެއްގައި ރޯވެގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ހަރަކާތްތެރިވެފައިވާ ކަމަށެވެ. މި ކާރުގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން މިއަދު ހަވީރު، 16:20 ހާއިރު ނިއްވާލާފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ. ’’މިހާދިސާގައި އެކާރުގެ ކުރީކޮޅަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައި.’’ އެމްއެންޑީއެފުން ވިދާޅުވެފަވެއެވެ. މިހާ...
ޔުމްނާ ޢަލީ
ބަޔޮސްފިއަރ ރިޒާވްއަކަށް ވުމުގެ ބޭނުމަކީ. ތަރައްޤީ ހުއްޓުވުމެއް ނޫން ކަމަށާއި ދެމެހެއްޓެވިނިވި ތަރައްޤީގެ މިސާލު ދެއްކުން ކަމަށް ތިމާވެއްޓާއި ބެހޭ ވަޒީރު އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ ބ.އަތޮޅު ތަޢުލީމީ މަރުކަޒުގެ 2021-2022 ވަނަ އަހަރުގެ އިނާމް ދިނުމުގެ ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުންނެވެ. ޝައުނާ ވިދާޅުވީ ބ.އަތޮޅުގެ ކަނޑާއި ފަރުތަކަށް ލިބިފައި އޮތް ޤުދުރަތީ މުއްސަނދިކަން އެގޮތުގައި އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދެވޭވަރުގެ ދަރިވަރުންތަކެއް ބިނާވާން...
މުޙައްމަދު އަފްރާޙް
ރާއްޖޭގެ ބޮޑު ބަޔަކަށް ކަނޑާއި ވައި މިއަދު ވެސް ގަދަވާނެ ކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން އިލްތިމާސް ކޮށްފިއެވެ. އެ އިދާރާ އިން މިހެން ބުނެފައިވާ އިރު، ރާއްޖޭގެ ބައެއް ސަރަހައްދަަށް ވަނީ ހުދު ސަމާލު ވެސް ނެރެފައެވެ. އެގޮތުން ށ. އަތޮޅުން ފެށިގެން ގދ. އަތޮޅާއި ހަމައަށް ވަނީ ހުދު ސަމާލިު ނެރެފައެވެ. މި ސަމާލު ނެރެފައިވަނީ މިއަދު މެންދުރު 2:30 އަށެވެ. މި ހަފުތާ ބަންދުގައި ވެސް […]
މުޙައްމަދު އަފްރާޙް
ސޮނެވާ ނަމޫނާ އާއި ނ. އަތޮޅުގެ 6 ރަށެއްގެ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ގުޅިގެން “އަލުން ބަލުން” ރީސޭލް މާކެޓް ހުކުރު ދުވަހު ބާއްވައިފިއެވެ. ނ. އަތޮޅުގައި ފުރަތަމަ ފަހަރަށް ބޭއްވުނު މި މާކެޓް ފަށާފައިވަނީ މި ޕްރޮގްރާމްގައި ބައިވެރިވާ 6 ރަށް ކަމުގައިވާ މަގޫދޫ، ޅޮހި، ކުޑަފަރި، މާފަރު ލަންދޫ އަދި ހޮޅުދޫގައި އެއްފަހަރާއެވެ. ނ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ބަޝީރު ވިދާޅުވީ މި މާކެޓަކީ އެ އަތޮޅުގައި ދެމެހެއްޓެނެވި ގޮތެއްގައި ބޭއްވިގެންދާ […]
މުޙައްމަދު އަފްރާޙް
ތައުލީމު ހޯދަނީ ތަހުޒީބު ދިރިއުޅުމެއް އުޅެވޭތޯ ބެލުމަށް ކަމަށާއި އެބަދަލު ނުގެނެވޭ ކަމުގައިވާނަމަ ތައުލީމުގެ ބޭނުމެއް ނެތްކަމަށް މަތީ ތައުލީމާއި ބެހޭ ވަޒީރު ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ. މެޕްސް ކޮލެޖުގެ ގްރެޖުއޭޝަން ހަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ ތިމާގެ ސަބަބުން މުޖުތަމައަށް ހެޔޮ، ރަނގަޅު ބަދަލެއް ގެނައުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ. ދަސްވެނިވެގެން ނިކުންނައިރު ތިމާއާއި އެހެން މީހުންނާއި ތަފާތުވާންޖެހޭނެ ކަމަށާއި ތިމާ މަސައްކަތް ކުރާ މާހައުލުގައ...
މުޙައްމަދު އަފްރާޙް
މިއަހަރުގެ މިހައިތަނަށް އެންމެމަދުން ފަތުރުވެރިން ރާއްޖެ އައީ މޭ މަހު ކަމަށް ފަތުރުވެރިކަމާއިބެހޭ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. އެ ވުޒާރާގެ ތަފާސް ހިސާބުން ދައްކާގޮތުގައިި ހުސްވި މޭ މަހު ރާއްޖެއަށް އައިސްފައިވަނީ 120،960 ފަތުރުވެރިންނެވެ. މިއީ މި އަހަރުގެ ފުރަތަމަ 5 މަސްދުވަހަށް ބަލާއިރު ރާއްޖެއަށް އެންމެ މަދުން ފަތުރުވެރިން އައި މަހެވެ. މިއީ ފައިބެެއަހަރާއި އަޅާބަލާއިރު 4568 ފަތުރުވެރިންގެ ދަށްވުމެއް ކަމަށް ވެސް ތަފާސް ހިސާބުން ދައްކައެވެ. 2022 ވަނަ އަހަރުގެ މޭ މަހު ރާއްޖެއަށް […...
މުޙައްމަދު އަފްރާޙް
ވެރިކަމުގައި ހުންނެވުމުގެ މޯރަލް އޮތޯރިޓީ މިހާރު ރައީސް ސާލިހަށް ނެތް ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް، އަދި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ “ކަނޑު ވިއްކުމާ ދެކޮޅު” ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ނާޒިމް ވިދާޅުވީ، ރާއްޖެ މިނިވަންވިތާ 50 އަހަރު ވެގެން ދިޔައިރު، ރާއްޖޭގެ ކަނޑުން ސަރަހައްދެއް އޭރު ވެރިކަމުގައި ތިއްބެވި އެއްވެސް ބޭފުޅަކު ދޫކޮށް ނުލައްވާ ކަމަށާއި ނަމަވެސް މިއަދުގެ […]
މުޙައްމަދު އަފްރާޙް
ރައީސް އިބްރާހިމް މުހައްމަދު ސާލިހު އައްޑޫ ސިޓީއަށް މިއަދު ވަޑައިގަންނަވާ ގޮތަށް ހަަމަޖެހިއްޖެއެވެ. ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ، ރައީސްގެ މި ދަތުރުފުޅަކީ ރަސްމީ ދަތުރުފުޅެއް ކަމަށާއި މިއީ މިއަދުން ފެށިގެން މި މޭ މަހުގެ 5 ވަނަ ދުވަހާ ހަމައަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. މިދަތުރުފުޅުގައި އެ ސިޓީގެ ބިން ހިއްކުމުގެ މަޝްރޫއު ރަސްމީކޮށް އިފްތިތާހުކޮށް ދެއްވައި، ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއު ފައްޓަވައިދެއްވުމަށް ހަމަޖެހިފައިވާ ކަމަށް ވަނީ މައުލޫމ...
މުޙައްމަދު އަފްރާޙް
މާލެއިން ފުރައިގެން ދަތުރު ކުރަނިކޮށް މިރޭ އަލިފާން ރޯވި ހދ. މަކުނުދޫ ”ހޮރީޒިއާ 2” ބޯޓު މިހާރު އަޑިއަށް ގޮސްފައިވާއިރު، އެ ބޯޓުގެ ފަޅުވެރިން މާދަމާ ހެނދުނު މަކުނުދޫއަށް ގެނައުމަށް ހަމަޖެހިފައިވާކަމަށް އެރަށު ކައުންސިލުން ވިދާޅުވެއްޖެއެވެ. މި ބޯޓުގައި މިރޭ ރޯވީ ބ. އަތޮޅު ފޯސީޒަން ލަނޑާ ގިރާވަރު ރިސޯޓުގެ އުތުރުން 3 ނޯޓިކަލް މޭލު ބޭރުގައި އޮއްވައި މިރޭ 19:00 ހާއިރުއެވެ. މި ބޯޓުގައި ފުރަތަމަ ރޯވީ އިންޖީނު ރޫމްގެ ބެޓެރީއެއް ސްވިޗާއި ގުޅާފައިވާ ނަރުގައި […]
ޔުމްނާ ޢަލީ
ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭގޮތުން ނިންމި މައްސަލައިގެ ސަރުކާރުން ގެންގުޅުނު ސްޓޭންޑާ ދެކޮޅަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ އާއި އެހެން ބައެއް ސިޔާސީ ޕާޓީތަކާއި، ސިޔާސީ ފަރާތްތައް ހިމެނޭހެން މިރޭ ބާއްވާ ޖަލްސާގެ އެއްވެސް ބައިވެރިއަކު ގާނޫނާއި ހިލާފު އެއް ވެސް ޢަމަލެއް ނުހިންގުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ. އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކ...
ޔުމްނާ ޢަލީ
ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭގޮތުން ނިންމި މައްސަލައިގެ ސަރުކާރުން ގެންގުޅުނު ސްޓޭންޑާ ދެކޮޅަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ އާއި އެހެން ބައެއް ސިޔާސީ ޕާޓީތަކާއި، ސިޔާސީ ފަރާތްތައް ހިމެނޭހެން މިރޭ ބާއްވާ ޖަލްސާގައި އިދިކޮޅު ލީޑަރު، ކުރީގެ ރައީސްގެ ޢަބުދުﷲ ޔާމީން އަބުދުލް ޤައްޔޫމްގެ ތަގްރީރެއް ހިމަނައިފިއެވެ. އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭގޮތުން ނިންމ...
ޔުމްނާ ޢަލީ
އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭގޮތުން ނިންމި މައްސަލައިގެ ފުރިހަމަ ތަހްގީގެއް ހިންގަންޖެހޭކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ. މި މައްސަލައާއި ސަރުކާރުން ގެންގުޅުނު ސްޓޭންޑާ ދެކޮޅަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ އާއި އެހެން ބައެއް ސިޔާސީ ޕާޓީތަކާއި، ސިޔާސީ ފަރާތްތައް ހިމެނޭހެން ވަނީ އިއްތިހާދެއް އުފައްދާފައެވެ. އަދި މި އިއް...
ޔުމްނާ ޢަލީ
ސިޔާސީ ބައެއް ލީޑަރުން ކަންކުރާ ގޮތަކީ ރައްޔިތުން ލައްވާ ގޯސް ހަދާފައި މައިދާނުން ފިލުން ކަމަށް ދާޚިލީ ވަޒީރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން ޢަބުދުﷲ ވިދާޅުވެއްޖެއެވެ. އިމްރާން މިހެން ވިދާޅުވީ، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭގޮތުން ނިންމި މައްސަލައާއި ސަރުކާރުން ގެންގުޅުނު ސްޓޭންޑާ ދެކޮޅަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ އާއި އެހެން ބައެއް ސިޔާސީ ޕާޓީތަކާއި، ސިޔާސީ […]
ޔުމްނާ ޢަލީ