ދަ ޑިމޮކްރެޓިކްސްއަށް ވަންނަ މެމްބަރުންނަށް ބިރުދައްކާ ކަމަށް ބުނާ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި ދަ ޑިމޮކްރޭޓްސް ގެ މުއައްސިސް ހަސަލް ލަތީފުއެވެ. އޭނާ ހުށަހެޅުއްވި މައްސަލައިގާ ވަނީ އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހެޅި ފޯމުތަކުގައި ހުރި މައުލޫމާތު ސަރުކާރުން “ވަގަށް ހޯދައި” އެ މައުލޫމާތު ބޭނުންކޮށްގެން ފޯމު ހުށަހެޅި މީހުންނަށް ގުޅައި، ބިރު ދައްކަމުންދާ ކަމަށެވެ. އެގޮތުން ސްޓޫޑެންޓް ލޯނާއި ގޯތި...
މުޙައްމަދު އަފްރާޙް
އަމާޒަކީ ރާއްޖެއަކީ ސިންގަލް ޔޫސްޑް ޕްލާސްޓިކް އެއްގޮތަކަށްވެސް ބޭނުންނުކުރާ ޤައުމަކަށް ހެދުންކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ، ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ރޭ އަރިއަތޮޅު އުތުރުބުރީ އުކުޅަހުގައި ބޭއްވި ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، މި އަހަރުގެ ތިމާވެށީގެ ދުވަހުގެ ޝިޢާރަކީވެސް ޕްލާސްޓިކް ޕޮލިއުޝަނަށް ޙައްލު ހޯދުމާ ގުޅޭ ޝިޢާރެއް ކަމަށެވެ. އަދި ސިންގަލް ޔޫސްޑް ޕްލާސްޓިކްގެ...
ޔުމްނާ ޢަލީ
މުޅި ދުނިޔެއަށް ވެސް އަދި ދިވެހި ރާއްޖެއަށް ވެސް ތިމާވެށީގެ ގޮތުން ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކަލަކީ، ޕްލާސްޓިކްގެ އުފެއްދުންތަކުން ތިމާވެށްޓަށް ލިބޭ ތަޣައްޔަރުވުން ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ، ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާޞަބަތުގައި ފޮނުއްވި ޚިޠާބުގައެވެ. ރައީސްގެ ޚިޠާބުގައި ވިދާޅުވެފައިވާ ގޮތުގައި އިންސާނުން ދިރިއުޅެމުން އަންނަ ބިމުގެ ޤުދުރަތީ ސިފަތަކަށާއި އޭގެ މާޙައުލީ ނިޒާމަށް، އިންސާނީ ތާރީޚުގައި ވެސް ނުލިބޭ ފަދަ ގެ...
ޔުމްނާ ޢަލީ
ރައްޔިތުންގެ މަޖިލީހުގެ އޭދަފުށި ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަހްމަދު ސަލީމު (ރެޑްވޭވް ސަލީމު) ގެ އަމަލަކީ އަންހެން ބޭފުޅުންނަށް އިހުތިރާމުކުޑަ ކުރުމުގެ ދަށު ދަރަޖައިގެ އަމަލެއް ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ވިދާޅުވެއްޖެއެވެ. އެ އޮފީހުން މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ 2 ވަނަ ދައުރުގެ 8 ވަނަ ޖަލްސާ އަށް ބަންޑާރަނައިބުގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި އަންހެން ދެ ވަކީލުންގެ ގާބިލުކަމާއިމެދު ސުވާލު އުފައްދައި، އެބޭފުޅުންގެ ޖިންސަށް ނިސްބަތްކޮށް ފުރައްސާރައަ...
މުޙައްމަދު އަފްރާޙް
ބަންޑާރަނައިބު އިބްރާޙީމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލިހުގެ ރައީސް މިއަދު ކުރިޔަށް ގެންގޮސްފައިވަނީ މަޖިލިސް ގަވާއިދާ ޚިލާފަށް ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފިއެވެ. އެ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ޕީޖީގެ ފަރާތުން ވާހަކަ ދައްކަވަމުން، ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބުދުﷲ ޝަފީގު ވިދާޅުވީ ނަޝީދު، މަޖިލީހުގެ ތަޅުން (މަޖިލިސް ފްލޯ) މިއަދު ކުރިޔަށް ގެންދަވަން މަސައްކަތް ކުރައްވާފައިވަނީ ސުވާލާއި ޖަވާބު...
މުޙައްމަދު އަފްރާޙް
ޕާކިސްތާނުން އައި މީހެއްގެ ލަގެޖުން 10 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފިއެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނީ އޭނާގެ ލަގެޖުން 10.14 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށެވެ. އަދި އެއީ ވައިގެ މަގުން ރާއްޖެ އައި މީހެއް ކަމަށް ވެސް ބުނެއެވެ. މިތަކެތި އަތުލައިގަނެފައިވަނީ، މިއަދު ކަމަށާއި އެއީ ޕާކިސްތާންގެ ފައިސަލް އާބާދުންް ރާއްޖެ އައި އުމުރުން 25 އަހަރުގެ ފިރިހެނެއް ކަމަށް ވެސް ކަސްޓަމްސް އިން ބުނެއެވެ. ކަސްޓަމްސް އިން ބުނީ އެ ފަސިންޖަރަކާއި މެދު […]
މުޙައްމަދު އަފްރާޙް
ވައްކަމުގެ ތުހުމަތު ކުރެވުނު މީހެއްގެ އަތުން ފުލުހުން އަތުލި 25,000 ރުފިޔާ ހަތް އަހަރު ފަހުން އަނބުރާ އޭނާއާ ހަވާލުކުރަން ސިވިލް ކޯޓުން އަމުރުކޮށްފި އެވެ. އއ. މަތިވެރީ އިރަމާގޭ, އާދަމް ޝަރީފްގެ އަތުން 25,000 އަށް ވުރެ ގިނަ ރުފިޔާ ހިފައިގެން ދަނިކޮށް މަގުމަތިން އޭނާ ހުއްޓުވައި އެ ފައިސާ ފުލުހުން އަތުލާފައިވަނީ އެލްބިއަން ސްޓޯރުން އޭނާ ވައްކަން ކުރި ކަމަށް ތުހުމަތުކޮށެވެ. އެ މައްސަލާގައި އެ މީހާގެ މައްޗަށް ކުރި ވައްކަމުގެ ދައުވާ ސާބިތުނުވާ […]
ހުސައިން ހަބީބް
ކޯޕަރޭޓް ގަވަނަންސް ދާއިރާގައި ގުޅިގެން މަސައްކަތްކުރުމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އާއި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮޓޯރިޓީ (ސީއެމްޑީއޭ) އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ޕީސީބީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ރައީސް އާސިމް މުޙައްމަދެވެ. ސީއެމްޑީއޭގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކްޓިވް އޮފިސަރ މުޙައްމަދު ހުސައިން މަނިކުއެވެ. ސީއެމްޑީއޭގެ ސީއީއޯ މުޙައްމަދު ހުސައިން މަނިކު ވިދާޅުވީ ޕީސީބީގައި ވެސް...
މުޙައްމަދު އަފްރާޙް
ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް މިއަދު އުކުޅަހަށް ވަޑައިގަންނާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގެ ތަރުޖަމާނު މިޢުވާން މުޙައްމަދު ވިދާޅުވީ، ރައީސް މިއަދު މެންދުރުފަހުގެ ވަގުތެއްގައި އއ. އުކުޅަހަށް ރަސްމީ ދަތުފުޅެއް ކުރައްވާނެއެވެ. މި ދަތުރުފުޅަކީ ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އުކުޅަހުގައި އޮންނަ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ވެސް ތަރުޖަމާނު ވަނީ ވިދާޅުވެފައެވެ. ދުނިޔޭގެ ތިމާވެށީގެ ދުވަސް މި އަހަރު ގައުމީ ފެންވ...
ޔުމްނާ ޢަލީ
ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ސެމިނާއެއް މިއަދު ބާއްވައިފިއެވެ. ތިމާވެއްޓާބެހޭ ވުޒާރާއިން ވިދާޅުވިގޮތުގައި، ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ވަނީ ސެމިނާއެއް ބާއްވާފައެވެ. ”ޕްލާސްޓިކް ކުންޏަށް ހައްލެއް ގެންނަމާ!” މި ޝިޔާރުގެ ދަށުން ކުރިޔަށް ގެންދިޔަ މި ސެމިނާގައި ޕްލާސްޓިކް ކުނި މަދުކުރުމުގެ މަސައްކަތުގައި އެކި ގޮތްގޮތުން ހަރަކާތްތެރިވަމުންދާ ތިން ތަޖުރިބާކާރުން ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވެ ވަޑައިގެންނެވިކަމަށް ތިމާވެއްޓާބެހޭ ވުޒާރާއިން ވިދާޅުވެއެވެ...
ޔުމްނާ ޢަލީ
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އައްޑޫ ސިޓީއަށް ކުރެއްވި ރަސްމީ ދަތުރުފުޅު މިއަދު ނިންމަވާލައްވައިފިއެވެ. ރައީސްގެ އައްޑޫ ދަތުރުފުޅުގައި، އެ ސިޓީގައި ސަރުކާރުން ހިންގާ ބޮޑެތި މަޝްރޫޢުތަކެއް ވަނީ އިފްތިތާޙްކޮށްދެއްވާފައެވެ. އޭގެ ތެރޭގައި އައްޑޫ ސިޓީއަށް ބިން އިތުރުކުރުމުގެ ބިޔަ މަޝްރޫޢު އާއި ގަން އިންޓަރނޭޝަނަލް އެއަރޕޯޓް މަޝްރޫޢު ހިމެނެއެވެ. އައްޑޫ ސިޓީއަށް ބިން އިތުރުކުރުމުގެ ބިޔަ މަޝްރޫޢު ފައްޓަވައި ދެއްވުމަށްފަހު އެ މަޝްރޫޢުއާއި ގުޅޭގޮތުން ރައީސް ވިދާޅުވެފައި ވަނީ، އެއީ އައްޑޫ ސިޓީއަކީ ދ...
ޔުމްނާ ޢަލީ
ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް މޮރިޝަސްއަށް ފޮނުއްވިކަމަށް ބުނާ ސިޓީފުޅަކީ ދެކުނުގެ އީޒެޑްގެ މައްސަލައިގެ މައުޟޫއާއި އެއްވެސް ގުޅުމެއް ނެތް ސިޓީފުޅެއް ކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެއެވެ. ބަންޑާރަ ނައިބު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިހަށް މިހާރު ހުށަހެޅިފައިވާ ބަންޑާރަ ނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ރައްޔިތުންގެ މަޖިލިހަށް ޖަވާބުދާރީވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖެއާއި މޮރިޝަސްގެ ކަނޑުން ފުށުއަރާ ބައި “އިކުއި ޑިސްޓޭންސް”ގެ އުސޫލުން ބެހުމަށް އި...
މުޙައްމަދު އަފްރާޙް
ރާއްޖެ އާއި ސްރީލަންކާއާ ދެމެދު ބާއްވާ “މޯލްޑިވްސް – ސްރީލަންކާ ޖޮއިންޓް ކޮމިޝަން”ގެ 4 ވަނަ ސެޝަން މާދަމާ ފެށުމަށް ނިންމައިފިއެވެ. ރާއްޖޭގެ ފޮރިން މިނިސްޓްރީން ވިދާޅުވީ މި ސެޝަން ކުރިއަށްދާނީ ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯގައި މި ޖޫން މަހުގެ 6 އަދި 7 ގައި ކަމަށެވެ. މިޖޮއިންޓް ކޮމިޝަންގެ ރިޔާސަތު ބަލަހައްޓަވާނީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުﷲ ޝާހިދު އާއި ސްރީލަންކާގެ ޚާރިޖީ ވަޒީރު، ހިޒް އެކްސެލަންސީ އެމް.ޔޫ.އެމް. އަލީ […]
މުޙައްމަދު އަފްރާޙް
ވޭތުވެދިޔަ އަހަރެއްހައި ދުވަހު ކެޕޭސިޓީ ނެތިގެން ނުވަތަ އޯވާލޯޑު ވެގެން ކަރަންޓު ކަނޑައިލާފައި ނުވާނެ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓާ އަހްމަދު ޝަރީފް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ގްރޭޓާ މާލޭގެ އެމަރޖެންސީ ބެކަޕް ޕަވަރޕްލާންޓުގެ މަސައްކަތް ނިންމުމުގެ ރަސްމިއްޔާތުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ. ޝަރީފް ވިދާޅުވީ މިހާރު ކަރަންޓު ކެނޑި، ޚިދުމަތް ކެނޑޭ މައިގަނޑު ސަބަބަކީ މަގު ހެދުމުގެ މަސައްކަތުގައި ނުވަތަ އެނޫން ވެސް ކޮންމެވެސް މަސައްކަތެއްގެ ސަބަބުން ނެޓްވޯކަށް ނުވަތަ ކޭބ...
މުޙައްމަދު އަފްރާޙް
މުޖުތަމައުގެ ހަމަޖެހުމާއި ރައްކާތެރިކަން ލިބި ޤައުމުތަރައްގީ ވާނެ ފޯމިއުލާއަކީ ރައީސް ޞާލިޙްގެ ސަރުކާރަކަށް ދެވަނަ ދައުރެއް ދީގެން ކަމަށް ހޯމް މިނިސްޓްރު އިމްރާން އިމްރާން ޢަބުދުﷲ ވިދާޅުވެއްޖެއެވެ. މިހާރު މިހިންގާ ސަރުކާރުގެ މުހިންމު ބައިވެރިއެއް ކަމަށްވާ އަދާލަތު ޕާޓީ (އޭޕީ) ގެ ރައީސްގެ ގޮތުގައި ވެސް ހުންނެވި އިމްރާން މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. އިމްރާން މިއަދު ވިދާޅުވީ، މުޖުތަމައުގެ މަސްލަހަތާއި، ހަމަޖެހުމާއެކު ފަރުދުންގެ ރައްކާތެރިކަމަށް ކަށަވަރުކުރުމުގެ ގޮތުން ގައުމު ތަރަ...
ޔުމްނާ ޢަލީ