ފަލަސްތީނަށް ނަސްރުލިބުން އެދި އަޑުހަރުކޮށް ކިޔާ ނަމާދުތަކުގައި ގުނޫތުކިޔަން ނިންމައިފި
އިޒްރާއީލްގެ ޔަހޫދީންގެ ފަރާތުން ފަލަސްތީނުގެ މުސްލިމުންނަށް ލިބެމުންދާ އަނިޔާއިން ސަލާމަތް ކޮށްދެއްވުން އެދި އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގައި ގުނޫތު ކިޔުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ. މިކަމާއި ގުޅިގެން އެ މިނިސްޓްރީން މިއަދު ނެރުނު ސާކިއުލާއެއް މެދުވެރިކޮށް މިކަން ވަނީ މާލެ ސިޓީ ކައުންސިލާއި ލޯކަލް ގަވަމަންޓް އޮތޯރިޓީއަށާއި ސިޓީ ކައުންސިލްގެ އިދާރާތަކަށާއި އަތޮޅު ކައުންސިލް އިދާރާތަކުގެ އިތުރުން ރަށު ކައުންސިލް އިދާރާތަކަށް އަންގާފައެވެ. އެ މިނިސްޓްރީގެ ސާކިއުލާގައި ވަނީ އިސްރާއ...