ސަރުކާރަށް ފާޑުކިޔުމުގެ މިނިވަންކަން ތަންމިނަށް އޮންނާން ޖެހޭކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފިއެވެ. އެމްޑީޕީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ދިވެހިބަހުން ލިޔެ ޝާއިއުކުރާ ބައެއް ވެބްސައިޓުތަކާއި ނޫސްތައް މި ސަރުކާރުން އަންނަނީ ބުލޮކު ކުރަމުންނެވެ. އަދި އެކަން އެމްޑީޕީއިން ހަރު އަޑުން ކުށްވެރިކުރާކަމަށް އެ ޕާޓީން ބުނެފަވެއެވެ. މިނިވަންކަމާއެކު ފިކުރުކުރުމާއި، ޚިޔާލު ފާޅު ކުރުމަކީ ޤާނޫނުއަސާސީއިން ކޮންމެ ދިވެހި ރައްޔިތަކަށް ކަށަވަރު ކޮށްދީފައި އަސާސީ ހައްގެއްކަމަށާ...
ޔުމްނާ ޢަލީ
ދެ ވެބްސައިޓެއް ބްލޮކްކޮށްލުމަކީ އިންޓަނެޓް ސެންސަޝިޕްގެ ޢަމަލެއްކަމަށާއި، އެކަމާއި ކަންބޮޑުވާކަމަށް ދަ ޑިމޮކްރެޓްސްއިން ބުނެފިއެވެ. އެ ޕާޓީން ނެރުނު ނޫސް ބަޔާނުގައި ސަރުކާރުން ބްލޮކްކޮށްލިކަމަށް ފާހަގަކޮށްފައިވާ ދެ ވެބްސައިޓަކީ ކުރުސީ.ކޮމް އާއި ދިޔަވަރު.ކޮމް އެވެ. މިކަމާއިގުޅިގެން ޑިމޮކްރެޓްސްގެ ބަޔާނުގައި ބުނީ އެ ޕާޓީން އެކަމާއި އިންތިހާއަށް ކަންބޮޑުވެއެވެ. އަދި އެއީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ މިނިވަންކަމަށް ހުރަސްއެޅޭކަމެއް ކަމަށް ބުނެފަވެއެވެ. މީގެ އިތު...
ޔުމްނާ ޢަލީ
ރަޖިސްޓްރީކޮށްފައިވާ އެއްވެސް ނޫހަކަށް ސަރުކާރަކުން ފިޔަވަޅު އަޅާފައިނުވާނެ ކަމަށް ރައީސް އޮފީހުގެ އިސް ތަރުޖަމާނު މުހައްމަދު ޝަހީބް ވިދާޅުވެއްޖެއެވެ. އިސް ތަރުޖަމާނު މިހެން ވިދާޅުވީ، ވެބްސައިޓްތަކެއް ބްލޮކްކުރި މައްސަލާގައި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)އިން ނެރުނު ބަޔާނަކާއި ގުޅުވައެވެ. އިސް ތަރުޖަމާނު ޝަހީބު ވިދާޅުވީ، ރަޖިސްޓްރީކޮށްފައިވާ އެއްވެސް ނޫހަކަށް ސަރުކާރަކުން ފިޔަވަޅެއް ނާޅާ ކަމަށެވެ. އަދި ކޮންމެ ވެބްސައިޓަކީ ނޫހެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ. ”އެމްޖޭއޭ އިން ބަޔާނެ...
ޔުމްނާ ޢަލީ
ސަރުކާރަށް ފާޑުކިޔާ ވެބްސައިޓްތަކެއް ބްލޮކް ކުރުމުން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އާއި އެޑިޓާސް ގިލްޑް އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ. ސަރުކާރަށް ފާޑުކިޔާ ތިން ވެބްސައިޓަކަށް ނުވަދެވޭގޮތް މިހާތަނަށް ވަނީ ހަދާފައެވެ. އެތަނުން ދެ ނޫހަކީ ރަޖިސްޓަރީ ނުކޮށް ހިންގާ ކުރުސީ.ކޮމް އާއި ދިޔަވަރު.ކޮމް އެވެ. އަނެއް ނޫހަކީ ރަޖިސްޓަރީކޮށްގެން ހިންގާ ވެބްސައިޓެއްކަމަށްވާ ފުރަތަމަ.ކޮމް އެވެ. މި ވެބްސައިޓްތައް ބްލޮކްކުރުމުން އެމްއެމްސީން ބުނީ ރަޖި...
ޔުމްނާ ޢަލީ
ކުރީގެ ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ހިންގެވި ބިން ހިއްކުމުގެ މަޝްރޫޢުތަކާއި، މިހާރު ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ފައްޓަވާފައިވާ ބިންހިއްކުމުގެ މަޝްރޫޢުގެ ކަންކަން އަޅައިކިޔައިލީމައި ފައިދާ ބޮޑު ގޮތަށް އެކަން ކުރަނީ ކޮން ރައީސެއްކަން އެނގިގެންދާނެކަމަށް ރައީސްގެ ޚާއްޞަ މުޝީރު، އަބުދުއްރަޙީމް ޢަބުދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ. ރާއްޖޭގައި ހިންގާ ބިންހިއްކުމާއި ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު ”ރަސްމާލެ” ހިއްކުމުގެ މަޝްރޫޢު 18 ޑިސެމްބަރު 2023 ގައި ރައީސް ޑރ. މ...
ޔުމްނާ ޢަލީ
ޤާނޫނީ އިމުގެ ތެރެއިން ރާއްޖޭގައި ހިންގާ އެއްވެސް ނޫސް/މަޖައްލާއެއް ނުހުއްޓުވާނެކަމަށް ސަރުކާރުން ބުނެފިއެވެ. ރައީސް އޮފީހުގެ އިސް ތަރުޖަމާނު މުހައްމަދު ޝަހީބް ”އެކްސް”ގައި މިއަދު ވިދާޅުވީ، ގާނޫނާއި ގަވައިދުތަކުގެ ދަށުން ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ އެއްވެސް ނޫސް/މަޖައްލާއެއް ސަރުކާރުން ބަންދެއްވެސް އަދި ބްލޮކެއްވެސް ނުކުރާނެ އެވެ. ”ނޫސްވެރިކަމުގެ މިނިވަންކަން އޭގެ އެންމެ ފުޅާމިނުގައި ދެމެހެއްޓުން މި ސަރުކާރުން ކަށަވަރުކުރާނެ ކަމުގެ ޔަގީންކަން އަރުވަން.” ޝަހީބު ވިދާޅުވެފަވެއެވެ. ޝަހީބު މ...
ޔުމްނާ ޢަލީ
ދަ ޑިމޮކްރެޓިކްސްގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ)ގެ މަގާމަށް ޢަލީ ރައްޒާން، ބަނަފްސާގެ/ހއ. ދިއްދޫ، ހަމަޖައްސައިފިއެވެ. ޑިމޮކްރެޓިކްސްގެ ބައެއް މަގާމުތަކަށް މީހުން ހަމަޖައްސައި ޕާޓީގެ ރައީސް، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ފޮނުއްވާފައިވާ މެމޯއެއްގައިވާގޮތުން ރައްޒާން ވަނީ އެ ޕާޓީގެ އެސްޖީއަކަށް ހަމަޖައްސާފައެވެ. އެ ޕާޓީގެ ތަރުޖަމާނަކަށް ހަމަޖައްސާފައި ވަނީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) މ. އަފްޒާ/މާލެ އެވެ. އެ ޕާޓީގެ ކައުންސެލް ޖެނެރަލްގެ މަގާމަށް އަ...
ޔުމްނާ ޢަލީ
އިހި ނަގަން މޫދަށް ފޭބި ޒުވާނަކު ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް ސިފައިން ފަށައިފިއެވެ. އެމްއެންޑީއެފުން ބުނިގޮތުގައި ގެއްލިގެން ހޯދަމުން ދަނީ އުމުރުން 18 އަހަރުގެ ސ. މަރަދޫ/ކުރެދުމާގޭ، މުޙައްމަދު ނައީޝް އެވެ. އޭނާ އިހި ނަގަން މޫދަށް ފޭބީ އައްޑޫ ސިޓީ ގަމުގެ ދެކުނު ފަރާތަށް އިތުރު ދެ މީހުންނާއެކުގައިކަމަށް އެމްއެންޑީއެފުން ބުންޏެވެ. ނައީޝް ގެއްލުނުއިރު ލައިގެން ހުރީ އަތްދިގު ހުދު ކުލައިގެ ޓީޝާޓެއްކަމަށް އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ލިބިފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ. އެމްއެނ...
ޔުމްނާ ޢަލީ
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ވަޒީރު މުހައްމަދު ސައީދު ހިމެނޭހެން ސަރުކާރުގެ ވަފުދެއް ހއ. އަތޮޅަށް ދަތުރެއް ފަށައިފިއެވެ. ރައްޔިތުންގެ ހާލު ބެލުމަށް ހަފްތާ ބަންދުގައި ސަރުކާރުގެ ވަފުދުތައް ރާއްޖޭގެ ރަށްރަށަށް ދަތުރުތައް ފައްޓަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވަނީ ވިދާޅުވެފައެވެ. އެއާއެކު ސަރުކާރުގެ އިސް ވެރިން ހިމެނޭ ވަފުދުތައް މިއަދު ވަނީ ހަފުތާ ބަންދާ ދިމާކޮށް އަތޮޅު ތަކަށް ފުރާފައެވެ. މިގޮތުން ހއ. އަތޮޅަށް ދަތުރު ކުރާ ވަފުދު ލީޑު […]
ޔުމްނާ ޢަލީ
ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ލޯކަލް ކައުންސިލްތަކަށް ދޭ ކަންގަތި އެވޯޑްގައި ރާއްޖޭގެ އެއްވަނަ ކައުންސިލްގެ މަގާމު ޖެހިޖެހިގެން ތިންވަނަ ފަހަރަށް އއ. ބޮޑުފޮޅުދޫ ކައުންސިލަށް ލިބިއްޖެއެވެ. 2021، 2022 ވަނަ އަހަރު ވެސް އެ މަގާމު ހޯދައި، ލޯކަލް ކައުންސިލް ޕާފޯމެންސް އިންޑެކްސްއިން ގަދަހަމާންތީގެ 1 ވަނަ ދަރަޖަ ބޮޑުފޮޅުދޫ ކައުންސިލުން ދިފާއު ކުރިއިރު، 2022 ވަނަ އަހަރު އެއްވަނަ އަތޮޅު ކައުންސިލަކީ ފ. އަތޮޅު ކައުންސިލެވެ. 2021 ވަނަ އަހަރު އެއްވަނަ އަތޮޅު […]
ޔުމްނާ ޢަލީ
އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސައީދު، މަސްޖިދުއް ސުލްޠާން މުޙައްމަދު ތަކުރުފާނުލް ޢައުޠަމް (އިސްލާމީ މަރުކަޒު)ގައި މާދަމާ އިމާމްވެ ހުކުރުނާމު ކުރައްވާގޮތައް ހަމަޖެހިއްޖެއެވެ. މާދަމާގެ ޚުޠުބާގެ މައުޟޫ އަކީ ”ކުޑަކުދިންނަށް އަޅައިލުމާއި އޯގާތެރިވުން” އެވެ. ޝަހީމް އަކީ ހުކުރު ކުރެއްވުމުގެ އިތުރުން ތަރާވީސް ކުރެއްވުމާއި، ދީނީ ޝިއާރުޢިއްވައި، އުނގަންނަވައި ދެއްވަން މެދުނުކެނޑި ދިގު މުއްދަތެއްގައި ޚިދުމަތުގައި ހުންނެވި ވަރަށް ރީތިކޮށް ޤުރުއާން ވިދާޅުވާ ދިވެހި އިސ...
ޔުމްނާ ޢަލީ
ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ލޯކަލް ކައުންސިލްތަކަށް ދޭ ކަންގަތި އެވޯޑްގައި ތިންވަނަ އަށް އެންމެ ރަނގަޅު ކައުންސިލަކަށް ހއ. ތުރާކުނު ކައުންސިލް އަދި ށ. ނޫމަރާ ކައުންސިލަށް ކާންނާ އެވޯޑު ލިބިއްޖެއެވެ. މި އެ ވޯޑްތައް އެ ކައުންސިލަށް ދީފައި ވަނީ ރޭ މާލޭގެ ދަރުބާރުގޭގައި ބޭއްވި އެވޯޑު ދިނުމުގެ ރަސްމިއްޔާތުގައެވެ. މިގޮތުން ތުރާކުނު ކައުންސިލަށް ލިބިފައި ވަނީ 2021 ވަނަ އަހަރު، ލޯކަލް ކައުންސިލް ޕާފޯމަންސް އިންޑެކްސްއިން އެންމެ ރަނގަޅު ތިންވަނަ ކައުންސިލްގެ […]
ޔުމްނާ ޢަލީ
މާލެ ސިޓީ ކައުންސިލްގެ މޭޔަރަކަށް ހުންނެވި އިރުގައި މާލޭގެ ތަރައްގީ އަށް ކުރަން ރޭވި ގިނަ މަޝްރޫއުތަކެއް ވަރަށް އަވަހަށް ފެށިގެންދާނެ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ. ކަންގަތި އެވޯޑް ދިނުމަށް ދަރުބާރުގޭގައި ބޭއްވި ހަފްލާގައި ރައީސް ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ މޭޔަރަކަށް ހުންނެވި އިރު ރައްޔިތުންނަށް ކޮށްދޭން އުޅުއްވި މުހިންމު ބޮޑެތި ގިނަ ކަންތައްތަކެއް އޭރު އޮތީ ހުއްޓުވާފައި ކަމަށެވެ. އޭރު މާލޭގެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމަށާއި ލޯކަލް […]
މުޙައްމަދު
ރައްޔިތުންގެ ހާލު ބެލުމަށް ހަފްތާ ބަންދުގައި ސަރުކާރުގެ ވަފުދުތައް ރާއްޖޭގެ ރަށްރަށަށް ދަތުރުތައް ފައްޓަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މުއިއްޒު މިހެން ވިދާޅުވީ ދަރުބާރުގޭގައި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ރޭ ބޭއްވި “ކަންގަތި އެވޯޑް 2023” ދިނުމުގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ އެމަނިކުފާނު މަސައްކަތްޕުޅު ކުރައްވާނީ ރައްޔިތުންގެ އަޑުއަހައިގެން ކަމަށާއި ދިވެހި އާއިލާގެ ހުރިހާ އެންމެން އެމަނިކުފާނަށް ވާނީ ހަމަހަމަ ކަމަށެވ...
މުޙައްމަދު
ވިލިމާލެ ބާބަކިއު ސަރަހައްދާ ދިމާ މޫދުގައި އަންހެނަކު ގެނބެމުން ދަނިކޮށް ސަލާމަތްކޮށް ފަރުވާދެމުން އެބަދެއެވެ. ފުލުހުން މިއަދު ބުނީ ވިލިމާލެ ބާބަކިއު ސަރަހައްދާ ދިމާ މޫދުގައި އަންހެނަކު ގެނބެމުންދާ ކަމަށް ރޭ 00:31 ހާއިރު ފުލުހަށް ރިޕޯޓުކޮށްފައިވާކަމަށެވެ. އެ ރިޕޯޓާއި ގުޅިގެން ފުލުހުން އެތަނަށް ގޮސް އެ އަންހެންމީހާ ސަލާމަތްކޮށްގެން ވިލިމާލެ ހޮސްޕިޓަލަށް ވަނީ ގެންގޮސްދީފައެވެ. އެއީ އުމުރުން 32 އަހަރުގެ އަންހެނެކެވެ. ”އޭނާ އަށް ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާދިނުމަށްފަހު މިހާރު ވަނީ އައިޖީއެމްއެޗަށް...
ޔުމްނާ ޢަލީ