ހުޅުމާލެއިން ބަނގުރަލާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ދަތުުރުކުރި ކާރެއް މަޑުކުރަން އެއާޕޯޓު ޕޮލިހުން އެންގުމުން މަޑުނުކޮށް ދިއުމުން އެކާރު ހޯދުމަށް އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. މި އޮޕަރޭޝަން ހިންގާފައި ވަނީ، ހުޅުމާލެ ފޭސް 1 ގެ ޕޮލިސް ސްޓޭޝަނާއި އެއާޕޯޓު ޕޮލިސް ގުޅިގެންނެވެ. މިދިޔަ ބުރާސްފަތި ދުވަހު ހިންގި މި އޮޕަރޭޝަންގައި އެ ކާރު ހުއްޓުވީ، ހުޅުމާލެ ފޭސް 1 ރީތިގަސްމަގުން ކަމަށް ފުލުހުން ބުނެއެވެ. އެ ކާރު ހުއްޓުވައި […]
ޔުމްނާ ޢަލީ
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ޔޫތު މިނިސްޓްރީ އާއި ސްޕޯޓްސް މިނިސްޓްރީ ވަކިކޮށް، ސާމާނުތައް ބަހާލި އިރު، ކޮމްޕިއުޓަރުތަކަކާއި ޓީވީއެއް ގެއްލުނު މައްސަލައެއް ފެންމަތިވެ، އެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ. ގެއްލުނު ސާމާނުތަކުގެ ތެރޭގައި ހަ މޮނިޓަރާއި ދެ ސީޕީޔޫ އަދި 65 އިންޗީގެ ޓީވީއެއް ހިމެނެ އެވެ. އެ ތަކެތި ގެއްލުނުކަން ފުލުހުންނަށް ހުށަހެޅީ ސްޕޯޓްސް މިނިސްޓްރީންނެވެ. ފުލުހުން ބުނީ އެ މިނިސްޓްރީގެ މުދާތަކެއް ގެއްލިފައިވާ މައްސަލަ މިދިޔަ ބުދަ ދުވަހު ފުލުހަށް […]
މުޙައްމަދު
ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކުރިއަށްދާ މަގު ހެދުމުގެ މަޝްރޫއުތަކުގެ ތެރެއިން މާލޭގެ އަމީނީ މަގު ހިމެނޭ ހެން ހުއްޓިފައި އޮތް ރަށް ރަށުގެ މަގު ހެދުމުގެ މަސައްކަތް ރޯޑް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އިން އަލުން ފަށައިފިއެވެ. އާރުޑީސީން އިއްޔެ ބުނީ އެ ކުންފުންޏާ ހަވާލުކުރި މަޝްރޫއުގެ ތެރެއިން މަސައްކަތް ހުއްޓި ގިނަ ދުވަސްތަކެއްވީ 17 ރަށުގެ މަގު ހެދުމުގެ މަސައްކަތް އަލުން ފަށާފައިވާ ކަމަށެވެ. މަގު ހެދުމުގެ މަސައްކަތް އަލުން ފެށި ރަށްތަކުގެ ތެރޭގައި ހިމެނެނީ އަމީނީ […]
މުޙައްމަދު
ކ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ނިމާލު މިއަދު އިސްތިއުފާ ދެއްވައިފިއެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރެއްވެވި ނިމާލް ފޮނުއްވި ސިޓީގައި ވިދާޅުވީ ކ. އަތޮޅު ކައުންސިލްގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވަނީ ދިރިއުޅުމުގެ ކަންކަން މިވަގުތު ހުރި ގޮތުން ރަށުން ބޭރުގައި ވަޒީފާ އަދާކުރަން ގޮންޖެހުންތަކެއް ހުރުމުން ކަމަށެވެ. ލާމަރުކަޒީ ގާނޫނުގެ ދަށުން 2021 ވަނަ އަހަރު ބޭއްވުނު ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ އަތޮޅު […]
މުޙައްމަދު
ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން 2022 ވަނަ އަހަރުގެ ލޯކަލް ކައުންސިލްތަކުގެ ޕާފޯމަންސް ރޭންކިން ޢާންމުކޮށްފިއެވެ. މި ރޭންކިންގައި އެއް ވަނަ ހޯދާފައި ވަނީ ފ. އަތޮޅު ކައުންސިލެވެ. ދެ ވަނަ ބ. އަތޮޅު ކައުންސިލް ހޯދާފައިވާއިރު، ތިން ވަނަ ލިބުނީ ލ. އަތޮޅު ކައުންސިލަށެވެ. މިރޭންކިންގައި ޖުމްލަ 18 އަތޮޅުގެ ތެރެއިން އެންމެ އުތުރުގެ ތިން އަތޮޅު ކައުންސިލްތައް ހޯދާފައިވާ ދަރަޖަތަކަށް ބަލާއިރު އެންމެ ކުރި ހޯދާފައި ވަނީ، އެ އަހަރު 4 ވަނަ […]
އަލީ އާދިލް
އދ. ދިގުރަށު ކުނި ގޮނޑުން ވިހެއުމަށްފަހު ކޮތަޅަކަށް ލައި އެއްލާލާފައި އޮއްވާ ފެނުނު ތުއްތު ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްފަހު ރާއްޖެ ގެނެސްފި އެވެ. ފުލުހުން ބުނި ގޮތުގައި ޕޯސްޓްމޯޓަމް ހެދުމަށްފަހު ކުއްޖާގެ ހަށިގަނޑު ވަނީ މިމަހުގެ 22 ވަނަ ދުވަހު މާލެ ގެނެސްފައެވެ. ޕޯސްޓްމޯޓަމް ހެދުމަށް ކުއްޖާގެ ހަށިގަނޑު އިންޑިއާއަށް ފޮނުވާފައި ވަނީ މިމަހުގެ 15 ވަނަ ދުވަހު އެވެ. ވިހެއުމަށްފަހު ކޮތަޅަކަށް ލައި އެއްލާލާފައި އޮތް ތުއްތު ކުއްޖަކު އދ. ދިގުރަށު ކުނި ގޮނޑުން […]
ޔުމްނާ ޢަލީ
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އައްޑޫ ސިޓީގައި އިހި ނަގަން އުޅެނިކޮށް ގެއްލުނު މުހައްމަދު ނައީޝް ނަސްރު ހޯދުމަށް ބޮޑު ސަރަހައްދެއް ބަލައިފިއެވެ. އުމުރުން 18 އަހަރުގެ ނާއިޝް ގެއްލިފައި ވަނީ އިތުރު ދެ ރަހުމަތްތެރިންނާއެކު ސ. ގަމުގެ ފުއްޓަރު ފަރާތު މޫދަށް އިހި ނަގަން ފައިބައިގެން އުޅެނިކޮށެވެ. ނާއިޝް ހޯދުމުގެ މަސައްކަތް ހުއްޓައިނުލާ ކުރިއަށް ގެންދާއިރު، އެމްއެންޑީއެފުން ރޭ 11:37 ގައި ބުނީ، އައްޑޫ ސިޓީގައި މޫދަށް ފޭބިފަހުން ގެއްލިގެން ހޯދަމުންދާ މުޙައްމަދު ނައީޝް ހޯދުމަށް […]
ޔުމްނާ ޢަލީ
މި ސަރުކާރު ކުރިއަށް ދާނީ ރައްޔިތުން އެދޭ ސްޕީޑްގައި ބާރަށް ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. ސައީދު މިހެން ވިދާޅުވީ، ރައްޔިތުންގެ ހާލު ބެލުމަށް ހަފްތާ ބަންދުގައި ސަރުކާރުގެ ވަފުދުތައް ރާއްޖޭގެ ރަށްރަށަށް ކުރާ ދަތުރުތަކުގެ ތެރެއިން ހއ. އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރު ނިންމަވާލެއްވުމަށްފަހު ”އެކްސް”ގައި ކުރެއްވި ޕޯސްޓެއްގައެވެ. ސައީދު އާއި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ބައެއް ވެރިން ހިމެނޭ ޓީމު ވަނީ ހަފުތާ […]
ޔުމްނާ ޢަލީ
އިސްރާއީލާއި ފަލަސްތީނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައި ތިބި ޣައްޒާގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށް ދިނުމަށް ގޮވާލައި އދ. ގެ ސެކިއުރިޓީ ކައުންސިލުން ފާސްކުރި ގަރާ އެއްގޮތަށް ކުރިއަށް ދެވޭނީ ހަމަލާތައް ހުއްޓުވައިގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން އދ. ގެ ސެކިއުރިޓީ ކައުންސިލަށް ހުށަހެޅި ގަރާރު ފާސްކޮށްފައި ވަނީ 13 ގައުމެއްގެ ވޯޓާ އެކުގައެވެ. މި ގަރާރަށް ވޯޓަށް އެހުމުން އެމެރިކާ […]
މުޙައްމަދު
އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓެއް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ އަށް ވާދަކުރުމަށް ދިން މުއްދަތު އިތުރުކޮށްފައިވާ ކަމަށް އެ ޕާޓީން މިއަދު ބުނެފިއެވެ. އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގައި ވާދަ ކުރުމުގެ ފުރުސަތު ހުޅުވާލީ މި މަހުގެ 16 ގައެވެ. އަދި ޕްރައިމަރީގައި ވާދަ ކުރުމުގެ ފުރުސަތު އޮތީ އަންނަ ހޯމަ ދުވަހުގެ ހަވީރު 4:00 އާ ހަމައަށެވެ. އެކަމަކު، އެ ޕާޓީން މިހާރު ވަނީ ޕްރައިމަރީ […]
މުޙައްމަދު
ސްކޫލްތަކުގެ ދެވަނަ ޓާމްގެ ކިޔެވުން ފެށުމުގެ ކުރިން އަމީނީ މަގުގެ މަސައްކަތް ނިންމާލުމަކީ އުންމީދެއް ކަމުގައި ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެއެވެ. އަމީނީ މަގުގެ ބާކީ ހުރި ދެ ސެގްމަންޓްގެ މަސައްކަތް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ބެލުމުގެ ދަށުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފެށީ މި މަހުގެ 9 ގައެވެ. އެއީ ހައުސިން މިނިސްޓްރީގެ ކަންމަތިން ފެށިގެން ހުޅަނގަށް އޮންނަ ސަރަހައްދެވެ. އެ ސަރަހައްދަކީ ވަރަށް ކާރޫބާރު ބޮޑު ސަ...
މުޙައްމަދު
ކުޅުދުއްފުށި ސިޓީގައި އަލަށް ތަރައްގީކުރި މަސް މާރުކޭޓު ހުޅުވައިފިއެވެ. މި ތަން ހުޅުވީ އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ތަން ހުޅުއްވައިދެއްވީ ކުރީގެ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން އެންޑް ހައުސިން އިންފްރާސްޓްރަކްޗާގެ ކުރީގެ ސީނީއަރ އެގްޒެކްޓިވް ޑިރެކްޓަރު، ކުޅުދުއްފުށީ ކައުންސިލްގެ ކުރީގެ ރައީސްކަން ކުރައްވާފައިވާ އަލީ މުހަންމަދެވެ. މިތަން ހުޅުވިގެން ދިއުމާއި ގުޅިގެން ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވީ، މި މަސް މާރުކޭޓްގެ ޚިދުމަތާއިއެކު މަސްވެރިން ދޯ...
ޔުމްނާ ޢަލީ
ހުޅުމާލެއިން ބިދޭސީއަކު ފައިލޭރިއާ އަށް ޕޮޒިޓިވް ވެއްޖެއެވެ. ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ މި ޑިސެމްބަރު 22 ވަނަ ދުވަހު ހުޅުމާލޭގައި ކުރިއަށް ގެންދިޔަ މައިގްރޭންޓް ފެއާގައި ޓެސްޓްކުރި 13 ބިދޭސީންކުރެ އެކަކު ފައިލޭރިއާ އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަނެއް 12 ބިދޭސީން ނެގެޓިވްވެފައިވާއިރު، ޕޮޒިޓިވްވި މީހާއަށް ބޭސް ދީފައިވާ ކަމަށް އެތަނުން ބުންޏެވެ. ހުޅުމާލެއިން ބިދޭސީއަކު ފައިލޭރިއާ އަށް ޕޮޒިޓިވްވިއިރު، ދުނިޔޭގެ އޭޑްސް ދުވަހާއި ގުޅުވައިގެން ޑިސެމްބަރު 1 އިން 2 […]
ޙުސައިން ޝަހުދީ
ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް، ރިޕަބްލިކް އޮފް މޮންޓެނީގްރޯއަށް މިއަދު ފުރާވަޑައިގަންނަވައިފިއެވެ. ދެކުނު ޔޫރަޕްގެ ޤައުމެއްކަމަށްވާ މޮންޓެނީގްރޯއަށް ނައިބު ރައީސް މިއަދު ފެއްޓެވި މި ދަތުރުފުޅަކީ ރަސްމީ ދަތުރުފުޅެއްކަމަށް ރައީސް އޮފީހުން ބުނެއެވެ. ނައިބު ރައީސްގެ މި ދަތުރުފުޅުގައި، މޮންޓެނީގްރޯގެ ޑަނިލޮވްގްރަޑްގައި ބާއްވާ ތިންވަނަ ކޮންގްރެސް އޮފް ޑިމޮކްރެޓިކް މޮންޓެނީގްރޯގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ. މި ކޮންގްރެސްގައި ނައިބު ރައީސް ވާހަކަފުޅުދައްކަވަނ...
ޔުމްނާ ޢަލީ
ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުގެ ވަޒީރުންނަކީ ބޮޑާކަމެއްނެތް މުރާލި ވަޒީރުންތަކެއްކަމަށް ހުޅުމާލެ ދާއިރާގެ ކައުންސިލަރު އަދި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާޙީމް ޝުޖާއު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ ހާލު ބެލުމަށް ހަފްތާ ބަންދުގައި ސަރުކާރުގެ ވަފުދުތައް ރާއްޖޭގެ ރަށްރަށަށް ދަތުރުތައް ފައްޓަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ބުދަ ދުވަހުގެރޭ ޢިއުލާންކުރެއްވުމާއެކު މި ހަފުތާ ބަންދުގައި ސަރުކާރުގެ ވަޒީރުން ހިމެނޭހެން ސަރުކާރުގެ އިސްވެރިންގެ ވަފުދުތައް ވަނީ އަތޮޅުތަކަށް ފެތުރ...
ޔުމްނާ ޢަލީ