މި ސަރުކާރުގެ އަމާޒަކީ ފަތުރުވެރިކަމަށް ދޫކޮށްފައި ހުރި ރަށްތަކުގެ ތެރެއިން ނުހެދި ހުރި ރަށްތަކުގެ %50 ރަށްތައް މާކެޓަށް ނެރުންކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހިމް ފައިސަލް މިރޭ ވިދާޅުވެއްޖެއެވެ. ވަޒީރު ފައިސަލް މިހެން ވިދާޅުވީ، ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)އިން ރޭ ގެނެސްދިން ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ. ވަޒީރުގެ ވާހަކާގައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރާއްޖޭން ބޭރުގެ ޤައުމުތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުތަކުގައި ކުރައްވާ މަސައްކަ...
ޔުމްނާ ޢަލީ
މުޅި ރާއްޖެ އަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ނެރުނު ސަމާލުގެ މެސެޖުގައި ވަނީ މުޅި ރާއްޖެއަށް ވެސް ބޯކޮށް ވާރޭ ވެހި، ގުގުރާނެ ކަމަށް ލަފާކޮށްފައެވެ. މީގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ޖެހޭނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ. މި ސަމާލުގެ ވަގުތު 13:30 އާއި ހަމަ އަށް ވަނީ ދީފައެވެ. މީގެ އިތުރުން މެޓުން ވަނީ ނ. […]
ޔުމްނާ ޢަލީ
މޫސުން ތަންނުދޭތީ ސަރުކާރުން ހުޅުމާލޭގައި މިއަދު ބާއްވަން އުޅުނު ކުޑަކުދިންގެ ހަވީރު ކެންސަލްކޮށްފިއެވެ. ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ބާއްވަން އުޅުނު މި ކުޑަކުދިންގެ ހަވީރު ބާއްވަން ނިންމީ މިއަދު 16:00 އިން 18:00 އަށެވެ. މި ހަވީރުގައި ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ދެ ކަނބަލުން ވެސް ބައިވެރިވެވަޑައިގަންނަވަން އޮތީ ހަމަޖެހިފައެވެ، ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ބުނީ، މޫސުން ގޯސް ވުމުގެ ސަބަބުން އެ ވުޒާރާގެ ފަރާތުން މިއަދު ހަވީ...
ޔުމްނާ ޢަލީ
ދިވެހި ރައްޔިތުން، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މަޖިލީހުގެ ފުރިހަމަ މެޖޯރިޓީ ސަރުކާރަށް ދޭނެ ކަމަށާއި، އޭރުން ރާއްޖެއާ މެދު އިންވެސްޓަރުންގެ އިތުބާރު ބޮޑުވެ އިތުރު އިންވެސްޓްމަންޓްތައް ލިބޭނެކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހިމް ފައިސަލް މިރޭ ވިދާޅުވެއްޖެއެވެ. ވަޒީރު ފައިސަލް މިހެން ވިދާޅުވީ، ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)އިން މިރޭ ގެނެސްދިން ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ. ރާއްޖޭގަައި ފަތުރުވެރިކަން ތަރައްގީކުރަން ދޫކޮށ...
ޔުމްނާ ޢަލީ
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ 22 ވަޒީރުންނަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީން ދެ ވަނަ ފަހަރަށް ފާސްކޮށްފިއެެވެ. އެ ކޮމިޓީ ބައްދަލުވުމުގައި 22 ވަޒީރުންނަށް ރުހުން ދޭން ފެންނަ ކަމަށް ވޯޓު ދެއްވީ ފަސް މެމްބަރެކެވެ. އެއީ ތިމަރަފުށީ ދާއިރާގެ އެމްއެންޕީ މެމްބަރު އިބްރާހިމް ރިޔާޒާއި ތުލުސްދޫ ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހިމް ނަސީމާއި މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) އާއި […]
މުޙައްމަދު
މެންބަރު ކޮޅު ބަދަލު ކުރުމަކީ ޕާޓީއަށާއި ހޮވި ރައްޔިތުންނަށް ވެސް ދެވުނު ދެރައެއްކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މިއަދު ބުނެފިއެވެ. އެ ޕާޓީގެ ޕާލަމެންޓަރީ ގްރޫޕްގެ ފަރާތުން މިއަދު މެންދުރުފަހު މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހުޅުމާލޭ ދާއިރާގެ މެންބަރު ޢަލީ ނިޔާޒު (ނިޔާ) ވިދާޅުވީ، އެއްވެސް މެންބަރެއް ޕާޓީން ވަކިވުމަކީ ލިބޭ ވަރަށް ބޮޑު ދެރައެއް ކަމަށެވެ. ކޮންމެ މެންބަރަކީ ވެސް ޕާޓީއަށް މުހިންމު މެންބަރެއް ކަމަށް ވެސް ނިޔާ ވިދާޅުވިއެވެ. […]
ޔުމްނާ ޢަލީ
“ރެސްކިއު ޑައިވަރ” ފެންވަރަށް މަސްވެރިން ތަމްރީން ކުރުމަށް ޑައިވް ޓްރެއިނިންގް ހިންގާނެ ޑައިވް އިންސްޓްރަކްޓަރުން ހޯދުމަށް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓްރީން މިއަދު އިއުލާންކޮށްފިއެވެ. ފިޝަރީޒް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނީ ޑައިވް ކުރުމުގެ ތެރޭގައި މަސްވެރިންނަށް ކުރިމަތިވާ ހާދިސާތައް މަދު ކުރުމުގެ މަގްސަދުގައި ރާއްޖޭގައި މަސްވެރިކަން ކުރާ ކޮންމެ އުޅަނދެއްގައި ހަރަކާތްތެރިވާ ފަޅުވެރިންގެ ތެރެއިން މަދުވެގެން އެއް ފަޅުވެރިއަކީ “ރެސްކިއު ޑައިވް” ފެންވަރުގެ ސަނަދެއް ހާސިލްކޮށްފައ...
މުޙައްމަދު
ރ. އިނގުރައިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް މުހައްމަދު ރަޝާދުގެ ސައިކަލު ރޯކޮށް އަންދާލައިފިއެވެ. ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހުގެރޭ އިނގުރައިދޫގައި ސައިކަލެއްގައި ރޯކޮށްލި ކަމުގެ ރިޕޯޓު ލިބުމާ ގުޅިގެން އެކަން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް މި މައްސަލައިގައި މިހާތަނަށް އައިއިރު އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. މި ސައިކަލް ރޯކޮށްލި މައްސަލައިގައި ފަނޑިޔާރުންގެ ޖަމިއްޔާ އިން ވަނީ ކުށްވެރިކޮށްފައެވެ. އެ ޖަމިއްޔާ އިން ނެރުނު ބަ...
މުޙައްމަދު
މަދިރިން ރައްކާތެރިވުމަށް ހިންގާ މުޅި ރާއްޖެ ސާފުކުރުމުގެ ބޮޑު ހަރަކާތް ފަށައިފިއެވެ. މި ހަރަކާތަކީ، ސިއްހަތާބެހޭ ވުޒާރާ އާއި ސަރުކާރުގެ އެހެން ހުރިހާ ވުޒާރާތަކާއި، ކުންފުނިތަކާއި އަމިއްލަ ޖަމިއްޔާތައް ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ. މަދިރިން ރައްކާތެރިވުމަށް މުޅި ރާއްޖޭގައި ސާފުކުރުމުގެ ކެމްޕެއިނެއްގެ ގޮތުގައި ‘’މުޅި ރާއްޖެ ސާފުކުރުމުގެ ޤައުމީ ހަރަކާތް’’ ނަމުގައި ފެށި މި ހަރަކާތް ފައްޓަވާ ވަނީ މިއަދު ހެނދު މާލޭ ސިޓީ ކައުންސިލްގެ އާންމު ޚިދުމަތްތަކާބެހޭ ބައިގެ ކައިރީ ބޭއްވި ރަސްމިއްޔާތެއް...
ޔުމްނާ ޢަލީ
ހދ. ކުޅުދުއްފުށި ސިޓީގެ އެއާޕޯޓުން ފުރަން ދިޔަ މީހެއްގެ ދަބަހުން ވަޒަނެއް ފެނުނުކަމަށް ބުނާ މައްސަލަ ސަލާމަތީބާރުތަކުން ތަހުގީގު ކުރަން ފަށައިފިއެވެ. ފުލުހުން މިރޭ ބުނީ، ކުޅުދުއްފުށި އެއާޕޯޓަށް ފުރަން ދިޔަ އަންހެނެއްގެ ދަބަހުން ވަޒަނެއް ފެނުނުކަމަށް ބުނެ މައްސަލަ އެ އިދާރާއަށް ރިޕޯޓެއް ލިބިފައިވާ ކަމަށެވެ. މިއަދު ހަވީރު ލިބުނު މި ރިޕޯޓާއި ގުޅިގެން އެކަމަށް އެޓެންޑްވެފައިވާ ކަމަށް ފުލުހުން ބުނެއެވެ. ‘’ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން މި މައްސަލަ ދަނީ ތަހުގީގު ކުރަމުން’’ ފުލުހުން ބުނެފަވެއެވެ....
ޔުމްނާ ޢަލީ
އާ އަހަރު ފާހަގަކުރުމަށް ބާއްވަން ނިންމި ފެސްޓިވަލް ފަސްކޮށްފިއެވެ. ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ބުނީ، އާ އަހަރު ފެށުމުގެ މުނާސަބަތުގައި ދިވެހީންނަށް ޚާއްޞަކޮށް ބޭއްވުމަށް ހަމަޖެހިފައިވާ ފެސްޓިވަލް “ދިވެހީންގެ ރާއްޖެ ފެސްޓިވަލް2024’’ ފަސްކޮށްފައިވާ ކަމަށެވެ. މި ފެސްޓިވަލް ބާއްވަން އެ ވުޒާރާއިން ކުރިން ނިންމީ މި ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ރެއެވެ. ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ބުނިގޮތުގައި މި ފެސްޓިވަލަކީ މުޅި ރާއްޖެއިން...
ޔުމްނާ ޢަލީ
އިސްލާމީ މަރުކަޒުގެ ފަންގިފިލާތަކުގައި ޓީވީ ބަހައްޓައި ޚަޠީބު ފެންނަގޮތް ހަދައިފިއެވެ. އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސައީދު މިއަދު ވިދާޅުވީ، އިސްލާމީ މަރުކަޒުގެ ފަންގިފިލާތަކުގައި ޓީވީ ބަހައްޓައި ޚަޠީބު ފެންނަ ގޮތައްވަނީ މިހާރު އިންތިޒާމު ކޮށްފައިވާ ކަމަށެވއ. މި ކަމަކީ މުއާސަލާތީ ކުންފުނި، ދިވެހިރާއްޖޭގެ ގުޅުން (ދިރާގު)ގެ ސްޕޮންސާގެ ދަށުން ކޮށްފައިވާ މަސައްކަތެކެވެ. އެހެންކަމުން ވަޒީރު ވަނީ އެ ކުންފުންޏަށް ޚާއްޞަ ޝުކުރެއް ދަންންވާފައެވެ. ޝަހީމް ވިދާޅުވީ، ހުރިހައި ބޮ...
ޔުމްނާ ޢަލީ
ރައްޔިތުންގެ މަޖިލީހުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ތަމްސީލްކުރެއްވި އެ ޕާޓީގެ 13 މެންބަރަކު އެމްޑީޕީން ކެނޑި، ވެރިކަންކުރާ ޕާޓީއާއި ގުޅުމުން ދަ ޑިމޮކްރެޓްސްގެ ބައެއް މެންބަރުންގެ ފާޑުކިޔުން އެމްޑީޕީއަށާއި ކުރީގެ ރައީސަށް އަމާޒުވެއްޖެއެވެ. އެމްޑީޕީގެ 56 މަޖިލިސް މެންބަރުންކުރެ 13 މެންބަރަކު ރޭ ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އާއި ގުޅިވަޑައިގެންނެވުމުން އެ ޕާޓީގެ މަޖިލިސް މެންބަރުންގެ އަދަދު ވަނީ 43 އަށް ދަށްވެފައެވެ. މެންބަރުންތަކެއް ޕީއެންސީއަށް ދިޔުމ...
ޔުމްނާ ޢަލީ
ކާލްސްބާގް/މިޑް އިންޑިއަން ރިޖަށް 4 ބިންހެލުން އައިސްފައިވާ ކަމަށާއި ނަމަވެސް މި ބިންހެލުންތަކުގެ އަސަރު ރާއްޖެއަށް ނުކުރާ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ބުނެފިއެވެ. މި ހަތަރު ބިން ހެލުމަކީ ރޭ މެންދަމުން ފެށިގެން މިއަދު ހެދުނާއި ދޭތެރޭ ކާލްސްބާގް/ މިޑް އިންޑިއަން ރިޖަށް އައި ކަމަށް ރިކޯޑް ކުރެވިފައިވާ ބިންހެލުންތަކެކެވެ. މީގެ ތެރެއިން އެންމެ ބާރުގަދައީ 5.5 މެގްނިޓިއުޑްގެ ބާރުމިނުގައި އައި ބިން ހެލުމެކެވެ. ’’މި ބިންހެލުންތައް އައީ 900 އެއްހާ ކިލޯމިޓަދުރުން، […]
ޔުމްނާ ޢަލީ
ފާރެއް ވެއްޓުމުގެ ސަބަބުން ދަތުރު ގޮސް އުޅުނު ދެ މީހަކަށް އަނިޔާވެއްޖެ އެވެ. އެމްއެންޑީއެފުން ބުނިގޮތުގައި މި ހާދިސާ ހިނގާފައި ވަނީ ބަޔަކު ޅ. ދިއްފުށިމާދޫއަށް ދަތުރުގޮސް އުޅުމުގެ ތެރޭގައެވެ. މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފަށް ލިބުނީ ރޭ ފަތިހު 05:19 ހާއިރު ކަމަށް އެ އިދާރާއިން ބުނެއެވެ. މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއަށް ލިބުމާއެކު، އެތަނުގެ “ހާބަރކްރާފްޓް 116” ގައި 06:47 ހާއިރު އެ ސަރަހަހައްދަށް ދިޔަ […]
ޙުސައިން ޝަހުދީ