އިވޭ އަޑުތަކާއި، ލިބޭ މަޢުލޫމާތުން ދޮގުތެދު ވަކިކުރާ އަހަރަކަށް އާ އަހަރު ހެދުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ. ދިވެހިރައްޔިތުންނަށް އައު އަހަރުގެ ތަހުނިޔާ ވިދާޅުވެ މިއަދު ފޮނުއްވި ޚިޠާބުގައި ރައީސް ވަނީ ތިން ކަމަކަށް އެދިވަޑައިގަންނަވާފައެވެ. މީގެ ތެރެއިން ފުރަތަމަ ކަމަކީ، އާ އަހަރަކީ ތިމާގެ އަމިއްލަ ނަފުސު ތެދުވެރިކަމުގެ މައްޗަށް ބިނާކުރާ އަހަރަކަށް ހެދުމެވެ. ދެވަނަ ކަމަކަށް އާ އަހަރަކީ ޙަޤީޤަތް ޤަބޫލުކޮށް، އާ އުންމީދުތަކާއި، އާ ކުރިއެރުންތަކާ އެކު ހަލުވިކޮށް ކުރިޔަށްދާ...
ޔުމްނާ ޢަލީ
ޒުވާން ޚަޠީބުން ތަމްރީނު ކުރުމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ހުޅުވާލި ފުރުޞަތުގެ ދަށުން ކުރިމަތި ޒުވާނުންގެ ތެރެއިން އިންޓަވިއުއިން ފާސްވާ ޒުވާނުންނަށް ތަމްރީނުދީ ރޯދަ މަހުގެ ކުރިން ނިންމާލެވޭނެ ކަމަށް އެ ވުޒާރާއިން ބުނެފިއެވެ. އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސައީދު މިއަދު ވިދާޅުވިގޮތުގައި އެ ވުޒާރާއިން ޒުވާން ޚަޠީބުން ތަމްރީނު ކުރުމަށް ޢިއުލާން ކުރި މަޝްރޫޢުގެ ދަށުން 100 ޒުވާނުން ކުރިމަތިލާފައިވާ ކަމަށެވެ. އެ ޒުވާނުންނަށް އޮންނަ އިންޓަވިއު އަންނަ [...
ޔުމްނާ ޢަލީ
އުމުރުން 50 އަހަރު މަތީގެ މީހުންނަށް މިއަދުން ފެށިގެން އާސަންދައިގެ ތެރެއިން ސަރުކާރުގެ ސިއްހީ ހިދުމަތްދޭ ތަންތަނުން އަހަރަކު ދެ ފަހަރަ މެޑިކަލް ޗެކަޕް ހެދޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ. ދިވެހިންނަށް އަހަރަކު ދެ ފަހަރު ހިލޭ މެޑިކަލް ޗެކަޕް ހެދުމުގެ އިންތިޒާމުތައް ހަމަޖެއްސުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެކަން ފެށުމަށް 14 ހަފްތާގެ މަގު ޗާޓުގައި ވެސް ހިމަނާފައިވެއެވެ. ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާސަންދައިގެ މެނޭ...
މުޙައްމަދު
ރާއްޖެ އަށް ކުރަމުންދާ ވިއްސާރާގައި ވިއްސާރާގައި އިއްޔެ އެންމެ ގިނައިން ވާރޭ ވެހިފައި ވަނީ މާލޭ ސިޓީގެ ހުޅުމާލެ، މާލެ އަދި ބ. ގޮއިދޫއަށް ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާގެ ރެކޯޑުން ދައްކައިފިއެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން 31 ޑިސެމްބަރު 2023 ގެ ހެނދުނު 8:00 އިން 1 ޖެނުއަރީ 2024 ގެ ހެނދުނު 8:00 އަށް ނަގާފައިވާ ރެކޯޑަށް ބަލާއިރު ހުޅުމާލެ އަށް ވަނީ 179.7 މިލިމީޓަރުގެ ވާރޭ ވެހިފައެވެ. ދެ ވަނަ […]
ޔުމްނާ ޢަލީ
ހުޅުމާލޭގެ މުނިސިޕަލް ހުރިހާ ހިދުމަތެއް މާދަމާއިން ފެށިގެން މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށަށް ބަދަލުކުރުމަށް ސަރުކާރުން ނިންމައިފިއެވެ. މާލެ ސިޓީގެ އަވަށެއްގެ ގޮތުގައި އޮންނަ ހުޅުމާލޭގެ މުނިސިޕަލް ހުރިހާ ހިދުމަތެއް މިހާރު ދެމުން އަންނަނީ އާބަންކޯއިންނެވެ. އެހެންވެ، ހުޅުމާލޭގެ މުނިސިޕަލް ހިދުމަތް ކައުންސިލްގެ ދަށަށް ބަދަލު ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ އެންމެ ބޮޑެތި ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުމަށް ފަހު، ރައީސް...
މުޙައްމަދު
ރައީސް އޮފީހުގެ ތަރުޖަމާނަކަށް އައްޔަން ކުރެއްވި މުހައްމަދު ޝަހީބު، އެ މަގާމުން ވަކި ކުރައްވައި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކުރައްވައިފިއެވެ. މިކަމާ ގުޅިގެން ސަރުކާރުން މިހާތަނަށް އައިއިރު ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. އެކަމަކު، ރައީސް އޮފީހުގެ ވެބްސައިޓުގައި ސަރުކާރުގެ އެކިއެކި މަގާމުތަކަށް އައްޔަން ކުރައްވާފައިވާ ބޭފުޅުންގެ މައުލޫމާތު ހިމެނޭ ޕޭޖްގައިވާ ގޮތުން ޝަހީބަކީ މިހާރު ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެކެވެ. އެނގިފައިވާ ގޮތުގައި، އޭނާ އެ މަގާމަށް ހަމަޖެއްސީ...
މުޙައްމަދު
ސައުތުލައިން ބޯޓު ގއ. ނިލަންދޫ ފަރަށް އަރައި ފަޅައިގެން ހިނގައްޖެއެވެ. މި ބޯޓު އަރާފައި ވަނީ ނިލަންދޫގެ ނެރުގެ ދެކުނު ފަރާތު ފަރަށެވެ. ފުލުހުންގެ ޚިދުމަތުން ބުނީ އެ ބޯޓު ނިލަންދޫގެ ނެރުގެ ދެކުނު ފަރާތު ފަރަށް އަރައި ފަޅައިގެން ގޮސް ދިޔަވަމުންދާ ކަމުގެ މަޢުލޫމާތު މިރޭ 20:15 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. ‘’މި މައުލޫމާތު ލިބުމުން ނިލަންދޫ ޕޮލިސް ސްޓޭޝަންގެ ލޯންޗެއް ޕަމްޕެއް ހިފައިގެން ބޯޓަށް އެހީތެރިވުމަށް ގޮސްފައިވޭ،’’ ފުލުހުން ބުންޏެވެ. މި ހާދިސާގައި […]
ޔުމްނާ ޢަލީ
މާލެ އަށް ކުރަމުން އަންނަ ވިއްސާރައިގައި ގެއްލުންވި ބައެއް ގެތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ޒިޔާރަތް ކުރައްވައިފިއެވެ. ރައީސް މުއިއްޒު ވަނީ ވިއްސާރައިގައި ގެއްލުންވި ގެތަކަށް ޒިޔާރަތް ކުރައްވައި އެ ގެތަކުގައި ދިރިއުޅޭ ރައްޔިތުންގެ ހާލު ބައްލަވާލައްވައިފައެވެ. އަދި މާލޭގައި ފެންބޮޑުވެފައިވާ ހިސާބުތައް ވެސް އެމަނިކުފާނު ވަނީ ބައްލަވާލައްވައިފައެވެ. އެމަނިކުފާނުގެ އަރިހުގައި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފާއި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މޯ...
މުޙައްމަދު
ރާއްޖެ އަށް ކުރަމުންދާ ގަދަ ވިއްސާރާގައި ވެރިރަށް މާލެ އާއި ގްރޭޓާ މާލެ ސަރަހައްދުގައި ވަރަށް ބޮޑަށް ފެންބޮޑުވެފައި ވާތީ، ބާރު ސްޕީޑްގައި ވެހިކަލް ނުދުއްވުމަށާއި ޒަރޫރީ ދަތުރުތައް ނޫނީ ނުކުރަން ދިވެހި ފުލުހުންގެ ޚިދުމަތުން އެދިއްޖެ އެވެ. ފުލުހުން މިއަދު ބުނީ، ގަދަ ވަޔާއެކު ކުރަމުންދާ ވިއްސާރަ އާ ގުޅިގެން ބުރިޖު އަދި ހައިވޭގައި، ފެންބޮޑުވެ ވަޔާ ވެއްޔާއެކު ކުނި އަންނަމުންދާތީ، ބުރިޖު އަދި ހައިވޭ ބޭނުންކުރައްވާ ފަރާތްތައް އެކަމަށަ ސަމާލުވާން އެދޭ ކަމަށެވެ. މީގެ […]
ޙުސައިން ޝަހުދީ
ށ. ފޯކައިދު އާއި މަޑިދުއާ ދޭތެރޭ އޮނުތަކެއް އޮޔާ ދާތީ ދަތުރުވެރިން ސަމާލުވުމަށް އެމްއެންޑީއެފުން އެދިއްޖެއެވެ. އެމްއެންޑީއެފުން ބުނިގޮތުގައި ށ. ފޯކައިދޫއާއި ށ.މަޑިދޫއާ ދޭތެރެއިން ހުޅަނގު އުތުރަށް އެ އަތޮޅު ފޭދުއާ ދިމާލަށް ވާގޮތަށް އޮނުތަކެއް ދަނީ އޮޔާ ދަމުންނެވެ. އެ ސަރަހައްދުގައި މި އޮނުތައް ދެފެންދޭތެރޭ އޮޔާދާތީ އެކަމަށް އެ ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފުން އެދެއެވެ. ޚާއްޞަކޮށް އެ ސަރަހައްދުން ރޭނގަޑު ދަތުރުކުރައްވާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފުނ...
ޔުމްނާ ޢަލީ
ފުލުހުންގެ ބޭސިކް ޕޮލިސިން ނުވަތަ މަގުތަކުގައި ހަރަކާތްތެރިވުން އިތުރު ކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރަން ނިންމާފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު މިއަދު ވިދާޅުވެއްޖެއެވެ. އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕޮލިސް ކޮމިޝަނަރު ވިދާޅުވީ ފުލުހުން އެންމެ އިސްކަމެއް ދީގެން ކުރާނެ ކަންކަމުގެ ތެރޭގައި ފުލުހުންގެ ބޭސިކް ޕޮލިސިން ރަނގަޅު ކުރުން ހިމެނޭ ކަމަށެވެ. އޭގެ ނަތީޖާއަކަށް ވެގެން ދާނީ ފުލުހުންނަކީ ވީހާވެސް ގިނަ އިން މަގުމަތިން ރައްޔިތުންނަށް ހިދުމަތްދޭ ބަޔަކަށް...
މުޙައްމަދު
މާލެ އަށް ބޯކޮށް ވާރޭ ވެހި ގިނަ މަގުތަކެއްގައި ފެން ބޮޑުވުމާ ގުޅިގެން އަމީނީ މަގުގެ ނުނިމި އޮތް ބައިގެ މަސައްކަތް މެދުކަނޑާލައިފިއެވެ. ރޯޑް ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އިން މިއަދު ބުނީ މާލެ އަށް ވެހެމުންދާ ބޯ ވާރެއާ އެކުގައި އަމީނީ މަގުގެ މަސައްކަތް ނުކުރެވި މަޑުޖައްސާލާފައިވާ ކަމަށެވެ. އަމީނީ މަގުގެ މަސައްކަތް ކުރިއަށްދާ ސަރަހައްދަކީ ހިނގާ ބިނގާވެ، އުޅުމަށް އާންމުންނަށް ރައްކާތެރި ސަރަހައްދަކަށް ނުވުމާ އެކު، އެ ސަރަހައްދަށް އާންމުން ނުވަނުމަށް ވެސް އެ […]
މުޙައްމަދު
ފެން ބޮޑުވާނެ ކަމަށް ލަފާކޮށް ކ. އަތޮޅުން ފެށިގެން އދ. އަތޮޅަށް އޮރެންޖު އިންޒާރު ނެރެފިއެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ނެރުނު ސަމާލުގެ މެސެޖުގެ ވަގުތަކީ މިއަދު 15:15 އިން 17:30 އަށެވެ. ސަމާލުގެ މެސެޖުގައިވާގޮތުން އެ ސަރަހައްދުތަކަށް މި ވަގުތުތަކުގައި ބޯކޮށް ވާރޭ ވެހި، ގުގުރާނެ އެވެ. މީގެ އިތުރުން ފެން ބޮޑުވާނެ ކަމަށް ވެސް ލަފާކޮށްފަ ވެއެވެ.
ޔުމްނާ ޢަލީ
މިހާރު ރާއްޖެ އަށް ކުރަމުންދާ ވިއްސާރާގައި މިހާތަނަށް ވިހި ގެއެއްގައި ފެންބޮޑުވެފައިވާކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެންއޭ)އިން ބުނެފިއެވެ. އެންޑީއެންއޭ އިން ބުނީ މިހާރު ކުރަމުންދާ ވިއްސާރާގައި ގެއްލުން ލިބުނުކަމުގެ ރިޕޯޓުތައް ހަ ރަށަކުން ލިބިފައިވާ ކަމަށެވެ. އެ ރަށްތަކަކީ ފ. ނިލަންދޫ، ކ.ގުރައިދޫ، ލ.ގަން؛ ފޮނަދޫ، ސ.މަރަދޫ އަދި ކ. ގުރައިދޫ އެވެ. މީގެ ތެރެއިން ގުރައިދޫގެ 20 ގެއެއްގައި ފެންބޮޑުވެ 3 ގެއަކުން އެހެން ތަންތަނަށް މީހުން ބަދަލުކޮށްފައިވާ ކަމަށް އެ އޮތޯރިޓީން […]
ޔުމްނާ ޢަލީ
ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ކުރީގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު، އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވ. ފެލިދޫ ދާއިރާއިރާގެ ގޮނޑިއަށް ވާދަކުރައްވަން ނިންމަވައި އެކަން ޢިއުލާން ކުރައްވައިފިއެވެ. ޢަލީ ޒާހިރު މިކަން ޢިއުލާން ކުރެއްވީ ”އެކްސް”ގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭނާގެ ޕޯސްޓްގައި ވިދާޅުވެފައި ވަނީ، މި ފެށޭ 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ފެލިދޫ ދާއިރާގެ ރައްޔިތުން ތަމްސީލުކޮށް، ދާއިރާގެ އަޑު މަޖިލީހުގައި އިއްވުމަށް އެދާއިރާއަށް ވާދަކުރުމަށް ގަސްތުކޮށް އެކަން އިޢުލާންކުރާ ކަމަ...
ޔުމްނާ ޢަލީ