ރާއްޖެ އެތެރެކުރަން އުޅުނު ޑްރަގާއި އެއާއި ހަވާލުވާން އައި މީހާ ފުލުހުންނާއި ހަވާލުކޮށްފި
ޕޯސްޓް މެދުވެރިކޮށް ރާއްޖެއެތެރެކުރަން އުޅުނު 1.132 ކިލޯގްރާމްގެ މަސްތުވާތަކެތި އަތުލައިގަނެ، އެ ތަކެއްޗާއި ހަވާލުވާން އައި މީހާ ފުލުހުންނާއި ހަވާލުކޮށްފިއެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް ބުނީ، މި މަސްތުވާ ތަކެތި އަތުލައިގެންފައި ވަނީ ޕޯސްޓް މެދުވެރިކޮށް ގެނައި ޕެކޭޖެއް ބަަލައި ފާސް ކުރުމުގެ ތެރޭގައި ކަމަށެވެ. މި ޖެނުއަރީ މަހުގެ 2 ވަނަ ދުވަހު ޕޯސްޓް މެދުވެރިކޮށް ގެނައި މި ޕެކޭޖު ބަލައި ފާސްކުރިއިރު، އޭގެ ތެރޭގައި މަސްތުވާތަކެތި ހުރިކަމަށް ޝައްކުވެގެން އިތުރަށް ބެލިބެލުމުން އޭގެ ތެރެއިން […]