ކުރިއަށް އޮތް ތިން ދުވަހު މޫސުން ގޯސްވާނެތީ ސަމާލުވާން އެދިއްޖެ
ކުރިއަަށް އޮތް ތިން ދުވަހު ރާއްޖޭގެ ސަރަހައްދަށް މޫސުން ގޯސްވާނެތީ، ސަމާލުވުމަށް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން އެދިއްޖެއެވެ. މެޓް އޮފީހުން މިރޭ ބުނީ ރާއްޖޭގެ އިރުމަތީގައި އުފެދިފައިވާ ކޮޅިގަނޑު ރާއްޖެ ހުރަސްކޮށް އަރަބިކަނޑަށް ޖެހެމުންދާނެ ކަމަށް ނިމުތު ކުރެވޭތިވެ، ކުރިއަށް އޮތް 3 ދުވަހު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް، ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ. އެހެންކަމުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ. ޑިސެމްބަރުމަހުގެ ފަހުކޮޅު ވެސް ރ...