ތިލަމާލެ ބްރިޖްގެ މަސައްކަތް މިހާރު ކުރިއަށްދާ ގޮތަށް ގޮސް، އިރާދަކުރެއްވިއްޔާ ގިނަވެގެން އަހަރެއްހާ ދުވަހުގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރާ އިންޖިނޭރުންގެ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން މިއަދު ހަވީރު މާލެއިން ވިލިމާލެއަށް ފައިމަގުގައި ބޭއްވި ހިނގާލުމުގެ ތެރެއިން މީޑިއާތަކަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައެވެ. ރައީސް ވިދާޅުވީ ތިލަމާލެ ބުރިޖަކީ ދިވެހިރާއްޖެއާ އ...
ޔުމްނާ ޢަލީ
ފުވައްމުލަކު ސިޓީގައި ކާރެއް ބޭނުންކޮށްގެން ނުރައްކާތެރި އެކްސިޑެންޓްތަކެއް ހިންގި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދަށް ކޯޓުން 15 ދުވަސް ޖަހައިފިއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އެ ރަށު މިސްކިތްމަގު، އަންދާޒު، އަޙްމަދު ޢައުނުﷲ (35އ) އެވެ. މި ހާދިސާ ހިނގާފައިވަނީ 2026 އޮގަސްޓު 29 ވަނަ ދުވަހުގެ އިރުއޮއްސި 18:22 އެހައިކަންހާއިރުއެވެ. ފުވައްމުލަކު މޫޑިގެ ކުރިމަތިން ދުއްވާފައި ދިޔަ ކާރެއް ސައިކަލެއްގައި ޖައްސައި އެކްސިޑެންޓްކޮށްލުމަށްފަހު، މަޑުނުކޮށް ގޮސް އެ މަގުން ދަތުރުކުރި...
ޔުމްނާ ޢަލީ
ދިވެހިރާއްޖޭގެ އުމްރާނީ އަދި އިޤްތިޞާދީ ތަރައްޤީއަށް ދިވެހި އިންޖިނޭރުންގެ ދައުރު ނުހަނު މުހިންމުކަމަށާއި، ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ އިންޖިނޭރިންގ ދާއިރާއަކީ ހަމައެކަނި ދިވެހިން މަސައްކަތްކުރާ ދާއިރާއަކަށް ހެދުން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) ގެ ފެކަލްޓީ އޮފް އިންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީގައި މަތީ ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މ...
ޔުމްނާ ޢަލީ
ދިވެހިރާއްޖޭގައި އެންމެ ޒަމާނީ ފެންވަރުގެ އިންޖިނިއަރިންގ ލެބޯޓްރީއެއް ޤާއިމު ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިކަން ހާމަކުރައްވާފައިވަނީ މިއަދު ފާހަގަކުރާ އިންޖިނޭރުންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚާއްޞަ ވީޑިއޯ މެސެޖެއްގައެވެ. ރައީސްގެ މެސެޖުގައި ވިދާޅުވީ، ރާއްޖޭގައި ޤާއިމުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ މި ޒަމާނީ އިންޖިނިއަރިންގ ލެބޯޓަރީ ޢިމާރާތަކީ، އިންޖިނިއަރިންގގެ ހުރިހާ ދާއިރާއެއްގެ ޚިދުމަތް އެއް ފ...
ޔުމްނާ ޢަލީ
ވެރިރަށް މާލެއާއި އެއާޕޯޓް އަދި ހުޅުމާލެ ގުޅުވާލަދެމުން ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް (ސިނަމާލެ ބްރިޖް) ހުޅުވިގެން ދިޔައީ ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ބަދަހި ރަޙްމަތްތެރިކަން ރަމްޒުކޮށްދޭ ވަރުގަދަ ނިޝާނެއްގެ ގޮތުގައި ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް ޑރ. މުޢިއްޒު މިހެން ވިދާޅުވީ ސިނަމާލެ ބްރިޖަށް އަހަރު ފުރުމުގެ މުނާސަބަތުގައި މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނު ވިދާޅުވީ، މިއީ ހަމައެކަނި އުމްރާނީ ވަސީލަތެއް ނޫން ކަމަށާއި، މިއީ ދެ ޤައުމުގެ...
ޔުމްނާ ޢަލީ
ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް “ސިނަމާލެ ބްރިޖް” އަށް 8 އަހަރު ފުރުމުގެ މުނާސަބަތުގައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބްރިޖަށް ޒިޔާރަތްކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ބްރިޖަށް ކުރެއްވި ޒިޔާރަތުގައި އެމަނިކުފާނުގެ އަރިހުގައި މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމެންޓް ޑރ. ޢަބްދުﷲ މުއްޠަލިބް އާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އިރުތިޝާމް އާދަމްގެ އިތުރުން ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވަ ސަފީރު ކޮންގް ޒިއަންހު...
ފާތިމަތު ސަޙާ
އިންޝުއަރެންސްއާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 2025/13) ތަންފީޛުކޮށް ހިންގުމަށްޓަކައި އެކުލަވާލަންޖެހޭ ދެ ގަވާއިދެއް ނެރެ، ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށް ޢަމަލުކުރަން ފަށައިފިއެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މި ދެ ގަވާއިދު ގެޒެޓްގައި ޝާއިޢުކޮށްފައިވަނީ 27 އޮގަސްޓް 2026 ގައެވެ. އެމްއެމްއޭ އިން ބުނި ގޮތުގައި، ގެޒެޓްކުރެވުނު ދެ ގަވާއިދަކީ އިންޝުއަރެންސްއާބެހޭ ޤާނޫނުގެ ދަށުން ކަނޑައަޅަންޖެހޭ އުސޫލުތަކާއި އިޖުރާއަތްތައް ބަޔާންކުރުމުގެ ގޮތުން އެކުލަވާލާފައިވާ ދެ ގަވާއިދެކެވެ. މީގެ...
އިބްރާހިމް އަސްވާޤް
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ފޯރުކޮށްދޭ އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްތަކުގެ ތެރެއިން އެކަނިވެރި މައިންބަފައިންނާއި ކާބޯތަކެތީގެ އެހީ ލިބެމުންދާ ފަރާތްތަކުން އޮންލައިންކޮށް ރީ-ރަޖިސްޓަރީވުމަށް ހުޅުވާލައިފިއެވެ. އެންސްޕާއިން މިކަމަށް ހުޅުވާލާފައިވަނީ 2024 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ނިޔަލަށް އެހީގެ ދަފްތަރުގައި ރަޖިސްޓަރީވެ، އެހީ ލިބެމުންދާ ފަރާތްތަކުގެ ތެރެއިން ކުރިއަށް އޮތް ތަނުގައިވެސް އެހީ ކުރިއަށް ގެންދަން ބޭނުންވާ ފަރާތްތަކަށެވެ. އެ އެޖެންސީން އާންމުކުރި...
އިބްރާހިމް އަސްވާޤް
ހުޅުމާލެ ފޭސް 2 ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ނުވަ އަހަރުގެ އަންހެން ކުއްޖަކަށް ސީރިއަސް އަނިޔާތަކެއް ވެ، ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ. ފުލުހުން ބުނި ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލެ ފޭސް 2 ގެ ހިތިގަސްމަގު، ވިނަރެސް 7 ކައިރިންނެވެ. މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 2026 އޮގަސްޓް 29 ވަނަ ދުވަހުގެ ރޭ 21:04 އެހައިކަންހާއިރު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އެ ސަރަޙައްދުގެ ސީސީޓީވީ ފުޓޭޖްތަކުން މިހާތަނަށް ބެލިބެލުމުން އެނގޭ […]
ޔުމްނާ ޢަލީ
ދިވެހިރާއްޖޭގެ ތާރީޚުގައި ވެސް އެޅުނު ފުރަތަމަ ކަނޑު ހުރަސް ބްރިޖްގެ ގޮތުގައި، ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް (ސިނަމާލެ ބްރިޖް) ވެގެން ގޮސްފައިވަނީ ގުޅާލެވުނު ރަށްތަކުގެ މެދުގައި ދަތުރުފަތުރުގެ ޙާލަތު ވަރަށް ބޮޑަށް ރަނގަޅުކޮށްދީ، ރާއްޖޭގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް ވަރަށް ބޮޑު ކުރިއެރުމެއް ގެނެސްދިން ބްރިޖަކަށް ކަމަށް ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީން ބުނެފިއެވެ. ސިނަމާލެ ބްރިޖަކީ ވެރިރަށް މާލެއާއި، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް އޮންނަ ހުޅުލެ އަދި ހުޅުމާލެ އެއްގަމު މަގުން...
ޔުމްނާ ޢަލީ
ދިވެހި އިންޖިނިއަރުންގެ އަގު ވަޒަންކުރުމުގެ ގޮތުން ދިނުމަށް ހަމަޖެހިފައިވާ އިންޖިނިއަރުންގެ އެވޯޑަށް ހުށަހަޅާ އެޕްލިކޭޝަންތައް އިވެލުއޭޓްކޮށް ވަޒަންކުރުމަށްޓަކައި ހަތް މެންބަރުންގެ ކޮމިޓީއެއް އެކުލަވައިލިއެވެ. އިންފްރާސްޓަކްޗަރ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓްރީން މިއަދު ވަނީ އެ މިނިސްޓްރީން އެކުލަވާލައިފައިވާ ”އިންޖިނިއާސް އެވޯޑް ދިނުމާބެހޭ އުސޫލު”ގެ ދަށުން އިންޖިނިއާސް އެވޯޑުގެ އެޕްލިކޭޝަންތައް ވަޒަންކުރަން އެކުލަވާލި ކޮމެޓީގެ މެމްބަރުންގެ މައުލޫމާތު އާންމުކޮށްފައެވެ. މި ކޮމިޓީގ...
ޝިއުނާ އާދަމް
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް އޮތް ބާރު ކުޑަކުރުމުގެ ގޮތުން، ހުޅުމާލެ ހޮސްޕިޓަލުގައި ސްޕެޝަލިސްޓް ތިން ޚިދުމަތެއް މިއަދު ފަށައިފިއެވެ. ހުޅުމާލެ ހޮސްޕިޓަލްގައި މިއަދު ފެށި މި ޚިދުމަތްތަކުގެ ތެރޭގައި ހިމެނެނީ ގޭސްޓްރޯއެންޓެރޮލޮޖީ (ބަނޑާއި ގޮހޮރުގެ ބަލިތައް)، ނިއުރޮލޮޖީ (ނާރުގެ ބަލިތައް) އަދި ޔޫރޮލަޖީ (ކުޑަކަމުދާ ނިޒާމުގެ ބަލިތައް) ގެ ޚިދުމަތެވެ. މި ޚިދުމަތްތަކާއެކު އެ ހޮސްޕިޓަލުގައި ވަނީ ޚާއްޞަ ނިއުރޯ ސައިންސް ޔުނިޓެއްވެސް ހުޅުވާފައެވެ. މި ޚިދުމަތްތައް ރަސްމީކޮށް އިފް...
ޔުމްނާ ޢަލީ
މާލޭގައި ޓްރެފިކް ބެލެހެއްޓުމުގެ ޑިއުޓީގައި ހުރި ފުލުހެއްގެ ގައިގައި ސައިކަލަކުން ޖެއްސުމަށްފަހު ފިލަން މަސައްކަތްކުރި މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ އިއްޔެ (28 އޮގަސްޓް 2026) ވަނަ ދުވަހުގެ ހަވީރު 17:34 އެހައިކަންހާއިރު، ޗާންދަނީމަގާއި މަޖީދީމަގު ގުޅޭ ކަންމަތީގައެވެ. އެ ވަގުތު ޓްރެފިކް ބެލެހެއްޓުމުގެ ޑިއުޓީގައި ހުރި ފުލުސް އޮފިސަރުގެ ގައިގައި ސައިކަލަކުން ޖެއްސުމަށްފަހު، އެ ސައިކަލު ދުއްވި މީހާ ވަނީ އެ ސަރަހައްދުން ފިލަން މަސައްކަތްކޮށްފައެވެ. މި ހާދިސާ...
ޔުމްނާ ޢަލީ
އެމަނިކުފާނު ނުކުމެވަޑައިގަތީ ‘ބޮޑު ބަދަލު’އާ ގުޅޭ ރަސްމީ ގްރޫޕަކުން ނޫން ކަމަށް، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިޢުލާން ކުރައްވާފައިވާ އެ ޕާޓީގެ ކުރީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޟު އިސްމާއިލް ވިދާޅުވެއްޖެއެވެ. ފައްޔާޟު މިފަދައިން ވިދާޅުވީ، ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާދަކުރައްވަން ގިނަ މެންބަރުން ގޮވާލުމާ ގުޅިގެން، އެކަމާ ހިތްހަމަޖ...
ޔުމްނާ ޢަލީ
ރައީސް ޑރ. މުހައްމަދު މުއިއްޒަށް ދެވަނަ ދައުރެއް ހޯދައިދެއްވުމަށްފަހު ސިޔާސީ ކަންކަމާ ދުރަށް ވަޑައިގަންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ. އެމްއެމްޓީވީގެ “އަރާއިރު” ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ސިޔާސީ ގޮތުން ހާސިލުކުރައްވަން ބޭނުންފުޅުވި މަގުސަދުތައް ހާސިލުވެފައިވާ ކަމަށެވެ. ނަމަވެސް ރައީސް މުއިއްޒު ދެވަނަ ދައުރަކަށް އިންތިހާބު ކުރެއްވުމަކީ އަދިވެސް ދެކެވަޑައިގަންނަވާ ހުވަފެނެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ....
އަލީ އާދިލް