މާލޭގައި ގޭންގަކުން ގޮސް ޒުވާނަކަށް ކޯރާޑިއަކުން ހަމަލާދިން މައްސަލާގައި ފުލުހުންނަށް ލިބުނު ވީޑިއޯ ފުޓޭޖްތައް ފުލުހުންގެ އަތުން ގެއްލުމުން, އެ މައްސަލާގައި ދައުވާލިބުނު އެންމެންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. މީގެ ހަ އަހަރު ކުރިން 2017 ވަނަ އަހަރު ކެފޭއެއްގެ ތެރޭގައި ގްރޫޕަކުން ގޮސް ޒުވާނަކަށް ކޯރާޑިއަކުންނާއި ތޫނު އެއްޗެހި ބޭނުންކޮށްގެން އޭނާގެ ބޮލަށާއި ބުރަކަށްޓަށް ހަމަލާދިން މައްސަލާގައި ދައުލަތުން ދައުވާކުރީ ހަތަރު މީހެއްގެ މައްޗަށެވެ. ކްރިމިނަލް ކޯޓު...
ހުސައިން ހަބީބް
ރާއްޖެއިން ބޭރަށް އެކްސްޕޯޓް ކުރާ ކަނޑުމަހުގެ އެކި ބާވަތްތަކަށް ރަނގަޅު އަގެއް ހޯދުމަށް އިތުރު ދޮރުތަކެއް ހުޅުވަން މަގުފަހިވާނެ ބައިނަލްއަގްވާމީ އެއްބަސްވުމެއް ކަމަށްވާ އޯގަނައިޒޭޝަން އޮފް އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯއޭސީޕީއެސް)ގެ “ސަމޯއާ އެގްރީމަންޓް” ގައި ބައިވެރިވާން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ. މަޖިލިހުގެ މިއަދުގެ ޖަލްސާގައި ސަމާއޯ އެގްރީމަންޓްގައި ބައިވެރިވާން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 84 މެމްބަރުންގެ އިއްތިފާގުންނެވެ. މި އެއްބަސްވުމުގައި ބަ...
މުޙައްމަދު
ޤުރުއާނާއި ބެހޭ މަރުކަޒުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން މަހަކު ތިން ފޮތަށްވުރެ ގިނައިން ހިތުދަސް ކުރާ ކުދިންނަށް އިނާޔަތެއް (ޕޮކެޓް މަނީއެއް) ސަރުކާރުން ބުނެފިއެވެ. މިކަން އިއުލާން ކުރެއްވީ ކީރިތި ޤުރުއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތް ފެއްޓެވުމުގެ ގޮތުން ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު އެވެ. ވަޒީރު ޝަހީމް ރޭ ވިދާޅުވިގޮތުގައި ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުގައި […]
ޔުމްނާ ޢަލީ
ރާއްޖޭގައި ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީން ޑިޕޯޓްކޮށްލަން ނިންމާފައިވާކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު ވިދާޅުވެއްޖެއެވެ. ޝަމްޢާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދުމަށް މޯލްޑިވްސް އިމިގްރޭޝަނުން ފަށާފައިވާ އޮޕަރޭޝަންގައި އިއްޔެ ވަނީ ދިވެހި ފުލުހުންނާއި ގުޅިގެން ޖޮއިންޓް އޮޕަރޭޝަނެއް ހިންގާފަ ކަމަށެވެ. މި އޮޕަރޭޝަންގައި ގިނަ އަދަދެއްގެ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައ...
ޔުމްނާ ޢަލީ
ގއ. ވިލިނގިލީގައި އަންހެނެއްގެ ބޮލުގައި ގާބުރިއަކުން ޖަހައި މާރާމާރީ ހިންގައިފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، ވިލިނގިލީގައި އަންހެނެއްގެ ބޮލުގައި ގާބުރިއަކުން ޖަހައި މާރާމާރީ ހިންގި މައްސަލައެއް ރޭ ދަންވަރު ވަގުތެއްގައި ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި މާރާމާރީގައި 46 އަހަރުގެ އަންހެނަކަށް ވަނީ އަނިޔާވެފައެވެ. އެ މީހާއަށް ގއ. އަތޮޅު ހޮސްޕިޓަލްގައި ފަރުވާދީފައިވާއިރު، ފަރުވާއަށްފަހު އެމީހާ ވަނީ މިހާރު ދޫކޮށްލާފައެވެ. ފުލުހުން ބުނިގޮތުގައި މި މައްސަލައާއިގުޅިގެން 32 އަހަރުގެ ދިވެހި ފިރިހެނަ...
ޔުމްނާ ޢަލީ
ދިވެހިފުލުހުންގެ ޚިދުމަތު އިދާރީ ހިންގުމުގެ އޮނިގަނޑު އަލުން އެކުލަވާލައިފިއެވެ. ފުލުހުންގެ ޚިދުމަތު އިދާރީ ހިންގުމުގެ އޮނިގަނޑު އަލުން އެކުލަވާލި ސަބަބަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ކުރިއަށް އޮތް ހަތަރު އަހަރަށް އެކުލަވާލާފައިވާ ސްޓްރެޓެޖިކް ޕްލޭންގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލްކޮށް، ދިވެހި ފުލުހުންގެ ޚިދުމަތުގެ މައްޗަށް ލާޒިމްކުރާ ކަންކަން ކުރުމަަށްޓަކައި ބޭނުންވާ އެންމެހާ ކަންކަން ހަމަޖެއްސުމަށްޓަކައި ކަމަށް ފުލުހުން ބުނެއެވެ. މި ބަދަލުތަކަށް 1 ޖުލައި 2024 ވަނަ ދުވަހުން ފެށިގެން...
ޔުމްނާ ޢަލީ
މާލޭގެ އިއްޒުއްދީން ފާލަން ނުވަތަ ރަސްމީ ފާލަން މަރާމާތު ނުކުރާތީ ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާ ކަމަށް ކޮންސްޓްރަކްޝަން، އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެއެވެ. ރާއްޖޭގެ އިގްތިސާދީ ހާލަތު މިހާ ބޮޑަށް ގޯސްވެފައި އޮއްވައި، ރަސްމީ ފާލަން މަރާމާތު ކުރުމުގެ މަސައްކަތަށް އެތައް ހޭދައެއް ކުރާތީ އާންމުންގެ ފާޑު ކިއުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ. އެކަމާ ގުޅިގެން މިނިސްޓަރު މުއްތަލިބް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރަސްމީ ފާލަން މަރާމާތު ނުކޮށް އ...
މުޙައްމަދު
އައިޖީއެމްއެޗަށް ޒިޔާރަތް ކުރާ ނަމަ، މާސްކް އަޅަން އެ ހޮސްޕިޓަލުން އެދިއްޖެއެވެ. އައިޖީއެމްއެޗުން ނެރުނު ދެންނެވުމެއްގައި ބުނެފައިވަނީ ހައްޖު ކްލިނިކަށް ހާޒިރުވާ މީހުންގެ ތެރެއިން ރޯގާގެ އަލާމާތްތައް ހުންނަ މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށެވެ. އެހެންވެ، ބަލި މީހުންނާއި މުވައްޒަފުންނާއި މުޖުތަމައުގެ ރައްކާތެރިކަން އިތުރު ކުރުމުގެ ފިޔަވަޅުތައް އަޅަން ނިންމާފައިވާ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ. އެގޮތުން ކޮންމެހެން ބޭނުންވާ ހާލަތްތަކުގައި ނޫނީ އައިޖީއެމްއެޗަށް ޒިޔާރަތް ނުކުރުމާއި އައިޖީއެ...
މުޙައްމަދު
ލ. ދަނބިދޫ ކޯޒުވޭ ސަރަހައްދު މޫދުން ނިޔާވެފައި އޮތް މީހަކު ފެނިއްޖެއެވެ. ފުލުހުން ބުނީ، ދަނބިދޫ އިރުމަތީ ފަރާތު (ކޯޒުވޭ ސަރަހައްދު) މޫދުގައި މީހަކު އޮއްވާ ފެނިގެން އެރަށު ސިއްހީ މަރުކަޒަށް ގެންގޮސްފައިވާކަމަށް މިއަދު ހަވީރު 16:55 ކަށްހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް އެމީހާ ނިޔާވެފައިވާކަމަށް އެތަނުން ފުލުހުންނަށް މައުލޫމާތު ދީފައިވާކަމަށް ފުލުހުން ބުނެއެވެ. އެއީ ރަށު ނިޔަދުރުމާގެ އައިމިނަތު އުމަރެވެ. އޭނާގެ އުމުރަކީ 65 އަހަރެވެ. ފުލުހުން ބުނީ އެ...
ޔުމްނާ ޢަލީ
ގާނޫނާ ހިލާފަށް ރާއްޖެ އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ސިނގިރޭޓް ކަސްޓަމްސްއިން އަތުލައިގެންފިއެވެ. ކަސްޓަމުން ބުނީ ކަސްޓަމްގެ އިޖުރާއަތުތައް ފުރިހަމަނުކޮށް، ރާއްޖެއަށް ސިއްރުން ސިނގިރޭޓްތަކެއް އެތެރެކޮށްފައިވާކަމުގެ ތުހުމަތު ކުރެވިގެން ތަހުގީގު ކުރަމުންދާ މައްސަލައެއްގައި ކޯޓު އަމުރެއްގެ ދަށުން މިދިޔަ ހޯމަ ދުވަހު ހުޅުމާލޭގެ ތަނެއް ބަލައި ފާސްކުރި ކަމަށެވެ. އަދި ބުދަ ދުވަހު މާލެ އާއި ހުޅުމާލޭގެ ތަނެއް ބަލައި ފާސްކުރި ކަމަށް ބުނެފައިވެއެވެ. މި ހާއްސަ އޮޕަރޭޝަންގައި ޖުމްލަ 173 ކާޓަން ނުވަތަ 1....
މުޙައްމަދު
ފުވައްމުލަކު ސިޓީގައި ހިނގި ގެވެށި އަނިޔާގެ މައްސަލައެއްގައި ފިރިހެނަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ، ފުވައްމުލަކު ސިޓީގައި ހިނގާދިޔަ ގެވެށި އަނިޔާކުރުމުގެ މައްސަލައެއް މިއަދު އެ އިދާރާއަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. މި މައްސަލާގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. މި މައްސަލަ ތަހްގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. ގެވެށިއަނިޔާ ހުއްޓުވުމުގެ ޤާނޫނުގައި ގެވެށި އަނިޔާކަމަށް މާނަކޮށްފައި ވަނީ، ގެވެށި ގުޅުމަކުން ގުޅިގެންވާ މީހުންގ...
ޔުމްނާ ޢަލީ
މާފުށީ ޖަލުގައި އިއްޔެ ނިޔާވި، ށ. ފުނަދޫ ޒަމާނީ ވިލާ، މުހައްމަދު ޖަމީލު ހަރަކާތެއް ނެތި ސަޖިދައިގައި ހަތަރު ގަޑިއިރެއްހާއިރު އޮތް ކަމަށާއި އޭނާގެ ހަށިގަނޑުން ފެނުނު އަނިޔާތަކަކީ މީހެއްގެ ފުށުން ލިބުނު އަނިޔާތަކެއް ނޫން ކަމަށް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ. ޖަމީލުގެ މަރާއިގުޅިގެން މިއަދު ފުލުހުންނާއި ދާޚިލީ ވުޒާރާއާއި ކަރެކްޝަނަލް ސާވިސްއިން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ. މި ނޫސްވެރިންގެ ބައްދަލުވުމުގައި ޖަމީލު ހުރި ގޮޅީގައި ހަރުކޮށްފައިވާ ކެމެރާގައި ފޫޓޭޖް...
ޔުމްނާ ޢަލީ
މާފުށީ ޖަލުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓާ އިއްޔެ މަރުވި މުހައްމަދު ޖަމީލުގެ ޕޯސްޓްމޯޓަމް ހެދުމަށް އާއިލާއިން ދެކޮޅު ހެދުމުން އޭނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ނުހަދައި މިއަދު ހެނދުނު ވަޅުލައިފިއެވެ. ޖަމީލަކީ ނުރައްކާތެރި އަދި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މީހެކެވެ. އޭނާއަކީ ޖަލުގައި ހުރި އިރު، ނަފްސާނީ ބައްޔަށް ފަރުވާ ވެސް ހޯދަމުން އައި މީހެކެވެ. އާއިލާ އިން ބުނާ ގޮތުގައި ޖަމީލް މަރުވީ ކަރެކްޝަނަލް ސާވިސްގެ އޮ...
މުޙައްމަދު
ހައްޔަރު ކުރި ކަރެކްޝަންސް 11 މުވައްޒަފަކު ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ. ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގެ ތުހުމަތުގައި މޯލްޑިވްސް ކަރެކްޝަންސް ސާވިސަސްގެ 13 މުވައްޒަފަކު ހައްޔަރު ކުރީ އިއްޔެ އެވެ. މި މީހުންނާމެދު ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިޔުމުން 11 މުވައްޒަފަކު ވަނީ ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައެވެ. އަނެއް ދެ މުވައްޒަކު ވަނީ 5 ދުވަހަށް ބަންދުކޮށްފައެވެ.
ޔުމްނާ ޢަލީ
ކީރިތި ގުރުއާން ކިޔެވުމުގެ 36 ވަނަ ގައުމީ މުބާރާތް މާދަމާ ފެށުމަށް ތައްޔާރުވެއްޖެެއެވެ. މިއަހަރުގެ މުބާރާތް ހުޅުވާލައިފައިވަނީ އަތޮޅު ކައުންސިލްތަކަށާއި، ސިޓީ ކައުންސިލްތަކަށާއި ގުރްއާން ކުލާސްތަކުގެ އިތުރުން ހާފިޒުންނަށް ބައިވެރިވެވޭ ގޮތަށެވެ. އިސްލާމިކް މިނިސްޓްރީން ބުނީ މި މުބާރާތުގައި 119 މުއައްސަސާއަކުން 1029 ބައިވެރިން ވާދަކުރާނެ ކަމަށެވެ. އެއީ ސިޓީތަކުގެ 52 ސްކޫލަކުން 365 ބައިވެރިންނާއި އަތޮޅު ކައުންސިލުން 357 ބައިވެރިންނާއި އެހެނިހެން މުއައްސަސާތަކުން 292 ބައިވެރިންނާއި ހާފިޒުންގެ ބައިގަ...
މުޙައްމަދު