ޕީއެންސީގެ މަތީ މަޖިލިސް ފަށައިފި
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލިސް މިއަދު ރަސްމީކޮށް ފަށައިފިއެވެ. މި މަހުގެ 18 ވާ ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ކޮންގްރެސްގެ އިފްތިތާހީ ޖަލްސާ ޝަރަފުވެރިކޮށްދެއްވީ، އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ޕީއެންސީ އަބަދުވެސް ދެމިއޮންނާނީ ގައުމަށް ހަމަޖެހުމާއި، ތަރައްގީ އަދި ރައްކާތެރިކަން ހޯދައިދިނުމުގައި ކަމަށެވެ. އަދި ސިޔާސީ ވާދަވެރިން ގައުމުގައި ހަމަނުޖެ...